އިއްޔެ އޮތް ކައުންސިލް އިންތިހާބަކީ ޑިމޮކްރަސީ ދެކެ ލޯބިވާ އެންމެނަށް ލިބުނު ކާމިޔާބެއް ކަމަށް ޑިފެންސް މިނިސްޓަރ މާރިޔާ އަހްމަދު ދީދީ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މާރިޔާ ވިދާޅުވީ އިންތިހާބުގައި ވޯޓް ލާން ނިކުތް އަދަދަކީ މަލްޓި ޕާޓީ ޑިމޮކްރަސީ ރާއްޖޭގައި ކުރިއެެރުވުމަށް މަސައްކަތް ކުރާ ފަރާތްތަކަށް ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ. "ފެނިގެން މިދިޔައީ މަލްޓި ޕާޓީ ޑިމޮކްރަސީ ދިވެހިރާއްޖޭގައި އޮތްކަން." މާރިޔާ ވިދާޅުވިއެވެ.

މާރިޔާ ވިދާޅުވީ އިއްޔެ ފެނިގެން އެދިޔައީ ޑިމޮކްރަޓިކް ހަމަތައް ކުރިއަރުވައި އިދިކޮޅު ޕާޓީއަށް ވެސް އެމްޑީޕީ އިން ފުރުސަތު ތަނަވަސް ކޮށްދިނުމުގެ ނަތީޖާ ކަމަށެވެ.

ކައުންސިލް އިންތިހާބުގައި އެމްޑީޕީ އަށް ވަނީ މުހިއްމު ގިނަ ގޮނޑިތަކެއް ގެއްލިފައެވެ. އިއްޔެގެ އިންތިހާބަކީ 2005 ވަނަ އަހަރު އެމްޑީޕީ އުފެއްދި ފަހުން އެމްޑީޕީއަށް މާލެ އިން އެންމެ ބޮޑު ނާކާމިޔާބެއް ލިބުނު އިންތިހާބެވެ. އަދި 2011 ވަނަ އަހަރަށް ފަހު އައްޑޫ ސިޓީން ވެސް އެންމެ ބޮޑު ނާކާމިޔާބެއް އެމްޑީޕީ އަށް ލިބުނީ އިއްޔެގެ އިންތިހާބުގައެވެ.

އިއްޔެގެ އިންތިހާބުގައި ލިބުނު ނާކާމިޔާބާއި ގުޅިގެން އެމްޑީޕީ އިން އަދި ރަސްމީކޮށް އެއްވެސް އެއްޗެއް ނުބުނެއެވެ. ނަމަވެސް އެމްޑީޕީގެ ޓިކެޓްގައި މާލޭ މޭޔަރުކަމަށް ވާދަކުރެއްވި އަނަސް އަބްދުއްސައްތާރު ވަނީ މާލޭ ރައްޔިތުންގެ ތާއީދު ހޯދުމަށް އެމްޑީޕީގެ ސިޔާސަތުތައް ބަދަލު ކުރަން ޖެހޭ ކަމަށް ވިދާޅުވެފައެވެ.

މާލޭ ސިޓީގެ މޭޔަރުކަން އިދިކޮޅު ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒު ކާމިޔާބު ކުރައްވާފައި ވާއިރު ޕީޕީއެމް އިން ވަނީ މާލޭ ސިޓީ ކައުންސިލްގެ މެޖޯރިޓީ ވެސް ހޯދާފައެވެ.

ކިޔުންތެރިންގެ ހިޔާލު

20 ކޮމެންޓް

  1. ސަމީ

    މި ބައިގަނޑުމީހުންނަކީ ހާދަ ލަދުކުޑަ ބައެއް ބަލިވާމަވެސް

    48
    • ނައިކް

      ކިހިނެތް ބަލިވި ވާހަކަ؟؟ މާލެއިން އެކަނި؟؟ މުޅި ރާއްޖޭގެ ނަތީޖާ ބައްލަވާ.. ކޮން ޕާޓީއަކުންތޯ ގިނަ ގޮނޑި ނެގީ؟؟ އެންމެ ގިނަ މޭޔަރު ކަން ވެސް އެމް.ޑީ.ޕީ އަތޮޅު ރައީސްކަން ވެސް އެމް.ޑީ.ޕީ ރަށު ރައީސްގެ ގޮނޑިތަށް ވެސް އެންމެ ގިނައިން އެމްޑީޕީ.. މަދު އަތޮޅެއް ފިޔަވާ އެހެން ހުރިހާ އަތޮޅަޖާ ރަށު އަދި ސިޓީ ކައުންސިލްގެ ގޮނޑިތަށް ވެސް އެމްޑީޕީއަށް. ކަލޭމެންނަށް އަބަދުވެސް ފެންނަނީ މާލެ އެކަނި.. މާލޭ މީހުން އެކަނިތަ ރިޔާސީ އިންތިހާބުގަ ވޯޓުލަނީ؟؟ ތި ހެން ހިސާބު ޖަހާތީއޭ މެޅެނީ..

