ގައުމީ ޓީމުގެ ކެޕްޓަން އަލީ އަޝްފާޤް އަދި އެޓީމުގެ ފާހަގަކޮށްލެވޭ މޮޅު ކުޅުންތެރިއެއް ކަމަށްވާ އަކްރަމް އަބްދުލް ޢަނީ އާއި މެދު ފަހުރުވެރިވާކަމަށް ކުރީގެ އިސްލާމިން މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
ދަގަނޑޭއަކީ ރާއްޖޭގެ ގިނަ ބައެއްގެ ލޯބި ލިބިފައިވާ ފުޓުބޯޅަ ކުޅުންތެެރިއަކަށްވާއިރު، އޭނާގެ އަގު ވެއްޓޭ ގޮތަށް އެމްޑީޕީގެ އެކްޓިވިސްޓު ސޫޒަން އިބްރާހިމްފުޅު ވަނީ ޓްވީޓެއް ކޮށްފައެވެ.
މިކަމާއި ގުޅިގެން ޑރ. ޝަހީމް ކުރެއްވި ޕޯސްޓުގައި ވިދާޅުވެފައި ވަނީ އަޝްފާޤް އާއި އަކްރަމް އާއި މެދު ފަހުރުވެރިވާކަމަށެވެ.
''މާތް الله އެ ދެބޭފުޅުންނަށް ހެޔޮ ސިއްހަތާއި ސާބިތުކަން އަދި ރައްކާތެރިކަން ދެއްވަށި. އާމީން'' ޑރ. ޝަހީމް ވަނީ ވޮދާޅުވެފައެވެ.
ސޫޒަން ނަމަކަށް ކިޔާ އެ އަންހެން މީހާއަށް ގިނަ ބަޔަކު ވަނީ ފާޑުކިއުންތައް އަމާޒުކޮށްފައެވެ. މިކަމާ ގުޅިގެން ސޫޒަން ވަނީ އޭނާގެ ޕްރޮފައިލް ފޮޓޯ ޑިލީޓުކޮށްލައި އެކައުންޓު ތަޅުލައިފައެވެ.
އެމްޑީޕީ ވުޖޫދަށް އައީއްސުރެ މިއަދާ ހަމައަށް އެ ޕާޓީގެ ނުފޫޒު ގަދަ މަގާމުތަކުގައި މަސައްކަތް ކުރި ސޫޒަން އިބްރާހިމްފުޅު، އޭނާގެ އަމިއްލަ ޓްވިޓަ އެކައުންޓުގައި ރައްޓެއްސަކާ ހަވާލާދީކަމަށް ބުނެ ވަނީ ޖިހާދަށް ދާން ތައްޔާރަށް ތިބި ބަޔަކު ފުޓުބޯޅަ ކުޅޭތަން ބަލަން ދާނެތޯ އާއި އެމީހުން ކުޅޭތަން ބަލަން ދާނެ ބަޔަކު ތިބިތޯ ސުވާލު އުފައްދާފައެވެ.
" ޓީމް ބަލި ވެއްޖެއްޔާ ދަނޑު ވެސް ގޮއްވާލަފާނެ. ކާކު ސިޑިބަރީގައި އިންނަން ދާނީ" ސޫޒަންގެ ޓުވީޓުގައިވެއެވެ.
ސޫޒަން ކުރި ޓްވީޓުގައި ވަކި މީހެއްގެ ނަން ފާހަގަކޮށްފައި ނުވީ ނަމަވެސް އޭނާ އެ ޓްވީޓު ކޮށްފައި ވަނީ ފުޓުބޯޅަ ކުޅުންތެރިޔާ އަޝްފާގްގެ އިތުރުން ގައުމީ ޓީމްގެ ކެޕްޓަން އަކްރަމް އަބްދުލް ޢަނީގެ ފޮޓޯ އާންމު ކުރުމަށް ފަހުއެވެ.
މުޅި ޤައުމު ފަޚްރުވެރިވާ ދެކުޅުންތެރިން.
ކުޅުންވުންވެސް މޮޅު.
އުޅުއްވުއްވެސް ރީތި.
ރާއްޖެއާއި ބޭރުގައި ވެސް ލޯތްބާއި އިޙްތިރާމް ތައްރީފް.
ބަޔަކަށް ހަސަދަ ލިޔަސް ބޮޑުވަރު މިއެމްޑީޕީ މީހުންނަށް މިތިބެނީ ކިހިނެއްވެފައި ބާ
މި ސޫޒަން ސަރުކާރުގެ ވަޒީފާއެއްގައި ނުވަތަ ކުންފުންޏެއްގެ ވަޒީފާއެއްގައި ހުރިނަމަ ވަޒީފާއިން ވަކިކުރުމަށް ފުޓްބޯޅަ ކޮމިއުނިޓީން ސަރުކާރަށް ޕްރެޝަރުކުރަންޖެހޭނެ. ގައުމީ ބަޠަލުންނާމެދު ދޮގުވާހަކަ ދައްކާ މީހުންނަށް ދައުލަތުގެ ވަޒީފާތަކުގައި ތިބެވިގެން ނުވާނެ.
ނޫޝީން ވަހީދުގެ މައްސަލަ އޮއްބާލިގޮތަށް މި ސޫޒަންގެ މައްސަލަވެސް ހަމަ އޮއްބާލާނީ. ބަލަން ތިބޭ!
ސޫޒަންއަށް ރީތިވީމަ އެތިބެނީއެއްނު ތުނބުޅި ބާލާ އޮމާންކޮށްގެން ބަޔަކު. ސޫޒަންގައިގަ އޮޅުލާފަ ލިބޭމީހުން.
މިފަދަބެއިފުޅުން ފެނުމުންވެސް ހިތްއުފާވޭ.