ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން މީގެ ނުވަ އަހަރު ކުރިން ނިމިދިޔަ ހަނދާންތައް އާކުރައްވައި މިއަދު ކުރެއްވި ޓްވީޓެއްގައި ލިޔުއްވި ޅެންބައިތުތަކަށް އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުން މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް ރައްދު ދެއްވައިފިއެވެ.
މިހާރު ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމު ވެސް ފުރުއްވާ ނަޝީދު ލިޔުއްވާފައިވާ ޅެން ބައިތުގައިވަނީ ހިތަށް އެ ހަނދާންތައް ގެންނެވީ ހިތްޕުޅުގައި "ވިކަމުންދާ" ކަމަށާއި އެއީ ފިލައިގެން ދާނެ ތަދެއް ނޫން ކަމަށެވެ. ދެން ލިޔުއްވާފައި ބައިތުގައިވަނީ އެ ހުރިހާ ކަމަކީ މައާފު ކުރާ ވަރުގެ ކަމެއް ނޫން ކަމަށެވެ.
ރައްދުގައި ޝިޔާމް ކުރެއްވި ޓްވީޓްގައިވާ ޅެންބައިތުގައި ވަނީ ބަޣާވާތަކުން ކަމަށް ބުނެ ރައީސް ނަޝީދު ދައްކަވާ ވާހަކަފުޅުތަކުން މުޅި ގައުމުގައި ފިތުނަ އުފެދިގެން ދިޔަ ކަމަށެވެ. އަދި ރައީސް ނަޝީދު އިސްތިއުފާދެއްވުމާއި އެކު އެއީ ބަޣާވާތެއް ކަމަށް ނިންމާ އެޕާޓީގެ މެމްްބަރުން ނިކުމެ އެކި ތަންތަނުގައި ހުޅުޖެހިކަން ފާހަގަކުރެއްވިއެވެ.
"އެ ވާހަކަތަކުން ފިތުނަ ކުރުވީ ނޫންތޯ މި ގައުމު، އެ ބާރު މިނުގައި ނުކުމެ ރޯކުރީ ވެސް މި ގައުމު، އެއާއެކު ފެށީ މާ ނުރައްކާތެރި ކަމެއް، ރެޔާއެކު ދުވާލާ ބޭރުގައި ފެށި ކަމެއް، ބަޣާވާތެއް ކަމަށް ބުނެ ކުރީ ބޮއިކޮޓް މި ގައުމު، ނަގާ އީޔޫއާ ޚާއްސަވި ގިންތިން މި ގައުމު،" ޝިޔާމް ލިޔުއްވާފައިވެއެވެ.
Evahaka thakun fithuna kuruveemu noontho miqaumu.
Ebaaruminuga nikume roakuree ves miqaumu.Eyaa eku feshee maa nurakkaatherikameh.
Reyaa eku dhuvaala beyrugai feshikameh.Baghaavaathehkamah bune kuree boycot miqaumu.
Nagaa EU ge khaassavi ginthin miqaumu.
1/2 https://t.co/LSkaYNjEdp— Ahmed Shiyam (@Shiyamaldives) February 7, 2021
ފެބްރުއަރީ 7، 2012 ގައި ރައީސް ނަޝީދުގެ ވެރިކަން ބަދަލު ވެގެން ދިޔައީ އޭރު އިދިކޮޅު ފަރާތްތަކުން ކުރަމުން ދިޔަ މުޒާހަރާގައި ސިފައިންނާއި ފުލުހުންގެ ބަޔަކު ބައިވެރިވެ ހިނގައިދިޔަ ހަމަނުޖެހުންތަކަކަށް ފަހު ރައީސްގެ މަގާމުން ނަޝީދު އިސްތިއުފާ ދެއްވުމުންނެވެ.
ރައީސް ނަޝީދު އަބަދުވެސް ތުހުމަތު ކުރައްވަނީ އެއީ "ބަޣާވާތެއް" ގެ ގޮތުގައެވެ. އެކަމަކު އެ މައްސަލަ ބަލަން އެކުލަވާލި ރިޔާސީ ކޮމިޝަންގެ ކޯނި ރިޕޯޓްގައި ބުނެފައިވާ ގޮތުން އެ ދުވަހު ނަޝީދު ރައީސް ކަމުން އިސްތިއުފާ ދެއްވީ އެއްވެސް މަޖުބޫރު ކަމެއް ނެތި އަމިއްލަފުޅަށެވެ.
