ރާއްޖޭގެ ރަށްތަކާއި މާލޭގައި ވެސް ކޮވިޑް-19 ގެ ބަލިމަޑުކަން ވަރަށް ބޮޑަށް ފެތުރިގެން އަންނަ އިރު، މާލޭގެ ހާލަތު މިހާރު އޮތީ ފުރަބަންދު ކުރާ ހާލަތެއްގައި ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް މިއަދު ވިދާޅުވެއްޖެއެވެ.

ޓުއާ އެޖެންސީތަކާއި ޓުއާ އޮޕަރޭޓަރުންގެ ޚާއްސަ ގާނޫނު އެކުލާވާލުމަށް މަޖިލީހުގައި މިއަދު ކުރިއަށް ދިޔަ މަސައްކަތު ބައްދަލުވުމުގައި މިނިސްޓަރު ނަސީމް ވިދާޅުވީ މާލޭގެ ހާލަތު ފުރަބަންދު ކުރަން ޖެހޭ ހާލަތެއްގައި އޮތް ނަމަވެސް ވީހާވެސް ބޮޑަކަށް މަސައްކަތް ކުރަމުން ދަނީ ފުރަބަންދަކަށް ނުގޮސް ހިފެހެއްޓުމަށް ކަމަށެވެ.

ރާއްޖޭގެ އިގްތިސާދު ބިނާވެފައި އޮންނަނީ ޓޫރިޒަމްއަށް ކަމަށްވާ އިރު، ފުރަބަންދަކަށް ދިއުމުގެ ގާބިލުކަން ނެތް ކަމަށް މިނިސްޓަރު ނަސީމް ވިދާޅުވިއެވެ. އެކަމަކު އަތޮޅުތެރޭގައި އަދި ރިސޯޓުތަކުގެ ހާލަތަށްވުރެ މާލޭގެ ހާލަތު ކަންބޮޑުވާ ވަރަށް ގޯސްވެފައިވާ ކަމަށް ނަސީމް ވިދާޅުވިއެވެ.

"ރިސޯޓްތަކާއި އަތޮޅުތަކަށް ވުރެ މާލޭގެ ހާލަތު ގޯސް، މާލެ އޮތީ ލޮކްޑައުން (ފުރަބަންދު) އަކަށް ދާ ހާލަތެއްގައި،" ނަސީމް ވިދާޅުވިއެވެ.

މާލޭގެ މަގުމަތީގައި ފުލުހުން ހަރަކާތްތެރިވަނީ.؛- ވަގުތު އިމޭޖަސް- މުހައްމަދު އަފްޒަލް

ނަސީމް ވިދާޅުވީ މާލޭގައި މިހާރު އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ހަރުކަށި ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. މި ގޮތުން ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ވެސް އިތުރަށް ހަރުދަނާ ކުރުމާއި ޓީވީ ޕްރޮގްރާމްތައް މެދުވެރިކޮށް ރައްޔިތުން އިތުރަށް ހޭލުންތެރި ކުރުމުގެ މަސައްކަތް ކުރާނެ ކަމަށް ވެސް ނަސީމް ވިދާޅުވިއެވެ.

މިދިޔަ އަހަރުގެ މާޗް ހަތް ވަނަ ދުވަހުން ފެށިގެން މާލޭގައި ކޮވިޑް-19 ފެތުރެން ފެށި ފަހުން، ސަރުކާރުން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިފައެވެ. އަދި މާލޭގައި ކޮވިޑް-19 ފެތުރެން ފެށުމާ އެކު، މާލެ ފުރަބަންދަކަށް ދިޔައީ އޭޕްރީލް 15 ވަނަ ދުވަހުއެވެ. އެ ދުވަސްކޮޅު މާލޭގައި ވަރަށް ބޮޑަށް ކޮވިޑް-19 ފެތުރުމުން ގޮސް، ކޮންމެވެސް ވަރަކަށް ކޮވިޑް-19 ކޮންޓްރޯލް ވާން ފެށީ ޖުލައި މަހުގެ މެދުތެރޭގައެވެ.

އަދި ނޮވެމްބަރު މަހާއި ޑިސެމްބަރު މަހާ ހަމައަށް ދިޔައިރު، ކޮވިޑް ޖެހޭ މީހުންގެ އަދަދު ވަރަށް ބޮޑަށް މަދުވިއެވެ. އެހެންވެ، ފުރަބަންދަށް ބޮޑެތި ލުއިތަކެއް ދިނުމާ އެކު، ފެނިގެން ދިޔައީ ކޮވިޑް-19 ގެ ވޭދަނަތައް އިތުރުވެގެން ދިޔަ ތަނެވެ.

