ގއ. ދާންދޫގައި ކުއްޖަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމް ކޮށްލައިފިއެވެ.
މި ހާދިސާގައި ޒަހަމްކޮށްލި ކުއްޖާ އަށް ލިބުނު އަނިޔާތަކާ ބެހޭ އިތުރު މައުލޫމާތެއް އަދި ލިބިފައެއް ނުވެއެވެ. ޒަހަމްވި ކުއްޖާ މިހާރު ވަނީ ފަރުވާދިނުމަށް އެރަށު ސިއްހީ މަރުކަޒަށް ގެންގޮސްފައެވެ.
ފުލުހުން ވިދާޅުވީ ދާންދޫގައި މާރާމާރީއެއް ހިނގި ކަމުގެ މައުލޫމާތު މިރޭ 7:50 ހާއިރު ހުށަހަޅާފައިވާ ކަމަށާއި މިހާރު އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.
މި މާރާމާރީ ހިނގަން މެދުވެރިވި ސަބަބެއް އަދި އެނގިފައެއް ނުވެއެވެ.
ޖަޒީރާ ރައީސްގެ އޯޑަރަށް ހިނގާ ކަންކަން ތިހުންނަނީ ސުވައިދީބުގައި ތިބާވަތުގެ ކަންކަން ވަރަށް ގިނައިން ހިނގާނެ. މައްސަލައެއް ނޫން ތީކީ.