އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައިގައި 20 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުންދަ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ގޭބަންދަށް ބަދަލުކޮށްފައި ވަނީ ވަކި މުއްދަތެއް ނެތް ގޮތަށް ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ވިދާޅުވެއްޖެ އެވެ.
ކަރެކްޝަންސް އިން މިފަދައިން ވިދާޅުވެފައި ވަނީ މައުލޫމާތު ހޯދާ ލިބިގަތުމުގެ ޤާނޫނުގެ ދަށުން މިހާރު ނޫހުން ހޯދަން އެދުނު މައުލޫމާތު ހާމަކުރައްވަމުންނެވެ. މި މައްސަލަ އާއި މެދު ސުވާލުކުރުމުން ކަރެކްޝަންސްގެ މީޑިއާ އޮފިޝަލް ވިދާޅުވީ އަދީބު ގޭބަންދަށް ބަދަލުކޮށްފައި ވަނީ ބައިޕެޕް ކިޔާ މެޝިނެއް ބޭނުންކުރަން ޖެހޭތީ ކަަމަށާއި އެ މެޝިން ބޭނުން ކުރަނީ ޑޮކްޓަރުގެ ލަފާގެ މަތިން ކަމަށެވެ. އެ މެޝިނަކީ އޭނާ އަށް ނޭވާލާން އުނދަގޫވެ ނިދަން އުނދަނގޫ ވާތީ ބޭނުން ކުރާ މެޝިނެއް ކަމަށް ވެސް ކަރެކްޝަންސް އިން ވިދާޅުވެއެވެ.
" އެއީ ޑޮކްޓަރެއްގެ ލަފާގެ މަތިން އަދީބު ގެއަށް ބަދަލުކުރެއްވީ. އެހެންވީމަ އަޅުގަނޑުމެންނަކަށް ނޯވޭ އެއް މަސް ދުވަސް ތެރޭގައި އޭނާ ރަނގަޅުވާނެ ކަަމަށް ނިންމޭކަށް. " އޭނާ ވިދާޅުވިއވެެ.
އެމްއެމްޕީއާރްސީ ހިޔާނާތުގައި ބައިވެރިވިކަމަށް އަދީބު އިއުތިރާފްވުމުން ދައުލަތުން އުފުލި ހަތް ދައުވާ ސާބިތުވެއްޖެކަމަށް ޝަރީއަތުން ކަނޑައަޅައި 20 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ އަދީބު ގޭބަންދަށް ބަދަލުކުރެއްވީ އޭނާގެ ސިއްހީ ހާލަތަށް ރިއާޔަތްކޮށް ކަމަށް ނުނެ ކަރެކްޝަނުންނެވެ. އަދީބު ވަނީ މާލޭގައި ދިރިއުޅުއްވުމަށް ފަހު ހުޅުމާލޭގެ އަމީން އެވެނިއުގެ ފްލެޓަކަށް ބަދަލުވެވަޑައިގެންފައިވާފައެވެ. އަދި އަދީބު ދިރިއުޅުއްވާ ތަނުގެ ސެކިއުރިޓީ ކަރެކްޝަނުން ދަނީ ބަލަމުންނެވެ.
ދައުލަތަށް ލިބެން ޖެހޭ އެއް ބިލިއަނަށް ވުރެ ގިނަ ރުފިޔާއަށް ހިޔާނާތްތެރިވި އެ މައްސަލައަކީ ފަހުގެ ތާރީހެއްގައި ހިނގި އެންމެ ބޮޑު އެއް ހިޔާނާތުގެ މައްސަލަކަން ފާހަގަކޮށްލެވެެވެ.
މި މައްސަލައިގައި ޖަލު ހުކުމް އިއްވާފައިވާ އަދީބު ގޭބަންދުގައި ހުންނަވާތީ ސަރުކާރަށް ބޮޑެތި ފާޑުކިޔުންތަކަކާއި ކުރިމަތިލާން ޖެހުނެވެ. އަދި ދައުލަތާ އެކު އަދީބު ގާއިމުކުރި ކުށުގެ އިއުތިރާފް އެއްބަސްވުމުގެ ދަށުން އިއްވާފައިވާ ޖަލު ހުކުމާއި ދެ މިލިއަންރުފިޔާގެ ޖޫރިމަނާއަކީ ކުޑަ އަދަބެއް ކަމަށް ބުނެ ވެސް ގިނަ ބަޔަކު ދަނީ ޕްރޮސެކިއުޓާ ޖެނެރަލްއަށާއި ސަރުކާރަށް ފާޑުކިޔަމުންނެވެ.
ސަރުކާރަށް އަމާޒުވާ ފާޑުކިއުންތަކަށް ރައްދު ދެއްވާ މީގެ ކުރިން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެފައިވަނީ އަދީބު ގޭގައި ހުންނަވަނީ ނިދަން މެޝިނެއް ބޭނުން ކުރައްވަން ޖެހިވަޑައިގަންނަވާތީ ކަމަށެވެ. ދައުލަތާއިއެކު އިއުތިރާފުގެ އެއްބަސްވުމެއް ހެދުމުގެ މާކުރިން ރައީސް ޞާލިހަށް ވެރިކަން ލިބިވަޑައިގަތުމާއިއެކު އަދީބު ވަނީ ގޭބަންދަށް ބަދަލުކުރައްވާފައެވެ.
ބޮޑު ވަގު ގޭގަ ޑިލު ހަދާގެން
އިންސާފު އުތުރި އަރަނީ
ކޮބާތޯ މިއަދު އިންސާފް ، ދޮގުހެކި ދިނުމަކީ އިންސާފްތޯ ، ސިޔާަސީ ޑީލްހެދުމާެި ސިޔަަސީގޮތުން އަނެއްމީހާ ނިކަމެތިކޮށްލުމަކީ ކުށެއްނޫން ތޯ
ރައީސް ޔާމީނަށް ވެސް ނުނިދޭނެ އަޅުގަނޑު ތައްޔާރުކުރާ ބަތްޕެން ނުބޮއި އެއްރޭވެސް. އެހެންވީމާ އެމަނިކުފާނު އަވަހަށް ގެޔަށް ބަދަލުކޮށް ދިނުމަށް އެދެން.
އަޅުގަނޑުގެ އިލްތިމާސް އަކީ ދައުރު ނިމެން ވާއިރަށް ތިޔަ މެޝިނު މިހާރުއްސުރެ ކުރިން މިނިސްޓަރު އިމުރާނު ބޭނުން ކުރައްވަން ފެއްޓެވުން އޭރަށްތާ މެޝިނު ގުޅައިގެން ގޭގަ އޮވެވޭނީ..