ސުންކު ނެގުމުގައި ހަރަކާތްތެރިވާ ފުލުހުންތަކެއް - ފޮޓޯ: ޕޮލިސް
ސުންކު ނެގުމުގައި ހަރަކާތްތެރިވާ ފުލުހުންތަކެއް - ފޮޓޯ: ޕޮލިސް

އެގޮތުން މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ކޮވިޑް-19 ގެ ވޭދަނަތައް އާދަޔާ ހިލާފަށް ދިޔައީ އިތުރުވަމުންނެވެ. އަދި މި ފަހަކާ ޖެހެން ދެން ދުވާލެއްގެ މައްޗަށް ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު ހުރީ 100 އަށް ވުރެ މަތީގައެވެ.

ރާއްޖެ އިން މިހާތަނަށް 19،162 މީހުން ކޮވިޑް-19 އަށް ފައްސިވެ، 60 މީހުން ވަނީ ނިޔާވެފައެވެ. މިހާތަނަށް އައިއިރު ބަލި ޖެހުނު މީހުންގެ ތެރެއިން ރަނގަޅުވެފައި ވަނީ 16،646 މީހުންނެވެ. މި ބަލީގައި މިވަގުތު 2،449 މީހުންނަށް ދަނީ ފަރުވާ ހޯދަމުންނެވެ.

އޭގެ ތެރެއިން 162 މީހުންނަށް ފަރުވާދެނީ ހޮސްޕިޓަލްތަކާއި ކޮވިޑް ފެސިލީޓީތަކުގައެވެ.

ތަރުތީބެއްނެތި މާލޭގައި ސުންކު ނެގުން - ވަގުތު އިމޭޖަސް:- މުހައްމަދު އަފްޒަލް

ކޮވިޑް-19 ހަލުވިކަމާ އެކު ފެތުރެން ފެށުމާ ގުޅިގެން ރާއްޖޭގައި ވަނީ ވަރުގަދަ ފިޔަވަޅުތަކެއް އަޅައިފައެވެ. ހާއްސަކޮށް މާލޭގައި ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރުމަށް ހާއްސަ ފިޔަވަޅުތަކެއް އަޅާފައިވެއެވެ. އެގޮތުން މާލެ ސަރަހައްދުގައި އިރުއޮއްސި 6:00 އިން ހެނދުނު 6:00 އަށް އެއްގަމު އުޅަނދުފަހަރުގައި އުޅުން ވަނީ މަނާކޮށްފައެވެ. އަދި ރޭގަނޑު 11:00 އިން ފެށިގެން ފަތިހުރ 4:30 ކާފިއު ވަނީ ހިންގައިފައެވެ.

މީގެއިތުރުން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މާސްކް އެޅުން ވަނީ މަޖުބޫރުކޮށްފައެވެ.

ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރުމަށް ސަރުކާރުން މިހާރު އެންމެ އިސްކަމެއް ދީގެން ކުރަމުން އަންނަ ކަމަކީ ކޮވިޑް ވެކްސިން ދިނުމެވެ. އެގޮތުން މިހާތަނަށް އައިއިރު، 90،000 އަށް ވުރެ ގިނަ މީހުންނަށް ވެކްސިން ވަނީ ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު

32 ކޮމެންޓް

 1. ދަންތުރަ

  އިންޓަރނޭޝަލް އެއަރޕޯރޓް އެންމެ ފުރަތަމަ ބަންދުކުރޭ! ވެެރިންކަން ވެއްޓިދާނެކަމުގެ ބިރުފުޅު ގަންނަވަނީތޯ؟

  80
  12
 2. އެޑްވަޑް ބާމުންޑޭ

  މުޒާހިރާދެކެ ބިރުގަތީބާ.

  87
  10
  • ޑޯޒް

   ޕޮލިހުން ވެސް މުޒާހިރާ އާއި ގުޅުން ވަރަށް ގާތް.... އެހެންވެ ބިރުން ކޮވިޑް ގިނަވަނީ

  • ޞާރި

   އިންޝާﷲ މި ލާދީ ވަގު ސަރުކާރު ވެއްޓޭނެ ﷲ ގެ ވާޤި ފުޅުން...

