ހދ. އަތޮޅުގެ ރަށެއްގެ އަންހެނަކު އޭނާގެ 16 އަހަރުގެ އަންހެން ދަރިފުޅުގެ ނުރުހުމުގައި އެހެން މީހަކާ އެކު ޖިންސީ ގުޅުން ހިންގުވި މަންމައަކު 18 އަހަރަށް ޖަލަށްލާފައި ވަނިކޮށް ހައި ކޯޓުން އިއްޔެ އޭނާ މިނިވަންކޮށްފިއެވެ.

އެ އަންހެން މީހާ 18 އަހަރާއި ހަ މަސް ދުވަހުގެ މުއްދަތަށް ޖަލަށްލާފައި ވަނީ އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ ޖިންސީ އަމަލެއް ހިންގުވުމުގެ ކުށާއި ޖިންސީ އަމަލެއް ހިންގާކަން އެނގިހުރެ އެކަން ރިޕޯޓް ނުކުރުމުގެ ކުށުގައި ކުށްވެރިވެގެންނެވެ.

އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ ޖިންސީ އަމަލެއް ހިންގުވުމުގެ ކުށް ސާބިތުވެގެން އޭނާ 18 އަހަރަށް ޖަލަށްލި އިރު، ޖިންސީ އަމަލެއް ހިންގާކަން އެނގި ހުރެ އެކަން ރިޕޯޓު ނުކުރުމުން ހަ މަހަށް ޖަލަށްލިއެވެ. އޭނާގެ މައްޗަށް މި ހުކުމް ކޮށްފައި ވަނީ 2017 ވަނަ އަހަރުގެ ތެރޭގައެވެ.

އެ މައްސަލަ އެ މީހާގެ ފަރާތުން އިސްތިއުނާފް ކުރުމުން އެ ދެ ހުކުމް ބާތިލްކޮށް، ހައި ކޯޓުން އޭނާ މިނިވަންކުރީ ދަށު ކޯޓުގައި ޖަވާބުދާރީވާން މައްސަލައިގެ ލިޔުންތައް ދީފައި ނުވާތީއެވެ. އެހެންވެ، ކުށުން ބަރީއަވުމަށް މަސައްކަތް ކުރުމުގެ ހައްގު އޭނާއަށް ގެއްލިފައިވާތީ އޭނާގެ ޖަލު ހުކުމް ބާތިލް ކުރީ ކަމަށް ހައި ކޯޓުގެ ދެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ނިންމި މައްސަލައިގައިވެއެވެ.

ހައި ކޯޓުން ހުކުމް ކުރީ ފަނޑިޔާރު މުހައްމަދު ފައިސަލް އާއި ފަނޑިޔާރު ޝުއައިބު ހުސެއިން ޒަކަރިއްޔާގެ ރައުޔަށް ބިނާކޮށެވެ. ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމްގެ ރައުޔު ތަފާތުވި އިރު، އޭނާގެ ރައުޔަކީ އަންހެން މީހާގެ ޖަލު ހުކުމް ދެމެހެއްޓުމެވެ.

ހައި ކޯޓުގެ ހުކުމުގައި ބުނީ ދިފާއުވުމަށްޓަކައި އެކަށީގެންވާ ވަގުތާއި ވަސީލަތްތައް ދޭން ޖެހޭނެ ކަމަށް ގާނޫނުއަސާސީގައި ބުނާއިރު، މައްސަލައިގެ އެއްވެސް ލިޔުންތަކެއް އެ މީހާއަށް ދަށު ކޯޓުން ނުވަތަ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ފޯރުކޮށްދިންކަން އެނގެން ނެތުމުން ދިފާއުވުމަށްޓަކައި އެކަށީގެންވާ ވަގުތާއި ވަސީލަތްތައް އޭނާއަށް ލިބިފައިނުވާ ކަމަށް ބަލަން ޖެހޭ ކަމަށެވެ.

