އެމެރިކާގެ ކުރީގެ ރައީސް ޑޮނާލްޑް ޓްރަމްޕުގެ ވެރިކަމުގައި އެ ގައުމުގެ ރިޔާސީ ގަނޑުވަރު ''ވައިޓް ހައުސް''އިން ބޭރުކޮށްލި އެގަ އުމުގެ ކުރީގެ ދެ ރައީސުން ކަަމަށްވާ ޖޯޖް ޑަބްލިއު ބުޝް އަދި ބިލް ކްލިންޓަންގެ ޕޮޓޯތައް ވައުޓްހައުސްގައި ގެނެސް ބަހައްޓައިފިއެވެ.

އެމެރިކާގެ މިހާރުގެ ރައީސް ޖޯ ބައިޑަން ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު، އެންމެ އިސްކަމެއް ދީގެން ކުރައްވާ އެއް ކަމަކީ ޓްރަމްޕް ކޮށްފައިވާ ކަންކަން ބަދަލު ކުރުމުގެ މަސައްކަތެވެ.

ވައިޓް ހައުސްއާ ހަވާލާދީ ''ސީއެންއެން'' ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުގައި ބިލް ކުުލިންޓަން އާއި ބުޝް ގެ ފޮޓޯތައް އަލުންވަނީ ވައިޓް ހައުސްގެ ފާރުގައި ހަރު ކޮށްފައެވެ. މިތަސްވީރުތައް ވައިޓް ހައުސްއިން ބޭރުކޮށްފައި ވަނީ މި ދިޔަ ޖުލައި މަހުގެ ތެރޭގައެވެ. ވައިޓް ހައުސް އިން މިހާތަނަށް އަމަލު ކުރަމުން އަންނަ ގޮތުގައި އެމެރިކާގެ ކޮންމެ ރައީސެއްގެ ފޮޓޯ އެ ގަނޑުވަރުގެ ބޮޑު ކޮޓަރީގައި އެތަނަށް ޒިޔާރަތް ކުރާ މީހުންނަށް ފެންނާނެހެން ހަރުކޮށްފައި ހުންނަން ޖެހެއެވެ.
ޓްރަމްޕުގެ ވެރިކަމުގައި ކުލިންޓަން އާއި ބުޝްގެ ތަސްވީރުތައް ހުރީ ސައި ކޮޓަރީގައެވެ.

އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާގެ ތަސްވީރު އަދި ފެނިފައެއް ނުވެއެވެ.

ޖޯ ބައިޑެން އެމެރިކާގެ ރައީސް ކަމާ ހަވާލުވެވަޑައިގެންނެވީ ޖެނުއަރީ 20 ވަނަ ދުވަހުއެވެ.