 3. ޔޫސުއްބެ

  ރާއްޖޭގެ އިގްތިސާދު ބިނާވެފައި އޮންނަނީ ޓޫރިޒަމްއަށް ކަމަށްވާއިރު، ފުރަބަންދަކަށް ދިއުމުގެ ގާބިލުކަން ނެތް ކަމަށް މިނިސްޓަރު ނަސީމް ވިދާޅުވިއެވެ. މާނައަކީ ދައުލަތް އޮތީ ކައިހުސްވެފައޭތަ ތިހެންނުބުންޏަސް އެނގޭ މީކީ ޤާބިލްސަރުކާރެއް ނޫންކަން ރަނގަޅުވާހަކައެއް މީމިހާތަނައް
  އުފެދިގެންއައި އެންމެ ނާޤާބިލު ސަރުކާރު

  87
  7
 4. ކޮވިޑް

  ވެއްޓިދާނެތީ ބިރުފަށެއްވާ ގަނޭތާ.އިންޝާﷲ މި ލާދީ ވަގު ސަރުކާރު ވެއްޓޭނެ ﷲ ގެ ވާޤި ފުޅުން.

  92
  6
 5. މުހައްމަދު

  ބޮޑަށް މި ބެލެވެނީ ކުދި ވިޔަފާރިތައް ފުނޑާލަން ކުރެވޭ މަސައްކަތް ތަކެއްގެ ގޮތުގަ، ރާއްޖޭގަ އޮންނަން ޖެހޭނީ ޓުއަރިޒަމް އެކަނި ތޯ! ކުދި ވިޔަފާރި ތައް ފުނޱިންޖެ. މުޒާ ހަރަާ ބައަކު ކުރންނާ ޕޮލިހުން ނިކުމެ ހުއްޓުވެން ވާނެ ، އެހެންމީހުން ނައް އަދަބު ދިނުމުގެ ސިޔާސަތު ވެއްޖެ ދޫކޮއްލަން.

  55
  7
 6. ޑިމް

  ތި ކޮމެންޓް ކުރާ މީހުން ނަށް ގެ ކުއްޔަސް ދީ ގެން ބޮދެތި އާމްދަނީ ލިބުނަސް ރިޒޯރޓް ތަކުގަ ތިބޭ މީހުންނަސް މުސާރަ އެއ ނުލިބޭނެ ފުރަބަންދު ކޮށްގެނެއް! ތިމާ މެން ނަސް ލާރި ލިބޭތީ ސަރުކާރު ނާގާބިލޭ ކިޔާގެން ނުވިސްނާ ކޮމެންޓް ތި ލެނީ! ހުރިހާ ކޮޅަކަށް ވިސްނަންވާނެ! ބީ އޯޕަން މައިންޑެޑް!

  26
  44
 7. މަސްޢޫދު

  ކަލޭ ފުރަބަންދުކުރާ ހާލަތެކޭ ބުންޏަސް އެ އަޑު އަޙާނެ މީހަކު މިއަދު ނެތް. ކަލޭ ކޮންމެ އެއްޗެކޭ ބުންޏަސް ސަރުކާރުން އިސްތައްޓެކޭވެސް ހިތަކަށް ނާރާނެ.

  56
  2
 8. ފިޔަވަޅު

  މިހާލުގާވެސް ސްކޫލްތަށް ބަންދު ނުކުރެ.
  ދެން ކީކޭތަ މިކިޔަނީ

  24
  3
 9. ޙަސަނު

  ނާޤާބިލް ބާޣީ ވަގު ލާދީނީ ޒަޔަނިސްޓް ސަރުކާރު ފެއިލްޑް

  21
  3
 10. ވާނުވާ

  ފުރަބަންދު ކުރިޔަސް އެހެން އެއްޗެއް ކުރިޔަސް ސިޔާސީ މީހުން ޕާޓީ ބޭއްވުމާ، މަޖާ ކޮށްލުމާ، އެއްތަން ވެލުމާ ކުރިޔަށް ގެންދަންޏާ މިކަން ހުޓޭނެ ގޮތެއް ނުވިސްނޭ

  25
  1
 11. މާމީ

  ކަލޭމެން 2 މީހުން ލޮކުޑައުން ވެގެން ގޭގަ ތިބޭ .. ކިހާބޮޑުވެއްޖެ ކަމެއްތަ މި 2 ޗަކާހެދި.

