އެމްޑީޕީން ރަސްކުރަމުން ދިޔަ މާލޭ ސިޓީ ކައުންސިލްގެ މައްޗަށް ޕީޕީއެމުން ބާރު ހޯދީ، ދީނާއި ތަރައްގީގެ ފިކުރު އިސްކޮށްގެން ކަމަށާއި އެއީ ޕާޓީގެ ލީޑަރު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ފިކުރު ކަމަށް، މާލޭގެ މޭޔަރު ކަމަށް އިންތިހާބުވި ޑރ.މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
މުއިއްޒު މިހެން ވިދާޅުވީ ކައުންސިލް އިންތިހާބުގައި ޕީޕީއެމްއަށް ލިބުނު ކާމިޔާބީ ފާހަގަ ކުރަން "މީ މަގޭ ރާއްޖެ އަލިވިލުން" ނަމުގައި ބޭއްވި ޖަލްސާއެއްގައެވެ.
ޖަލްސާގައި ވާހަކަދައްކަވަމުން މުއިއްޒު ވިދާޅުވީ ރައީސް ޔާމީންގެ ފިކުރަށް މާލޭގެ ރައްޔިތުން ވޯޓު ދިނީ ފުދުއްތެރި ދިރިއުޅުމެއް ބޭނުންވާތީއެވެ.
"ތަރައްގީ ގެނެސްދޭނެ ފިކުރުގެ މީހުންނަށް މާލޭގެ ރައްޔިތުން މިފަހަރު ވޯޓު މިދިނީ. ރައީސް ޔާމީންގެ ފިކުުރުގެ މީހުންނަށް ވޯޓު މިދިނީ،" މުއިއްޒު ވިދާޅުވި އެވެ.
ޕީޕީއެމަށް ދިވެހި ރައްޔިތުން ވޯޓު ދިނީ، ގައުމީ ވިސްނުމުގައި ކަމަށް މުއިއްޒު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އިސްލާމް ދީނާއި ގައުމިއްޔަތާ މެދު ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން ރައްޔިތުންގެ ކަންބޮޑުވުންތައް އެބައޮތެވެ. އެހެންވެ، އެ ހުރިހާ ކަމަކުން އުއްމީދު ލިބިވަޑައިގަންނަވާ ކަމަށާއި ދީނާއި ގައުމަށް ގައްދާރުވާ، މިނިވަންކަން ގެއްލޭ ގޮތަށް އަމަލުކުރާ މީހުންނަށް ފުރުސަތު ނުދޭނެ ކަން އެނގިވަޑައިގެންނެވި ކަމަށް މުއިއްޒު ވިދާޅުވި އެވެ.
"ކޮން ބާރެއްތޯ ނުލިބެނީ؟ ސަރުކާރާއި ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އާއި މިހާތަނަށް މާލޭ ސިޓީ ކައުންސިލް ވެސް އެ އޮތީ އެ މީހުންނަށް. އެކަމަކު އެ ހުރިހާ ކަމެއް އޮވެ، މާލޭ ރައްޔިތުން ބޭނުންވާ ގޮތަކަށް ކަންތައްތަކެއް ނުވޭ،" އޭނާ ވިދާޅުވި އެވެ.
ހޮނިހިރު ދުވަހު އޮތް ކައުންސިލް އިންތިހާބަކީ 2005 ވަނަ އަހަރު އެމްޑީޕީ އުފެދުނު ފަހުން އެޕާޓީއަށް މާލެ އިން އެންމެ ބޮޑު ނާކާމިޔާބަކާއި ކުރިމަތިލާން ޖެހުނު އިންތިހާބެވެ. މިހާތަނަށް ލިބިފައިވާ ނަތީޖާތަކަށް ބަލާއިރު ޕީޕީއެމް އިން ވަނީ މާލޭ ކައުންސިލްގެ 12 ގޮނޑިއެއް ކާމިޔާބު ކޮށްފައެވެ. ޕީޕީއެމްގެ ކެންޑިޑޭޓުން ކުރިމަތިލީ ވެސް 12 ގޮނޑިއަށެވެ.
