ވިސާ ނެތި ލަންކާގައި އުޅެމުންދިޔަ ހަތަރު ދިވެއްސަކު ހައްޔަރުކޮށްފި އެވެ.

މި ހަތަރު ދިވެހިން ހައްޔަރުކޮށްފައި ވަނީ ވިސާ ހަމަވި ފަހުން ވިސާ އާ ނުކޮށް ލަންކާގައި ދިިރިއުޅެމުންދިޔަ މައްސަަލަގައެވެ. އެ މީހުން އިއްޔެ ހައްޔަރުކޮށްފައިވަނީ ކޮލަމްބޯގައި ކުރިއަށްގެންދިޔަ ހާއްސަ އޮޕަރޭޝަނެއްގައި ކަމަށް އެ ގައުމުގެ ފުލުހުންގެ ތަރުޖަމާން އާ ހަވާލާދީ ލަންކާ ނޫހެއް ކަމަށްވާ ދި މޯނިންގ އިން ރިޕޯޓްކޮށްފައި ވެއެވެ.

އެ ނޫހުން ރިޕޯޓްކޮށްފައިވާގޮތުން، އިއްޔެ ކުރިއަށްގެންދިޔަ އޮޕަރޭޝަންގައި ހަތަރު ދިވެއްސެއްގެ އިތުރުން، ނައިޖީރިއާ ތިން މީހަކާއި، އިންޑިއާ ދެ މީހަކުވެސް ހައްޔަރުކޮށްފައި ވެއެވެ.

ފުލުހުންގެ ތަރުޖަމާން ވިދާޅުވީ، ހައްޔަރު ކުރި މީހުންނަކީ މައުންޓް ލަވީނިއާ ސަރަހައްދަާއި، މޮރަޓުވާ ސަރަހައްދާއި، ޑެހިވާލާ ސަރަހައްދާއި، ސްލޭޑް އައިލެންޑް އެންޑް ގްރޭންޕާސް ޕޮލިސް ސަރަހައްދުގައި ދިރިއުޅެމުންދިޔަ މީހުން ކަމަށެވެ.

އޭނާ ވިދާޅުވިގޮތުގައި، ލަންކާގައި ދިރިއުޅޭ ނައިޖީރިއާ މީހުންނަކީ ސައިބާ ކްރައިމް އާއި އޮޅުވާަލައިގެން މީހުން އަތުން ފައިސާ ހޯދުމުގެ ކަންކަމުގައި އުޅޭ މީހުންނެވެ.

"ވަގުތު"އަށް މައުލޫމާތުދެއްވަމުން ފޮރިން މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ، އެ ފަރާތްތައް ކޮންސިއުލާ އެސިސްޓެންސް ފޯރުކޮށްދެމުންދާ ކަމަށެވެ.އަދި ރާއްޖެއިން ބޭރުގައި އުޅޭ ހުރިހާ ދިވެހިން އެ ގައުމުތަކުގައި ހެދިފައި ހުރި ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތުމަށް ނަސޭހަތްތެރިވާ ކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ޅަބޭ

    އަވަހައް ދިވެހި ހާރިޖިއްޔާއިން އެމީހުން ދޫކޮއްލާށޭ ގޮވާ ހޭރިގަނޭ...

    19
  2. ރައިނު

    އާދައިގެ ދިވެއްސެއް ވިސާ ނެތި އުޅޭ އެތައް ހާސް މީހުން މާލެތެރެއާއި ރަށްރަށުން ހޯދައި ދީފާނެ. އެމީހުން ހައްޔަރުކޮށްލަ ދެވިދާނެތޯ ދިވެހި ފުލުހުންނަށް ނުވަތަ ސަރުކާރަށް. މި ގައުމުގައި އެކަނި ވިސާ ނެތި އުޅުމަކީ މައްސަލައަކަށް ނުވަނީ. އެކަމަކު މިވެސް ބޯޑަރ ބަލަހައްޓާ ގައުމެކޯ؟ ހިނި އަންނަނީ

    54
    1
  3. ފެއިލް

    ވިސާާފެނެތި ވިސާ ނުދައްކާ ދިވެހިންކުރާ މަސައްކަތާއި ވިޔަފާރިއާއި ކުރުމާާާުގައި އަދި ސައިކަލްއާ އި ކާރު މަގުމަތީ މަރާތްމާތްކުރުމުގެ ހުއްދަ ބޭރު މީހުންނަށް އޮވޭ. ދިވެހި ޒުވާނުން ޖޫރިމައިނާކޮށް ދިވެހިން އަތުން ފައިސާ ފޭރުނަސް އޯކޭ. އެއީ ފުލުހުންނާއި އިމިގްރޭޝަންގެ ޒިންމާއަކީ. ލަނދު ގަނޭ ދިވެހިންގެ އަގެއްނެތް....

