(ހއ. ހޯރަފުށި) ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ފަސް އަހަރުގެ ދައުރެއް ފުރިހަމަ ނުކުރެއްވެނީސް އޭ ޕްލަސްއެއް ހޯއްދަވާފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް (ސައްލެ) ވިދާޅުވެއްޖެއެވެ.

މި އަހަރު އޮންނަ ރިޔާސީ އިންތިހާބަށް އެމްޑީޕީގެ ފަރާތުން ނެރޭނެ ކެންޑިޑޭޓަކު ކަނޑައެޅުމަށް ބާއްވާ އެ ޕާޓީގެ ރިޔާސީ ޕްރައިމަރީއާ ގުޅިގެން މި ރަށުގައި ބޭއްވި ރައީސް ސޯލިހްގެ ކެމްޕެއިން ޖަލްސާގައި ސަލީމް ވަނީ ޕްރައިމަރީގައި އެމަނިކުފާނަށް ތާއީދު ކުރައްވަން ނިންމެވިކަން އިއުލާން ކުރައްވައިފައެވެ.

ސަލީމް ވިދާޅުވި ގޮތުގައި މިއީ ރައީސް ވެރިކަމަށް ވަޑައިގެންނެވި ފަހުން ތިން ވަނަ ދަތުރުފުޅެވެ. އެެހެންކަމުން ރައީސް އެކަމުން ވެސް ހެޓްރިކް ހައްދަވާފައިވާ ކަމަށް ސަލީމް ވިދާޅުވިއެވެ.

"ވެރިކަމުގެ ފުރަތަމަ ދައުރުގައި ރައީސުލްޖުމްހޫރިއްޔާ މިރަށަށް ކުރައްވާ ތިން ވަނަ ދަތުރުފުޅާއެކެ ހެޓްރިކެއް އެ ހެއްދެވީ". ސަލީމް ވިދާޅުވިއެވެ.

ސަލީމް ވަނީ ވަރަށް ކުރީގެ ޅެން ބައިތަކުން މިހާރުގެ ހާލަތު ކިޔާދެއްވާފައެވެ. އެއީ މިރަށު ރައްޔިތުން ހިތާރޫހުން ގާފާލަމުގައި ދަމާފައިވާ ބެނާއެއްގައި ލިޔެފައިވާ ބަސްކޮޅެއް ކަމަށް ވިދާޅުވިއެވެ.

"ރާއްޖެ ތެރެ މި ދެކޭ އުފާވެރި ހިތްފަސޭހަ ތަސައްވުރުން، ބާއްޖަވެރިކަން އެދި އަލުން ތަކުރާރު ކުރަނިވި މަރުހަބާ" ސަލީމް ވިދާޅުވިއެވެ.

ހޯރަފުށީގައި މިއަދު ބޭއްވި ޖަލްސާގައި ސަލީމް ވާހަކަ ދައްކަވަނީ.

ސަލީމް ވިދާޅުވި ގޮތުގައި، މި ޅެމާއި މެދު ތަންކޮޅެއް ފުންކޮށް ވިސްނާލައްވާއިރު މީގެން ދޭހަވަނީ މައިގަނޑު ގޮތެއްގައި އުފަލާއި ހިތްހަމަޖެހުމުގެ ވާހަކައެވެ. އުފާވެރިކަން އޭރު ގެނެސްދީފައި ވަނީ ބަސްތަކުންނާއި، ޅެން ބައިތުތަކުންނާއި، މަޒުމޫނުތަކުން ކަމަށް ސަލީމް ވިދާޅުވިއެވެ.

"ހަގީގަތުގައި އެކަންކަމުގައި ކުލަ ޖެހި އޭގެ ފޮނި މީރުކަން ރައްޔިތުންނަށް ލިބެން ފެށީ ދާދި ފަހުން، އެއީ ހަގީގަތް". ސަލީމް ވިދާޅުވިއެވެ.

