ކ.ގުރައިދޫ އިން ޖާގަ ހޯދަން ޖެހޭ މީހަކަށް ދީނީ އިލްމުގެ ފޮނި މީރުކަން ނޭނގޭނެ ކަމަށް ވިދާޅުވެ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް ނުސީދާކޮށް ފާޑު ވިދާޅުވެއްޖެއެވެ.
ޑރ.އިޔާޒް ކުރެއްވި ޓްވީޓެއްގައި ވަނީ ގުރަައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މަރުކަޒުން ޖާގަ ހޯދަން ޖެހިފައިވާ މީހަކަށް އިލްމުގެ ފޮނި މީރު ކަމާއި އެ އިލްމުގެ ފުޅާކަން ނޭނގުމަކީ ހައިރާން ވާން ޖެހޭ ވަރުގެ ކަަމެއް ނޫން ކަމަށެެވެ.
އިސްލާމްދީނުގައި ހަރާމް ކުރައްވާފައިވާ ކަންކަމާއި ހަލާލް ކުރައްވާފައިވާ ކަންކަމަށް ބަދަލު ގެނެއުމަކީ ރައްޔިތުން މަޖިލީހަށް ލިބިފައިވާ ބާރެއް ނޫން ކަމަށް އިޔާޒް ވަނީ ވިދާޅުވެފައެވެ.
އިޔާޒްގެ ޓްވީޓްގައި ވަކި ބޭފުޅެއްގެ ނަން ނެތް ނަމަވެސް ދީނީ ނަސޭހަތް ދިނުމުގެ ހުއްދަ އިސްލާމިކް މިނިސްޓްރީން ދޫކޮށްފައިވާ ބައެއް އިލްމުވެރިން ދެއްވަމުން ގެންދަވަނީ ޖިންސީ ގުޅުމުގެ އިރުޝާދު ކަމަށް ވިދާޅުވެ، އެފަދަ ބޭފުޅުންގެ އިރުޝާދު ރައްޔިތުން ބަލައިގަންނާނީ ކިހިނެއްތޯ ސުވާލު އުފައްދަވައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ދީނީ އިލްމުވެރިންނަށް ހަޖޫ ޖައްސަވައިފައެވެ.
އެހެންކަމުން އިޔާޒް ރައްދުދެއްވީ ނަޝީދަށް ކަމަށް ބެލެވެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މިއުޒިކަށް އޮތް އިސްލާމް ދީނުގެ ހުކުމާ ގުޅޭ ގޮތުން މަޖިލީހުގައި ތިއްބެވި ބައެއް މެންބަރުން ވާހަކަ ދެއްކެވިއެވެ. އެކަމާ ގުޅިގެން ބައެއް ދީނީ އިލްމުވެރިން ކަންބޮޑުވުން ފާޅުކުރައްވަމުން ދަނިކޮށް، އިސްލާމިކް މިނިސްޓްރީއިން ބަޔާނެއް ވެސް ނެރުނެވެ. އޭގައި ވަނީ، ދީނީ ހުކުމްތައް ބަޔާން ކުރުމަކީ އެ މިނިސްޓްރީއިން ދީނީ ނަސޭހަތް ދިނުމުގެ ހުއްދަ ދޫކޮށްފައިވާ ދީނީ އިލްމުވެރިންގެ ޒިންމާއެއް ކަމަށެވެ.
ޒުވާނުންނަށް ފަސޭހަކަމާއެކު މިޔުޒިކް އަޑުއަހާލައި، އެކުވެރިންނާ ބައްދަލުކޮށްލައި، ހާސްކަމުން ބޭރުގައި އުފާވެރި މާހައުލެއްގައި ހީ ސަމާސާކޮށް މަޖާކޮށްލައި، އެއްވެ ތިބެވޭނޭ ފަދަ މަރުކަޒެއް ގާއިމުކޮށްދިނުމަށް އެދި ހުށައަޅާފައިވާ ގަރާރަށް ދީނީ އިލްމުވެރިން ނުރުހުން ފާޅުކުރަން ފެށުމުން އެމްޑީޕީ އަށް ތާއީދު ކުރާ ބައެއް މީހުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
އެގޮތުން އިޔާޒް މީގެ ކުރިން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހަރާމް ހަލާލް ކަނޑައަޅުއްވާފައި ވަނީ އެއްކައުވަންތަ ﷲ ސުބްހާނަހޫ ވަތައާލާ ކަމަށެވެ. އަދި އެ ނިންމެވުން އަހަރެމެންނާ ހަމައަށް ގެނެސްދެއްވީ މި ޖީލުގެ އެންމެ ފަހުގެ ރަސޫލާ މުހައްމަދުގެފާނު ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންވެ އިޔާޒް ވަނީ ހަރާމް ކަންތައް ހަލާލްކޮށްގެން މަޖިލީހުގައި ވާހަކަދެއްކެވި މެމްބަރުންގެ "ސައިޒް' އޮޅުވަޑައިގެން ނޫޅުއްވުމަށް ނަސޭހަތްތެރިވެވަޑައިގެންފައެވެ. އަދި ދީނުގެ ނަމުގައި ތިމާއަށް ނޭނގޭ ވާހަކަތައް ނުދެއްކެވުމަށް އޭނާ އިލްތިމާސް ކުރެއްވިއެވެ.
