‎ސިވިލް ސަރވިސްގެ މުވައްޒަފުންނަކީ އަޅުން ނޫންކަމަށް ވިދާޅުވެ ކެންދޫ ދާއިރާގެ މެންބަރު ޢަލީ ޙުސައިން، ހޯރަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމް (ސައްލެ) އަށް ރައްދު ދެއްވައިފިއެވެ.

އަލީ ހުސެއިން މިފަދައިން ވިދާޅުވެ ސައްލެއަށް ރައްދު ދެއްވާފައިވަނީ ސިވިލް ސާވިސްގެ މުވައްޒަފަކީ އޭނާގެ ވަޒީފާގެ އެއްބަސްވުމުގައި ސޮއިކުރާ ހިސާބުން ފެށިގެން ކަށްވަޅަށް ދިއުމާއި ހަމައަށް އަގައިން ނުބުނެވޭނެ މީހެއް ކަމަށް ވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ.

އަދި ސަލީމްގެ ވާހަކަފުޅާއި ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން އޭނާއަށް އަމާޒު ވެފައިވަނިކޮށެވެ.

މިކަމާއި ގުޅިގެން އަލީ ހުސެއިން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ސިވިލް ސަރވިސްގެ މުވައްޒަފުންނަކީ މޫނެއް ނަމެއް ނެތް އަޅުންނެއް ނޫން ކަމަށާއި ޤާނޫނު އަސާސީން ލިބިދޭ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން އެމީހުންގެ ކިބައިން ނިގުޅައި ނުގަނެވޭނެ ކަމަށެވެ.

ސިވިލް ސާވެންޓުންނާއި ގުޅޭގޮތުން ސައްލެ މިފަދައި ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އައްޑޫ މީދޫ ދާއިރާ މެންބަރު ރޮޒައިނާ އާދަމް ހުށަހެޅުއްވި ސިވިލް ސާވިސްގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލާ ގުޅޭ ގޮތުން ވާހަކަދައްކަވަމުންނެވެ.

ސަލީމް ވިދާޅުވީ ސިވިލް ސާވިސްގައި ހުންނަ މީހަކީ ވަކިމިންގަނޑުތަކަކަށް ވަކި އުސޫލުތަކަކަށް ތަބާވާން ޖެހޭ މީހެއް ކަމަށާއި ބޭނުންހާ ވާހަކައެއް އޭނާއަށް ނުވެސް ލިޔެވޭނެ ކަމަށާއި އޭނާއަށް ބޭނުންވާ ވާހަކައެއް ނުވެސް ދެއްކޭނެ ކަމަށެވެ. "އޭނާ އަކީ ވަޒީފާގެ އެއްބަސްވުމުގައި ސޮއި ކުރާ ހިސާބުން ކަށްވަޅަށް ދާންދެން އަނގަ މަޑުންލައިގެން ހުންނަން ޖެހޭނެ މީހެއް. ބޭނުން އެއްޗެއް ފޭސްބުކްގައި ނުލިޔެވޭނެ. ބޭނުންތާކު ބޭނުން ވާހަކައެއް ނުދެއްކޭނެ." ސަލީމް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. ޢަހު

    ސައްލެމެން ހީކުރަނީ އެންމެންނަކީވެަް ސް ބޯގަޅިން ކަމަށް ތަ؟

    24
  2. އަންނި

    އަލީ ޙުސައިނަށް ސެލިއުޓް ކުރަން!