ފަނޑިޔާރު ރައޫފްގެ ރައުޔުގައި ބުނީ ލިޔުންތައް ނުލިބޭ ކަމަށް ބުނެ އެ މީހާގެ ފަރާތުން ދަށު ކޯޓުގައި ޝަކުވާއެއް ކޮށްފައި ނެތް ކަމަށާއި އަދި ދައުލަތުން ހުށަހެޅި ހެކިންނާ އެ މީހާ ކޯޓުގައި އަމިއްލައަށް ސުވާލުތައް ކުރިއިރު ވެސް، އެކަށީގެންވާ ވަސީލަތްތައް ނުލިބޭ ކަމަށް ބުނެ ޝަކުވާއެއް ކޮށްފައި ނެތް ކަމަށެވެ. އެހެންވެ، އެމީހާގެ މައްޗަށް ދަށު ކޯޓުން ކުރި ހުކުމް ދަމަހައްޓަން ޖެހޭ ކަމަށް ބުނެފައިވެއެވެ.

މި ދެ ހުކުމްގެ ތެރެއިން ޖިންސީ އަމަލެއް ހިނގާކަން އެނގި ހުރެ އެކަން ރިޕޯޓް ނުކުރުމުގެ ކުށުގައި އެ މީހާއަށް އިއްވި ހަ މަހުގެ ޖަލު ހުކުމް ބާތިލްކުރީ ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ.

 

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. އަހްމަދު

    މިސަރުކާރުގަ ހުއްދަކަންކަން ތިހުންނަނީ އިސްލާމްދީނާ ބީރައްޓެހިހުރިހާކަމެއްވެސް މިހާރުހިގާނެ ހުކުމްތައްނެރުމުގެކުރިން ﷲގެކިބަޔައްބިރުވެތިވެ

    35
  2. ދަރަނި ދަންތުރަ

    ދެންކީއްވެ ރައީސް ޔާމީނަން ދިފާއުވުމުގެ ފުރުސަތު ނުލިބުނީ

    19
    1
    • ސޯލިހުބޭ

      ޖިންސީ އަމަލަކަށް ނުވާތީ. ހޯރައިއްބޭ ދޫކޮށްލިގޮތް ހަނދާން ނެތުނީތޯ؟

  3. ޖިޕޯން މިއާ

    މިސަރުކާރު ވަރަށް ހެޔޮފުޅުވާނެ.ބޮޑެތި ކުށްކޮށްގެން ކުއްވެރިއެއްނުވާނެ.އެހެނެއްނުން ސުޕާރީއެއް މެޓެއެއްކަހަލަ އެއްޗެއް ވަގަށް ނަގާފިއްޔާ ޖަލު ހުކުމެއް އައިސްދާނެ 10 ވަރަކަށް އަހަރުގެ.

    17
    1
  4. ސިއްކިމް

    ވާވާވާހް މިއޮތީ ވާސަރުކާރެއް ނުބައިކަމެއްކޮއްފިއްޔާޢެމީހަކީ މިމީހުންކުރިމަތީގައި މައުސޫމްއެއް އިބިލީސްވެސް މިމީހުންނައްވުރެ ދެރަވާނެ

  5. ހަސަންޓޭ

    ސަދޫމު ސަރުކާރު ވެރިކަމަށް އައީމަ މިކަހަލަ ހުރިހާކަމެއްވެސް ވާނެ. ހައިރާނެއް ނުވޭ.

  6. ދޮން ސަންފަ

    މިސަރުކާރުން ތިކަހަލަ ހުރިހަަ ކުއްވެރިންވެސް ސަލާމަރްކުރާނެ. ރައީސު ޔާމީން މަރާލަން އުޅުނުމީހުންވެސް މިއަދު މިނިވަންކުރަމުން އެދަނީ.. ހެއްދެވިފަރާތް މޮޅަށް ދެނެވޮޑިގެން ވާނީ..

  7. ލލ

    އަހެނަކު ކުށެއްކޮށްފިއްޔާ އެބަ ސަލާމަތްވޭ، އެކަމަކު ފިރިހެނަކު ވެއްޖެއްޔާ ކުށުން ބަރީޔަނުވެވޭ ! މީވެސް ވާގޮތެއް މިހާރުގެ ކޯޓް ތަކުގެ ތެރެއިން !