ރާއްޖެ އިޝްތިހާރު ކުރުމަށް އިންޑިއާގެ ނޫސްވެރިންގެ ޓީމެއް އިއްޔެ ރާއްޖެ ގެނެސްފިއެވެ.

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ބުނީ ރާއްޖެއަކީ އިންޑިއާގެ ފަތުރުވެރިން ޒިޔާރަތް ކުރަން އެންމެ ރައްކާތެރި މަންޒިލެއްގެ ގޮތުގައި އިޝްތިހާރު ކުރުމަށް ފެމެލިއަރައިޒޭޝަން ޓްރިޕެއް ވިޒިޓް މޯލްޑިވްސްއިން ފަށާފައިވާ ކަމަށެވެ.

މިއީ ދިވެހިރާއްޖޭގެ ފަތުރުވެރިކަން އިންޑިއާ މާކެޓްގައި ފުޅާދާއިރާއެއްގައި އިޝްތިހާރުކުރުމުގެ މަގްސަދުގައި ކުރިއަށްގެންދާ ޚަރަކާތްތަކުގެ ތެރެއިން މިއަހަރު ގެނެވުނު ފުރަތަމަ މީޑިއާ ފޭމް ޓްރިޕެވެ. ރާއްޖޭގައި ފަތުރުވެރިންނަށް ލިބެން ހުންނަ ތަފާތު ޚިދުމަތްތައް ތަޖުރިބާކޮށް, އެކަމާ ގުޅޭގޮތުން ޚަބަރުތައް ޝާއިއުކުރުމުގެ މަގްސަދުގައި މިއަދު ޒިޔާރަތްކުރި ނޫސްވެރިންގެ ޓީމް ރާއްޖޭގައި ތިބުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 26 ވަނަ ދުވަހާ ހަމައަށެވެ.

އެމްއެމްޕީއާރުސީން ބުނީ މިދަތުރުގައި ބައިވެރިވެފައި ވަނީ އިންޑިއާގެ މަޝްހޫރު ނޫސް މަޖައްލާތައް ކަމުގައިވާ ދަ ޕައިނިއާ, ސަންޑޭ ގާޑިއަން, އީ.ޓީ ޓްރެވަލް ވޯލްޑް, ޓީއެމް.އެމް. މެގަޒިން އަދި ސްޕުޓްނިކް ނިއުސް މަޖައްލާގެ ފަސް އެޑިޓަރުން ކަމަށެވެ.

މި ޓީމުން ބައިވެރިން ތިބުމަށް ހަމަޖެހިފައިވަނީ ކަގި މޯލްޑިވްސް އަދި އެމެރަލްޑް މޯލްޑިވްސް ގައެވެ.

މި ދަތުރުގައި ކޮންމެ ރިސޯޓަކުން ތަޖުރިބާ ކުރެވެން ހުންނަ ޚިދުމަތްތަކާއި ރާއްޖޭގެ ފަތުވެރިކަމާއި ބެހޭ ގޮތުން ޚަބަރުތައް ލިޔާނެ ކަމަށާއި މި މަޖައްލާތަކަކީ އިންޑިއާ މާކެޓްގައި މަޝްހޫރު އަދި ބޮޑު ސާކިއުލޭޝަނެއް ހިމެނޭ މަޖައްލާ ތަކެއް ކަމަށް ވަނީ ބުނެފައެވެ.

އިންޑިއާ އަކީ މިއަހަރަށް ބަލާ އިރު، ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތް ކުރަމުން އަންނަ ގައުމެވެ. ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ފުޅާކުރުމަށްޓަކައި ވިޒިޓް މޯލްޑިވްސް އިން އަންނަނީ ތަފާތު މާކެޓިން ޚަރަކާތްތަކެއް އިންޑިއާގައި ކުރިއަށް ގެންދަމުން ކަމަށާއި ފޭމް ޓްރިޕް ތަކުގެ އިތުރުންވެސް އެހެނިހެން އޮންލައިން އަދި އޮފް ލައިން މާކެޓިން ކެމްޕޭންތައް ކުރިއަށް ގެންދަމުން އަންނަ ކަމަށް އެމްއެމްޕީއާރުސީން ވަނީ ބުނެފައެވެ.

