އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ނައިބު ރައީސް އިސްމާއީލް ހަބީބްގެ މައްޗަށް އެ ކޮމިޝަންގެ މުވައްޒަފުންތަކެއް ޖިންސީ ފުރައްސާރައިގެ ސީރިއަސް ތުހުމަތުކޮށް އެ މައްސަލަ ބަލައި ދިނުމަށް އެދި ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ހުށަހަޅައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އެޑްރެސްކޮށް ފޮނުވާފައިވާ އެ ސިޓީގައި ވަނީ މި މައްސަލަތައް ރައީސް ނަޝީދާއި މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ ސަމާލު ކަމަށް ގެންނަން އެ މުވައްޒަފުން ނިންމީ، އީސީގެ ގާނޫނުގައިވާ ގޮތުގެ މަތިން އެ ކޮމިޝަންގެ މެންބަރަކު ސުލޫކީ މިންގަނޑާ ޚިލާފު އަމަލެއް ކޮށްފިނަމަ އެ ކަމެއް ހުށަހަޅަން އޮންނަ ތަނަކީ ރައްޔިތުންގެ މަޖިލިސް ކަމުގައިވާތީއެވެ.

އެ ސިޓީގައިވާ ގޮތުން، އެ ކޮމިޝަންގެ ވަގުތީ މުވައްޒަފުންނާއި ކޮމިޝަންގެ މެންބަރުން ބައްދަލު ކުރި ދުވަހެއްގައި ހަބީބް ވަނީ އެ ތަނުގައި މަސައްކަތް ކުރާ އަންހެން މުވައްޒަފަކަށް ފުރައްސާރަކޮށްފައެވެ. އެ މުވައްޒަފަކު ހެދުން އަޅާ ގޮތާއި ލިޕްސްޓިކް ޖައްސާ ގޮތާ މެދު ފާޑުކިޔައި ވާހަކަ ދައްކާފައިވާ ކަމަށް އެ ސިޓީގައިވެއެވެ.

މީގެ އިތުރުން 2018 ގައި ގދ. އަތޮޅަށް ކޮމިޝަނުން ކުރި ރަސްމީ ދަތުރެއްގައި ކޮމިޝަންގެ މުވައްޒަފަކު ހުރި ކޮޓަރިއަކަށް ގޮސް އޭނާއަށް ފުރައްސާރަކޮށްފައިވާ ކަމަށް ތުހުމަތުކޮށްފައިވެއެވެ. މި ގޮތުން އަންހެން މުވައްޒަފާ ދިމާއަށް "ބޭރަށް ދަނީ ކީއްކުރަންތޯ، ކޮޓަރި މާ އަރާމު ވާނެ،" ކަމަށް ބުނެ ވާހަކަ ދައްކަވާފައިވާ ކަމަށް އެ ސިޓީގައިވެއެވެ.

ކޮމިޝަންގެ ބައެއް މުވައްޒަފުންނަށް ފުރައްސާރަ ކުރުމުގެ އިތުރުން ބިރު ދައްކައި އިންޒާރު ދިނުން ފަދަ ތުހުމަތުތައް ވެސް ހަބީބްގެ މައްޗަށް ކޮށްފައިވެއެވެ. މި ގޮތުން މުވައްޒަފުންނަށް ލިބިދީފައިވާ ސަލާން ބުނުމުގެ ހައްގުގެ ތެރެއިން ސަލާން ބުނުމުން މުވައްޒަފުންނަށް "ކަތިލުން" ފަދަ އިބާރާތްތަކުން އިންޒާރު ދޭ ކަމަށް އެ ސިޓީގައި ތުހުމަތު ކޮށްފައިވެއެވެ.

