ނިމިދިޔަ ރައީސް ޔާމީން އަބްދުލް އަބްދުލްގައްޔޫމްގެ ސަރުކާރުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވާރުތަވީ ބޮޑު ދަރަންޏެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެންބަރު މުހައްމަދު ސަލީމް (ސައްލެ) ވިދާޅުވެއްޖެއެވެ.

ތުރާކުނުގައި ބޭއްވި ރައީސް ސޯލިހްގެ ކެމްޕެއިން ޖަލްސާގައި ވާހަކަދައްކަވަމުން ސައްލެ ވިދާޅުވީ ރާއްޖޭގެ ކުދިކުދި ރަށްރަށަށް އަޅާނުލެވި ދިގު މާޒީއެއް ދިޔަ ކަމަށެވެ. ކުދި ރަށްރަށުގެ އާބާދީގެ ދެބައިކުޅައެއްބައި މީހުން އުޅެނީ މާލޭގައި ކަމަށާއި އެއީ ރަށްރަށުގައި ދިރިއުޅުމުގެ އުންމީދު ފަޑުވާތީ ކަމަށް ވިދާޅުވިއެވެ.

" ލިބެން ހުރި ފުރުސަތުތައް ހަނިވާތީ. މާލޭ ސަރަހައްދަށް ލިބެން ހުންނަ ހިދުމަތްތައް ތަނަވަސްވެ، ފަސޭހަވެ. އެތައް ގޮތަކުން ފައިދާ ބޮޑުވަނީ އެހެންވެ އުފަންރަށް ދޫކޮށް މާލެއަށް ގިނަ މީހުން ބަދަލުވަނީ. ރަށްރަށުގެ އާބާދީ ދަށްވެ މާލެއަށް ހިޖުރަކުރުން ހުއްޓުވުމަށް މަސައްކަތް ކުރެއްވީ ރައީސް ސޯލިހް. އެހެންނޫނަމަ އަގުބޮޑެތި އިންވެސްޓްމަންޓަކެއް ރަށްރަށަކަށް ނުކުރައްވާނެ." ސައްލެ ވިދާޅުވިއެވެ.

ރައީސް ސޯލިހް ތުރާކުނަން ވަޑައިގަތުން-- ފޮޓޯ:އެމްޑީޕީ

އަގުބޮޑެތި ހިދުމަތްތައް ރައީސް ރަށްރަށަށް ކޮއްދެއްވަމުން ގެންދަވާ އިރުގައި ރާއްޖޭގެ އިގްތިސޯދު ރައީސް ސޯލިހްގެ ވެރިކަމަށް ވާރުތަވީ އެހާ ފަހިގޮތަކަށް ނޫން ކަމަށް ސައްލެ ވިދާޅުވިއެވެ.

ރައީސް ސޯލިހް ވެރިކަމަށް ވަޑައިގެންނެވިއިރު ރާއްޖޭގެ ދަރަނީގެ ނިސްބަތް އޮތީ އިންތިހާއަށް ބޮޑުކޮށް ކަމަށް ވިދާޅުވި އެވެ. ސަރުކާރު ބަދަލުވި އިރުގައި 250 މިލިއަން ޑޮލަރުގެ ސަނީ ސައިޑް ބޮންޑް އޮތް ކަމަށާއި އެ ދަރަނި އަދާކުރީ މި ސަރުކާރުން ކަމަށް ސައްލެ ވިދާޅުވިއެވެ.