އެގޮތުން މީގެ ކުރިން ފިލޮޅު ބާނާ ފަޅު، މިއަދު ރީތި ހިކިފަސް ބިމަކަށް ބަދަލުވެ، އެއާޕޯޓަކަށް ބަދަލުވެފައިވާ ކަމަށް ސައްލެ ވިދާޅުވިއެވެ. އަދި މީހުންގެ ލޯ މަތިން މިހާރު ފެންނަނީ އެއާޕޯޓުން ދަތުރު ކުރާ މަންޒަރު ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑަށް ކުރެވޭ ސުވާލަކީ އޭގެން ކުރިން ވަޑައިގެންނެވި ރައީސުންނަށް އެ މަންޒަރު ފެނިވަޑައިނުގަތީ ކީއްވެތޯއޭ، މައިގަނޑު ގޮތެއްގައި އެއިރު އަޅުގަނޑުމެންނަށް އިވެމުންދިޔަ ވާހަކައަކީ އެއާޕޯޓް އަޅާނަމޭ، އިހަންދިއްޕޮޅު ރައްޔިތުންނަށް ހޯދައިދޭނަމޭ. އެހެން ނަމަވެސް ހިތުގެ އަޑިން ގަބޫލުކޮށްފައި އޮތްއޮތުމަކީ މިތަނުން ދަތުރު ކުރާނެ މީހުންނަށް ނުވާނެ، އެެއީ ފީޒިބަލް ކަމަކަށް ނުވާނެ". ސަލީމް ވިދާޅުވިއެވެ.

ނަމަވެސް މި އެއާޕޯޓަށް ދެ އަހަރުވެފައިވާއިރު، މިހާރު ދަތުރު ކުރާނެ މީހުން މަދު ނޫން ކަމަށާއި، މިހާރު މަދީ ބޯޓު ކަމަށް އޭނާ ވިދާޅުވިއެވެ.

"މި ތަސައްވަރު އަޅުގަނޑުމެންނަށް ދެއްކެވި ހަގީގީ ލީޑަރަކީ ރައީސް ސޯލިހް، ކުރިއަށް އޮތް އެމްޑީޕީ ރިޔާސީ ޕްރައިމަރީގައި އަޅުގަނޑު ތާއިދު ކުރައްވަނީ ރައީސް މުހައްމަދު ސޯލިހަށް، އަޅުގަނޑު އެދެން މިރަށުގެ ރައްޔިތުން އަޅުގަނޑު މި ގަބޫލު ކުރިގޮތަށް މިފަހަރުގެ ޕްރައިމަރީ ކެންޑިޑޭޓަކީ ރައީސް ސޯލިހްކަން ގަބޫލުކޮށްދެއްވުމަށް". ސަލީމް ވިދާޅުވިއެވެ.

ސަލީމް ވިދާޅުވީ، ވައުދުތައް ހަގީގަތަކަށް ހެއްދެވީ ރައީސް ސޯލިހް ކަމަށެވެ.

"ހަމައެކަނި ބަސްތަކަކުން ވިދާޅުވި ވައުދުތަކެއް ނޫންކަން މިއަދު އަޅުގަނޑުމެންގެ ލޯމަތިން ފެނި ހާމަވަމުންދާތީ، އަޅުގަނޑުމެން އެކަމަށް ތާއިދު ކުރަނީ". ސައްލެ ވިދާޅުވިއެވެ.

ސައްލެގެ ވާހަކައިގައި ވަނީ ރައީސް ސޯލިހްގެ ވެރިކަމުގެ ހަތަރު އަހަރުގެ ތެރެއިން ދެ އަހަރަކީ ކޮވިޑްގެ ވަބާއާ ހެދި ހިތްދަތި ދެ އަހަރެއް ނަމަވެސް، ދެ އަހަރު ތެރޭގައި ރައީސްގެ ހިންގުން ތެރިކަމާއި އިހުލާސްތެރިކަން ފެނިގެންގޮސްފައިވާކަން ހާމަކުރައްވާފައެވެ.

އަދި އެމަނިކުފާނަށް އޭނާ ތާއިދު ކުރައްވަނީ އެހެންވެގެން ކަމަށްވެސް ސަލީމް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

20 ކޮމެންޓް

  1. މަރީ

    ވެންޓިލޭޓަރ އާ ކޮވިޑު ގެ ވައްކަން ކުރީ މީނާ ބައިވެރިވެގެން.