  2. ޟމ

    ދެން ބުނޭ ތިމަންނަ މެންވެސް ދިނީ އިދިކޮޅަށޭ ވޯޓު އެހެންވެގެންނޭ ހޮވުނީ، 2023 ގެ ރިޔާސީ އިންތިޚާބުގަ ދައްކާލާނަން ދީނަށް ތިޔަ ކުރާ ފުރައްސާރައިގެ ބަދަލު މީ އަހަރެމެންގެ ވެސް ޤައުމު ކެނެރީގޭ މިލްކެއް ނޫން އަހަރެމެންމީ

    51
    1
    • ބުއްދިވެރިބަސް

      ދެ ބޯގެރިން ވަރަށް ވަގުވާނެ، މުޅި މީޑިއާގަ މާލޭ ނަތީޖާ ވާހަކަ ދައްކާފަ މިމީހުން ބަލިވީ ކަމަށް ހަދާ އިދިކޮޅުން އުފާ ކުރުމުގަ ޢާފިލްކޮށްލާފަ ރިޔާސީ އިންތިހާބަށް ރޮކެޓެއް ޖަހަން ރެޑީވަނީ.. އަދި ވެސް ހަޤީޤަތަކީ ރާއްޖޭގެ ގިނަ އަތޮޅުތަކާ ރަށްތަކުގެ މެޖޯރިޓީ ލާނީނީންގެ އަތުގަ އޮތްކަން.. އެންމެ ގިނަ ގޮނޑި ނެގީ އެމީހުން ވޯޓު އެންމެ ގިނައީވެސް އެ ބައިގަނޑަށް.. މަމެން ވިސްނައިގެން ލޮޓިއެއް އަޅަން ރެޑީވަން އެބަޖެހޭ މާލެއަށް ހެދިހެން އަތޮޅުތަކަށް ހަދަން ސްޓެޓެޖީ ރާވަނަވީ ވަގުތު މިއީ..

      2
      1
  3. ނާކާމިޔާބު

    އެއީ ﷲގެ އިސްމުފުޅުގެ ބަރަކާތުން ފެށިފައިވާ ދިވެހިޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށް ކޮޅުފައިން އަރާ މީހަކަށް ލިބުނު ދެރައެއް. އެއީ ދީނަށް ފުރައްސާރަކުރާ ދީނަށް މަލާމާތްކުރާ މީހަކަށް ލިބުނު ހިތާމައެއް. އެއީ ދޮގުހެދުމާއި މަކަރު ހެދުމާއި ހީލަތް ހެދުމާއި ދޮގުވާހަކަ ފަތުރާ މީހަކަށް ލިބުނު ނާކާމީޔާބީއެއް. އެއީ ހަމަޔާއި އިންސާފުން އެއްކިބާވެފައިވާ މީހަކަށް ލިބުނު ނިކަމެތިކަމެއް.

    51
    1
    • ޢަހުމަދުވަގާރު

      ޓަކާޓަކާ ގުރޫޕު މީހެ އް ދޯ ތީ

      2
      2
  4. ހުސޭނުބޭ

    އެހެންވިއްޔާ އަވަހަށް މަލްޓީ ޑިމޮކްރަސީއަށްވެސް ފައިން އަރާ

    37
  5. ޑގގ

    ކަލެއާ ހެދި ގެއްލުނީ. ނެށީމަ ދައިތަ.

    33
  6. މާލް

    ކައުނސިލް އިންތިހާބަކީ އިސްލާމްދީނާއި މިގައުމުގެ މިނިވަންކަމާއި ސިޔާދަތައް ލޯބިކުރާ ހަމަޔާއި އިންސާފް ގާއިމްކުރަން ބޭނުންވި ހުރިހާ އެކްޓިވިސްޓުން ހުރިހާ ކުލައެއްގެ މީހުން ހޯދި ކާމިޔާބެއް. ތިކަހަލަ އަޅުވެތި ޑީލް ހަދައިގެން މިގައުމުގެ އޮޑި ދުއްވަން މާރިޔާނަގައިގެން ތިބި މީހުންނަށް ލިބުނު ނާކާމިޔާބެއް. ޢިންޑިޔާއައުޓް. އިންޝާﷲ.

    42
    1
  7. އަޒް

    މާތްﷲހުގެ ކުޅަދުންވަންތަކްން ނިކަނދެކިބަލަ. ކަލޭމެނަ ރައިތުން ކިހާނިކަމެތިކުރިން ކިހާއެޗެއްގޮވަނީ އޭގެނަތީޖާނިކަންދެކިބަލަ.

