ބަންގްލަދޭޝް އާއި ދިވެހިރާއްޖެއާ ދެމެދު މިއަހަރު ފިނި މޫސުމުގައި ކަނޑުމަގުން ދަތުރުތައް ފެށުމުގެ ފުރުސަތު ބޮޑުކަމަށް ބަންގްލަދޭޝްގެ މީޑިއާތަކުން ރިޕޯޓް ކޮށްފިއެވެ.
ބަންގްލަދޭޝްގެ މީޑިއާތަކުން ރިޕޯޓް ކުރާ ގޮތުގައި ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝޭހް ހަސީނާ އާއި ރާއްޖެ އިން ބަންގްލަދޭޝް އަށް ކަނޑައެޅުއްވި ސަފީރު ޝިރުޒިމަތު ސަމީރު ވަނީ ރާއްޖެ އާއި ބަންގްލަދޭޝްއާ ދެމެދު ކަނޑުމަގުން ދަތުރުތައް ފެށުމާއި ގުޅޭ މަޝްވަރާތައް ކުރިއަށް ގެންދަވާފައެވެ.
މިބައްދަލުވުމުގައި ސަފީރު ޝިރުޒިމަތު ވަނީ ބަންގްލަދޭޝް އާއި ރާއްޖެއާ ދެމެދު ކަނޑުމަގުން ދަތުތައް ކުރުމާއި ގުޅޭ މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިންއެއްގައި މިއަހަރުގެ މާޗް މަހު ސޮއި ކުރެވިގެން ދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވެއެވެ.
ސަފީރާއި އެކު ބޭއްވެވި ބައްދަލުވުމުގައި ހަސީނާ ވަނީ ރާއްޖޭގައި މަސައްކަތް ކުރާ ބަންގްލަދޭޝް ރައްޔިތުންނަށް ވީހާވެސް އަވަހަށް ކޮވިޑް-19 ވެކްސިން ލިބޭނެ އިންތިޒާމް ހަމަޖައްސަވައި ދެއްވުމަށް އެދިވަޑައިގެންފައެވެ. ސަފީރު ޝިރުޒިމަތު ވަނީ މިހާރު ވެސް ރާއްޖޭގައި ބިދޭސީ މަސައްކަތްތެރިންނަށް ކޮވިޑް-19 ވެކްސިން ދިނުމުގެ މަސައްކަތް ކުރިއަށްދާކަން ފާހަގަ ކުރައްވާ އެކަމުގެ މައުލޫމާތު ބަންގްލަދޭޝްގެ ބޮޑުވަޒީރާއި ހިއްސާ ކުރައްވާފައެވެ.
ބޮޑުވަޒީރު ހަސީނާ ވަނީ ބަންގްލަދޭޝްގައި ހާއްސަކޮށް ދަނޑުވެރިކަމުގެ ދާއިރާ އިން ދިވެހި ވިޔަފާރިވެރިން އިންވެސްޓް ކުރުމަށް ވެސް މިބައްދަލުވުމުގައި އެދިވަޑައިގެންފައެވެ. އަދި ބަންގްލަދޭޝްގައި ރަނގަޅު ތައުލީމީ ފުރުސަތުތައް ހުރިކަން ފާހަގަ ކުރައްވަވާ އެފުރުސަތުތަކުގެ ބޭނުން ދިވެހި ދަރިވަރުން ވެސް ހިފުމަށް ހަސީނާ އެދިވަޑައިގެންނެވިއެވެ.
މީގެ އިތުރުން ރޮހިންޖާ މުސްލިމުން ބާޝަން ޗާރު އަވަށަށް ބަދަލު ކުރުމަށް ބަންގްލަދޭޝް އިން ކުރަމުން އަންނަ މަސައްކަތައް ދިވެހި ސަރުކާރުން މަރުހަބާ ކިޔާ ކަމަށް މިބައްދަލުވުމުގައި ދިވެހި ސަފީރު ވަނީ ހަސީނާ އަރިހުގައި ވިދާޅުވެފައެވެ.
އިންޑިޔާ މޯދީބެ ގަބޫލެއްނުވާނޭ ތިކަނކުރާކަށް ސަބަބަކީ ބަނގަލަދޭސްގައި މުސްލިމުންގެ މެޖޯރިޓީއޮތުން.
އަނެއްކާ އަނެއް ކަންތައް...!! "ފޭސް ޕާމް"
ބޯޓުތަކުގެ ފަލުކާ ފުރާ އަންނާނީ ކޮންކަހަލަ ބޭފުޅުންނެއް ބާ؟
ޢިއްޒަތްތެރި ވަޒީރު އެ ވިދާޅުވި ވެކްސިން ޓޫރިޒަމް ފެށެނީ މިމަގުންބާ؟
އޭރުން އަދި ރަގަޅަށް ވަގަށް މީޙުން ގެނެވޭނީ
ކޮބާ މިހާރު އިންޑިޔާދަތުރު ނިމުނީތޯ؟ކޮބާ ޗޮކިންގ ފެރީ؟ ވީތަނެއްވެސް ނޭނގޭ! ބަންގާޅުން އަދިވެސް މަދީތޯ މި ގައުމުގަ..ގައުމުވިއްކާހުސްކޮށްފި..
ކަނޑުމަގުން ބަންގާޅު ދަތުރުތައް ރާއްޖެއަށް ފެށުމުގެ ބޭނުމަކީ ކޮބާ ހެއްޔެވެ؟ ކޮންކަމެއް ކުރަން ހެއްޔެވެ؟ ތިއީ ހަސީނާ އެތަނުން ބަންގާޅީން ބޭރުވާން ފުރުޞަތު ދޭން ކުރާ ކަމެކެވެ. ޑްރަގް ކުޅިކުޅޭ މީހުން ރާއްޖެއަށް، ޑްރަގް ވެސް އެތެރެ ކުރާނެއެވެ.
ކިހާ ދެރެކަމެއް. ފެރީތައް ފުރާ ތިހުރިހާ އެންމެން މިތަނަށް އަންނަން ފެށީމައި މި ގައުމުގެ ރައްޔިތުން ދެން ކޮންތާކު ދިރިއުޅެނީ. ކޮން ވިޔަފާރި އެއް ކުރުމުގެ ފުރޞަތު ލިބޭނީ. ދިވެހިންގެ ތެރޭގައި އުޅޭ ނިކަމެތިން އިތުރަށް ނިކަމެތިވާނީ. ބިންވެރިންނަށް ފައިދާކުރާނެ.