    64
    1
  2. މުހައްމަދު

    ރުންކަށިޔޭ ކަލޭ ކިޔަަބަލަ.

    49
  3. އުޝާމު

    އޭ ޕްލަސް އެއްކަން ރައީސަށް ކިޔާދޭންޖެހެނީވެސް އެހެންމީހަކުތާ.. ހެހެހެ

    51
  4. މޫސަ

    ސަލީމަށް ވުރެއް ވަށްކަންކުރި މީހަކުނެތް މިސަރުކާރުގަ.މީނާ އަދި ދޭނެ އޭ ސުޓާރވެސް.

    39
    1
  5. އަހުމަދު

    100 ކަޔަކުން 100 ބިލިއަންގެ ދަރަނި. އިބޫއަށް ލިބޭނީ ޔޫ ރިޕޯޓެއް. އަން ކުއަލިފައިޑް

    41
    1
  6. ހޯރަ

    އެއްބަސް އަނިޔާވެރިކަމުން

    35
    1
  7. ކކ

    އަމިއްލަ އަށް ކިޔާ ތިޔަހެން.ވީކަމެއް ހަރާމުން ހަރާމް..2023 ޔާމީން އިންޝާﷲ...އާމީން...

    33
    3
  8. އުތީމު ތަކުރު

    ޔޫ ސެޓެއް ހުރިހާ ކަމަކުން ލިބިފަހުރި ރައީސަކަށް އޭ ޕްލަސް ލިބުނީ ގަމާރު ކަމުންތަ؟

    35
    1
  9. ހުސޭނުބޭ

    އޯ ފޯ އަމަލްގިރި ނޫންތަ؟ ހަދާންކޮށްލާދިނީ މި.

    32
    1
  10. ގެމަނަ

    އިސްލާމްދީނަށް ފުރަށްސާރަކުރާމީހުންނާއި ލިވާތުކުރާމީހުންނަށް މީނަ ވެރިކަމަށް ދެވަނަދައުރަކަށް ހޮވިއްޖެ ނަމަ ދުނިޔޭން ބޭރަށްވެސް ގެންގޮސްދޭނެ .

    33
  11. ނަމަ

    ސަލީމް ދައުރު ނިމޭ އިރު އެފް އެއް ހޯއްދަވާ ފާނެ ހެން ހާދަ ހީވެއޭ އެކަމަކު

    32
  12. ލަތީފް

    އަދީބު އަތުން ކަޅުދަބަސް ގެންދިއުމުގެ އޭޕްލަސް ދެއްތޯ ެެެެެެެެެެެެެެ

    28
  13. ކައްޕަޅި

    ކޮބާތައް އަޅަން ބުނި ހޮސްޕިޓާ

  14. ކައްޕަޅި

    ކޮބާތައް އަޅަންބުނި ހޮސްޕިޓާ

  15. ފުުންއަސަރް

    ދައުރު ނުނިމެނީސް އޭ+ ލިބޭ ދާއިރާތަށް
    މަސްވެރިކަމަށް ބިދޭސީން ނެރުން
    ވަދެގެން ނުނިކުމެވިފާވާ 7000 ފުލެޓް
    ބޮޑު ބްރިޖު ކަނޑުގެ އަޑިން ދަތުރުކުރެވޭ
    0 ޓޮލަރެންސް ގެ ދަށުން ("ކޮރަޕްޝަން")
    ނޭވާ ހޮޅިން ވައްކަން ކޮށްލާ ހަމަޖެހުލެވޭނެ
    ކޮވިޑް ގެ ދަތިހާލުގައި ޖެހުނު ނިކަމެތި ރައްޔިތުންނަށް ހިތް ހަމަޖެހޭ ފައިސާ ދިނުން( *މަވޯޓާ ސަރީފް އަށް 20މިލިއަން..*ރޮޒޭ އަށް ހުޅުމާލޭގައި ފެންނަން އެހެރެ ފާމަސީ...*. ޑރ ފިލޯސަފީ ސެޓްފިކެޓް (ޕީ އެޗް ޑީ)ދޭ ފޮރިންމިނިސްޓރ ސާހިދު 80މިލިއަން ރފ އަމިއްލަ ހަރަދޔ ކޮށްލުމަށް ދިއްކޮށްލުން..*އަސްލަމް ކިޔާ މިނިސްޓްރީ އެއް 400މިލިއަން ރުފުޔާ ގޭގައި ބައިންދާލުން..
    މަރު ކޮމިޝަންއެއް އުފައްދަވާ ފަސޭހައިން ރޮޔުމާއި ގިސްލެވޭގޮތެއް ހޯއްދަވާ ދެއްވުން
    ލަދު ހަޔާތެއް ނެތުމުގެ ރީތި މިސާލެއް ތާރީހަށް ދޫކޮށްލައްވާދެއްވި