  24
  3
 12. ސިޔާސީ

  ކިހާބޮޑު މުސީބާތެއް މިއީ، ކިހާދުވަހު މަކަރުން ރަތްޔިތުންނައް އޮޅުވާލައިގެން މިސަރުކާރު ދަމަހައްޓަންތަ ތިއުޅެނީ، އެޗްޕީއޭ އާ ސަރުކާރު ހަވާލުކުރަންވީނު، ބޮޑުވެއްޖެ ކަމެއްމީ، މިބައިގަޑު މިތަނުން ފޮނުވާލަން އެބަޖެހޭ ހުރިހާ ގައުމުދެކެލޯބިވާ ދަރިން އެކައްޗެއް ކިޔާފަ، އެއްމެން އެއްފަހަރާ ޖަލަކައް ނެއެޅޭނެ، ހުރިހާރަތްޔިތުންވެގެން މިގައުމު މިނާގާބިލު ބައިގަޑު އަތުން ސަލާމަތްކުރަންވެއްޖެ،

  18
 13. ޖަނާޒާ

  އިންތިޚާބު ބޭއްވޭކަހަލަ މާހަޢުލެއް ! އެހެންތޯ ތިޔަ ވިދާޅުވަނީ އަނެއްކާ

  17
 14. ހުސޭނުބޭ

  ދޭކޯ ދޭކޯ! ސަބްސޭ ބަޅާ ބާޣީ ބާތުކަރުތާހޭ!

  16
  1
 15. އަބްދޫ

  ހޮޓާ ރެސްޓޯރަންޓް ގަ ކާވަގުތުނޫން ހުރިހާ ވަގުތަކު މާސްކް އެޅުމަށާއި ކައި ބޮއި ހަދާ ވަގުތު ވާހަކަ ނުދެއްކުމަށާ އަވަހަށް ކައިނިމިގެން ރެސްޓޯރަންޓުން ހޮޓަފަދަ ތަންތަނުން އަވަހަށް ނިކުތުމަށް ހެލްތުން ބާރުއަޅަންއެބަޖެހޭ. އަދި ވާހަކަ ދައްކާއިރު އަނގައިމް ނިކުންނަ ވަޔައެކު ވަިރަސް ނިކުމޭތޯ ވެސް ބަލަންޖެހޭ.

  13
 16. ކޮރަލް

  ފުރަ ބަންދަކަށް ދިއުމުގެ ކުރީން ނަސީމް ވެސް ފުރަތަމަ ހުއްދަ ހޯދަން ޖެހޭނީ މ ރައީސް ކައިރީގަ އެވެ. ހުރިހާ ތަނަކަށް ބޯ ބާނަ އެވެ.

  11
 17. ޒަމޫ

  އޮޕޮޒިޝަން ރެލީއެއް ބާއްވާން އުޅޭއިރައް އޮންނަނީ ފުރަބަންދު ހާލަތު އުފެދިފަ. ވެކްސީން ޖަހާގެން ގޮސް ޓެސްޓުކޮއްލާއިރައް ޕޮޒިޓިވްވަނީ އެއީ ޓެސްޓު ކިޓްތަކުން ވެކްސީންގެ ހުންނަ އިންއެކްޓިވޭޓެޑް ވައިރަސް ޑިޓެކްޓުކުރާތީ. ދެން މިބުނަނީ ޕޮޒިޓިވްވީއޭ.

  13
 18. Anonymous

  ޙުވަދޫ ޏ އަތޮޅު ސ. ޢަތޮލަށް މި ގެންދިޔަފަރާތް އެންމެ ފުރަތަމަ ބަލަން ޖެހެނީ.. ހަމަ އެތަން ތަނަށް ފަރުރާލީ .މިއީ ހަމަ އެކަނި ރައިޔަތުން ހަތަރު ފާރުތެރޭ ބަންދުވެގެން ކުރެވޭނެ ކަމެއްނޫން މިސްކިދެއް ހުޅުވަން ދިޔަޔަސް އަދި ކޮންފަރެންސެއް ބާއްވަން ދިޔަޔަސް ހައްދަވާފައި އޮތް އުސޫލުގެ މަތިން ހަނދުމަ ބަހައްޓަން ވާނެ މަ ނިކަމެތި މީހާވެސް.

 19. އަލީ

  *މުދައްރިސް. ކުދިންނޭ މަކަރު ހަދާ ވައްތަރު އާއިލާ ތަކުގެ ތެރެއިން އެއް އާއިލާއެއްގެ ނަން ބުނެދީ!!
  *ދަރިވަރު. ކެރަފާ އާއިލާ
  *މުދައްރިސް. ވަރައް މޮޅު
  *ދަރިވަރު. ޔޭ....

  13
 20. ހަސަދު

  ފެބުރުއަރީ 29 ހުން ފެށިގެން ދެން އަންނަ ފެބުރުއަރީ 29 އާ ހަމައަށް ލޮކްޑައުން ކުރަންވީ ނޫންތޯ.

