ހއ. މުރައިދޫގައި ކޮވިޑް-19 އަށް ފައްސިވެ ރަނގަޅުވެފައިހުރި މީހަކު ތިން މަސް ނުވަނީސް އަނެއްކާވެސް ކޮވިޑް-19 އަށް ފައްސިވުމުން އެރަށަށް އަރާ ފޭބުން މަނާ ކޮށްފިއެވެ.
މުރައިދޫއަށް އަރާ ފޭބުން މަނާ ކޮށްފައިވާކަން ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވަނީ އެރަށު ކައުންސިލަށް އަންގާފައެވެ.
މުރައިދޫ އަށް އަރާ ފޭދުން މަނާ ކޮށްފައިވާއިރު، އެރަށު ކައުންސިލާއި ގުޅިގެން ސިއްހީ މަރުކަޒުގެ ބޭފުޅުން އަންނަނީ ކޮވިޑް-19 އަށް ފައްސިވެފައިވާ މީހާއާއި ގާތުން ބައްދަލުވެފައިވާ މީހުން ދެނެގަތުމުގެ މަސައްކަތް ފަށާފައެވެ.
އެރަށުން ފައްސިވެފައިވާ އެ މީހާ އަކީ މީގެ ކުރިން ވެސް ކޮވިޑް-19 އަށް ފައްސިވެފައިވާ މީހެކެވެ. އޭރު އޭނާ ކޮވިޑް-19 އަށް ފައްސިވެފައިވަނީ ރިސޯޓުގައި މަސައްކަތް ކުރަމުން ދަނިކޮށެވެ. އަދި ބަލިން އޭނާ ވަނީ ނޮވެމްބަރު މަހުގެ ތެރޭގައި ރަނގަޅުވެފައެވެ.
ރާއްޖޭގައި އަމަލު ކުރާ އުސޫލު ބުނާ ގޮތުން ކޮވިޑް-19 އަށް އެއްފަހަރު ފައްސިވެފައިވާ މީހަކު ބަލިން ރަނގަޅުވި ފަހުން ތިން މަސް ނުވާނަމަ އިތުރު ރަށަކަށް ދާން ކަރަންޓީނުވާކަށް ނުޖެހޭނެއެވެ. އެހެން ކަމުން މިއަދު އެރަށުން ފައްސިވެފައިވާ މީހާ ގޮސްފައިވަނީ މި އުސޫލުގެ ދަށުންނެވެ.
3 މަސްނުވާތީ އަލުން ފައްސި ނުވަނީކީ ނޫނެވެ. އެންޓިބޮޑީސް އުފެދިފައި ހުންނަނީ އެވެ. އަނެއްކާވެސް ޖެހިފަހު ރިމީހަކާއި ބައްދަލުވެފައި ވާނަމަ ޖެހުމުގެ ފު ރުސަތު އޮންނާނެއެވެ. ތިމާއަށް ޝައްކުވާނަމަ ތިމާގެ މީހުންނާއި އެހެންމީހުންނާއި ގާތްގުޅުން އިތު ރު ނުކޮށް ، އަވަހަށްޓެސްޓް ހަދަންވީ. ފަ ރުދީ ޒިންމާ އޮންނަންޖެހޭނެ.