ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ގައި ހުސްވެފައިވާ މެންބަރު ކަމުގެ މަގާމަށް މެމްބަރަކު އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުން ދިރާސާކޮށް ރުހުން ހޯދުމަށްޓަކައި 11 މީހެއްގެ ނަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރައްޔިތުންގެ މަޖިލިހަށް ފޮނުއްވައިފިއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރައީސް ފޮނުއްވި ނަންތައް މަޖިލީހުގެ އަމީން އާންމު ފާތިމަތު ނިއުޝާ އިއުލާން ކުރެއްވީ އެ ނަންތައް ރައީސް އިސްކަން ދެއްވާފައިވާ ތަރުތީބުންނެވެ.

ބްރޯޑްކޮމްއަށް އައްޔަން ކުރުމަށް ރައީސް ފޮނުއްވި 11 ނަމުގެ ލިސްޓުގައި، އެމަނިކުފާނު އިސްކަން ދެއްވާފައިވާ ތަރުތީބުގައިވާ ގޮތުން، އެންމެ ފުރަތަމަ އޮތީ ރާއްޖެ ޓީވީގެ ނޫސްވެރިޔާ މުހައްމަދު ފަޒީނެވެ. ދެވަނައަށް އޮތީ ވީޓީވީގެ ކުރީގެ ނޫސްވެރިޔާ ޝިފްޒާ މުސްތަފާއެވެ.

ބްރޯޑްކޮމަށް އައްޔަން ކުރަން ފޮނުވި މީހުންގެ ނަންތައް:

  1. މުހައްމަދު ފަޒީން، ހޭޒްލީން، ބ. ތުޅާދޫ
  2. ޝިފްޒާ މުސްތަފާ، މާދަޑު، އާސާން، ޏ. ފުވައްމުލައް
  3. ޝިފާ ތައުފީގް، ހ. ހާޖަރާގެ
  4. އަލީ މުހައްމަދު މަނިކް، ދަފްތަރު ނަންބަރު 1851
  5. އަހުމަދު މޫސާ، ހ. ހަމްސާވިލާ
  6. ޒުބައިރު އަހުމަދު މަނިކް، ގ. މަލްވިނަ
  7. ހަސަން ރަޝީދު، ފްލާވާގެ، ސ. މަރަދޫ
  8. އައިޝަތު ހުސައިން މަނިކް، ހ. ރީނދޫކޮކާގެ
  9. މުހައްމަދު ސާމިހް، އިރުދޭމާގެ، ގދ. ގައްދޫ
  10. ހުސައިން އަމްރު، ވ. ރޯޝަން
  11. އިމްރާނާ ބިންތު އަބްދުﷲ، މ. ކަރޭޖް

ބްރޯޑްކާސްޓިން ކޮމިޝަންގެ މެންބަރެއްގެ މަގާމު ހުސްވެގެން ދިޔައީ އެ ކޮމިޝަންގެ މެންބަރެއްގެ ގޮތުގައި ހުންނެވި ޒީނާ ޒާހިރު އިސްތިއުފާ ދެއްވުމުންނެވެ. މަގާމުން އޭނާ އިސްތިއުފާ ދެއްވީ އޭނާ ވަކިކުރުމުގެ މަސައްކަތް އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮތް މަޖިލީހުން ފަށާފައިވަނިކޮށެވެ. ޒީނާ އެ ކޮމިޝަނަށް އައްޔަން ކުރީ، މިދިޔަ ސަރުކާރުގައި ޕީޕީއެމްގެ މެޖޯރިޓީ އޮތް އަށާރަވަނަ މަޖިލީހުން ރުހުން ދީގެންނެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެ ކޮމިޝަނަށް އައްޔަން ކުރެއްވި މެންބަރުންގެ ތެރެއިން ކޮމިޝަންގައި މިހާރު ތިއްބެވީ މެންބަރު އައިމިނަތު ސަހާރަތު އިއްޒަތާއި، މެންބަރު އަމްޖަދު ވަހީދެވެ. ބައެއް ބޭފުޅުން އިސްތިއުފާ ދެއްވި އިރު، އަނެއް މެމްބަރުން ވަނީ ވަކިކޮށްފައެވެ.

އެގޭ ފަހުން މި ސަރުކާރުގައި، ނަވާރަވަނަ މަޖިލީހުން ރުހުން ދިން ހަތަރު މީހަކު ބްރޯޑްކޮމަށް އައްޔަން ކުރިއެވެ. އެއީ، ބްރޯކޮމްގެ ރައީސް ކަމުގައި މިހާރު ހުންނެވި މަރިޔަމް ވަހީދާ އާއި، ކޮމިޝަންގެ ނައިބު ރައީސް އަހުމަދު ގައިސްގެ އިތުރުން، މެންބަރު އަލީ ޔޫސުފު އާއި އައިމިނަތު އަމީނާ (އަނާ) އެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ރަދީފް

    ފަޒީން ކިޔާ ކަނޑުކޮސް ތިމަގާމަށް ހޮވާނެކަން ކަށަވަރު ޔަގީން.

    9
    1
  2. ސުރައްޔާ

    މިއަދު ނަނުއޮޅުވާލާފައި ބޭއްވިޔަސް މާދަމާ ތިޔަ ނަނު ފިލުވާނޫ! އެގިއްޖެތަ؟

    6
    1
  3. ބްރޯޑް

    ބްރޯޑް ކަމް މިވަނީ ރާއްޖެ ޓީވީގެ ގޮތް ޕަކަށްތޯ މިހާޜު ވެސް އަލީ ޔޫސުފް އެއީ މެންބަރެއް

    8
    1
  4. ރީނދޫ ކުލަ

    ސަރުކާރުގެ އަތްފޯރާ ހުރިހާ މުއައްސަސާއަކަށް ވަކި ޕާޓީއެއްގެ ނުފޫޒު.

    3
    1
  5. ޒީރޯ ޓޮލެރެންސް

    މިނިވަން ހުރިހާ މުއައްސަސާތަކެއް އެމްޑީޕީގެ ޖަގަހަ ތަކަށްވެ ނިމިއްޖެ. މިއީ ވަރަށްވާހަކަ.

  6. ޖުމައިނާ

    ޝިފްޒާ ހާދަ ރީއްޗޭ..އޭނަ އައްޔަންކޮށްލަބަލަ.