ރާއްޖެއިން އިތުރު 120 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ އެވެ.

މިއަދު ފައްސިވި 120 މީހުންގެ ތެރެއިން 99 މީހުން ފައްސިވެފައި ވެފައި ވަނީ މާލެ ސަރަހައްދުންނެވެ. އަދިި ރިސޯޓްތަކުން 10 މީހަކު ފައްސިވިއިރު، ސަފާރީތަކުން ތިން މީހަކު ފައްސިވެފައި ވެއެވެ.

ރާއްޖެއިން ފައްސިވާ އަދަދުތައް އިތުރުވި ނަމަވެސް، ހޮސްޕިޓަލްތަކުގައި ފަރުވާދޭ އަދަދުތައް ވަނީ ދަށްވެފައެވެ. އެގޮތުން އިއްުޔެ 211 މީހަކަށް ހޮސްޕިޓަލްތަކުގައި ފަރުވާދިންއިރު، މިއަދު ފަރުވާދެމުން ދަނީ 204 މީހަކަށެވެ.

އިއްޔެ ރާއްޖެއިން ކޮވިޑް-19 އަށް ޓެސްޓުކޮށްފައި ވަނީ 4765 މީހެކެވެ. އެހެން ނަމަވެސް މިއަދު އެ އަދަދު ވަނީ މަދުވެފައެވެ. މިއަދުގެ ތަފާސްހިސާބުތައް ދައްކާގޮތުން މިއަދު ޓެސްޓުކޮށްފައި ވަނީ 2751 މީހެކެވެ.

ރާއްޖޭގައި މިހާރު ކޮވިޑަށް ފައްސިވެ ފަރުވާދެމުންދާ 2302 މީހަކު އެބަތިއްބެވެ.

ރާއްުޖޭގައި ކޮވިޑަށް ފައްސިވެ، ރަނގަޅުވި މީހުންގެ އަދަދު ވަނީ 15142 އަށް އަރާފައެވެ.

ރާއްޖޭގައި މިހާރު ކޮވިޑް-19 ފެތުރެމުންދަނީ މާލެ ސަރަހައްދާއި، ރިސޯޓްތަކާއި، އަދި ދެކުނު ތިން ސަަރަހައްދެއްގައެވެ. އެއީ އައްޑޫ ސިޓީ ފުވައްމުލައް ސިޓީ އަދި ގދ. ތިނަދޫގައެވެ.

މާލެ ސަރަހައްދުގައި ކޮވިޑަށް ފައްސިވެ ފަރުވާ ދޭ މީހުންގެ އަދަދުތައް އިތުރުވަމުން އަންނާތީ މާލެ ސަރަހައްދުގައި އަޅާފައިވާ ފިޔަވަޅުތައް ވަނީ ވަރުގަދަކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު