އުތެމައަކީ އިސްލާމްދީން ޤަބޫލުނުކުރާ ދިވެހިން ދިފާއުކޮށް ވާހަކަ ދައްކާ ޖަމްއިއްޔާއެއްކަމަށް ބުނެ ރާއްޖެ ޓީވީ އިން ޚަބަރެއް ބްރޮޑްކާސްޓް ކުރުމުން ރާއްޖެ ޓީވީން މާފަށް އެދެން ބްރޮޑްކާސްޓިން ކޮމިޝަނުން އަންގައިފިއެވެ.

ބްރޮޑްކާސްޓިން ކޮމިޝަނުން މިރޭ ބުނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރ 02 ވަނަ ދުވަހު ހެނދުނު 10:00 ގެ ޚަބަރުގައި ރާއްޖެޓީވީއިން، އުތެމަ ޖަމްޢިއްޔާއާބެހޭ ގޮތުން ބްރޯޑްކާސްޓްކޮށް، ފޭސްބުކް މެދުވެރިކޮށް ރީބްރޯޑްކާސްޓްކޮށްފައިވާ "އުތެމައަކީ އިސްލާމްދީން ޤަބޫލުނުކުރާ ދިވެހިން ދިފާއުކޮށް ވާހަކަ ދައްކާ ޖަމްއިއްޔާއެއްކަމަށް….." ބުނެ ބްރޯޑްކާސްޓްކޮށްފައިވާ ޚަބަރަކީ، ބްރޯޑްކާސްޓްކުރުމުގެ ޤާނޫނާއި ގަވާއިދާއި ކޯޑް އޮފް ޕްރެކްޓިސްއާ ޚިލާފަށް ރާއްޖެޓީވީއިން ބްރޯޑްކާސްޓްކޮށްފައިވާ ޚަބަރެއްކަމަށެވެ.

ބްރޯޑްކޮމް އިން ބުނީ ޚަބަރުގެ އިބާރާތް އެގޮތަށް ގެނެވިފައި އެވަނީ އެ ޚަބަރު ލިޔުނު ނޫސްވެރިޔާ ޚަބަރުގެ ބެކްގްރައުންޑް ލިޔެފައިވާ ގޮތުންކަމާއި އެއީ ރާއްޖެޓީވީން އަމަލުކުރުމަށް ކަނޑައެޅިފައިވާ އުޞޫލާއި ހިލާފަށް މުވައްޒަފެއްގެ ފަރާތުން ހިނގާފައިވާ ކަމެއްކަން ފާހަގަކުރެވިފައިވާކަމާއި، ޙަވާލާ ދެވުނު ކަންތަކާ ގުޅިގެން ސްޓޭޝަންގެ މެނޭޖްމެންޓުގައި މަޝްވަރާކުރުމަށްފަހު ނިންމާފައިވަނީ، ބްރޯޑްކާސްޓް ކުރެވުނު އެ ޚަބަރު މިހާރު ފެންނަން ހުރި ރާއްޖެޓީވީގެ ވަސީލަތްތަކުން ނެގުމާއިއެކު މިފަދަކަމެއް އިތުރަށް ތަކުރާރު ނުވާނެގޮތަކަށް އިދާރީގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށްކަމަށް ރާއްޖެ ޓީވީ އިން މައުލޫމާތު ދިން ކަމަށެވެ. މިހާރުވަނީ އެފިޔަވަޅުތައް އަޅާ ނިންމާފައިކަމަށް ވެސް ބްރޯޑްކޮމް އިން ބުންޏެވެ.

