ރާއްޖޭގައި ބާއްވާ ފެންވަރަށް ދުނިޔޭގެ އެހެން ގައުމެއްގައި ވެސް އިންތިހާބު ނުބޭއްވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަންސް (އީސީ)ގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވެއްޖެއެވެ.

އިސްމާއީލް ހަބީބު މިފަދައިން ވިދާޅުވީ، ރޭ ދައުލަތުގެ މީޑިއާގައި ވާހަކަ ދައްކަވަމުންނެވެ.

އެގޮތުން ހަބީބު ވިދާޅުވީ، ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުގެ އިންތިހާބުތައް އޮބްޒާވްކޮށްފައިވާ ކަމަށާއި ނަމަވެސް ރާއްޖޭގައި އިންތިހާބުތައް ބާއްވާ ފެންވަރަށް ނުބޭއްވޭ ކަމަށެވެ.

އެކަމުގެ ތެރޭގައި އުޅޭތާ ގާތްގަނޑަކަށް 20 ވަރަކަށް އަހަރު ވެދާނެކަން ފާހަގަކޮށް ހަބީބު ވިދާޅުވީ، ރާއްޖޭގެ އިންތިހާބީ ނިޒާމަކީ ދުނިޔޭގެ އެއްވަނައޭ ދަންނަވަން ކެރޭނެ ކަމަށެވެ.

ހަބީބު ވިދާޅުވީ، ރާއްޖޭގައި ބާއްވާ އިންތިހާބުތަކުގެ ފެންވަރު އެމެރިކާގައި ބާއްވާ އިންތިހާބުތަކަށްވުރެ ފެންވަރު ރަނގަޅު ވާނެ ކަމަށެވެ.

"އެންމެ ނަންކުރާ އެމެރިކާގައި ވެސް އަޅުގަނޑުމެންގެ ފެންވަރަކަށް ނުދޭ. އަޅުގަނޑު ހަމަ އެމެރިކާގެ އިންތިހާބު ވެސް އޮބްޒާވް ވެސް ކުރިން،" ހަބީބު ވިދާޅުވިއެވެ.

ހަބީބު އިތުރަށް ވިދާޅުވީ، ރާއްޖޭގެ އިންތިހާބީ ނިޒާމު އޮތީ ވަރަށް ދެފުށް ފެންނަ އިތުބާރު ނިޒާމެއްގެ ގޮތުގައި ކަމަށާއި ކަންކަން މިހާރު ހުރީ މަކަރު ހަދަން ބޭނުންވާ މީހުންނަށް އެކަން އެގޮތަށް ނުކުރެވޭނެ ގޮތަކަށް ކަމަށެވެ.

ރާއްޖޭގެ އިންތިހާބާއި މެދު އިތުބާރު ހިފޭ ގޮތަށް ހަބީބު ވާހަކަ ދެއްކި ނަމަވެސް ބައެއް ސިޔާސީ ފަރާތްތަކުން އަންނަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބާއި ގުޅޭ ގޮތުން އެކި ތުހުމަތުތަކެއް އީސީއަށް ކުރައްވަމުންނެވެ. އެގޮތުން އީސީ އަކީ މިނިވަން ތަނެއް ނޫން ކަމަށް ތުހުމަތުކޮށް، އެފަރާތްތަކުން ވަނީ އީސީއާއި މެދު ސުވާލު އުފައްދަމުންނެވެ.

ރިޔާސީ އިންތިހާބު ބޭއްވުމަށް ނިންމާފައިވަނީ އަންނަ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު

22 ކޮމެންޓް

  1. ރަޔާން

    ތެދެއް ، އެއްވެސް ބަޔަކަށްް މަކަރާއި ހީލަތް ހެދުމުގައި އަހަރެމެން ނަށް ވުރެން ކުރިއަށް ނުދެވޭނެ

    33
    • ވާގޮނުސްކޮ

      އިބިލީސް ވެސް ކުރާނެ ކަމެއް ނެތިގެން ޕާކްތެރޭ ގަނިދިތާއްޔާ ޖެހިފަ އިނީމަ ސުވާލުކޮށްލުމުން ބުނީ ދޭނެވަސްވާހެއް ނެތީމަ ފޫހިވެގެން އިނީކަމައް. އަދި މިތަނުގަ މީހުން މާ ޕްރޯކަމައް.

      10
  2. ހުސޭނުބޭ

    މި ވެރިކަމުގައި ޒިންމާ އަދާނުކޮށް މަތީ މަޤާމުތަކުގައި ތިބެ ވައްކަންކޮށް ފޮނިކެނޑުން ވަރަށް އާންމުކަމެއް އެއީ.

