ސ. ހިތަދު އަށް އުފަން ޝިޔާމާ އަލީ ދުނިޔެއާ ވަކިވީ ކެންސަރު ބަލީގެ ވޭނުގައި އުޅޭތާ ދެ އަހަރު ފަހުންނެވެ. ޝިޔާމާގެ ވަކިވުމާ އެކު އެތައް ބައެއްގެ ލޮލުން އޮހުނީ ކަރުނައެވެ. އާއިލާ އާއި ރައްޓެހިންނަށް ވަނީ މޮޅިވެރިކަމާ ކުރިމަތިވެފައެވެ. އޭނާގެ ލޯތްބާއި އަޅާލުން މީގެކުރިން ލިބުނު ބަލި މީހުންނަށް އެތައް އަސަރެއް ކުރިއެވެ. ދުނިޔޭގައި ނެތް ނަމަވެސް ޝިޔާމާގެ ހަނދާންތައް ފިލައިގެން ނުދެއެވެ.
ސ. ހިތަދޫ ރީޖަނަލް ހޮސްޕިޓަލާއި އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލްގައި 29 އަހަރު މެދުނުކެނޑި ނަރުހެއްގެ މަސައްކަތް ކުރި ޝިޔާމާއަކީ ހިތްތިރިކަމާއި ހިތްހެޔޮކަމުގެ ނަމޫނާއެކެވެ. އޭނާއާ އެކުގައި މަސައްކަތް ކުރި މީހުން އޭނާ ސިފަ ކުރަނީ ހިތްހެޔޮ މިތުރެއްގެ ގޮތުގައެވެ. އެއީ ޝައުގުވެރިކަމާއެކު މަސައްކަތް ކުރި ނަމޫނާ މީހެކެވެ. އަދި ކެތްތެރިކަމުގެ ލާމަސީލު މިސާލެއްގެ ގޮތުގައި ގިނަ ބަޔަކު ފާހަގަކުރެއެވެ.
ޝިޔާމާ ނިޔާވީ އިންޑިއާގެ ކޮޗިންގައި ކެންސަރު ބައްޔަށް ފަރުވާ ހޯދަމުން ދަނިކޮށް މިއަދު ހެނދުނެވެ.
ޝިޔާމާގެ ގާތް މީހުން ބުނާ ގޮތުން ނަރުހެއްގެ ވަޒީފާ އޭނާ އަދާ ކުރީ ހަމައެކަނި އާމްދަނީ ހޯދުމުގެ ވަސީލަތެއްގެ ގޮތުންނެއް ނޫނެވެ. އޭނާ އެ ވަޒީފާ އަދާ ކުރީ ލޯތްބާ އެކުގައެވެ. ކެންސަރު ބަލި ތަހަންމަލް ކުރަމުންވެސް ހިތްވަރާއެކު މަސައްކަތަށް ނުކުމެ ޝިޔާމާ އުޅުނު އެމީހުން ފާހަގަކުރިއެވެ.
ކެންސަރު ބަލީގެ ވޭން ތަހަންމަލު ކުރަމުން ދިޔަ ޝިޔާމާ އެންމެ ފުރަތަމަ ބޭސް ކުރަން ދިޔައީ 2019 ވަނަ އަހަރުއެވެ. ބޭސް ކުރުމަށް ފަހު، އަނެއްކާ ވެސް ނަރުހެއްގެ ވަޒީފާ އަށް ނުކުތް ކަމަށްވެއެވެ. އަދި ބަލިވެ އުޅެމުން ވެސް މަސައްކަތަށް ނުކުތެވެ.
ޝިޔާމާ އަށް ކެންސަރުގެ ސަބަބުން ލިބުނު ވޭނާއި އެކުވެސް އޭނާ އަބަދުވެސް ބަލި މީހުންނާ ކުރިމަތިލީ ހިނިތުން މޫނަކާއި އެކުގައެވެ.
އެންމެންނާއި ވެސް ގުޅިގެން މަސައްކަތް ކުރަން އިސްކަން ދިން ޝިޔާމާ އަކީ ސާދާ ހިތްތިރި މިޒާޖެއްގެ މީހެއް ކަމަށް އޭނާ އާއި އެކުގައި މަސައްކަތް ކުރި މީހުން ބުނެއެވެ. އަދި މީގެ ތިން މަސް ދުވަސް ކުރިން އޭނާ ބޭސް ފަރުވާ އަށް އިންޑިއާ އަށް ފުރުމާއި ހަމައަށް އޭނާ މަސައްކަތަށް ނުކުތް ކަމަށް އޭނާގެ ގާތް މީހަކު ވަނީ ބުނެފައެވެ. މައުލޫމާތު އެނގޭ ބައެއް މީހުން ބުނި ގޮތުގައި ޝިޔާމާގެ ގޮހޮރަށް ވަނީ ކެންސަރު ޖެހިފައެވެ.
"ޑިއުޓީ ނުކޮށް ހުއްޓާލިތާ ވާނީ ތިން މަސް. ހަމަ ރަނގަޅަށް ހިނގަ ހިނގާ ހެޔޮ ހާލުގައި ހުރީ. ބޭސްފަރުވާ އަށް ފުރާ ދުވަސް ގާތްވެފައި ހުއްޓާ ބަލިވީ. ބަލިވެގެން ލޮކްޑައުންވީމައި ވަރަށް އުނދަގުލުން ފުރީވެސް،" އޭނާ ކިޔާދިނެވެ.
