މަޑުއްވަރީ ސްކޫލްގެ ޓީޗަރަކު ދަރިވަރަކު ރޭޕް ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި ރ. މަޑުއްވަރީގައި އާންމުންނާއި ފުލުހުންނާއި ދެމެދު ހަމަނުޖެހުން ހިންގައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ކުއްޖާއަކީ ސްކޫލްގައި ކިޔަވަމުން އަންނަ އުމުރުން 14 އަހަރުގެ ކުއްޖެކެވެ.

މީސްމީޑީއާގައި އާންމުވެފައިވާ ވީޑިއޯއަކުން ފެނިގެން ދަނީ ޝީލްޑާއި އެކީ ތިބި ފުލުހުންނާއި އާންމުންނާއި ކުރިމަތިލުމަކަށް ދާ މަންޒަރެވެ. އަދި އޭގެ އިރުކޮޅެއް ފަހުން ފުލުހުން ފަހަތަށް ޖެހި، ސްޓޭޝަނަށް ވަން މަންޒަރު ފެނެއެވެ.

އޭގެ ފަހުން ފުލުހުންގެ އިދާރާގެ ދޮރުގަައި ފައިން ޖަހާ މަންޒަރުވެސް ވީޑީއޯއިން ވަނީ ފެނިފައެވެ.

އެރަށު ކައުންސިލްގެ ރައީސާ "ވަގުތު" އަށް ވިދާޅުވީ، ފުލުހުންގެ އިދާރާ ކުރިމަތީ ރައްޔިތުން މުޒާހަރާ ކުރަމުން ގެންދާ ކަމަށެވެ. އަދި މުޒާހަރާ ކުރަމުން ދަނީ ކުޑަކުއްޖެއް ރޭޕް ކުރި ކަމަށް ބުނާ މައްސަލައެއް ފެންމަތިވުމާއި ގުޅިގެންކަން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން މަސްތުވާތަކެތި އެތެރެ ކުރަން އުޅުނު މައްސަލައެއްވެސް އެރަށުން މިއަދު ފެންމަތިވެފައި ވާތީ އެކަމާވެސް މުޒާހަރާގެ ބައިވެރިން ކަންބޮޑުވުން ފާޅުކުރަމުން ދާކަމަށް އޭނާ ވިދާޅުވިއެވެ.

ކުއްޖާގެ އާއިލާއިން ތުހުމަތު ކުރާ ގޮތުގައި ކުއްޖާ ރޭޕް ކޮށްފައިވަނީ ސްކޫލުގެ ޓީޗަރަކާއި ތިން ފިރިހެނަކާއި ގުޅިގެންނެވެ.

މި މައްސަލައާއި ގުޅިގެން ފުލުހުން ވިދާޅުވީ، އެ މައްސަލަ އެފަރާތްތަކާއި ވާހަކަ ދައްކައިގެން ހައްލު ކުރެވޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

23 ކޮމެންޓް

  1. ކެހިވެރި ފިދަނަ

    ކިހާ ދެރަކަމެއް ކުޑަކުދިންގެ ހައްގު ގެއްލި ނިމިއްޖެ

    85
    3
  2. ކޮރަލް

    ރައް ރަށުގަ އުޅޭ ނުރައްކާތެރި ޖަނަވާރު ތައް ރަށުން ބޭރު ކުރަން ވީ އެވެ. ނޫނީ ރަށް ކައި ހުސް ކޮށްފާނެ އެވެ.

    88
    3
  3. ބޯބުރާންތި

    ފުލުހުންތަ އުޅެނީ ކުއްޖާ ރޭޕްކޮއްގެން؟

    73
    9
    • ނަވާ

      ފުލުހަކު ވެސް ބައިވެރިވިޔޯ އެބަކިޔާ

      18
      1
  4. އަލީ

    އަދިވެސް ހައްލު ކުރަންވީތަ. ހައްޔަރު ކުރާންވީ. މިހާރު ދެން ދިވެހިން މަގުމަތިން މައްސަލަތައް ނިންމާންޖެހޭ. ފުލުހުންނައް ހުށައެޅުމުގެ ބޭނުމެއް ނެތް.

    108
    13
  5. މާމީ

    މާލޭގަ ވައްތަރު ޖެއްސޭނީ..

    71
    11
    • މަޑުއްވަރި ދޮގު

      އޮންނާނީ ތިތާވެސް ވައްތަރު ޖައްސާފަ ބުރާންޗާ

  6. ޚކ

    ހާހާ ހޯހޯއި..ތިޔައީ ތިޔަ ހީފުޅުކުރައްވާހާ ފަސޭހައިން ހައްލު ކުރެވޭނެ ކަންތައްތައް ކަމައް ތަ ތިޔަ ހީކުރީ.. އެހެން ވިއްޔާ ރައްޔިތުން ހިތުހުރިހާ ގޮތަކަށް އުޅެން ދޫކޮށްލާފަ ކަލޯމެން ގޮސް ގޭގަ އޮވޭ.. ރައްޔިތުން އަމިއްލަ އަށް މައްސަލަ ހައްލުކުރާނެ

    14
    1
  7. ކޮޕްސް

    މިނައްޓާލަނީ ޝީލްޑްތަކާއި އެކު ތިރަށަށް.. މަދު ފުލުހުންތިބީމަ ބޭނުން އެއްޗެއް ހެދުނީ.