    18
  16. ޕޮގުބާ

    ދެވަނަ ދައުރެއްދޭން ރާއްޖޭގެ ރަށްޔިތުން ބޭނުމެއްނޫނޭ ކަންތަށްތަށް ކޮއްދިނަކަސް ދެވަނަ ދައުރެއްދޭން ބޭނުމެއްނޫނޭ އަޑުނީވެނީތަ

    10
    1
  17. ޢަލީ

    ޖަހާލަތު ކަމުންނާއި ދޮގުހެދުމުން އޭ ޕުލަސް ތޯ.؟.. ކަލޯ މިއީ ނަވާރަސަތޭކަ ނުވަދިހައެެއް ނޫންއިނގޭތޯ.. ދިވެހިންނަކީ ތަޖުރިބާތަކެއްކޮށްފަތި ލޯހުޅުވިފަ ތިބިބަޔެއް މިއަދު ތިކަހަލަ ކޮސްވާހަކަތަކެއް ދެއްކިޔަސް މިއަދަކު ގަބޫލެއްނުކުރާނެ. .

    8
    1
  18. ދޫކޮށްނުލާ

    އަންނި 250 ގޯތި ދިނޭ ހުޅުމާލޭން 5 އަހަރު ވެރިކަން ކުރިނަމަ މަމެންގެ ހިތް ބުނަނީ މަދުވެގެން މާލެ ސަރަހައްދުން އަންނި ދޭނެ ކަމަށޭ 20 ހާސް ގޯތި ރައީސް އިބޫ އަށް ދެވުނު ގޯއްޗެއް އެބައޮތްތޭ މާލެ ސަރަހައްދުން އަންނަނީ އަންނަނީ އަންނަނީ މިވެރިކަމުގައި ބްރިޖް އަޅާ ވިލިގިލި އާއި މާލެ ގުޅުވާލެވުނުތޭ އަންނަނީ އަންނަނީ ތަނބުތައް އޮޔާދަނީއޭ އަންނިއަކީ ފަރުދީ މިނިވަން ކަން ހޯދާ ދިން ބާނީއޭ މީ ހައްގެކޭ ދޫކޮށްނުލާ މީ ހައްގެކޭ ދޫކޮށްނުލާ މީ ހައްގެކޭ ދޫކޮށްނުލާ މީ ހައްގެކޭ ދޫކޮށްނުލާ މީ ހައްގެކޭ ދޫކޮށްނުލާ މީ ހައްގެކޭ ދޫކޮށްނުލާ

    2
    1
  19. އާދަނާ

    ހޯރަފުށީ ސަލީމްވެސް ތިއިނީ އޭޕުލަސްއެއް ހޯދައިގެން ކުޅިވަރުގެ ދާއިރާއިން!!!

  20. ދިއްދޫ މީހާ

    ކަރަޕްސަނުން އޭ ޕުލަސްއެއްހޯދައިފި
    ވައްކަމުން އޭ ޕުލަސްއެއްހޯދައިފި
    ސްލޯކަމުން އޭ ޕުލަސްއެއްހޯދައިފި
    ވީވައުދު ނުފުއްދާ އޭ ޕުލަސްއެއްހޯދައިފި