ފެބްރުއަރީ 7، 2012 ގައި ކުރި މުޒާހަރާގެ ތެރެއިން އެމްޑީޕީގެ ސަޕޯޓަރުންނާއި ވާދަވެރި ޕާޓީތަކުގެ ސަޕޯޓަރުންނާ ދެމެދު ހަމަނުޖެހުންތަކެއް ހިނގިއެވެ. އަދި އެއީ ބަޣާވާތެއް ކަމަށް ބުނެ ރައީސް ނަޝީދު ވެސް އިސްވެ ހުންނަވައި ފެބްރުއަރީ 8، 2012 ގައި މަގުމައްޗަށް ނުކުތް ދުވަހު ވެސް ފުލުހުންނާއި މުޒާހަރާގެ ބައިވެރިންނާ ދެމެދު ހަމަނުޖެހުންތަކެއް ހިނގިއެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެމްޑީޕީގެ ސަޕޯޓަރުން މުޒާހަރާކުރިއިރު، ހިނގި ހަމަނުޖެހުންތަކުގެ ތެރޭގައި ބައެއް މީހުން ވަނީ ބައެއް ރަށްރަށުގައި ހުރި ދައުލަތުގެ މުދާތަކާއި އިމާރާތްތަކުގައި ހުޅު ޖަހައި ގެއްލުން ދީފައެވެ.
ސާބަހޭ ސިޔާމް. ތިޔައީ ދިވެހި ލޭ ހިނގާ ދަރިއެއް.
މިޤައުމު އަނދަވަޅަށް ވައްޓާލައި އަދަބު އަޚްލާޤު ނަގާލުމުގެ މޭސްތިރިޔާ މުޙައްމަދު ނަޝީދު
މަރުހަބާ ޝިޔާމް
ސާބަސް
މައާފް ކޮށް ދޫކޮށްލައިގެން ނުވާނެ. ފެްބުއަރީ 7 2012 ގެ ހަދިސާއާ ގުޅިގެން ނަސީދުގެ މައްޗަށް ތަހުގީގު ހިންގާ ދައުވާކުރަންޖެހޭ ސަބަބުތައް. ނަންބަރު 1 ގާނޫނުއަސަސީ ގަޑުބަޑުކޮށް ބާރުތައް އަތަށް ނެގިކަމަށް ލިއުންވުން މިލިއުމުގެ ކޮޕީ މިހާރުވެސް އެބައޮތް. ނަންބަރު 2 ގާނޫނުއަސަސީ ހުއްޓިފައިވާކަން(ގާނޫނުއަސަސީއަށް އަމަލުކުރުން ހުއްޓާލިކަން)އިއުލާން ކުރެއްވުން. ނަންބަރު 3 ގާނޫނުއަސަސިއާއި ގާނޫނާއި ހިލާފަށް ފަނޑިޔާރަކު ރަހީނުކުރުން. ނަންބަރު 4 ގާނޫނީ އިމުގަތެރެއަސް ވަނުމަށް ގޮވިގޮވުމަށް ދެކޮޅުހަދާ ގާނޫނަށް ބޯނުލެނބުން. ނަންބަރު 5 ފެބްރުއަރީ 2012 ދެވަހުގެރޭ ފުލުހުންނާ ސިފައިންނަށް ގައިރުގާނޫނީ އަމުރުކޮށް އާޓިފިސަލްބީޗް ގަ ތަޅަފޮޅުމާއި މާރާމާރީ ހިންގުން. ނަންބަރު 6 ގެބްރުއަރީ 7 2012 ދުވަހު ޖުމްހޫރީ މައިދާނަށް ތަޅާނެ ކުދަިން ވައްދާ ތަޅާފޮޅުން ހިންގެވުން. ނަންބަރު 7 ފެބްރުއަރީ 8 2012 ދުވަހުގަ ގައުމުގަ ފަސާދަ އާންމުކޮށް ފޯނުކޮށްގެން ތަންތަނުގަ ރޯކުރުވާ (ކީރިތި ގުރްއާނުގެ މާއިދާ ސޫރަތުގެ 33 ވަނަ އާޔަތުގެ ބުނާފަދަ ފަސާދައެއް) ގައުމުގާ އާންމުކުރުން.