ވިސްނުމެއްނެތި ކޮށްފިކަމަކުން މުޅި އުމުރަށް ކަރުނަ އޮހޮރަން ޖެހިދެޔޭ
“ގުރައިދޫން ޖާގަ ހޯދަން ޖެހޭ މީހަކަށް ދީނީ އިލްމުގެ ފޮނި މީރުކަން ނޭނގޭނެ” މިފަދަމީހަކަށް ބައިއަތު ހިފިމީހުން މިކަން ކަމުގެ ޒިންމާ އުފުލަން ޖެހޭނެ
އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް
އިޔާޒުގެ މިއަހަރުގެ އެންމެ ސަޅިވާހަކަ "ގުރައިދޫން ޖާގަ ހޯދަން ޖެހޭ މީހަކަށް ދީނީ އިލްމުގެ ފޮނި މީރުކަން ނޭނގޭނެ"
މިއަދުފާޑުފާޑުގެވާހަކަދައްކާނެކަމެއްނެތް މިބަލާމުސީބާތް އެނގިފެނިތިބެގެން މިޤައުމަށްފާކުރުވީ ތިޔަހަތަރުޝޭޚުން ލިބުނުބައިވަރުގިނަކަމުންކަމަށްވެސްވެދާނެ ! އެކަމަކު އާޚިރަތަށްވުރެދުނިޔެއިސްކޮށްފާނެކަމަށް ކުރިންޤަބޫލެއްނުކުރަން ނަމަވެސްމިހާރު ޔަޤީންކުރަން☹☹☹☹☹
ނައިޓް ކްލަބެއްލި ނަމަ މާސަޅިވީސް.
އިޔާޒު 100- އަންނި 0
ތި ކުރަނީ މަލާމާތް އޭތި ކަޑަ ބުއްޅަ ޔާ އެއްފެންވަރަކަށް ތި ވެއްޓެނީ އޭނަޔަށް ވެރިކަން ހޯދައި ދޭން ހެސްކިޔާފަ މަސައްކަތްކޮށްފަ އޭތި ކަޑަ
މީނަ އަންނިއަށް ނިސްބަތްކޮށް ފާޑުފާޑުގެ ގޮވެލިތައް މި ގޮވަނީ އިބޫ ބުނެގެންހެން ވަރަށް ހީވޭ! އިބޫ އެ ކުރާކަމަކީ އަތްނުލައި އައްދޮކިޔައި އަންނި ވެރިކަމުގެ ކިއްލާއިން ބޭރުއެރުވުން.
ހާއްސައެހީއަށް ބޭނުންވާމީހުންގެ ނިކަމެތިކަން ދައްކާވައްތަރަށް އެމީހުންނަށް ރައްދުވާގޮތަށް ހުތުރު މަލާމާތެއް ކުރުމުން ދީނީއިލްމުވެރިއަކަށް ވިޔަސް ކުއްވެރިކުރަން ކަންކަމަށް ޖޯކުޖަހާ މަޖާޒީގޮތުން އަދި އެނޫންގޮތަކަށް ރައްދުދިނަސް ނިކަމެތި ބަޔަކަށް ފުރައްސާރަވާގޮތަށް ބަސްބުނެއުޅުމުން ތިފެންވަރުގެ މީހަކު ތިކުރީ ދެރަވަރުކަމެއް
ރީދޫ ބައިގަނޑު މި ގައުމުން ބޭރުކުރޭ
ތި ތަނުން ގުރައިދޫއަށް ލާން ޖެހެނީ ކާކުކަމެއް އަޅުގަނޑަކަށް ނޭންގެ، އަޅުގަނޑުގެ ނަޒަރުގައި ތިދެމީހުންނަކީވެސް ދުނިޔެ ބަނޑުއަޅަން ވަރަށް ވަރުހުންނަ ދެމީހުން ، އަދި އެކަކު އބަ މަދުވޭ އެއީ އެބުނާ އިމްރާން، ގުނބޯއްޔެއް ވެރިކަމުލައިގެން ރެޑްވޭވް ސަލީމުބުނާ ދުނިޔެމަތީ "ދައްޖާލުން" ގެ ވެރިކަމަށް ސަނާ ކިޔާލަ ކިޔާލާ މިތިބެނީ ދުނިޔެއިން މޮޔަވެފަ
ދީނީ އިލްމާ ފޮނިމީރުކަން ވަރަށް ބޮޑަށް ކޮންފަހުރިކަން ބަލާލުމުން ފާހަގަވޭ ހާއްސަކޮށް ފޮނިމީރުކަމުގެ އަސަރު ވަރަށް ބޮޑަށް ކޮށްފަ ހުރިކަމަށް ފެންނަނީ
ދީނުގަ ތިކަން ކޮންމެ ގޮތަކަށް އޮތަސް އެގޮތެއް ބަލަން ބޭނުންނުވާ ބަޔަކު މިތާއުޅޭކަން ތިކިޔާ އިލްމުވެރިންނަށް ނޭނގޭކަމީ ވަކި ކުޑަކަމެއްތަ؟ ގާނޫނު އަސާސީން އެންމެން ދީނަކަށް ވައްދައިގެން އުޅޭ ގައުމެއް މީ
ކަލޭ ވަރަށް ސާފުކޮށް ތިބުނަނީ ގުރައިދޫގަ ބަލިމީހުން ތިބޭތަނުގަ ނޫނީ ގުރައިދޫގަ ދީނީ އިލްމުގެ ފޮނިމީރުކަން އެންގޭ މީހަކު ނުހުންނޭތަ؟ އެހެންކަމަށްވާނަމަ ކަލެއަށް ތިހުރީ އިލްމު ވަރަށް މައްޗަށް ލިބިފަ