" ހިޔާ ފްލެޓްގެ ފަސޭހަކާއި ހިޔާ ފްލެޓްގެ ވާހަކަދައްކަމުންދޭ. އެ ހިޔާ ފްލެޓްތަކަށް ފައިސާ ދައްކަނީ މި ސަރުކާރުން. މިހާތަނަށް ލޯނާއި އިންޓްރަސްޓް ދެއްކުމަށް މި ސަރުކާރުން 2.9 ބިލިއަން ރުފިޔާ ޗައިނާއަށް ދައްކައިފި. 140 މިލިއަން ޑޮލަރުގެ ލޯނު ނަގައިގެން ދަރުމަވަންތަ ހޮސްޕިޓަލް މިދިޔަ ސަރުކާރުން އެޅި. އެ ހޮސްޕިޓަލް އެބަފެނޭ. އެތަން ރަނގަޅު. އެހެން ނަމަވެސް އެތަނަށް ފައިސާ ދައްކަނީ މި ސަރުކާރުން . މަސްވެރިންނަށް ސަރުކާރު ބަދަލުވިއިރު 39.5 މިލިއަން ރުފިޔާ ނުދައްކާ އޮތް. ފުރަތަމަ ކަމަކަށް މި ސަރުކާރުން އެ ފައިސާ ދައްކާ ހަލާސްކުރި." ސައްލެ ވިދާޅުވިއެވެ.

ތުރާކުނުގައި ބޭއްވި ޖަލްސާގެ ތެރެއިން -- ފޮޓޯ: އެމްޑީޕީ

ސައްލެ ވިދާޅުވީ އާސަންދައިގެ ފަސޭހަކަމާއި އެ ހިދުމަތް ލިބެމުންދިޔަކަން ގަބޫލްކުރައްވާ ކަމަށެވެ. އެހެންނަމަވެސް ސަރުކާރު ބަދަލުވިއިރު 316 މިލިއަން ރުފިޔާ އެކި ހޮސްޕިޓަލްތަކާއި ފާމަސީތަަކށް ނުދައްކާ ކުރީ ސަރުކާރުން އޮތް ކަމަށެވެ. އެ ފައިސާ ވެސް ދެއްކީ މި ސަރުކާރުން ކަމަށް ވިދާޅުވިއެވެ.

ޖުމްލަ ގޮތެއްގައި ރައީސް ސޯލިހަށް ވާރުތަވީ ހަމަ ބޮޑު ދަރަންޏެތް ކަމަށާއި ދަރަނި ދެއްކުމަށް ސަރުކާރުން ހޭދަކުރި ފައިސާ ބަޖެޓް ފޮތްތަކުން ފެންނަން ހުންނާނެ ކަމަށް ވިދާޅުވިއެވެ. މި އަހަރަށް ފާސްކުރި ބަޖެޓްގައިވެސް 1.8 ބިލިއަން ރުފިޔާ އެ އޮތީ ދަރަިނި ދެއްކުމަށް ކަމަށާއި ގައުމު ބަގުރޫތްވިޔަ ނުދިނުމަށް މި ސަރުކާރުން މި ދަނީ އެތައް ބައިވަރު ދަރަނިތަކެއްދައްކަމުން ކަމަށް ވިދާޅުވިއެވެ.

 

 

 

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. ސަނައްޓޭ

    ކަލެއަށް ވާރުތަވީ ނަސީރެއް

    • ޕަކާސް

      އޭ، ސަކަރާތް ނުޖަހާ! ހައްހައްހަައްހައްހައްހައްހާ

  2. މާމީ

    މިކަހަލަ ދޮގުވެރިން އަދިވެސް ހޮވާތި

    11
  3. ކިނބޫ

    ހަމައިގަތަ ތިހުރީ؟ 40 ބިލިއަނުގަ އޮތް ދަރަނި 100 ބިލިއަން ފަހަނަ އަޅައިފި. ރައްޔިތުންނަށް ލިބުނު އެއްޗެއް ހަރާން!

    13
  4. ހަގީގަތް

    ތީމާރީތި ވާހަކައެއްތަ ދައްކަން މިހާރު އަސްލު ރާއްޖޭގެ ރިޒާވްވެސް ނޭނގޭ އިނގޭ އެއްޗަކީ 100 ބިލިއަނުން މަތީގަކަން ދަރަނި ހުރީ

    11
  5. Anonymous

    މިސަރުކާރުގެ ހުރިހާ ލޯނެއް ސޯލިހު ކިހިލީގަ ޖަހައިގެންތަ ދަނީ.

