ކ. ތިލަފުށިން ފުރައިގެން ދަތުރު ކުރަމުންދިޔަ ބާޖެއް ގެއްލިގެން ސިފައިން ހަރަކާތްތެރިވާން ފަށައިފިއެވެ.
މި ބާޖަކީ ވ. ކުނާވައްޓަށް ކަފު ޖަހައިގެން ދަތުރު ކުރަމުންދިޔަ 120 ފޫޓުޖެ ބާޖެކެވެ.
އެމްއެންޑީއެފް އިން ވިދާޅުވީ، ލިއޯ ޖެމް2 ނަމަކަށް ކިޔާ މި ބާޖުގެ ވާ ކަނޑައިގެން ގޮސް އެރަށާއި ފަސް ނޯޓިކަލް މޭލު ބޭރުން އޭތީގެ ވާކަނޑައިގެން ގޮސްގެން އެމްއެންޑީއެފްއަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
އެކަން ރިޕޯޓްކޮށްފައި ވަނީ މިރޭ 22:33 ހާއިރު ކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.
އެމްއެންޑީއެފް އިން ވަނީ މި ސަރަހައްދުން ދަތުރު ކުރާ ފަރާތްތަކުން މިކަމަށް ސަމާލުވުމަށް އެދިފައެވެ.
މި ސަރުކާރުން ދިރުވާލީބާ؟
ތި ހީވަނީ މި ސަރުކަރުން ތި ރޮލުން ކާލީހެން
ކޯއްޗެއް ބާޖަކީ ؟
އަނެއްކާ އަދީބު ބްރޯ ހުރީ ތީގަބާ ގޭބަންދުކޮށްފަ. ÷ޕީޖީ މޮޅުވާނެ ފޮތް ބަލާގެން ޓްރާންފާ ހަދަން