    10
    11
  8. އައިސާ

    ތިޔަ ޓީޗަރު ހައްޔަރުކުރަން ވެސް ތިބީ ފުލުހުން މައްސަލަ ތަޙުޤީޤު ކުރަން ވެސް ތިބީ ފުލުހުން. ފުލުހުން އެކަން ޤާނޫނީ އިޖުރާއަތްތައް ފުރިހަމަ ނުކޮށް ކުރަން އުޅެފިނަމަ ދާނީ ފަނުފުލުން. މިހާރުގެ ޤާނޫނުތަކާ އިޖުރާއަތްތައް ހުންނަނީ ކުށްވެރިންނަށް މޮޅުވާ ގޮތަށް ހަދާފަ. މަޖިލީހުގަ ތިބި ޢިއްޒަތްތެރި މެންބަރުންގެ ގާބިލްކަމުން، ނޫނީ ހަމަ ގަސްތުގަ.

    24
  9. އިބްރާ

    ހަރުކަށި ފިކުރުގެ މީހުން ހިންގި ކަ މަކަށް ވާނީ. ނިސްބަތްވާ

    7
    7
  10. ސައްތާރު

    ރަށްޔިތުންގެ ޓެކުހުން މުސާރަ ނަގައިގެން ތިބެ ފުލުހުން އެމީހުންގެ ވާޖިބު އަދާނުކުރޭ. މައްސަލައެއް ހުށަހެޅުޔަސް އެތަކެއް ހާސަރެއް ދަމާ ކަމުގެ މުއާލާތް ކެނޑެންދެން ، ނުވަތަ މައްސަލައިގެ ހައްސާސްކަން ނިމެންދެން ތިބޭ ތިބުމަކީ ރައްޔިތުން ރުހޭނެ ކަމެއްނޫން.. ފުލުހުން ރަށުން ބާލަންވީ..

    12
    5
  11. އަހޫ

    އިބޫ މެން ކަހަލަ ޕެޑޮފައިލް ސަޕޯޓަރުން ވެރިކަމުގައި ތިބެންޔާ މިކަހަލަ ކަންކަން އާންމުވާނެ. ހޯރަ އިންބެމެންގެ ކްލަބް ޖަމިއްޔާއަށް ވަންނަމީހުން ގިނަވެއްޖެ.

    40
    4
  12. މޯދީ

    މާބާރައް ތިވާހަކަ ނުދައްކާ އެއީ އިންޑިއާ ކައުޅެއް

    14
    1
  13. އެޗް.އެން

    ހާދަ ހީވޭ ތިކަމުގެ އަޑީގަ އެހެންކަމެއް އުޅޭހެން. ކުރިމަތިލާން ތިއުޅެނީ އެރަށުގަ ހަކުރު ބޮއެ ވިއްކާ ގުރޫޕް..

    10
    2
    • ޙާލަތު

      ހަކުރު ބުޔަސް ފުށާއި ހަނޑޫ ބުޔަސް ނުޖެހޭ ރޭޕް ކުރާކަށް

  14. އަހުމަދު

    ކޮއް މެކުށަކަށްވެސް ފުރިހަ މައަދަބު ލިބެންޖެހޭނެ
    ކުޑަކުދިންނަށް އެއްވެސް ކަހަލަގޯނާއެއް ކުރުން
    ބަލައެއް ނުގަނެވޭނެ ދައުލަތުގެ މުދަލަށް ގެއްލުން
    ދިނުންވެސް ބަލައެއް ނުގަނެވޭނެ

  15. ޖީހާން

    އަނެއްކާ ރޯޔަލް ރޭޕް ބާ؟

    11
    1
  16. ައަހާ

    ކޮންމެ އޮފިސަރަކަށް ބޮޑުކާރެއް ދީފައި ފިނިކުރިކޮޓަރީގައި ބޮޑުމުސާރައިގައި އަދި އަރާ މުގައި ފުލުހުންނާއިސިފައިން އުޅެގައުމެއް މިނޫނިއްޔާނެތް

  17. ފޯސް ބިޗް

    ފުލުހުން ސައިޒުވެފަމީގައުން މާލޭ މުޒާހިރީން ފިލާވަޅު ދަސްކޮއްބަލަ

  18. ކޮވިޑް

    ރޯޔަލް ރޭޕް، އެޑިއުކޭޝަން ރޭޕް ، ޕޮލިސް ރޭޕް ، މިރޭ ހޯމްމިނިސްޓަރ ޓީ.ވީ ތަކަށް އަރާފަ ބުނާނެ ކަން ނޭގެ ދެން ތީ މައިންބަފައިންނާ ދަރިން އެކުގައި ތިބޭ ތަންތާންގަވެސް ކޮށް އުޅޭ ކަމެކޭ ތީ ކީ އެއްވެސް ގޮތަކަށް ބަލަން ޖެހޭ ކަމެއް ނޫނޭ، ދެން ތި ޓީޗަރަށް ލިބޭނީ ރާއްޖޭން ބޭރުން ސަރުކާރުގެ ހަރަދުގައި ކޯހެއް އެ ނިމުނީ ތިކަން، ތިކަމުގާ ކުއްވެރި ވާނީ އާޙިރަތުގައި ޕޮލިނުންނާ ކުރިމަތީ ޒުވާނުން، އިޓްސް ކޯލް " ރަށްވެހި ފަތިސް "

  19. Anonymous

    ރޭޕު ކުރުމުގައި އިންޑިޔާ މީހަކު ހިމެނޭތިތޯ އެކަން މަޝްވަރާ ކޮށްގެން ހައްލު ހޯދުމަށް މަސައްކަތް ކުރަމުން ދާ ވާހަކަ ތިޔަވިދާޅުވަނީ.

  20. މޯޑު

    ވާހަކަ ދައްކަިގެން ހައްލެއް ހޯދާނެ ކަމެއް ނެތް.. ދަން ޖައްސާ މެރީމަ ހުންނާނީ ރަނގަޅަށް..