    25
  3. އައްލާގެ އަފީފް

    ތިޔައީ ވަރަށްބޮޑު ތެދު ފުޅެއް ތިޔަ ވަރުގެ ތެދުފުޅެއް ވިދާޅުވީތީ އަސްލު ވަރަށް އުފާވޭ އަޅުގަނޑުމެން ތީގެން ވަރަށް ބޮޑު ހެއްކެއް 2018 ރިޔާސީ އިންތިހާބަކީ ހާދަހާ ތެދުވެރިކޮށް ދިޔަ އިންތިހާބެކޭ އެއީ ރައްޔިތުން ބަލަން ތިއްބާ ކަރުދާސްތަކަށް ވެސް ހަދާލިގޮތް ނިކަން ވިސްނާ ތިޔަ ކޮމިޝަނުގައި ތިބޭ ކޮންމެ މީހެއްގެ ޖީބު ފުރިގެން އަޅާނެ ތަނެއް ނެތިގެން ބޭރުގެ އެކައުންޓުތަކަށް އަޅަމުން ދަނީ ހާދަހާ ތެދުވެރި ވަފާތެރި ވެގެންނޭ، ގެއްލިއްޖެ އަބުރަކާއި އިއްޒަތެއް އަނބުރާ ނުލިބޭނެ ތިޔަ ކޮމިޝަނަކީ އަމިއްލައަށް އަބުރާއި އިއްޒަތް ވެއްޔާއިލައި މޮޑެފައި އޮތް ކޮމިޝަނެއް ރައްޔިތުން ތިޔަ ކޮމިޝަނަކަށް އިތުބާރެއް ނުކުރާނެ

    28
  4. ހަގީގަތް

    ހަމަތެދެއް ވޯޓް އެވަރަށް އޮޅުވާ ނުލާނެ އެހެން ޤައުމަކުން

    27
  5. ފޝ

    ވާ ވާ، ތިބުނީ ތެދެއް. އިންތިޚާބު ނިމޭތާ ދެދުވަސް ފަހުން ކަމެއް ފަޅާއަރާފާނެތީ ވޯޓު ކަރުދާސް އަންދާލަނީވެސް މިފަދަ މޮޅުފެންވަރުގައި އިންތިޚާބު ބާއްވާތީދޯ

    11
  6. އައްޔަ

    2018 ވަނަ އަހަރު ވޯޓު އޮޅުވާލި ގޮތުގެ ފޯމިއުލާ ހޯދަން އިތިއޯޕިއާއިން ހަބީބަށް ގުޅާފި!

    11
  7. އަލީ

    ހަބީބުމެންނާ އެއްވަރަށް މަކަރާއި އިޔަހޫދި ހެދޭނެ އެހެން ބަޔަކު ދުނިޔޭގައި ނޫޅޭނެއެވެ. މިކަން އެންމެނަށް އެނގެއެވެ. އެހެންވީމާ ރާއްޖޭގައި ބާއްވާ ފެންވަރަށް އެހެން ގައުމެއްގައި އިންތިހާބު ނުބޭއްވޭނެތާއެވެ.

  8. Anonymous

    ރަނގަޅު ވާހަކައެއް ތިޔަކަމައް ދިވެހި ދައުލަތް އެއްކޮއް ކާލާނެ.

  9. ރޔތ މހ

    ތެދެއް.....އިންޑިޔާ އަދި ބަނގުލަދޭސްގެ 300،000 މީހުން ރާޖޭގައި އުޅުނަސް އެ ގައުމުތަކުގެ ރައްޔިތުން ވޯޓްލާކައް ރާއްޖޭގަ ބޮޑު ޚަރަދު ކޮއްފަ ވޯޓް ފޮއްޓެއްނުބަހައްޓާ.... މިފެންވަރައް ބޭރުގައުމުތަކުން އިންތިހާބް ނުބާއްވާ ވާހަކަ އެބުނަނީ..........

    11
  10. Anonymous

    ތިވަރުގެބޮޑު ޚިޔާނާތްތެރިން ތިބިއެއްވެސް ތަނެއް އުޑުދަށުގަނެތް!!! މަކަރާހީލަތްހަދައިގެން ވޯޓްލާނިމޭއިރަށް
    ހޮވަން ބޭނުންވާމީހާ ހޮވުނީމަ ވޯޓްކަރުދާސްތަށް އަންދާލި ބޮޑުވެގެންވާވަގުންތީ!!