ބްރޯޑްކޮމް އިން ބުނީ ރާއްޖެ ޓީވީގެ ޚަބަރުގައި ބްރޯޑްކާސްޓްކޮށްފައިވާ މައްސަލައާ ގުޅުންހުރި ކޮންޓެންޓް، ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްގައި ބުނާ މީހެއްގެ ނުވަތަ ބައެއްގެ ހުރުމަތް ކެނޑިދާފަދަ ނުވަތަ އިއްޒަތާއި ގަދަރަށް އުނިކަމެއް އަތުވެދާނެފަދަ ނުވަތަ ނިކަމެތިކަމެއް ލިބިދާނެ ބަސްތަކާއި މަންޒަރާއި އަޑު ބްރޯޑްކާސްޓްނުކުރުން އަދި ޚަބަރާ ކަރަންޓް އެފެއާޒް ގެނެސްދިނުމުގައި، ވަކި ފަރާތަކަށް ބުރަވުމެއްނެތި، ހަމަހަމަ ކަމާއެކު ގެނެސްދިނުމަށް އިސްކަންދީ ތެދު މަޢުލޫމާތު ފެތުރުމަށް މަސައްކަތްކުރުމާއި ޚަބަރާއި ފެކްޗުއަލް ޕްރޮގްރާމްތަކުގައި އެކި ފަރާތްތަކުން ހޯދާ ކޮންޓެންޓް ހިމެނުމުގައި އެފަރާތަކުން ދެއްކި ވާހަކައިގެ މަފްހޫމް ނުގެއްލޭގޮތަށް ބްރޯޑްކާސްޓްކުރުމާއި ވަކި ކަމެއްގައި ހިމެނިގެންވާ ނުކުތާއެއްގެ ސައްޙަ ނޫން މަޢުލޫމާތެއް ހުށަހެޅިއްޖެ ނަމަ، ވީ އެންމެ އަވަސް ފުރުސަތެއްގައި އެކަން އެގޮތަށް ހިނގައިފިކަން ހާމަކޮށް އެކަން ރަނގަޅުކުރުމާއި ޚިލާފުވާ ކަމަށް ކަނޑައަޅައި، ބްރޯޑްކާސްޓްކުރުމުގެ ޤާނޫނުގެ ދަށުން، ރާއްޖެ ޓީވީ އިން ސައްޙަ ނޫން މަޢުލޫމާތެއް ބްރޯޑްކާސްޓްކުރެވިފައިވާތީ އެކަން އިސްލާހުކުރުމަށާއި، ކޯޑް އޮފް ޕްރެކްޓިސްގެ ހަމަތަކާ އެއްގޮތްވާގޮތުގެ މަތިން ޕްރޮގްރާމްތައް ބައްޓަންކުރުމަށާއި، މިފަދަ ކޮންޓެންޓުތައް ފޮނުވުމުގައި ސަމާލުވުމަށް ނަސޭހަތްތެރިވުމަށް ނިންމާފައިވާ ކަމަށެވެ.

"ރާއްޖެޓީވީއިން، އުތެމަ ޖަމްޢިއްޔާއާބެހޭ ގޮތުން ބްރޯޑްކާސްޓްކޮށްފައިވާ ޚަބަރުގެ މައުލޫމާތު އިސްލާހުކޮށް އާންމުކުރުމަށާއި، މަޢާފަށް އެދި ބަޔާނެއް ނެރުމަށާއި، އެއްވެސް ޝަރުތެއް ނެތި މި ބަޔާން 28 ފެބްރުވަރީ 2021 ވާ އާދީއްތަ ދުވަހުގެ ކުރިން، އެއް ރޭ 08:00 އާއި 08:30 އާ ދެމެދު ރާއްޖެޓީވީން ޢާންމުކުރުމަށް ރާއްޖެ ޓެލެވިޜަން ޕްރައިވެޓް ލިމިޓަޑަށް އެންގުމަށް މި މައްސަލަ ބެލި ކޮމިޝަނުގެ ޖަލްސާގައި ބައިވެރިވި މެންބަރުންގެ އިއްތިފާޤުން މައްސަލަ ނިންމީއެވެ." ބްރޯޑްކޮމް އިން ބުނެފައި ވެއެވެ.

2016 ވަނަ އަހަރު އުފެއްދި އުތެމަ ޖަމިއްޔާ އިން އިސްލާމްދީނާއި ހިލާފު ވާހަކަތަކެއް ހިމަނައިގެން ރިޕޯޓެއް އާއްމުކުރި ކަމަށް ބުނެ ގިނަ ބަޔަކު ވަނީ މިދިޔަ އަހަރު ކަންބޮޑުވުން ފާޅުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

22 ކޮމެންޓް

  1. ހިޔަނި

    އެމްޑީޕީ ސަރުކާރެއްގަ އުތެމަ އަދި އެމްޑީއެން އާ ކުޅެން ނޫޅޭތި

    49
    3
    • ވިސްނާލުމަށް އެދެމޭ

      ރައްޔިތުންނޭ ތީ ހަމަ ހުސްޑްރާމާ...މޑޕ ވެރިކަމެއްގަ މުއައްސަސާތަކުގަ ހަމަހަމަކަން އޮތްކަން މީހުންނަ ދައްކަން..ނިކަން ފިޔަވަޅުއަޅާބަލަ ރއިބުރާހިމަށް

      14
    • އަސަލޭ

      އެހެން ސަރުކާރުގެ ދާއީދު ދެމެހެއްޓުމަށް އަދި ސަރުކާރު ގެނައުމަށް އެންބޮޑު މަސައްކަތެއްކުރާ ބަޔަކީ ރާޓީވީ.. އެފަކީރުންވެސް އެ ސައިޒްކޮށްލީ ނަޝީދުގެ ކުދިންކޮޅު ލައްވާ.. ދެން އެހެން ބަޔަކަށް ކިހާވަރެއް ކޮށްލާނެ.. ނުޖެހޭނެ މާފަށް އެދޭކަށްވެސް.. އެކަމު ކީއްކުރާނީ ރާޓީވީކުދިންނަކަށް ނުކެރޭނެ އައްނި ދެކެ ބިރުންވެސް..

