ސަރުކާރު ކޯލިޝަންގެ އެންމެ ބޮޑު ޕާޓީ، އެމްޑީޕީ ފިޔަވައި އެހެން ޕާޓީތަކަށް ދިނީ ފެން ކައްކާ ބޮލީގެ އިއްޒަތް ކަމަށް ރައްޔިތުންގެ މަޖިލިހުގެ ރ. މަޑުއްވަރީ ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އާދަމް ޝަރީފް އުމަރު މިއަދު ވިދާޅުވެއްޖެއެވެ.

ކޯލީޝަންގެ ބައިވެރިންނަށް އެމްޑީޕީން އިހްތިރާމް ނުކުރާ ކަމަށް އާދަމް ޝަރީފް ވިދާޅުވީ ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ މަގާމުން ވަކިކޮށް އެ ވުޒާރާ ހިންގުން އެމްޑީޕީގެ އެހެން ބޭފުޅަކާ ހަވާލުކުރުން މާ ރަނގަޅުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީ މެމްބަރަކު އިއްޔެގެ މަޖިލިސް ޖަލްސާގައި ގޮވާލެއްވުމާ ގުޅިގެންނެވެ.

އާދަމް ޝަރީފް ވިދާޅުވީ ކޯލިޝަން ސަރުކާރުގައި އެމްޑީޕީ ނޫން އެހެން ޕާޓީތަކަށް ދީފައިވަނީ ފެން ކައްކާ ބޮލީގެ އިއްޒަތް ކަމަށެވެ. އަދި ކޯލިޝަން ސަރުކާރަށް ދެ އަހަރު ފުރިފައިވާ އިރު ފަސް ވަޒީރުން މަގާމުން ދުރުކުރެވިފައިވާކަން ފާހަގަކުރެއްވިއެވެ.

"ކޯލިޝަން ސަރުކާރުގައި އެމްޑީޕީ ނޫން ޕާޓީތަކަށް ދީފައިވަނީ ފެން ކައްކާ ބޮލީގެ އިއްޒަތް. ފަތަފޮޅި ދަށުލީ ފަތްގަނޑަކަށް ހިތާހިތުންވެސް ކޯލިޝަންގެ އެހެން ޕާޓީތަކުގެ މިނިސްޓަރަކަށް ނުހިތާ" އާދަމް ޝަރީފް ވިދާޅުވިއެވެ.

ނަވާރަވަނަ ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ އެމްޑީޕީއަށް ލިބުނު ފަހުން ސަރުކާރު ކެބިނެޓްގައި އެމްޑީޕީއަށް އޮތް ނިސްބަތް ވެސް މަޑުމަޑުން ދަނީ އިތުރު ކުރަމުންނެވެ.

އެގޮތުން ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި ހެލްތު މިނިސްޓަރު ކަމުގައި ހުންނެވި އަބްދުﷲ އަމީން އިސްތިއުފާ ދެއްވުމުން އެ މަގާމަށް ކަނޑައެޅީ އެމްޑީޕީގެ އަހުމަދު ނަސީމް (ކެރެފާ ނަސީމް) އެވެ.

އަދާލަތު ޕާޓީގެ ސްލޮޓެއްގައި ޖެންޑާ މިނިސްޓަރު ކަމުގައި ހުންނެވި ޝިދާތާ ޝަރީފް އިސްތިއުފާ ދެއްވުމުން އެ މަގާމަށް ދެން އައްޔަން ކުރެއްވި އައިޝަތު މުހައްމަދު ދީދީއަކީ އެއްވެސް ޕާޓީއެއްގެ ބޭފުޅެއް ނޫނެވެ.

އެމްއާރުއެމްގެ ސްލޮޓެއްގައި ހައުސިން މިނިސްޓަރު ކަމުގައި ހުންނެވި އައިމިނަތު އާތިފާ އިސްތިއުފާ ދެއްވުމުން އެ މިނިސްޓްރީ ޕްލޭނިން މިނިސްޓްރީ ދަށަށް ގެންދިޔައެވެ. ޕްލޭނިންގެ މިނިސްޓްރީއާ ހަވާލުވެ ހުންނެވީ އެމްޑީޕީގެ ސްލޮޓްގައި ހުންނެވި މުހައްމަދު އަސްލަމްއެވެ.

އެންމެ ފަހުން ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި ކޮމިއުނިކޭޝަން މިނިސްޓަރު ކަމަށް ވަޑައިގެންނެވި މުހައްމަދު މަލީހް ޖަމާލް ވަކި ކުރެއްވީ އޭނާގެ މައްޗަށް އިތުބާރު ނެތް ކަމަށް މަޖިލިހުން ފާސްކޮށްގެންނެވެ. އެ މަގާމަށް އަދި އާ ބޭފުޅެއް ހަމަޖައްސާފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ބޮކި

  ޕީޕީއެމް އަކީ ވަކި ތާހިރު ބައެއްތަ ؟

  4
  10
  • ......

   ޕީ.ޕީ.އެމް ގޯސްވެގެން ގެނައި ބައެއް މިހާރު މިތިބީ...އެމީހުންވެސް ގޯސްވީމާ ޕީ.ޕީ.އެމްވެސް ގޯހޭ ކިޔާ ބޮލުން ކަޓްވާލެވިދާނެބާ..

 2. ައޮފްބެ

  އެހެން ޕާޓީތަކަށް ކަލޭމެންގެ ވެރިކަމުގަ ދިނީ ކޮންއިއްޒަތެއް އެންމެ ހައްޔަރުކޮށްފަ!!

 3. ރައްޔިތުމީހާ

  ތިޔަ ޕާތީތަކެއް ހަދައިގެން ރައްޔިތުންގެ ބޮލައް ޗިޕް ޖަހައިގެން ތީގެން ޕާޓީޔަކުން ރައްޔިތަކައް ކޮއްދިނީ ކޮންކަމެއްތޯ ރައްޔިތުން އަޅުވެތިކޮއް %6ޖިޒީ ނަގައިގެން ޕާތީތަކާ ސަރުކާރު ތިހިންގަނީ ރައްޔިތަކައް ކަމެއް ކޮއްދޭވާހަކަ ހަމަ ދައްކާއިރައް ބަހަނާ މިވެނި ޕާޓީއެއްގެ އެވެނި ޕާޓީއެއްގެ ވެރިކަމުގަ ކުރަން ޖެހޭ ކަމެކޭ އެހެންނޫނީ އެސަރުކާ ކުރިކަމެއްގެ ސަބަބުން ނޭ ނުކޮއްދެވެނީ މުޅިން ބަހަނާ ބަލަ އެސަރުކާރު ފެއިލް ކޮއްގެން އާސަރުކާރެއް ތިޔަ އަންނަނީ ރައްޔިތުންނައް ހުވަފެން ތަކެއް ދައްކައިގެން ވޯޓް ހޯދައިގެން ދެން ކޮން ބަހަނާ އެއްތޯ ނުކޮއް ދެވެންޏާ އެވަނީ ފެއިލް ރައްޔިތުން ބަލަން ޖެހގޭ ކަމެއްނޫން ސަރިޔަތަކީ އޭނާކާލީ މީނާކާލީ އެރކަން ބައްލަވާ ފިޔަވަޅު އަޅަންވީނޫންތޯ މިފެންނަނީ ހުސް ބަހަނާޔާ ހުސް ވައުދު ވޯޓް ހޯދަން