އީސީގެ މެންބަރުންގެ ކުއްލި ޖަލްސާއެއް ބޭއްވުން

އިލެކްޝަންސް ކޮމިޝަން (އީސީ) ގެ މެންބަރުން ވަނީ ރޭގެ ވަގުތެއްގައި ވަނީ ކުއްލި ޖަސްލާއެއް ބާއްވައިފައެވެ. އެ ޖަލްސާއަށް ފަހު އީސީއިން ވަނީ ނޫސް ބަޔާނެއް ނެރެފައެވެ. އޭގައި އެ ކޮމިޝަނުން ވިދާޅުވެފައިވާ ގޮތުގައި ހަބީބާ ގުޅިގެން ކޮމިޝަންގެ ކަމާ ބެހޭ އެއްވެސް ކޮމިޓީއަކަށް މިފަދަ އެއްވެސް މައްސަލައެއް ހުށަހެޅިފައެއް ނުވެއެވެ.

އެހެން ނަމަވެސް އެފަދަ މައްސަލައެއް އޮތް ނަމަ، އީސީގައި އޮންނަ ކަމާ ބެހޭ ކޮމިޓީތަކަށް އެ މައްސަލަތައް ގެނައުމަށް ކޮމިޝަންގެ މުވައްޒަފުންނަށް އަންގަން ފާސްކުރި ކަމަށް އީސީގެ ބަޔާނުގައިވެއެވެ.

ޖަލްސާގައި ހަބީބް ބައިވެރިވި ކަމުގެ އަޑުތަކެއް

އިލެކްޝަންސް ކޮމިޝަންގެ އެ ޖަލްސާގައި ހަބީބާ ގުޅޭ ގޮތުން މަޝްވަރާ ކުރިއިރު އެ ޖަލްސާގައި ހަބީބް ބައިވެރިވި ކަމުގެ އަޑުތަކެއް ވެސް ފެތުރެނެވެ. ކޮމިޝަންގެ ގާނޫނުގައި އޮންނަ ގޮތުން ކޮމިޝަންގެ މެންބަރެއްގެ މައްސަލައަކާ ގުޅޭ ގޮތުން ކޮމިޝަންއިން ބާއްވާ ޖަލްސާއެއްގައި އެ މެންބަރަކު ބައިވެރިވެގެން ނުވާނެއެވެ.

މިކަމާ ގުޅިގެން މީޑިއާތަކުން އަމާޒު ކުރި ސުވާލުތަކާ ގުޅިގެން ހަބީބް ވިދާޅުވަނީ ރޭގެ ވަގުތެއްގައި ޖަލްސާއެއް އޮތުމުން ޖަލްސާގައި ބައިވެރިވެވަޑައިގަންނަވަން ވަޑައިގެންނެވި ކަމަށެވެ. ނަމަވެސް އެ ޖަލްސާއަކީ ހަބީބްގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލައަކާ ގުޅޭ ގޮތުން ބާއްވާ ޖަލްސާއެއް ކަން އެނގިވަޑައިގަތުމުން ޖަލްސާ ދޫކުރައްވައި ވަޑައިގެންނެވި ކަމަށް ހަބީބް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ޖަނާޒާ

    އީ.ސީ. ސަރީފޫ ޫ ޫ ޫ ޫ ޫ ޫ! ދެން ހައްހައް! ހަހާހަހާ ! ވަގުތުކުޑަތަންވަނީ ، ގަރާރުން އެއްކަމެއްވެސްނުވާނެ، ކަލޭވެސް އަދި.... ހައްހައްހައްހައް!

    15
    1
  2. ވައްލިހެން

    އިލެކްސަން ދޯ؟ ތިތަނުގަ އުޅޭނެ ގިނަދުވަހު އެތާއުޅެފައިތިބި އަންހެން މުވައްޒިފުން ކޮޅެއް ސިޔާސީ މީހުން އެކިގޮތުން ގަނެފަ ތިބި. ބެންކޮކާއި ލަންކާއަށް ދަތުރުދިނުންޒާތުގެ ކަންތައް ކޮށްގެން. އެމީހުން ތިތަނުން ދުރުކޮއްގެންނޫނީ ލާހިކެއްނޫން ތިތަނުން މެމްބަރުން ކަތިލަން ފުރައްސާރައޭ ނުކިޔާދުވަހެއް ގެންނާކައް.