  2. ނިކް

    ނަޝީދަށް ރާއްޖެ ޓީވީ ވެސް ގޯސްވެގެން އުޅޭތާ ދުވަސްކޮޅެއްވެއްޖެ.. އަޑު އަހަނީ އިބޫ ރާއްޖެޓީވީގެ ޝެއަރ ގަތީކަމަށް އަޑިއަން.. ނަޝީދު ހިތްޕުޅާނުވީ އެހެންވެޔޯލަ.. އެކަމު މީނާގެ ދިފާޢުގަ ގަނަތެޅުނު ބައެއް ރާޓީވީ ކުދިންނަކީ ފެނުކައްކާ ބޮލީގެ ޢިއްޒަތްމިދެނީ.. ވިސްނޭކަށްނުވޭދޯ؟؟

    37
    2
  3. ނިޒާމު

    އުތަމަ ގެ ޗެއަމަން އަކީ މިގައުނުހެ ޕްރޮސެކިޓަރ ގެނެރަލް ޝަމީމްއާއޮ އަދޮ ކޮމިސަނަރ އޮފް ޕޮލިސް ދެން ނޫންކަމައް ހަދައިގެން ބުރޯޑްކޮމްއިން ކޮން ޑްރާމާއެއްތޯ ތިޔަ ކުޅުއްވަނީ...ކާކައް އޮޅުވާލަންތޯ..

    40
    • ސިޑިބަރި

      ބޮޑަށް ވައްތަރީ ކޮންމެވެސް ޗެނަލް އަކަށް ފިޔަވަޅު އަޅަން ކުޅޭ ޗަރުކޭހެއް ކަމަށް!

      13
  4. ސިނެކް

    އުތެމާ އަކީ އިސްލާމް ދީނާ ދެކޮޅު ޖަމިއްޔާއެއް
    މާފަކަށްނޭދޭނަން

    60
    3
    • ޒައިކް

      އެހެން ނުޖެހޭނެ.. ރާޓީވީއަކަސް ރަނގަޅު ހެޔޮ ކަމެއް ވިއްޔާ އަހަރެމެން ލޮލުން ބޮލުން ތާއީދު.. ތިޔަ ޓީވީ އުފެދުނު ފަހުން ތިޔަށް ވުރެއް ގަޓު މޮޅުކަމެއް ނުވެސް ކުރޭ މިވީހާތަނަށް އަދި.. ތިޔަ އުޅެނީ ނަޝީދު ބޭބެގެ ފޫ ކަހާލުމެއް ކަމަށް އަޑު އިވެނީ.. ދެން ނިކަން އެޓޭކު އަންނާނެ ރާޓީވީއަށް ވެސް.. މަ ބުނާނެ ވާހަކައެއް ނެތް ތިޔަ ބޭކާރު މަސައްކަތް ހުއްޓާފަ އިދިކޮޅާ ގުޅެންވީ ކޮއްކޮމެންވެސް.. ތިޔަ ނަޝީދާ އެމްޑީޕީއަކީ މީހުންކުރާ މަސައްކަތް ބަލައިގަންނަ ބައެއްވެސް ނޫން

      6
      1
  5. Anonymous

    އުތެމާވެސް އެމްނެސްޓީވެސް ތި ހުސް ލާދީނީ ބައިގަނޑު.މައިގަނޑު ބޭނުމަކީ ދީނީ މިނިވަންކަމޭކިޔާ ކާފިރުން އުފެއްދުން. މިކިޔަނީ ފާޅުގަ. ނޭދޭނަން މާފަކަށް ވެސް

    52
    2
  6. ނަވީ

    އުތެމާވެސް އެމްނެސްޓި ވެސް މައިގަނޑު ބޭނުމަކީ ދީނީމިނިވަންކަން، ކާފިރުން އުފެއދުން މިތާ. ފާޅުގަ މިބުނަނީ. ނޭދޭނަން މާފަކާއްވެސް.

    38
    2
  7. ރައްޔިތުމީހާ

    ރައްޔިތުންނޭ އެބަ ފެނޭތަ ސަރުކާރުގެ ތެރޭގައި ހަރުކަށި ފިކުރުގެ ވަތުފިޔައިގެ އެމްޑީއެން އަދި އުތަމައިގެ މޫތައް ހަރުލާފައިވާ ތަން. ރައްޔިތުން ނުކުމެ މި ސަރުކާރު އަޒަލު ކުރާނެ ދުވަސް އަތުވެއްޖެ

    47
  8. ތައްޚާން.

