ދިގުމުއްތަކަށް ބޭސް ފަރުވާ ކުރާ 18 އަހަރުން މަތީގެ ބަލި މީހުންގެ ގަޔަށް ވެކްސިން ޖަހަން މަދަމާ ފަށަން ތައްޔާރުވެއްޖެ އެެވެ.

ރާއްޖޭގައި ވެކްސިން ދޭން ފެށީ ފެބްރުއަރީ އެއް ވަނަ ދުވަހު އެވެ. އެ ދުވަހުން ފެށިގެން މިރެއާ ހަމައަށް 27،367 މީހަކަށް ވަނީ ވެކްސިން ދީފައެވެ.

އެޗްޕީއޭއިން ވިދާޅުވީ، މާދަމާ 18 އަހަރާއި 55 އަހަރާއި ދެމެދުގެ ބަލި މީހުންނަށް ވެކްސިން ދޭއިރު، ހަތަރު ތަނަކުން ވެކްސިން ޖެހުމުގެ ކަންކަން ކުރިއަށްދާނެ ކަމަށެެވެ.

އެޗްޕީއޭ އިން ވިދާޅުވީ، ވެކްސިން ޖެހުމުގެ ކަންކަން ކުރިއަށްގެންދާނީ ސޯޝަލް ސެންޓަރާއި، އިސްލާމީ މަރުކަޒު އަދި ހުޅުމާލޭ ވެކްސިނޭޝަން ސެންޓަރ، ވިލިމާލެ ޔޫތް ސެންޓަރުގައެވެ.

ކޮވިޑް-19 އާއި ދެކޮޅަށް ރާއްޖޭގައި ދެމުން އަންނަނީ އިންޑިއާގެ ކުންފުންޏަކުން އުފައްދާފައިވަނީ "ކޮވިޝީލްޑް" ވެކްސިނެވެ. މި ވެކްސިން ރާއްޖޭގައި ބޭނުން ކުރުމުގެ ހުއްދަ ދީފައިވަނީ މިމަހުގެ އެއްވަނަ ދުވަހުއެވެ.