ދީނީ އިލްމުވެރިޔާ އަދި އާދަލަތު ޕާޓީގެ މަޝްވަރާ މަޖިލީހުގެ ނައިބު ރައީސް ޑރ. މުހައްމަދު އިޔާޒު ރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ލެކްޗަރާކަމުން ވަކިކުރިޔަސް ވެރިކަން ކުރާ ކޯލިޝަނުން އަދާލަތު ޕާޓީ ވަކިނުވުމަށް ޑރ. އިޔާޒު އެދިވަޑައިގެންފިއެވެ.

ޑރ. އިޔާޒު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެންމެ މީހެއްގެ މަސްލަހަތަށް ވުރެ ގައުމު އަގު ބޮޑު ކަމަށެވެ. އެހެންވުމުން ވަކި ފަރުދަކާ މެދު ކުރެވޭ އަނިޔާއަކާ ހުރެ ދައުލަތަށް ގެއްލުން ދިނުމަކީ ކޮށްގެން ވާނެ ކަމެއް ނޫން ކަމަށް އިޔާޒު ވިދާޅުވިއެވެ.

"އަޅުގަނޑު އެމްއެންޔޫއިން ވަކި ކުރި ނަމަވެސް އަދާލަތު ޕާޓީ ސަރުކާރުގައި ދެމި އޮތުމަށް އިލްތިމާސް ކުރަން،" އިޔާޒު ކުރެއްވި ޓްވީޓްގައި ލިޔުއްވާފައިވެއެވެ.

ގައުމީ ޔުނިވާސިޓީގެ ޝަރީއާއިން ލޯ ފެކަލްޓީގެ އެސިސްޓެންޓް ޕްރޮފެސަރު އަދި ސީނިއާ ލެކްޗަރާގެ މަގާމުގައި ހުންނަވަނިކޮށް އިޔާޒު 14 ދުވަހުގެ މުއްދަތަކަށް ސަސްޕެންޑް ކޮށްފައިވާ ކަން އޭނާއަށް އަންގާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުގައެވެ.

އެނގިފައިވާ ގޮތުގައި އިޔާޒް ސަސްޕެންޑް ކޮށްފައިވަނީ މީސްމީޑިއާގައި ކޮށްފައިވާ ޓުވީޓުތަކެއްގެ ސަބަބުންނެވެ.

އޭނާ ސަސްޕެންޑް ކޮށްފައި މިވަނީ، އެޗްޕީއޭގެ ލަފާގެ މަތިން މާލޭގެ މިސްކިތްތަކުގައި ގައިދުރުކޮށް ނަމާދު ކުރާއިރު ސަފުތައް ހެދުމަށް އިސްލާމިކް މިނިސްޓްރީއިން ނިންމުމުން ނަމާދު ސަފުތައް އެ ގޮތަށް ނުހެދޭނެ ކަމަށް ވިދާޅުވެ އިޔާޒު ޓްވީޓާގައި ވަކާލާތު ކުރައްވަމުން ގެންދަވަނިކޮށެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. ހަގީގަތް

    ވަކި ސަރުކާރަކަށް ހެޔޮ އެދޭ ބޭފުޅެއް ދެއްތޯ

    15
    1
  2. މާމީ

    މިސަރުކާރައް ދަރާފަ ދޯ

    14
    1
  3. ހަގީގަތް

    Sarukaarah loabi jehifa huri beyfulheh, boa buri kuraa iruves thigothuga hurevey thoa balaa,
    Adhi sarukaarun huhdha dheegen hingaa 50 ah vuren gina massage spa tha kuga heyo ziney kuriyas vaane sarukaarah vafaa theri vaan.
    Shukuriyaa iyaz aa vah tharehge dheen dhas vehjje

    5
    1
  4. ލލ

    އިސްލާމިކް މިނިސްޓުރީން މިސްކިއްތަކަށް ވައްދާ ފައި ހުރި ބުދުތަށް ނަގަންވީ ނުންތޯ ؟

    10
    1
  5. ޓުކުރި ޝޭޚު

    ބޯ ބުރާންތި ސޭހު ލޮލް

    12
    1
  6. ކޮރޯނާ

    ސީރިޔަަސްކޮށް މި ބުރާންޗަށް އިބޫ ސޯލިހު ދިން އެެއްޗެއް ބަލަން ބޭނުން

    15
    1
  7. ފައުޒީ

    ހާދަ ލަހޭ ކޮނެންޓް ޖެހޭލެއް މިހާރު

  8. ހުސޭނުބޭ

    ސަރުކާރުން އިސްލާދީނަށް ފުރައްސާރަކުރިޔަސް އަދާލަތުން އެކަމާ އެއްބާރުން ދިނުމަށް ޑރ އިޔާޒް ގޮވާލައްވާފި!