    އެހެން މީހުންގެ އަބުރަށް އަރާ އެމީހުންގެ އަގުވައްޓާލިޔަސް ތިކަން ނުކުރާތި ރައީސް ޔާމީނޭ ކިޔައިގެން ކޮންމެ ވާހަކަ އެއް ދެއްކިޔަސް އޯކޭވާނެ އެކަމު މިއަދު ޤައުމުގެ ތިބި ނުކެރޭނެ އެމީހުނަށް ކުޑައިމީސް ބަހެއްވެސް ބުނާކަށް..... ސުބުޙާނަﷲ ޤައުމެއްނެތް .....

    35
    1
  9. އިބުރާހީމު

    ޗެނެލް 13 ވީމާ ޖުރުމާނާ. ރާއްޖެ ޓީވީ ވީމަ މާފަށް. މިއީ އަސްލު ޗެނެލް 13 އަށް ފިޔަވަޅު އަޅަންވެގެން މަރިޔަމް ވަހިދާ ޖެހި އުކުޅުގެ މަޅިއެއް

    48
    1
  10. ކިޔުންތެރިޔާ

    ލާދީނިއްޔަތާއި ދެކޮޅައް ބަސް ބުނުމުގެ ހިއްވަރު ކޮންމެ ބަޔަކުވެސް ނެރެންޖެހޭ! އިދިކޮޅު މީހުން ފުރަގަހުން ބިޑި އަޅުވައިގެން ބަންދުކުރެވޭ އިރު ލާދީނީ ބޭފުޅުން އަދިވެސް ތިބީ ސަރުކާރުގެ މަތީ ފަޑީގައި. ދެކެން އެންމެ ބޭނުން ދުވަހަކީ މި ބޭފުޅުން ވެސް ހައްޔަރުކޮށް ހުރަގޭގައި ތިބޭނެ ދުވަހެއް.

  11. ބުރޯޑުކޮމް

    ބުރޯޑު ކޮމްގަ ވެސް ތިބެނީ އެމްޑީޕީޓިކެޓުގަ ވާދަކޮށް ނުހޮވުނު މީހުން މެންބަރުންނަށް

  12. ޢަލިބެ

    ތެދުވާހަކައެއް ޚަބަރެއްގަ ކިޔައިގެން މާފަށް އެދެންޖެހޭތަ؟

  13. ......

    މީހަކު ބުނީމަތަ ގޯސް ވަނީ...އުތެމަ އިން ދީން ގަބޫލު ނުކުރާ މީހުން ހިމާޔަތް ކުރާ އިރު އެކަން ގޯސްނުވެ އެހެން ބުނާ މީހުން ގޯސްމިވަނީ އަނެއްކާ މީ ފިރުއަނުގެ ޒަމާންބާ...މާ ބޮޑު ތަފާތެއް ނެތް...

  14. ވ

    މަރިއަމްވަހީދާ ދޭބަލަ އިންސްޓަގްރާމްއަށް ފޮޓޯ އެއްލާން . އެތުމަލޭ ނުކިޔާ

  15. މޯ

    އެއީ ދޮގެއް ނޫނޭ. މަށަށް ތި ވަހީދާ ވެސް އުތެމަ ދިފާޢުކުރާކަން ފާހަގަކުރެވިގެން އިންސްޓަގްރާމް އިން ވެސް އަންފޮލޯ ކޮށްފިން.

  16. އުތެމަ

    ޚަބaru ނެގިއަސް ނުނެގިޔަސް އުތެމަ އަކީ އިސްލާމް ދީނާ ޚިލާފު ކަންކަމަށާއި މީހުންނަށް ހިތްވަރު ދޭ ބައެއް މަރިޔަނބު ރުޅި އަޔަސް.

  17. އަހުމަދު

    އެންމެ މަތީ ޤަދަރާއި ޢިއްޒަތް ލިބިގެންވާ ފަރާތް މުޙައްމަދު صلى الله عليه وسلم ގެ ޤަދަރާއި ޢިއްޒަތް މުގުރާލިޔަސް އެއީ ހަމަ އޯކޭ ކަމެއްދޯ؟؟؟؟ އެފަދަ މީހުންނާއި ޖަމިއްޔާތަކާއި ދެކޮޅަށް އެއްޗެއް ބުނާމީހާ ގޯސްވަނީ!!

  18. މާފެއްނެތް

    އެއީ ލާދީނީޖަމިއްޔާއެއް