  11. ހަމަމޮޅީ

    ވޯޓު ކަރުދާސް ވެސް ތި ޗާޕު ކުރަނީ އެމް 7 ކިޔާ ތަނަކުން. މަކަރު ހެދުމުގެ ބޭނުމުގައި. ވޯޓު ނަތީޖާ އޮޅުވާލެވޭ ވަރަށް ވިއްސަކަށް ހާސް ވަގު ވޯޓު ކަރުދާހާއެކު. ކުރީ ފަހަރުވެސް ވޯޓުން ވައްކަންކޮށްގެން އިންތިހާބު ލިބުނު މީހަކަށް ލިބުނީ.
    ދެން މި ކުރާ ކަމަކީ ވޯޓުލާ މީހުން އެކި ތަންތަނަށް ބަދަލު ކުރުމުގެ ކުޅިގަޑު. މި ކުޅިގަޑުގެ ތެރެއިން އެތައް ބަޔަކަށް ވޯޓު ނުލެވޭނީ ނޫނީ ވަގުވޯޠުލާމީހުނަށް ފުރްސަތު ފަހިވަނީ. ދެން ބަލާ ނިޒާމުގެ ތެރެއިން ލޯމަރާލުން.
    އެނޫންވައްކަމެއް ކުރެވެން ނެތީމަ ނުކުރެވެނީ. ދެން އެކަންކަން އެމެރިކާއަށް ވުރެ މޮޅިއްޔާ ހަމަ މޮޅީ.

  12. މާމީ

    ފަތް ނުފަޅަނީ

    10
  13. އަހޫ

    ދިވެހިރާއްޖޭގެ އިލެކްސަން ކޮމިސަނަރުންގެ ހާ މަތީ ތައުލީމީ ސެޓްފިކެޓްސް އޮތް އެހެން ގައުމެއް ވެސް ނިކަން ދައްކަބަލަ ދޯ

    • އައްޔަ

      މަތީ ...... ތި ބުނުއްވީ އެމީހުންގެ ތަޢުލީމީ ސެޓްފިކޭޓް އޮތީ ފަންގިފިލާ މަތީގައޭ. ނޫނީ ފުޜާޅުމަތީގައޭ ދޯ! އެހާ މަތީ ސެޓްފިޚެޓް ހުންނަންޖެހޭނީ އުސްތަންތަނުގައި.

  14. ހަންކެޑެ

    ރާއްޖޭގަބާއްވާ ވަގުފެންވަރަށް އިންތިހާބު އެހެންގައުމެއްގަ ނުބޭއްވޭނެ ތިޔާބުނީ ހަމަތެދެއް.... ވަރަށްރަނގަޅުވާހަކައެއް މިހާރުންފެށިގެން ރިއެކުޓުކޮށްފިން.

  15. ސުވާ

    މިއަދު ޚުތުބާ އަޑުއެހިންތަ.؟

  16. މޯދީގެ ގެރި

    ރާއްޖޭގައި ބާއްވާ އިލެކްޝަންތަކަށް އިންޑިޔާ ވަދެ އޮޅުންބޮޅުން ކުރާގޮތަށް ވަދެވޭނެ އެހެން ގައުމެއް ނޮއޮންނާނެ!

  17. އުމަރު ނަސީރު

    ވޯޓުން ބަލި ވެއްޖެނަމަ ބަލާނީ މަކަރު ހެދީކަމަށް ވޯޓުން މޮޅުވެއްޖެ ނަމަ މަކަރެއް ނުހަދާ

    0
    2
  18. މަންތިރި

    ކޮބާތަ މިދިޔަ ރިޔާސީ އިންތިހާބުގެ ވޯޓްކަރުދާސްތައް ވޯޓްގެ ދާއިމީ ނަތީޖާ އިއުލާން ނުކުރަނީސް އަންދާލީ ވަރައް ކުޅަދާނަ އީސީ ސަރީފު މިހާރު ހެހެރީ ބޮޑު މަގާމުގަ ކޮއްދިން މަސައްކަތުގެ އަގުވަޒަން ކޮއްދެއްވާފި

  19. ކޮރަލް

    4 ލައްކަ އުޅޭ ތަނެއްގަ ކާ ވަރަށް ކާ ގައުމެއްވެސް ދުނިޔޭގަ ނޯންނާނެއެވެ.

  20. ރުކުމާ

    ތިޔައީ ގްރޫޕް ވަގެއް ތިވަގު ނުދަންނަ މީހުން މަދުވާނެ ތިޔައީ ބައި އަޅައިގެން ވައްކަންކުރާ ބޮޑު މުއައްސަސާއެއް ހުސްވަގުން ވޯޓުވަގުން ފަޅާ އަރަން ވީމާ ބޭރުގެ ގައުމަށް ފިލަން ދަނީ