    12
  6. އަބްދޫ

    ސައްލެ ދޮގެއްތިއީ މިދަިޔަ ސަރުކާރަށް ބަލަދު އެރި ދަރަނީގެ ޖުމްލައަކީ 32 ބިލިއަން ރުފިޔާ އެއީ މައުމޫނު ގެ 30 އަހަރު ކޫއްޑޫ ފެލިވަރު އަދި އައިސްޕްލާންޓްގެ ދަރަނި 9.5 ބިލިއަނ ރުފިޔާ އާއި ނަސީދުގެ 3 އަހަރު ކުރިކަމެއްނެގޭ ޓީބިލް ވިއްކާ ނެގި ދަރަނި 16.5 ބިލިއަން ރުފިޔާ.އާއި ވަހީދުގެ 2 އަހަރުގެ ދަރަނި ކުރީ ކޮންކަމެއް 6 ބިލިއަން ރުފިޔާ. މިދިޔަ ސަރުކާރުގެ ދަރަނީގެ ޖުމްލަޔަކީ 17 ބިލިއަން ރުފިޔާ ގެދަނިން އުފެއްދި އެސެެޓް ގެ ކިތައް ބިލިއަން ހުރިބާ ؟ދަރުމަވަންތަ ބިލްޑިންގ ފުރަތަމަ ފިޔަވަހީގެ ފްލެތް ތަކެއް ދެވެން ފިޔަވެހި ހިޔާ އާއި ވިނެރަސް. .މިދިޔަ ސަރުކާރުގެ ވެރިކަން ނިމުނު އިރު ހުރި ދަރަނީގެ މިންވަރަނީ 49 ބިލިއަން ރުފިޔާ މިސަރުކާރުން ދަރަނީގެ ގޮތުގަ 64 ބިލިއަނ ރުފިޔާގެ ދަރަނީގެ ގޮތުގަ ނަގާފަވޭ މީގެ އިތުރުން ރުފިޔާ ޗާޕްކުރި ދަރަންޏާއި އިންޑިޔާގެ އެގްޒިމް ބޭންކުން އިންޑިޔާގެ ކުންފުނިތަކަށް ދޫކުރި ރާއްޖޭގެ ގެރެންޓީ ލޯނުގެ އަގުގެ ޖުމްލަ އެގޭކަށް ވެސް ނެތް. މިސަރުކާރު ވެރިކަމަށް އައިސް ފެށި މަސްރޫއަކަށް ހޯރަފުށީއެއާޕޯޓާއި ފަރެސް މާތޮޑާއެއާޕޯޓް މަސްރޫއު ނިންމި ދެން ހުރީ ފަސްފުނީގެ ސައިޒްގަ ހުރިހާކަމެއްވެސް ފެށުމުގެ ނަމުގަ ހުރި ފަސްފުނިތަކެއް. ދެން ނިމުނު މަސްރޫއުތައް ސައްލް ކިޔާދެއްވާ. މީގެ އިތުރރުން ނަސީދުގެ 3 އަހަރުތެރޭ އަތޮޅާއި ރަށްރަށުގެ ރައްޔިތުންގެ ފައިސާ ތަކުން ނެގި 20 ބިލިއަނ ްރުފިޔައާއި ބިދޭސީންގެ ޑިޕްޒިޓް 1.2 ބިލިއން ޖުމަލަ 21.2 ބިލިއަން ރުފިޔާ އަކީ ވެސް ދިވެހި ރައޔިތުންނަށް އަދާކުރަންޖެހޭ ދަރަނި.

    8
    1
  7. ޙުސައިން މޫނާބޭ

    މިސަރުކާރުން ރައްޔަތުނަށް ޖެހުނީ ދަރަންޏާއެކު ބަލާ އާއި މުސީބާތް!

