ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ހުންނެވީ ހޯމް ކަރަންޓީންގައި ކަމަށް ރައީސް އޮފީހުން ހާމަކޮށްފިއެވެ.

ރައީސް އޮފީހުން މިކަން ހާމަ ކުރީ ރައީސް ސޯލިހު މިދިޔަ ހަފްތާގެ ތެރޭގައި ގަތަރާއި ބަންގްލަދޭޝް އަށް ކުރެއްވި ދަތުރުފުޅަށް ފަހު ކަރަންޓީންގެ މުއްދަތު ފުރިހަމަ ނުކުރައްވައިި އައްޑޫއަށް ދަތުރު ކުރައްވަން އުޅުއްވާ ކަމަށް ބައެއް ފަރާތްތަކުން ތުހުމަތު ކުރަމުންދާތީއެވެ.

އެކަމަކު، ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ ރައީސް މިވަގުތު ހުންނެވީ މުލިއާގޭގައި ކަރަންޓީންގައި ކަމަށެވެ. އެކަމާ ގުޅިގެން އިތުރު އެއްވެސް ތަފްސީލެއް އޭނާ ނުދެއްވައެވެ. އެނގިފައިވާ ގޮތުގައި ރައީސްގެ ހާލުކޮޅު ރަނގަޅެވެ.

ރައީސް ސޯލިހް އައްޑު އަށް ވަޑައިގަންނަވާނީ އަންނަ މަހުގެ ފުރަތަމަ ހަފްތާގެ ތެރޭގައި ކަމަށް ބެލެވެއެވެ. އެމަނިކުފާނު އައްޑު އަށް ވަޑައިގަންނަވަނީ އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން އިމާރާތް ކުރި ފުލުހުންގެ ޓްރޭނިން އެކަޑެމީ ހުޅުއްވައި ދެއްވުމަށެވެ.

ރައީސް ގަތަރަށް ކުރެއްވި ރަސްމީ ދަތުރުފުޅާއި ބަންގުލަދޭޝްއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި، އެމަނިކުފާނުގެ އަރިހުގައި އަނބިކަނބަލުން ފަޒްނާ އަޙްމަދާއި ދިވެހި ސަރުކާރުގެ އިސް އޮފިޝަލުންގެ ވަފުދެއް ބައިވެރިވެ ވަޑައިގެންނެވިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އަނބިކަނބަލުން ފަޒްނާ މާލެ ވަޑައިގަންނަވަނީ. --- ފޮޓޯ: ރައީސް އޮފީސް

އެމަނިކުފާނު ދެ ގައުމަށް ކުރެއްވި ދަތުރުފުޅުގައި އެންމެ ފުރަތަމަ ވަޑައިގެންނެވީ ގަތަރަށެވެ. ރައީސުލްޖުމްހޫރިއްޔާ ގަތަރަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމުގެ އެންމެ ބޮޑު ބޭނުންފުޅަކީ ރައީސް އޮފީހުން ކުރިން ވިދާޅުވި ގޮތުގައި ނިމިދިޔަ ސަރުކާރުގައި މެދުކަނޑާލާފައިވާ ގަތަރާއި ރާއްޖޭގެ ސިޔާސީ ގުޅުން އަލުން ގާއިމުކުރުން ފާހަގަކުރެއްވުމާ، ދެ ގައުމުގެ ޒަމާންވީ ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވުމަށެވެ.

ގަތަރަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ރައީސް ވަނީ ގަތަރުގެ އަމީރު ޝެއިޚް ތަމީމް ބިން ޙަމަދު އައްޘާނީއާ ބައްދަލުކުރައްވައި ރަސްމީ ވާހަކަފުޅުތައް ބާއްވަވާފައެވެ. މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ އެކި ދާއިރާތަކުން ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ބެހޭގޮތުން ފުޅާދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ.

