ގިނަ އަދަދެއްގެ ބިޔަރު ދަޅާއި ބަނގުރާ ފުޅިތަކަކާއިއެކު ފަސް ދިވެހިން މާލެ އިން ހައްޔަރުކޮށްފިއެވެ.
ފުލުހުން ވިދާޅުވީ މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ހަބީބު ބެންކާ ދިމާއިން މާލެ ފަޅުގައި އޮތް ދޯންޏަކާއި އެ ސަރަހައްދުގައި އޮތް ޕިކަޕެއް ބަލައިފާސްކޮށް ގިނަ އަދަދެއްގެ ބަނގުރާ ދަޅުތަކަކާއެކު ދިވެހި ފަސް ފިރިހެނުން ހައްޔަރުކޮށްފައިވާ ކަމަށެވެ.
ފުލުހުންގެ ޑްރަގް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން، މި ފެބުރުވަރީ މަހުގެ 12 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 19 އަހަރުގެ މީހަކާއި 20 އަހަރުގެ މީހަކާއި 24 އަހަރުގެ މީހެއްގެ އިތުރުން 27 އަހަރުގެ މީހަކާއި 44 އަހަރުގެ މީހެކެވެ.
ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި އިންޓެލިޖެންސް ގުޅިގެން ހިންގި އެ އޮޕަރޭޝަނުގެ ތެރެއިން އެ މީހުން ހައްޔަރުކޮށް، އެ ދޯންޏާއި ޕިކަޕު ބަލައިފާސްކުރިއިރު 480 ބިޔަރު ދަޅާއި 24 ފުޅި ބަނގުރާ ފެނިފައިވެއެވެ.
މި މައްސަލައާ ގުޅިގެން އެ ފަސް މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބައިތިއްބައިގެން ތަހުގީގު ކުރިއަށް ގެންދިއުމަށް 15 ދުވަހުގެ މުއްދަތު ދީފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން މި މައްސަލަދަނީ ތަހުގީގު ކުރަމުން ކަމަށް ފުލުހުން ވިދާޅުވިއެވެ.
ތީމާބޮޑުބު ކަމެއްނޫން. ރައްވެހި ފަތިހަކަށް އަލިވިލެނީ
ތިކަން ނިމިގެންދާއިރު ތިމީހުން ހައްޔަރު ކޮށްފައި ހުންނާނީ ގަވާއިދާއި ޚިލާފަށް.އެންމެފަހުން ކޯޓުން ޖެހޭނީ ދުކޮށްލަން. އާކަމެއްނުން،
ހުއްދަ ދީބަލަ ތިގެންގުޅެން ... ދޯ ނަޝީދު
މަޖްލީސް ކުރާގެޔަ ތި ގެންދަން ވީ... ތަ ހްލީލު ކުރަން
ކީއްވެބާ ފޮޓޯ ނުޖެހީ...ފޮޓޯ ޖަހާ ކުއްވެރި ނުވާ މީހާގެ .....
ތިއެތެރެކުރާމީހުން ހައްޔަރުކޯށްބަލަ ތިގެންގުޅޭމީހުނެއްނޫން ހައްޔަރުކުރަން ވީ އަސްލު ތީގެމާތްމޫހޯދަބަލަ ތިގެންގުޅޭމީހުންހައްޔަރުކުރިޔަސް ތިއެތެރެކުރާމީހާ ހަޔަރުނުކުރައްޏާ ތިކަމެއްނުހުއްޓޭނެ ކަލޭމެން އެބަޔަކު އެމީހުނާށްވިއްކާފަ އަނެއްކާ ހަމައެ އަތުލައިގެން އެހެންބަޔަކަށްވިއްކީމަ ކަލޭމެނަށްފައިދާދޯ ތީމިވެތިކަމުގައި އެންމެގިނނައިން ލާރިލިބޭވިޔަފާރި އެން މެހަލުއިއިސްޕީޓުގައި ތީއެމްޑީޕީމީހުކާންބޯންފައިސާހޯދުމަށް ކުރާވިޔަފާރި!