    41
  8. ކެހިވެރި ފަތިސް ނިމިއްޖެ

    ގާނޫނު އަސާސީ މައްޗަށް ކުޅުފައިން އެރި ފިދަނަ ތައް ދޮގުހެދުން ހުއްޓާލާ.

    36
    2
  9. ހިޔަޅު

    މަށަކީ ހިޔަޅެކެވެ. މަށަށް މޭބިސް ކަދުރު ވަރަށް މީރެވެ. ވަރަށް ވެސް ބޭނުމެވެ. ހޯދަން ނުކުރާ މަސައްކަތެއް ނެތެވެ. ނުކުރާ ވައްކަމެއް ނެތެވެ. ނުފޮރޮޅާ ގަލެއް ނެތެވެ. ނުކުރާ ދުއްޕާނެއް ނެތެވެ. އާދެސް ކުރީމެވެ. ސަލާން ޖެހީމެވެ. އެކަމަކ ނުލިބުނެވެ. ދެން މަށަކަށް ނުލިބޭނެއެވެ. މިހާރު މޭބިސް ކަދުރު މީރެއްވެސް ނޫނެވެ. ވަރަށް ހިތި ނުބައި އެއްޗެކެވެ. ދިނަސް ބޭނުމެއް ދެން ނެތެވެ. ދެން މަބުނާނީ އެލިބުނީ މަގޭ ސަބަބުންނެވެ. މާރިޔާގެ ބަސް ހައްހައް ދެން ލަލާ ލަލާ ލަލާ ލަލާ

    30
  10. ރަބަރޭ

    ދިވެހި ރައްޔިތުންނަކީ "ގަރަހިތަ"ތަކެއް ނޫން ކަމަށާއި ކައުންސިލްތަކުގެ ބާރު ކަނޑުވާލަން މި ހުރިހާ ދުވަހަކު މަސައްކަތް ކުރީ ކޮން ބައެއްކަން ދިވެހި ރައްޔިތުން ހަނދާން ނުނެތޭނެކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

    25
    1
  11. އަމާރިޔާ

    ވޯޓްލީ މީހުންނަށްވުރެ ވޯޓްނުލާ މީހުން ގިނަ. ޑިމޮކްރެސީ ދެކެ ލޯބިވާ މީހުންނަށްވުރެ ޑިމޮކްރެސީ ދެކެ ލޯބި ނުވާ މީހުން ގިނަ.

    29
    1
  12. އަހްމަދު

    މާމަޔައްއެނގޭތަރައްޔިތުންއެބުނީ މާމަސިއްރުސިއްރުން އިންޑިއާޔާއެކުތިޔަހަދާ ސިއްރުއެއްބަސްވުންތަކަކީ ދިވެހިރައްޔިތުންބަލައިގަންނަ އެއްބަސްވުންތަކެއްނޫން މިގައުމުގައެއްވެސްބޭރުގައުމެއްގެ އަސްކަރިއްޔާ ތިބުމަކީ ދިވެހިންގަބޫލުކުރާކަމެއްނޫން

  13. ހުސެން

    އިންޑިއާ އައުޓު
    އުތުރު ތިލަފަޅު އެއްބަސްވުން ހާމަކުރާށޭ
    އިންޑިއާ ސިފައިން ބޭރުކުރާށޭ ރައްޔިތުން ބުނެފި އެކަން ކުރަންވީ ނަށަންވީކީނުން މާރިޔާ

  14. އެޑިޓް

    ދެން ކިޔާ ކަނފަތު ލާ މުންޖޭ.. ކުޑަގޮހޮރޭ..

    11
  15. ޛހހހ

    ތެދެއް ދިވެހިންނަކީ ގަރަހިތަތަކެއް ނޫން . ޢެކަން މިފަހަރުގެ ވޯޓުން ދައްކައިފި.

  16. ޙަވަސަ

    ގާނޫނު އަސާސީ މާ އްޗަށް ފަ އިން އެރީމާ ވީގޮތް މި އިއީ

  17. ޑެރަވެއްޖެ

    އެއީ ﷲގެ އިސްމުފުޅުގެ ބަރަކާތުން ފެށިފައިވާ ދިވެހިޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށް ކޮޅުފައިން އަރާ މީހަކަށް ލިބުނު ދެރައެއް. އެއީ ދީނަށް ފުރައްސާރަކުރާ ދީނަށް މަލާމާތްކުރާ މީހަކަށް ލިބުނު ހިތާމައެއް. އެއީ ދޮގުހެދުމާއި މަކަރު ހެދުމާއި ހީލަތް ހެދުމާއި ދޮގުވާހަކަ ފަތުރާ މީހަކަށް ލިބުނު ނާކާމީޔާބީއެއް. އެއީ ހަމަޔާއި އިންސާފުން އެއްކިބާވެފައިވާ މީހަކަށް ލިބުނު ނިކަމެތިކަމެއް.