ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވައުދުފުޅަކީ ޕާކް ކުރާނެ ޖާގަ ނުދައްކައި ޖޫރިމަނާ ނުކުރުން ކަމަށާއި ގަވާއިދާ ޚިލާފަށް ޕާކް ކުރާ އުޅަނދުފަހަރުތައް ޕާކިން ޖޫރިމަނާތައް ކުރަމުން ދަނީ އެ ވައުދުފުޅު ފުއްދެވުމުން ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަބްދުލް އަޒީޒް ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން މަބްރޫކް ވިދާޅުވީ،މާލެ ސަރަހައްދުގައި ޕާކިންގ މައްސަލަ ހައްލު ކުރުމަށް ސަރުކާރުން ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ.
"ތިބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ އެތައް ޕާކިންގ ޒޯނެއް ހެދި، ޕާކިންގ މައްސަލައަށް ހައްލުތަކެއް ވަރަށް ގިނަ ގޮތްގޮތަށް ގެނެވިފައި ހުންނާނީ". މަބްރޫކް ވިދާޅުވިއެެވެ.
މަބްރޫކް ވިދާޅުވީ، އެތައް ހާސް ޕާކިންގ ޖާގަތައް މިހާރު އުފެއްދިފައިވާ ކަމަށެވެ. މަބްރޫކް ވިދާޅުވީ، ޕާކިންގ ޒޯނެއް ހުއްޓާ މަގުގެ އަނެއްކޮޅުގައިވެސް ދުއްވާ އެއްޗެހިތައް ޕާކްކޮށްފައި ހުންނަ ކަމަށެވެ.
"އެ ޖާގަ ނުދީ، ނުވަތަ އެ ޕާކިންގ ސްޕޭސް ނެތި ޖޫރިމަނާ ކުރުމަކީ ހަމަޖެހޭ ވިސްނުމެއް ނޫނޭ ރައީސް ވިދާޅުވަނީ، އެ ޖާގަތައް އުފެއްދި މިހާރު މިހުރީ، ފުދޭވަރަކަށް ގިނަ ކުރެވިފައި، މިކަމުގެ ވިސްނުމަކީ ޕާކިންގ ޒޯން މެދުވެރިކޮށް މިކަންކަމަށް ހައްލު ހޯދުން". މަބްރޫކް ވިދާޅުވިއެވެ.
އަދި މިހާރު އެކަން ރަނގަޅަށް ދާ ކަމަށާއި، ކުރިއަށް އޮތްތަނުގައިވެސް އެ މަސައްކަތް އެގޮތަށް ދާނެ ކަމަށް މަބްރޫކް ވިދާޅުވިއެވެ.
ވެހިކަލްތަކުގައި ސްޓިކާ ޖެހުން ހުއްޓާލުމަކީ މިސަރުކާރުގެ ވައުދެކެވެ.
އަދިވެސް ބުއި އެއްޗެއްގެ އަލާ ނުކެނޑޭ
ކޯމަސް ތަކުގެ ބުރަކަޝީގަތޯ ޕާކިން ޒޯންތައް ހަދާ ވައުދުތިފުދީ މިގައުމުގެ ވރިޔަކައް ކަމަކުނުދޭ ހިންނަވަރު ނައިފަރު ކައުންސިލް ރައީސަކައް ކަމުދޭ އެކަމަކު ރަޝުމީހުން ގަބޫލުކުރާނެބާ........
😂
އެނމެނަކު ހަމަހޭގަ ތިބޭނެ ކަމަށް ދެކިގެން ނުވާނެ
ހަމަ ޔަަޤީނުންވެސް މިސަރުކާރު ހުވާކުރި ސިކުންތުންފެށިގެން އަދި ސްޓިކާޖެހުން ހުއްޓައެއްނުލާ. ދެން ކޮންއިރަކު ވައުދު ފުއްދީ!؟
އަމާބުނީތީ ފަރައްދާއުސޫލުން ދޯ ވައުދު ފުއްދީ 😂😂😂😂😂😂😂😂
މީ އަމާ ބުނީތީ ފަރަށް ދާ އުސޫލުން ކަންތައް ކުރާ ސަރުކާރެއް!! އަޅެ މި މީހާގެ ވެރިކަން ނިމޭނީ ކޮންދުވަހަކުންބާ؟؟ އެއީ މިހާރު އެންމެ ދެކެން ބޭނުންވާ ދުވަސް. ﷲ އިރާދަ ކުރެއްވިއްޔާ އެދުވަސް ވަރަށް އަވަހަށް ފެންނާނެ.
ތެދެއް އެއީ ހޯރައިއްބެ ދޫކޮއްލާފަ، ވެންޓިލޭޓަރު ތަކެއް ބަނޑައް އަޅާފަ ސްޓިކާ ޖެހީ، ގޯހެއްނޫން އެހެންވީމަ
ސްޓިކާ ޖަހަން ޖެހުނީ ގައުމު ދަވާލާފަ، މުސާރަ ދޭނެ ފަދަ ނެތުނީމަ... އިބޫ ކިއާމީހަކު ވެރި އަކައް ލާއިރުވެސް ކަލޭމެންނައް ނޭނގޭތަ މީ ގޯހެއްްކަން
މާލޭ މަގުތަކުން ކިތައް ޕާކިން ޒޯމް ނަގަިފިންތޯ. އެއީ ކިތައް ސައިކަލްގެ ޖާގަ ތޯ ހިސާބު ޖެއްސެވިންތޯ.
ވައުދުވީމަ އެފުއްދުނީ ވީހާ ވަޢުދު ވީޖަމަލުފޮޑިއަށް ޕާޓީމީހުނަށް ވައުދު ފުއްދީ އިސްޓިކާޖަހަނީ ރައްޔިތުން ފެލައިގެން ސިޔާސީމީހުނަށްބަހާނެ ފައިސާ ހޯދަން ބަޖެޓުގަ ކަނޑައެޅިވަރަށް އަދި އެއަށްވުރެ އިތުރަށް ރައްޔިތުން ފެލަން މިނޫންކަމެއްނޫ ކުރަނީކީ އަނގަ ފުޅާކޮށްފަ އެއްޗެއްބުންޏަކަސް ދެކޮޅެއްނުޖެއްސޭނެ
ކޮން ވައުދެއްތަ ކަލޭމެން ފުއްދީ ؟ މިހާތަނަށް ފުއްދި ވައުދެއް ނެތް އިންސާނެއްގެ ލޮލަށް ފެންނާކަށެއް ތިޔަބުނާ ވައުދަކީ ވައްކަން ކުރުން އަދި ނާއިންސާފުން ކޯޓްތައް ހިސާރުކޮށްގެން ޝަރީއަތްކުރުން
މަބުރޫ ކް ވިދާޅު ވެ ދެއްވަބައްލަވާ ތިބުނާ އެތައްހާސް ޒޯންތައް ހަދާފަހުރި ތަން ތަން ،އެތައް އެތައް ހާހެ ކޭ ބުނުމު ކުން ނުފުދޭނެ. ތީ އަނެއް ކާ ސިދަތާ ގެންގުޅުނު ބެށްޝީޓް ކަހަލުގެ ޒޯންތަ ކެއްބާ