    11
  3. އަހުމަދު

    2018 ގެ ރިޔާސީ އިންތިހާބު ތިބި ކޮމިޝަން މެންބަރުން އެމް ޑީ ޕީގެ މަކުރުވެރިކަމުން އެދަނީ ނުބައި ރޭވުމުން ވަކި ކުރަމުން ފުރަތަމަ އަކުރަމް މިހާރު ދެން ހަބީބު ހަމަ ރޭވުން ކުރިިން ވެސް މިގަނޑު ގަތީ ސޭކް ހުސައިން ރަޝީދު ވެސް ހުރީ މަރު ތަޅު އަޅުވަާ ދަލުގައި ޖައްސާފައި 2023 ެއަންނަ އިރު އޭރު ތިބި އެންމެން ފަލީ ހަތް ކޮށް ވަކި ކުރާނެ ބަލަން ތިބޭތި

  4. ކަމަނަ

    ޙަބީބު nukurAne

  5. ކަމަނަ

    ޙަބީބު އެކަހަލަ ކަމެއް ނުކުރާނެ ވަރަށް ގިނަ އަހަރު މި ގޭގަ ހަބީބު އުޅުނު

    5
    4
  6. ބާޒު

    ވަރަށް އަވަހަށް ސަރީފުގެ ކޮރަޕްސަނުގެ ތަފްސީލްވެސް މަޖިލީޙަށް ހުށަހެޅޭނެ. ރަގަޅަށް ބުޅީގަ ގަންނަންދެން އަދި މަޑުކޮށްލަނީ.

  7. ޭަޢަދުރޭ

    މިހާރު ފްރޭމްކުރުމުގެ ކަންތައް މިދަނީ މާ މައްޗަށް މީހެއްގެ އަބުރާ ޢިިއްޒަތް ހިމެނޭ ކަމެއްގައި ބަޔަކު ބުނާ ބުނުމެއްގެ މައްޗަށް އެކަނި ޙުކުމް ކުރެވިގެން ނުވާނެ. ޔޫސުފްގެފާނު ޒުލައިޚާ ގަޔަށް އަތްލެއްވި ކަމަށް އެކަމަނާ ވިދާޅުވި ހިނދު އެކަމުގެ ވެސް ތެދުދޮގު ބެލުނު. މޫސާގެފާނު ފްރޭމް ކުރަން ބަނީ އިސްރާއީލްގެ އަންހެނަކު ލައްވާ އުޅުނު ، މިހިރީ ހައްތާވެސް މިޘާލް.

  8. ކިޔު

    ބަދުނާމުކޮށް އަގުވައްޓާލަން އުޅުމަކީ ވ ދެރަ ކަމެކެވެ.

  9. މއާޒު

    މުވައްޒަފުންނައް ބިރުދައްކާ ވާހަކަ އަޑުއެހިން އަދި މިމައަސަލަ ވެސް ސަރީފުކައިރިޔައް މުވައްޒަފުން ދިޔަޢީމަ ހިންދާލަނީ. ވ.ގިނަ މުވައްޒަފުން މިކައް ހެކިވާނެ ތިޔަތަނުގެ
    މިއީ އަސްލު ހަޤީގަތެއްބާ؟

    1
    2
  10. ޖޮނީ

    2013 ގައި އެދުވަސްވަރު ކޮމިސަނުގަ ތިބި މެމްބަރުން ދުވަސްދުއްވާލަން ރޭގަނޑު ވާރެވެހޭތީ ކުޑައަޅާގެން މުވައްޒިފުން ގޮވަގެން މަޖިލިހަށްދިޔައި ކާކު؟ ފޭހުނުއިލޮށިގަޑު ހެރެނި

    1
    2
  11. Rasheed

    ސިޔާސީ ބަޔަކު އަޑީގައި ތިބެގެން ޙަބީބުގެ އަބުރު ކަތިލަން ހިންގާ ސިލްސިލާ ޕްރޮގްރާމެއް. ހަބީބަކީ އިންޓަރގްރިޓީ ހުރި މީހެއް