ސާބަސް ޝިޔާމް!
މި ދުވަސް ކޮޅު ކަލޭމެން ތިބެ ބަލަ ބޭރަށް ނުނިކުމެ އެކަކު އަނެކާއި ވެގެން ބައިތު ބާޒީ ކުރަން
ލައިވް ޓީވީގަ ކެބިނެޓް ހާޒިރުގަ މަށަކައް ދެން މިކަމެއްނުވާނޭ ކިޔާފަ ނުވިތާކައް އަމިއްލަ އަތުން ސިޓީ ވެސް ލިޔެ އޭރު މީނާޔައް އެންމެ ހަޖޫޖެހި ޝާހިދު އައްއެފޮނުވާ
މީނާގެ އިންތިހާބީ ނައިބުރައީސް ގެނެސް ހުވާކުރުވީ މަޖިލިސް ކުރިމަތީގަ މަމީ އޭރުވެސް މިހާރުވެސް އެމް.ޑީ.ޕީ މީހެއް ކުރިޔައް އޮތްތާގަވެސް ދުނިޔޭގަ ހުރިހާދުވަހަކު ޕާޓީ ދުލެއް ނުކުރާނަން ނަމަވެސް މިހާރު މިކަލޭގެމިއުފައްދާ ފިތުނަ ބަލައެއް ނުގަނެވޭ ބޭކަލުންނޭ މީނާޔާ މެދު ހޭވެރިވޭ މަވާސަލާމް
މިޤައުމުގެ އެއްވެސް ކޯޓަކުން ، އެއްވެސް އިދާރާއަކުން އެއީ ބަޣާވާތެއް ކަމެއް މިހާތަނަށް ނިންމާފައި ނެތް އިރު ، ކެނެރީގެ ނަޝީދު މިފަދަ ދޮގު ފިތުނަ ފަތުރާނަމަ ކަމާއި ބެހޭ ފަރާތްތަކުން މީނަޔާ ދޭތެރަެ ފިޔަވަޅުއަޅަން ވެއްޖެއެއްނު ، އެހެން ނޫނީ މީ ނުފިލަަނެ ކަންތައްގަނޑެއްނު
ރ. ނަޝީދަކީ މަތިހަށި ނަންގަވާ ކަރުން ނޫ ނާރު ނެންގެވުން މާމޮޅުކަމެއް ކަމަށް ދައްކަވާ ބޭފުޅަކަށް ވިޔަސް އެދުވަހު މުޅި ޤަވްމަށް ފެނިދެނި ޔަޤީންވީ އެއީ "ރޭރު" ވާ ބޭފުޅެއްކަން. އިސްތިޢުފާގެ ސިޓީ ލިޔުއްވީ ކޮއްޅަށް ހުންނަވައިގެން އަމިއްލައަށް. ވާހަކަ ދެއްކެވީ ނަޝީދުގެ ބައެއް މިނިސްޓަރުން ގެ ހާޒިރުގައި ހަމަ ހޭގައި ހުންނަވާފައި އެއްވެސް މަޖުބޫރަކާ ނުލައި ހަމަ ރޭރުވީލެއް ބޮޑުކަމުން.
ކެނަރީ އަބޫޖަހުލަކީ މި ޤަ އުމުގެ ހަލާކެވެ.
އަހަރުމެންވެސް ގިޔާމަތްދުވަހުންވެސް މާފެއް ނުކުރާނަން ވެރިކަމައް އަރާ ރައްޔިތުން އަޅުވެތިކޮއް ޖީއެސްޓީގެ ނަމުގައި ޖިޒީނަގައިގެން އެފައިސާއިން ވެރިން އަރާމް ކުރަން އަދި ތިމާމީހާކުރީގެ ސަރުކާރުން ހިންގާފަވާކަންކަން ނުބަލާ އެއަްވުރެވެސް ގޯހުން ކަންތައް ކުރިކުރުން ފެބް އަރީ 8 ގައިބޮޑު ހުޅުޖެހުން ނިކަމެތި ކިތައްރައްޔިތުންގެ ލިޔެކިޔުން ނައްތާލީ އަދިވެސް ބާތްކަރުތާހޫން