އޭގެ ތެރޭގައި އިންޑިއާގައި ބާއްވާ ޓްރެވަލް ޓްރޭޑް ފެއާ ތަކުގައި ބައިވެރިވެ ރާއްޖެ އިޝްތިހާރުމާއި, ވެބިނާތައް ބޭއްވުމާއި ރޯޑްޝޯތައް ކުރިއަށް ގެންދިއުން ހިމެނެއެވެ.

އިންޑިއާއިން ރާއްޖެ އަންނަ އެއާލައިންސްތައް އިތުރުވެ ކަނެޓްޓިވިޓީ އިތުރަށް ރަނގަޅުވެފައިވާ އިރު ވިޒިޓް މޯލްޑިވްސް އިން ދަނީ އިންޑިއާ އިން ރާއްޖެ ޒިޔާރަތް ކުރާ ފަތުރުވެރިންގެ އަދަދު އިތުރުކުމަށް ތަފާތު ޚަރަކާތްތަކެއް ކުރިއަށް ގެންދަމުން ކަމަށް ވަނީ ބުނެފައެވެ.

ރާއްޖެ އަކީ ފަތުރުވެރިންނަށް އެންމެ ރައްކާތެރި މަންޒިލްގެ ގޮތުގައި ހެދުމަށާއި ކޮވިޑް-19 އިން ރައްކާތެރިވުމަށް އެޅިފައިވާ ފިޔަވަޅުތައް ޚަރުދަނާ ކުރުމުގެ ގޮތުން, ކޮވިޑް-19 ގެ ވެކްސިން ފްރޮންޓް ލައިން މުވައްޒަފުންނަށާއި, ހުރިހާ ރައްޔިތުންނަށް ދިނުމުގެ މަޝްރޫޢު ވަނީ ފަށާފައެވެ. މީގެ ސަބަބުން ރާއްޖެ އަކީ އިތުރަށް ރައްކާތެރި މަންޒިލެއްގެ ގޮތުގައިވެ، ފަތުރުވެރިންގެ އިތުބާރު ލިބިގެންދާނެ ކަމަށްވެސް އެމްއެމްޕީއާރުސީން ވަނީ ބުނެފައެވެ.

އިންޑިއާގެ ފަސް ނޫހެއްގެ އެޑިޓަރުންތަކެއް މިއަދު ރާއްޖެއަށް އައިސްފައިވާއިރު، މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގައިވެސް ރާއްޖެ އިޝްތިހާރުކުރުމަށް އިންޑިއާ އިން ނޫސްވެރިންތަކެއް ވަނީ ރާއްޖެއަށް އައިސްފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޙހ

    މީހަމަ ސިލްސިލާ ކޮށް ޖައްސާ ޖަރީމަގެ ބަޔެއް. ޢެކި ނަންނަމުގަ އިންޑިޔާ ސިފައިން މިއަންނަނީ.

    11
    1
  2. އަލި ދީދީ

    މި ޤައުމަށް ޖެހިފަ އޮތް ބޮޑު ވަބާއެއް

    11
    1
  3. މުހައްމަދު

    ދިވެހިރާއްޖޭގެ ނަމުގެ ކުރިޔަށް އިންޑިރާއްޖެ ކިޔަން ފެނޭ.
    މުޅި ދުނިޔޭގައި ވެސް އިންޑިޔާ ވުރެއް މަކަރުވެރި ބައެއް އުޅޭ ގަެުމެއް ނޯންނާނެ ކަން މިތާ މިއުޅޭ ވެރިންނައް ނޭނގޭ.. ނޭނގެނީ ވެސްނޫން.. ތިމާމީހުން ޖީބައް ބަރުވާތީ އެކަން އެނގެން ބޭނުން ނުވަނީ..

    10
  4. މުފައްކިރު.

    މުޅި އޮޑީގަ ހަސަނުގެ ދެފައޭ ބުނާ ބީދައިން އިންޑިއާ ކޮންމެ ކަމަކަށްވެސް. އަޅުދާސްވުމުގެ ފުރިހަމަ ނަމޫނާއެއް.

  5. ޗެރީ

    ޑީޖޭ ހަރީ، އޯލް ދަވޭ ފުރޮމް ކެރެލާ