އިދިކޮޅު ޕީޕީއެމް/ޕީއެންސީން މާލޭގައި މުޒާހަރާ ކުރަމުން އަންނަނީ ހަ މީހުންނާއި އެކު ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މީގެ ކުރިން ހާޖޫ ޖައްސަވައި ދެއްކެވި ވާހަކަތަކާއި ގުޅިގެން އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ސައީދު ނަޝީދު އާއި ސުވާލެއް ކުރައްވައިފިއެވެ.
އެމްޑީޕީގެ ޤައުމީ މަޖިލީހުގައި ވާހަކަދައްކަވަމުން ރައީސް ނަޝީދު ވަނީ އިދިކޮޅުން މުޒާހަރާގެ ނަމުގައި ހައެއްކަ މީހުން ގޮވައިގެން "ލާހޫރެނީ" ކަމަށް ސިފަކުރައްވާފައެވެ.
އެއީ މުޒާހަރާއެއް ކަަމަށް ޤަބޫލު ނުކުރައްވާ ކަމަށާއި ހައެއްކަ މީހުން އެއްވެ ހަޅޭލެވުމަކީ މުޒާހަރާ އެއް ނޫން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. މުޒާހަރާގައި ތިބެނީ މަދުބައެއް ކަމަށް ވާއިރު މުޒާހަރާގެ އަމަން ބަލަހައްޓަން ފުލުހުން ދާން ޖެހުމަކީ ހިތާމަވެރިކަމެއް ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
ނަޝީދުގެ އެވާހަކަތަކަށް އަޅިއަލުވައި ރަޔަޓް ގިޔަރުގައި ތިބި ފުލުންގެ ފޮޓޯތަކެއް ޓުވިޓާގައި އާންމު ކުރަމުން ސައީދު ވަނީ ހަ "ކެނާ" ހިފަހައްޓަން ހަތިޔާރު ބޭނުންވޭތޯ ސުވާލުކުރައްވާފައެވެ.
މިޓުވިޓުގައި ސައީދު ވަނީ ރައީސް ނަޝީދާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިތުރު ފުލުހުން ޓެގް ކުރައްވާފައެވެ.
6 “kena” hifahattaan hathiyaaru beynunveytho @PoliceMv ? @MohamedNasheed @ibusolih pic.twitter.com/e6SmLS4JPn
— Mohamed Saeed (@em_saeed) February 26, 2021
އިދިކޮޅުން މިއަދު ކުރިއަށް ގެންދަން ހަމަޖެހިފައިވާ މުޒާހަރާ ފެށުމުގެ ކުރިން އެސްއޯ ފުލުހުން ޕީޕީއެމް އޮފީސް ހުންނަ ސަރަހައްދަށް ގޮސް ގިނަ އަދަދެއްގެ ބަޔަކު ހައްޔަރު ކޮށް މުޒާހަރާއަށް ހުރަސް އަޅާފައިވާކަން ފާހަގަ ކޮށްލެވެއެވެ.
ފުލުހުން ވިދާޅުވީ، އެޗްޕީއޭގެ ގައިޑްލައިންތަކާއި ހިލާފަށް ކުރިއަށް ގެންދާ އެފަދަ މުޒާހަރާތައް ކުރުމަށް ފުރުސަތު ނުދޭނެ ކަމަށެވެ.
މި މުޒާހަރާގެ ތެރެއިން މިހާތަނަށް 28 މީހަކު ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.
6 މީހުންގެ އަތުގަ ވެސް ނުރައްކާތެރި ހަތިޔާރު ހުރެދާނެ
ހަތިޔާރު އަޅުވާފައި ކޮމްޕެޓް ޔުނިފް އަޅުވާފައި ނެރެފައި މިތިބަ މީހުން މިތިބީ ކީއްވެބާ؟ މިއީ ފަލަސްތީނުބާ! މަށަށް މިފޮޓޯ ބެލީމާ މިއީ ކޮންތަނެއްކަން އޮޅިއްޖެ. ގައިމު އެމްޑީޕީ ވެރިކަމެއްގައި މިހެން ނުތިބޭނެއޭ ގޮވާ އަޑު މީގެ ދެތިން އަހަރުކުރިން ހާދަވަރަކަށް އިވުނޭ. މީ އަނެއްކާ އެމްޑީޕީ ވެރިކަމެއްބާ!
ދިވެހިރާއްޖޭގެ ރައްޔިތުން މިހާރު މިތިބީ އޮޅުންބޮޅުންގަޑެއްގެ ތެރޭގައި. ރާއްޖޭ ރައީސާކީ ސޯލިކު.އެކަމަކު އަމުރު މައުރޫވެރިޔަކީ ރައްޔިތުންގެ މަޖިލިސްގެ ރައީސް ނަޝީދު.
ނިކަން އެކުރި ސުވާލައް ޖަވާބު ދީބަލަ ހައެއްނޫން އެންމެމީހަކު މުޒާހިރާކުރން ނިކުތަސް ހުއްޓުވާނެ އެވަރައްބިރުގަނޭ މިޔައްވުރެން ފިނޑިބަޔެއް ނޫޅޭނެ ހުރިހާބާރެއްއަތުގައޮވެ ބިރުންއެތެޅެނީ
ސިޔާސީ ވަފާތެރި ކެހިވެރި ޗޯރުން ހައްތާހާވެސް، މިބައި މީހުންގެ މަސައްކަތަކީ ދައުލަތުގެ މާލިއްތު ލޫޓުވުން !
މަގުމަތީގަ ވަކިކަހަލަ ގަސްތަކެއް އިންދާފަ ހުރުމުން އެއީ ސިހުރު ކަމަށް ބެލިދާނެތޯ ؟ ގެއެއްގެ ތެރޭގައި ފޮތްތަކެއްހުއްޓަސް އެއީ ސިހުރު ހަދަން ބޭނުންކުރާ ތަކެތި ކަމަށް ނިންމި ދާނެތޯ ؟ކަލޭތީ ހަމަރަގަޅަށްވެސް ބޯހަމަ ނުޖެހޭ އަގަތަޅާ މީހެއް !