މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި ވައިގަދެވެ މާލޭގަައި ހުރި ގަހެއް ވެއްޓިއްޖެ އެވެ.

ވެއްޓިފައި ވަނީ ލޮނުޒިޔާރަތް މަގުގެ ކެންގަރޫ ކިޑްސް ކައިރީގައި ހުރި ގަހެކެވެ. އެ ގަސް ވެއްޓިފައި ވަނީ މިއަދު ހަވީރުގެ ވަގުތެއްގައެވެ.

އެ ގަސް ވެއްޓިފައި ވަނީ މަގުމައްޗަށެވެ. މި ގަސް ވެެއްޓުމާއެކު މަގު ބަންދުވެ، އެ މަގު މަތީގަައި ދުއްވާ އެެއްޗެހި ނުދުއްވޭ ގޮތްވިއެވެ. އެހެންވެ ސިފައިން ނުކުމެ ވަނީ އެ ގަސް އެތަނުން ނަގާފައެވެ.

ރާއްޖޭގެ މޫސުމާއި ބެހޭ ގަައުމީ އިދާރާ (މެޓް) އިން ވާނީ ރާއްޖޭގެ އުތުރާއި މެދު ތެރޭގެ ރަށްތަކަށް މޫސުން ގޯސްވާނެ ކަމަށް ރީދޫ ސަމާލު ނެރެފައެވެ.

ކިޔުންތެރިންގެ ހިޔާލު