ގަތަރަށް ކުރެއްވި ރަސްމީ ދަތުރުފުޅަށްފަހު ރައީސް ދެން ވަޑައިގެންނެވީ ދެ ދުވަހުގެ ފުރަމާނަ ދަތުރުފުޅެއްގައި ބަންގްލަދޭޝްއަށެވެ. މި ފުރަމާނަ ދަތުރުފުޅުގައި ބަންގްލަދޭޝްއަށް ވަޑައިގެން، ރައީސް ވަނީ އެ ގައުމުގެ ފުރަތަމަ ރައީސް އަދި މިނިވަންކަމުގެ ބާނީ ބަންގަބަންދު ޝެއިޚް މުޖީބުއްރަޙްމާން ދުނިޔޭގެ އަލިކަން ދެކެވަޑައިގެންތާ 100 އަހަރު ފުރޭ މުނާސަބާ ފާހަގަކުރުމަށް ކުރިޔަށްގެންދިޔަ ހާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ކިޔުންތެރިޔާ

    ކަރަންޓީންގައި ހުންނަ މީހަކު ހުންނަ ތަނަކަށް އެހެން މީހަކަށް ވަދެނިކުމެ ނުހެދޭނެ މައިމޫނާ ބުނާ ގޮތުން. މުލިއާގެ އަށްވެސް އެ އުސޫލު އޮވޭބާ؟؟

    22
    3
  2. ބޯގޯސް

    ތިޔަ ސޯލިހެ އް 2 އަހަރާ ބަ އިވެގެން ދިޔަ އީ މުލިޔާ ގޭގަ ކަރަންޓީން ވެގެން އޮންނަތާ ގަ އުމު ހިންގަނީ މަ އިމޫނާ އާ ލާދީނީ ނަސީދު

    33
    4
  3. ސައްތާރު

    ބުނާ ގޮތުން ހީވަނީ ކަރަންޓީނުން ހަމަ ދޫކޮއްލާއިރައް ހައެއްކަ ރަށް ހިއްކާލާ، ފަސްހަ އެއާޕޯޓްއަޅާ، ދިވަހަވަރަކައް ހާސް ފްލެޓް އަޅާން އުޅޭހެން.. ހެހެހޭ

  4. ޖަޒީރާމަނިކު

    ސޯލިހު ކަރަންޓީނުގައި ހުރެގެން އިއްޔެރޭ ރަށްވެހިފަތިސް ގައި ބައިވެރިވިއިރު އިރުކޮޅަކާ އެއްފަރާތަކަށް ބަލާ ކޮންމެސްމީހަކާ ވާހަކަދައްކާ. އެމީހަކު ކެމެރާއަކަށް ނާރުވާ. އެއީ އަނެއްކާ ފަޒްނާބާ؟ ނޫނީކާކުބާ؟ އެކުގައި ދަތުރު ކުރި މީހެއް ވިއްޔާ ނުދައްކަންވީ ސަބަބެއްނެތް. އެކުގައި ދަތުރުކުރާ އެންމެން އެއްތަނެއްގައި ކަރަންޓީނުގައި ތިބެވޭ. އެކަމަކު ފެނުނުގޮތުން އެތާނގާ ނުފެނި އެއިނީ ދަތުރުގައި ބައިވެރި ނުވާމީހެއް. މިކަމުގައިވެސް އޮޅުވާލުން.

    • ެރަހި

      ކަލޭ ހާދަ މޮޅޭ

  5. ހޫރޭ.

    މިފަހަރު ޚާއްޞަ ހުހްދައެއް ލިބިވަޑައި ނުގެނނެވީތޯ.

  6. އަލިނުވި ފަތިސް

    ވެރިކަމުގެ ބާކީބައި ކަރަންޓީންގައި މަޑުކޮށްލަދެއްވުން އެދެން ، އެއީ މިގައުމާއި ރައްޔިތުންނަށް އެއްމެ ފައިދާވާނެ ގޮތްކަމަށް ފެންނާތީ ދަންނަވާލީ! އިޙްތިރާމް ގަބޫލްކުރެއްވުން އެދެން!

  7. އައިސް

    ނޫނޭ އެއީ ހަމަ ވޯޓަށް މީހުންގެ ހިތްތައް އަތުލަން. އެހެން އެއްރެޔަކު އުޅުނު ފައިމަގުގަވެސް. ހަރާން އޭނގެފަހުން ހަމަ ދުއްވުން މަނާ ގަޑީގަވެސް ކާރުގަ. އެކަހަލަ ދެއްކުންތެރި މީހެއް މީ. އަބަދުވެސް އުޅޭނީ މީހުންގެ ސަމާލުކަން ހޯދަން. ވެދާނެ ކުޑައިރުގަ އެއްވެސް މީހެއްގެ ލޯބި ނުލިބި ބޮޑުވެފަ ހުރި މީހެއްކަމަށް. އާއްމުކޮށް އެގޮތަށް ބޮޑެތިވެފަ ތިބޭ މީހުން އުޅޭ ވައްތަރަށް އުޅޭމީހެއް މިވެސް