    ހޯރަފުށީ މީހާ (ސަލީމު) ގާތުން އަހާލަން ބޭނުން ކަލޭ ބޯ ތިހުންނަނީ އަރިއަރިއަށް ފުނާ އަޅާ ފެށަން ހެދެން އެކަނިތޯ؟؟؟

    26
    1
  3. އަހުމަދު

    އިސްކަންދަރު އިސްކޫލުގެ އެތައް ޓީޗަރުންނެއް ފާޅުގައި ނުކުމެ އިބޫ ސޯލިހާ އެމްޑީޕީ އަށް ތާއިދުކުރި ހަނދާންތިޔަ ސައްލާ ނެތީ ތޯ އޭރު ސައްލޭ އަދި ދުނިޔޭގަައި ނެތީތޯ އެއީ 2018 އެނގޭތޯ .. މިވެރިންނާއި ޖެހުމުން ކޮންމެ ފަހަރަކު ސިވިލް ސާރ ވަންޓުންނަށް ހާދަ ވަރެކޭ މިބާލަނީ އެމީހުނަށް ބުނެވޭ ސަލާމުގެ ޗުއްޓީ ކުޑަ ކޮށްފި އަބަދު ބަަވަނީ

    26
  4. ވަތަނަބެ

    ސިވިލްސަރވަންޓުންނޭ ކިޔައިގެން މެމްބަރުން އަނގަހުޅުވާލަން ކެރުނުކަން. އެކި އޮފީސްތަކުގަ އެއް ފެްނވަރުގެ މަޤާމުތަކަށް ދޭ މުސާރަޔާ އެލެވަންސް ތަފާތުކޮށްފަ. މިނިވަން މުއައްސަސާ ތަކުގެ މުސާރަތައް އެހާބޮދުވެފަ. ހުރިހާ ކަމެއް ކުރަނީ ސިވިލް މީހުން. އެކަމަކު ދެއްކި ވާހަކަ ނިކަން ދެކެބަލަ. މިހާރުވެސް އެޑިޔުކޭޝަން ނޫން ހުރިހާ އޮފީހެއްގައިވެސް ނޮން ޕްރެކްޓިސް އެލެވެންސް ދޭ. ތަފާތުކުރުންވެސް އިންތިހާ. މެމްބަރުން މިވާހަކަ މަޖްލީހުގައި ދައްކަބަލަ. ކޮމިޝަނާ ފިނޭންސް މިނިސްޓްރ ވެސް ހާޒިރުކޮށްބަލަ ކިހާދެރަކަމެއް ދެން ދޯ

    15
  5. އަލިބެ

    ސަލީމް މެންނަކީ އަބަދުވެސް ދިވެހިން އަޅުވެތިކޮށްގެން ގެންގުޅެން ބޭނުންވާ ބައެއް. އެއްގޮތަކުން ނުވީޔާ އިންޑިއާ ކަހަލަ ކަހަލަ ގައުމުތަކަށް ރާއްޖެ ވިއްކައިގެން ނަމަވެސް އެކަން އެވެރިނ ވޭތޯ ބަލާނެ

    15
  6. ޢިއްތިހާދު

    މިވަރު އ،،،،،،، ގާނޫނުހަދަން ވޯޓްދިނީމަ ރައްޔިތު މީހާގާނޫނުނު ތަކުންއަޅުވެތިކުރުވަނީ ގޮނޑި ކާމިޔާބުކުރަން ރައްޔިތުންއޮޅުވާލާ ގޮނޑީގަ އިށީދެވުނީމަ ކިޔޭނުކިޔޭނޭގި ތެޅިބާލަނީ 5 އަހަރުވަންދެން އުފަންވެ 50 އަހަރުވީ ކަންތައްވެސް އެބަބުނޭ މިއަދުތިމަންމެންގެ ދައުރު ގަކުރިކަންތަކޭ ބޮޑުހިލައިންހަދާފަހުރި އެތައްކިލޯ މީޓަރްގެ ތަންތަންދައްކާފަ ހެޔޮނުވާނެ ތިވަރު ބައިގަނޑަކައް ވޯޓެއްދޭން މިވަރައްދޮގާ އޮޅުވާލުމާ ހުރިބަޔަކައް .