    18
  9. ޚ

    ކަށްވަޅު ގައި އޮތަސް ތިޔަހެން ބުނާތި....ހެ ހެ

    13
    1
  10. ދ

    އިންޑިޔާގެ މަސްލަހަތަށްޓަކައި ސަރުކާރުގަތިބި ހުރިހާ ޕާޓީއެއްގެ ވެރިން ތިބީ ދޫ ބަންދުވެ ނަގޫ ފިތި ދެކަމުދެވިފަ.
    ދީނާއި ދައުލަތް ވިއްކާލައި މަޖިލީހުގަ ގުރުއާނުގެ އެންމެ އާޔަތެއްކިޔުން މަނާވެ ލާދީނީ މީހުންގެ ސޮލީބުގެ ދަށަށް ދިވެހިރާއްޖެ ފޮނުވާލީ ހަމަ ކަލޭމެންގެ އަމިއްލަ އެދުމުގެ ސަބަބުން.

    13
    1
  11. ހުސެން

    މާނަޔަކީ އެމްޑީއެން ގެ މި އަޑީ ދައުލަތް ނަގަހައްޓާށޭތޯ.ތައްބަތު،މި ސަރުކާރު އިން ޟާ ﷲ ހިތި ގޮތަކަށް ނިމޭނެ.

    14
    1
  12. ރައްޔިތުމީހާ

    އަދާލަތުގެ އިހުލާސްތެރިކަމެއް ނެތް.
    އިސްލާމް ދީނާއި މާތް ނަބިއްޔާ އަށް ފުރައްސާރަ ކުރާ ބަޔަކާއި އެކުވެރިކަން ބާއްވައިގެން ނުވާނެ. މުނާފިޤު އިޔަޒް

    10
    1
  13. Anonymous

    ސާބަހޭ . ހަމަ ކޮންމެހެންވެސް މިބައި މީހުން ނަށް ވާގިވެރިވާން ތިބެންޖެހޭނެ. އެހާގިނަ ހެޔޮކަންތައްތައް ކުރާތީ. "ކަނޑު ގުރުވަ ނޫނިއްޔާ ނުކަން ހިތްވަރު ކުރޭ އެބަ މާކަނާ" މީ ކުޑައިރު އަޑުއަހާ ވ. ރީތި ލަވައެއް.

    12
    1
  14. މޯދީ

    ދެން މީނަހީކުރަނީ މީނަ ބޭރުކޮއްލާއިރަށް މީނަގެ ދިފާއުގައި އަދާލަތުޕާޓީ ވެސް ސަރުކާރުން ބޭރުވާނެއޭ... އަމިއްލައަށް ބޮޑޭވަނީ.. ކުރިންމީހުންކައިރީ ކިޔަމުންދިޔައީ ތިމަންނައާ ދެކޮޅަށް ފިޔަވަޅެއް އަޅަން ރައީސަކަށްނުކެރޭނެއޭ.. މިހާރު މަޤާމްބޭނުންވެގެން ސަނާ ކިޔަމުން ދުވަނީ.. ގެއްލުނު އެތި ބޮޑުކަމުން...

  15. ދެމީދާފެހިބުޅާ

    ޢެހެންވާނެތާ މިހާރު އެބައޮތް މިނިސްޓަރުކަމުގެ އެއްޖާގަ ހުސްކޮއް އަނެއްކާއެބަ އަޑުއިވޭ އެހެން ޖާގައެއްވެސް ހުސްވަން އުޅޭވާހަކައެއްވެސް އެހެންވީމާ ހިއްވަރުކުރޭ

  16. މިލަ ޑރ.

    ކަލެއަށް ކޮންމެ ގޮތެއް ހެދިޔަސް އަދާލަތުގެ ދާދާގެ ވަޒީރުކަމަށް ލޮޅުން އަރާފާނެ ކަމެއް އަދާލަތުން ނުކުރާނެ. ކަލޭ ހީކުރީ ވަޒީރުކަމަށްވުރެ ކަލޭ މުހިންމުވާނެ ކަމަށްތަ!