އއ. މަތިވެރިއަށް އަރާ ފޭބުން މަނާ ކޮށްފި އެވެ.
މަތިވެރިއަށް އަރާ ފޭބުން މަނާ ކޮށްފައިވާކަން ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވަނީ އެރަށު ކައުންސިލަށް އަންގާފައެވެ.
އެރަށުން ދެ ކުއްޖަކު މިއަދު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ.
އެރަށުން ފައްސިވެފައި ވަނީ 21 ވަނަ ދުވަހު އެރަށުން ފައްސިވި ދެމަފިރިންގެ ކާފަ ދެ ދަރިންނެވެ.
އެރަށު ކައުންސިލް ރައީސް އިސްމާއިލް އާތިފް ވިދާޅުވީ، އެ ކުދިން ފައްސިކަން އެނގުނީ ބަލީގެ އަލާމަތްތައް ފެނިގެން އިއްޔެ ކޮވިޑް-19 އަށް ޓެސްޓު ކުރުމުން ކަމަށެވެ.
އެރަށް މޮނީޓަރިންގއަށް ލައި ނެރުނު އެންގުމުގައި ވަނީ ކޮވިޑް-19 އާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބެލުމަށް ކަމަށެވެ.
އެ އެންގުމުގައި ވަނީ މިވަގުތު ރަށުގައި ތިބި އެއްވެސް މީހަކު އެ އެޖެންސީން ވަކި ގޮތެއް އަންގަންދެން ރަށުން ފޭބުމާއި، އެ އެޖެންސީގެ ހުއްދަ ނެތި ރަށަށް އެރުމަކީ މަނާ ކަމެއް ކަމަށެވެ.