    13
  7. ނާޝިޒް

    މި ބުރާންތިއަށް ރަނގަޅު ފިލާވަޅެއް ލިބޭނެ ކަލޯ ސައްލޭ ކަލޭތީ އަމިއްލަ އެދުމާގެން ފޯވެފަ ހުރި ބުރާންތި އެއް އަހަރެންވެސް މީ ސިވިލްސާރވިސް މުވައްޒަފެއް ކަލޭ ހިތްވަރު ހުރިނަމަ ފިޔަވަޅު އަޅާބަލަ މަގެއް މަތިން ފެނިއްޖެ ނަމަ ބބބ ދޭނަން .. މިނާ ފަހާދުއްވަން ފެނޭ ރައްޔިތުން ނިކުމެ....

    18
  8. ދުންތަރި

    ސައްލޭތީ ވަރަށް ގޮތެއްނެތް ހަޔާްތކުޑަ އަމިއްލަ އެދުން ބޮޑު މުޖުރިމެއް ކީހާލޭން ފަރިއްސައްވީ ކޮބާ ޙައްޤުތައް ހާދަ ވަރަކަށޭ ކަށަވަރުކޮށްދެނީ މި ބައިމީހުން އެމީހުން ބޭނުންވީމަ ހުއްދަ އެހެން މީހުން ބޭނުންވީމަ މަނާ ކިހާމޯޅު ޑިމޮކްރަސީއެެްތަމީ ތިމާކާޏްވީމާ ހަލާލު އަނެކުން ކާންވީމަ ހަރާމް ސާބަހޭ ސައްލޭ ތިޔަވަރަށް ބަޔަކަށް އިންސާފު ހޯދައިދެވޭނީ

  9. ސަރުކާނު

    ފަންކާ އެނބުރުމުގެ ވާހަކަ އަކީ މަހީކުރީ މަޖލަކަސް ދެއްކި ވާހަކައެއް ކަމަށް ނަމަވެސް މިހާރު އެނގިއްޖެ އެއީވެސް ރަގަޅުވާހަކައެއްކަން.

  10. އަހުމަދު ނީޒް

    ސިޔާސީ މަގާމު ތަކުގަ ތިބެނީ ވެސް އަޅުން ނޫން. އެކަމު ބޭނުން ހާ ވަ ހަކަ އެއް ނުދެއްކޭ. ޜައްޔިތުންނަކީ ވެސް އަޅުން ނޫން. އެކަމު ޤާނޫނުން ކަންކަން ހުއްޓުވާ. ވީ އިރު ސަރުކާރުގެ ސިޔާސަތު ތަންފީޒް ކުރަން ތިބޭމީ ހުން ސަރުކާރާ ދެކޮޅަށް ވާ ހަކަ ދެއްކުން ހަޑި. އޭގެ ބަދަލުގަ އެކަމެއް ސަރުކާރުގެ ކަމާ ގުޅޭ ފަރާތަކަށް ރިޕޯރޓް ކުރުން އަދި ޖަވާބު ލިބިގަތުން އޯކޭ.

  11. ނާސިރު ބުނިބަސް އެހިންތަ؟

    ވާގޮތަކީ ބިރިޔާނި ކޮތަޅުގަ ހިފިމީހުންނަ ޤައުމީޔަތެ ނުފެންނާނެ.

  12. އިންޑީ

    ހޮޓަލުގަ ރިހަ ކައްކަން ސަލީމު އާއި ގުޅޭ.

  13. ޅަބޭ

    ސައްލެ އެބުނީ ސިވިލް ސާވަންޓުންނަކީ ސިވިލް އަޅުންނޯ. ރައްވެހި އަޅުން. އެއީ ރީނދޫ އަޅުން. ކެނެރީ އަޅުން.

  14. ފެކްޓް

    ހޯރޭ!! ސިވިލް ސާވިސް މެންބަރުންތޯ ވަކި ހަމައަކާއި މިންގަނޑުތަކެއްގެ ތެރޭގައި އުޅެންޖެހޭ ބަޔަކަށް ތިބީ؟ ކަލޭމެން އުޅެންޖެހެނީ ހިތުރިހާ ގޮތަކަށްދޯ!!