  10
  2
 21. ހުސެެނު

  ނަސީމޫ!!! ކޮން މޮޔަ އެއް ތި ގޮވަނީ. ވާނެ ކަންކަމުގެ ވާހަކަ ދައްކަބަލަ،ބަންދު ކުރާނީ ކިހިނެއް. ބަދަލު ގައުމުގެ ޙަޒާނާ ދޮވެލާފާ؟؟

  12
  1
 22. ސަމްކުޅިބޭ

  އެހެންވީމާ މިފެބްރުއަރީ މަހުގެ 29، 30، 31 މުޅިރާއްޖެ ލޮކްޑައުން ކޮށްފިން. މިތިންދުވަހު ރާއްޖޭގެ ހުރިހާ ބޯޑަރުތައްވެސް ބަންދުވާނެ. އެއްވެސް މީހަކު ގޭންބޭރަކަށްނުދެވޭނެ އެއްވެސް ކަމަކު.

  9
  1
 23. ސައްލި

  ފުރަބަންދު ކުރަންވީ ނަސީމާއި މޫމިނާ އާއި ދެމީހުން !

  7
  1
 24. ބާއީ

  ފުރަބަންދު ކޮއްފަ ދާއިމަށް ބެއެއް ވިއަސް ކިބުލަކަށް މިގައުމުގެ ހާލަތު ރަގަޅެއްނުކުރެ ވޭނެ.

  7
  1
 25. ގައުމީ ލޯބި

  ކުރީގެ މިނިސްޓަރު ކަނޑަލީ އޭނާއަށް ނުވެގެން މާ މޮޅު މާ ހީވާގި މީހަކު ގެނަންވެގެންނޯ..

  މިހާރު މިފެންނަނީ ވަޅުޖެހެމުންދާތަން.. ކަރުތާފެނުގައި އަބަދުވެސް އެބުނި މޮޅު ހިންގުންތެރިޔާ މިހުންނަނީ

  ވާނުވާ ނޭގޭ.. ހެޑްލައިން އެކަނި ދެނީ.. " އޮތީ ފުރަބަންދު ކުރާ ހާލަތެއްގައި" ކަމަށޯ.. ދެންކާކު ކާރި މިވާހަކަ މިބުނަނީ ކުރީމަ ވީއެއް ނުން..

  މުސްކުޅިވީމާވެސް ވާނެ..ވާނެ ކިޔައިގެން ފޮށާކޮޑުއަޅައިގެން އުޅެނީ ވިއްޔާ ހަދާނެ ނަހަދާނޭގޭ

  ބަލަ ހާލަތު ގޯސްވީމަ ފިޔަވަޅު އަޅާބަލަ އެކަށީގެން ވަގޮތަށް ކަންކަން ތަރުތީބު ކޮށްބަލަ! ގަމާރު ވިޔަސް ބޮޑުވަރު

  12
 26. އަންނި

  ނަސީމް ކަލެޔަކައް ނޭނގޭނެ ، މަށައް އެކަނި އެނގޭނީ ތިކަންކުރަންވީމަ.

 27. ތުއްތު ކުޑޭ

  ދޮގުހެދުމައްމިވަރެއްނޯނާނެ

 28. ބަޖެޓް ކާ ވާލާ

  ކޮވިޑް ..މީ ..ޤައުމުތަކުގެ ..ވެރިންނަށް ..ލެއްވި ..ރަޙުމަތެއް.. އެއްބަޔަކު .. ހެލްތް..މިނިސްޓްރީގެ ..ބަޖެޓް ..ފަރިކުޅުއްވާލައިގެން .. އިނގިރޭސިވިލާތުގައި .. އަނެއް..ބ ަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަޔަކު ..ޓުއަރިޒްމް..މިނިސްޓްރީގެ ..ބަޖެޓް ..ފަރިކުޅުއްވައިގެން ..އިނގިރޭސިވިލާތުގައި.. ވެރިކަމުގެ ..ދައުރު ..ހަމަ..ވަންދެން ..ލޮކްޑަވްން. ގައި.. ޤައުމު ..ބާއްވަވާ.. ދެން .. މިގޮތަށް .. ފަހަރަކު ..މީހަކު .. ބަޖެޓް ..ހިއްޕަވައިގެން.. އިނގިރޭސިވިލާތަށް .. ވަޑައިންނަވާ ..

 29. ގެރި މޯދީ

  ލާދީނީ މީހުން ގިނަވީމަ ކޮރޯނާ އައްވެސް އެނގޭނެ

 30. ހުވަދޫ ކަޅުވަކަރު

  ފެބްރުއަރީ 29 އިން 31 އަށް މާލެ ފުރަބަންދު ކުރަން ފެންނަ ވާހަކަވެސް ބުނެލަން 🙂