    28
    2
  4. މއާޒު

    ދިވެހިރާއްޖެއަކީ ވިސާ ޕްރީތަނެއް ، ދިވެހި ރާއްޖޭގަ ވިސާ ހަމަވާ ބިދޭސީން ދިވެހި ދަޢުލަތައް ވުރެއް ބާރުގަދަ ، ދިވެހި ފުލުހުންވެސް އެމީހުން ހިފާ ހައްޔަރެއް ނުކުރޭ ނުވަތަ ޖުރްމަނާއެއްވެސް ނުކުރޭ . ދިވެއްސަކު ވެއްޖެއްޔާ ނުވާކައް ޖުރިމަނާއެއް ނޯންނާނެ

    31
    1
  5. އަވަސް

    ބިދޭސީންނަށް ގާނޫނު ނުހިގާނެ ދިވެހި ރާއްޖޭގަ،

    30
    1
  6. އައްޑޫ މީހާ

    މި ދިވެހި ރާއްޖޭގައި ވިސާ ނެތި ވަގައް އުޅުނު ބިދޭސީންކޮޅެއް ހައްޔަރު ކުރިވާހަކަ ޖެހިނަމަ ވަރަށް ރަނގަޅު އެހެނިހެން ގައުމުތައް ނަމޫނާއަކަށް ބަލައިގެން އުޅޭ ގައުމުގެ މީހުންނަކަށް ނުކެރޭ އެކަމަށް ފިޔަވަޅު އަޅާކަށް

    5
    1
  7. މާލް

    ދިވެހިރާއްޖެ އަކީ މިކަމުގަ ފެއިލްވެފަ އޮތްތަނެއް. ބިދެސީން ބިދޭސީންނޭ ބުނާވަރުވެސް ނުވޭ. ދިވެހިބިމުގަ ތިބޭއިރު އެމީހުން ބޮޑާކަމާއެކު މި ބިމުގެ އަހުލުވެރިންނަށް ގޮންޖަހާލާފަ އެއްވެސް އިމެއްނެތި ގަވައިދެއް ގާނޫނެއްނެތި އުޅޭތަން ފެނުމަކީ ލަދުވެތިވާން ޖެހޭ ކަމެއް ނޫންތަ

    7
    1
  8. ާައަނާރުކަލީ

    ވިސާނެތި އުޅެވޭ ހަމައެކަނި ގައުމަކީ ދިވެހިރާއްޖެ އެތެރެވީމަ ނިމުނީ އޯކޭވާނެ

    4
    1
  9. ވިސާފުރީ ގައުމު

    ފެނޭތަ ސަރުކާރަށް ގައުމުތަކުގައި ގާނޫނާއި ގަވާއިދު ހަދާ މަޖިލީހުގެ ބޭނުން ޕޮލިހުންގެ ބޭނުން. މިގައުމެކޭ ކުއްވެރިން ފިލަން ވަންނަ އައްޑާ އެކޭ ކޮބާާާާ ތަފާތެއް ވިސާފުރީ ގައުމު.

    6
    1
  10. ޙާމް

    އެކަމަކު މިޤައުމުގައި ވިސާއެއް އެެކައްޗެއް ނެތަސް ކޮންމެޤައުމެެއްގެ މީހަކު ވިޔަސް ހިތުހުރި ގޮތަކަށް އުޅެވޭ.

    8
    1
  11. ޖުރާމި

    ވިސާނެތި އުޅޭ، ނުވަތަ ވިޔަފާރި ވިސާ ނެތި މިރާއްޖޭގައި އުޅޭ ލަންކާ މީހުން މިދަނޑިވަޅުގެ ބޭނުންްކޮށްގެން މިރާއްޖެއިން ބޭރުކޮށްލައިފިްއޔާ އަހަރުމެން މިއަންނަ އިލެކްސަނުގައި ސަރުކާރު ފަޅިޔަށް ވޯޓުދޭނަން. މިކަންވެސް ކުރަން ނުކެރިއްޖިއްޔާ ސޮރީ ނޯ ވޯޓޭ ބުނެވޭނީ. އަހަރުމެން ތިބޭނަން ބަލަން.