    11
  8. ހުސޭނުބޭ

    އަވަހަށް އައިކެއަރއަށްގޮސް ލޮލުގެ ޗެކްއަޕެއް ހަދާލަ! ހިންނަވަރު އިބުރާހިމާ ވެރިކަން ހަވާލުކުރިއިރު ރާއްޖޭ ދަރަމި 42 ބިލިއަން. ޗޯރޭ އެކަނި މަސައްކަތުން ވަނީ 120 ބިލިއަނަށް އަރުވާފައި. އެއީވެސް ރައްޔިތުންނަށް އެއްވެސް ކަމެއް ނިކޮށްދީ ވައްކަންކޮށްގެން!

    11
  9. Anonymous

    ދުލައް އުފުލޭކަން. ސުުބްޙާނަﷲ. ހެއްދެވި ފަރާތަށްތަ ތިޔަ އޮޅުވާލަނީ. ނުވާނެ ތިޔަކަމެއް. ދަރަނި ކިޔާނީ ކިހިނެއް އޮންނަ އެއްޗެއްކަމަށްތަ ހީވަނީ. ނޫނީ ތިލަފަތެއްހެން ހީވަނީބާ. ދައްކާ ވާހަކަ.

  10. ނަޝީދު

    ގަމާރާ އެކަމަކު ތީ އަނދިރިވިޔަސް ބޮޑުވަރު އަދި އިތުރަށް ޑައިވިންގ މާސްކެއް އަޅަންޖެހޭ. ރާއްޖޭގެ އާބާދީގެ ކޮންމެ މީހަކަށް އެއް މިލިޔަން ޑޮލަރުގެ ދަރަނި އަޅުވާ ސަލާމަތެއް ނުވެވޭނެ. ހިފާ ހައްޔަރު ކުރާނަން .

    10
  11. އަންތަރީސް

    އެމްޑީޕީއައް ނިސްބަތްވެ ހުންނަވާ ކޮންމެވާހަކައެއްދެއްކިއަސް އޯކޭ އެއީ ފިތުނައުފެއްދުމެއްނޫން އަޅު ކަލޭގެ

    10
  12. ފިޔަ

    ކުދިންނޭ ތިޔައީ މާބޮއްޚައިރާ ވާކައްޖެހޭކަމެއް ނޫނެވެ އެއީ އެމްޑީޕީގެމެންބަރެއްވެސް ވަޒީފާ އެއްވެސް ދީފަ އޮންނާނީ ސަތޭކަޕަސެންޓު ދޮގު ހެދުމައް
    ސަރުތު ކޮއް ހުވާކުރު މައްފަުގައެވެ

  13. ގާރި

    ކަލެއަށް އެނގޭތަ ދަރަނި އެއީ ކޯޗެއްކަން. ރ ޔާމީން ވެރިކަމަށް އައިސް ފުރަތަމަ ވެސް ޖެހުނީ ވެރިކަން ކުރަން ނޭގޭ މީހުން ނާހެދި ހުރި ދަރަނި ނައްތަން. އިބުރާހީމު އިންޑިޔާ އިން ނެގި ދަރަނި ކަލެއަށް ނޭގޭތަ. މީހުން ނޯޅުވާ. މިފަހަރު ހަމަ ޗޮކުން ދާނީ . ދެން މިހެން ބުނީމާ ލޭމައްޗަށް ދާނީކީނޫން

  14. 20000

    ސައްލެވެސް މީހަކަށް ވީ މާލެއަށް ހިޖުރަ ކުރުމުން. އެހެންމީހުންގެ ދަރިންވެސް މީހުންނަށް ހަދަން ބޭނުންނަމަ މާލެއަށް ހިޖުރަ ކުރަން ޖެހޭ. ސާލީހް ބެ ކައިރި ބުނެބާ..... ކުދި ރައްތަކަށް ބޭކާރު ޚަރަދުތައް ނުކުރައްވާ ބިން ބޮޑު ރަށްރަށުގައި 2 ބުރި އިމާރާތް އަޅާފައި ދާން ބޭނުން މީހުންނަށް ދިއުމަށް ހުޅުވާލަބަ. ހަމަ ޔަޤީނުންވެސް 500 ހަމަ ނުވާ ކިތަންމެ ރަށަކުން ހިޖުރަ ކުރާނެ