ޝިޔާމާ ވަކިވުމަކީ މުޅި ހޮސްޕިޓަލަށް ލިބުނު ފަޅުކަމެއްގެ ގޮތުގައި އޭނާއާ އެކުގައި މަސައްކަތް ކުރި މީހުން ސިފަކުރެއެވެ.
ޝިޔާމާ ނިޔާވި އިރު އޭނާގެ ދެ ކުދިން ދުނިޔޭގައި އެބަތިބިއެވެ.
ސ. ހިތަދު އަށް އުފަން ހިތަދޫގައި އުޅޭ މީހެއް މީހާއަކީ. އެހެންވީމަ ސުރުޙީއަކަށް މިތަހުން ކޮންގޮތެއްތޯ ރަނގަޅީ؟
1- އައްޑޫގައި 24 އަހަރު ހިދުމަތް ކުރި ނަރުހަކު ނިޔާވެއްޖެ.(ނޫހުގައި މިވަގުތު ޖަހާފައި އިން ސުރުޙީ)
2- ސ. ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި 24 އަހަރު ހިދުމަތް ކުރި ނަރުހަކު ނިޔާވެއްޖެ.
انا لله وانا إليه راجعون
މާތްﷲ، މައްޔިތާގެ ފާފަ ފުއްސަވައި ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކުރައްވާށި. އަދި ޢާއިލާއަށް ކެތްތެރިކަން ދެއްވާށި. آمین
ޝިޔާމަގެ اخلاصތެރި خدمة އަށް ސާބަހާއި އައްސެރިބަސް! محرومةއަށް ސުވަރުގޭގެ މަތިވެރި داءمي نعمة މިންވަރު ކުރައްވާށި! امين! ޝިޔާމަގެ عاءلةއަށް اخلاصތެރި تعزية ދަންނަވައި ކެތްތެރިކަން ދެއްވާށި امين! ޝިޔާމާގެ ކުރު حياةގެ 24އަހަރު ކޮށްދެއްވި إنساني خدمةއަށް شكرކޮއް އަދިވެސް އެއްފަހަރު އައްސެރިބަހާއު ސާބަސް ރައްދުކުރަން. والسلام !
މަރްޙޫމާގެ ފާފަ ފުއްސަވައި ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރައްވާށިއެވެ. އަދި ޢާއިލާގެ ކެތްތެރިކަން އިތުރު ކުރައްވާށިއެވެ. އާމީން.
ޝިޔާމާއަށް ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރު ކުރައްވާށި.އާމީން.
إِنّٰا ِللهِ وَإِنّٰاإِلَيهِ رٰجِعُونَ
إِنّٰا ِللهِ وَإِنّٰاإِلَيهِ رٰجِعُونَ
މާތްﷲ މަރްހޫމާގެ ފުރާނަޔަށް ސުވަރުގޭގެ ދާއިމީ ނިޔުމަތް މިންވަރުކުރައްވާށި އާމީން
إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ
إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ، މަރުޙޫމާއަށް ސުވަރުގޭގެ އެންމެމަތީ ނިއުމަތް މިންވަރު ކުަރަށްވާށި.
މަރްހޫމްގެ ފުރާނަޔަށް ﷲ ހެޔޮ ރަހްމަތް ލައްވައި އާއިލާއަށް ކެތްތެރި ކަން ދެއްވާޝި.އާމީން
انا لله وانا إليه راجعون
މާތްﷲ، މައްޔިތާގެ ފާފަ ފުއްސަވައި ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކުރައްވާށި. އަދި ޢާއިލާއަށް ކެތްތެރިކަން ދެއްވާށި. آمین
ވަރަށް ހިތްހެޔޮ ބަލިމީހުންނަށް އަޅާލި އިޚުލާސްތެރި ޚިދުމަތްތެރިޔަކު ނިޔާވިކަމީ ހޮސްޕިޓަލަށް ލިބުނު ދެރައެއް..އެފަދަ ނަރުހުންގެ އެހީތެރިކަމަށް ބަލި މީހުން ބޭނުންވޭ. އެންމެންވެސް ވަރަށް ހަދާންކުރާނެ ކަން ޔަގީން. މާތްﷲ ޝިޔާމާގެ ފުރާނައަށް ރަހުމަތްލައްވާ ސުވަރުގެ މިންވަރު ކުރައްވާށި އާމީން
انّا لله وانّااِليه راجعون
انالله وانا اليه راجعون
ޝިޔާމާއަކީ ދެގޮތެއް ނުވާ ހިތް ހެޔޮ އޯގާތެރި އެކުވެރިއެއް ޝިޔާާމާއަށް ސުވަރުގޭގެ ދާއިމީނިއުމަތް މިންވަރު ކުރައްވާށި
އަދި ޝިޔާމާގެ ދެކުދިންނަކީ ހެޔޮލަފާ ޞޯލިހް ދެކުދިން ކަމުގާލައްވާށި އާމީން
إِنّٰا ِللهِ وَإِنّٰاإِلَيهِ رٰجِعُوނ
انا لله وانا إليه راجعون
ޝިޔާމާއަކީ ވަރަށް ހިތްހެޔޮ އެއްމެންނާވެސް ގުޅޭ ވަރަށް ހިތްތިރި ސާދާ މިސާޖުގެ ކުއްޖެކެވެ. އަޅުގަނޑުމެން ގެ ދުޢާއަކީ ޝިޔާމާގެ ކުދީންނަށާ މުޅި ޢާއިލާއަށް ކެތްތެރިކަން ދެއްވައި އެމަރުހޫމާ ގެ ފުރާނަ ޖައްނަތުލްފިރުދައުސްގައި ލެހެއްޓެވުމެވެ.ޔާރައްބަލް ޢާލަމީން އާމިން.