ތިއޮތީ މަބުނިތަނުގަ ޖެހިފަ ! ތިއުޅެނީ އަދި މޭޔަރު ކަމުގެ ހުވާ ނުކުރެވިގެން ! މީހާރު ޔާމީނުގެ ބަޑުހަންގަޑޭ ގޮވަންފެށީ ! އޭރުވެސް ބުނިން ކަލޭ ތިއުޅެނީ ދިވެހިންނަށް ހެވެއް އެދިގެނެއް ނޫނޭ ! ތިއުޅެނީ ރައްޔިތުންނާއި ސަރުކާރުގެ ދެމެދުގައި ފިތުނަ ފަސާދަ ފަތުރާ ޔާމީނު ޖަލުން ނެރޭނެ މަގެއް ހޯދާށޭ ! ކަލޭ ތިމަގުން ހިގަނީ ނަމަ ރީތި ރޯޅިއަކުން ދާނެ !
އަލްޖިބްރާ ކޮބާ؟ ކަލޭމެންގެ ރީނދޫ ގުންޑާތައް ހޮވުނުތަ؟ ހީހީ ހަލާކު. ކަޑަވެއްޖެ ދޯ
އޭބަލަ މިހިރަ ގަމާރާ. ދިވެހިންނަށް ހެޔޮ އެދޭތީ ދޯ މި ގައުމު އިންޑިއާ އަށް ވިއްކާ ނުލެވިގެން ތިއުޅެނީ. ރީތި ރޯޅިއަކުން ދިޔަ މީހުން ކަލެޔަށް އަދިވެސް ނުފެނޭދޯ.
ކާމިޔާބު ލިބުނީ މާތްﷲ ގެ ރަޙްމަތް ފުޅުން. ރޔ ގެ ފިކުރުފުޅު ވިއްޔާ ވާނީ އެ ކާމިޔާބު ލިބުމަށް މާތްﷲ މެދުވެރި ކުރެ އްވި ސަބަބަކަށް.
ހިތްތަކުގައިވާ ތަކެތި އެއްމެ މޮޅަށް ދެނެވޮޑިގެންވަނީ މާތް ﷲ އެވެ.
އަޅުގަނޑުމެން ވޯޓު ދިނީ ކިޔަވާވިދާޅުވެން މަތީ ފާސްތައް އޮތް އަދި ދީނީ އިލްމު އުނގެނިވަޑަގެން ހުންނެވި އާ ލީޑަރަކަށް... އެއްގޮތަކަށް ވެސް ކުރީގަ ފެއިލްވެފަ ހުންނެވި ލީރުންގެ ސިޔާސަތުތަކަކަށް ނޫން އިނގޭތޯ
ފެއިލްވަނީ ޖަލަަށްލީމަ ދޯ. މުއިއްޒު ނުދައްޗޭ ޖަލަަށް. މީނާގެ ތާއީދު ގެއްލޭނެ އެހެންވީމާ. އެހެޔޮ ގާޒީ ބަދަލުކޮށްގެން ވިޔަސް.
ޔާމިނު ކުރި މަސައްކަތުންތަ؟
ޔާމީނުވަރެއްނެތް މުއިއްޒަށް ސާބަސް
ކާމިޔާބްލިބުނީ މަﷲގެ ރަހްމަތުން މީކަންހަދާންބަހައްޓާ. މިކަންއޮޅުވާނުލައްވާ
ކާމިޔާބުވީ އެމްޑީޕީ އެކަކުވެސް ވޯޓުލާން ނުދާތީ!
ކޮންތާކު. މަވެސް މީ ޕޕމ މީހެއް. މަގޭ އާއިލާ އެކަކު ވެސް ނުލާ ރިޔާސީ އިންތިޚާބުހެން ވޯޓް އޮޅުވާލާނެތީ. ދެން ކޮން ވާހަކައެއް ދައްކާ ކަށް؟ ޕޕމ މީހުން ނުލާ ވޯޓެއް މިބުރު.
ތިހެން ކިޔައިގެން ހިތްހަމަ ޖަެްސާލާ ދެން އެކަމު މާލޭން ވޯޓުލާން ނުކުތީ އެންމެ 15 ޕަސެންޓް މީހުން އެހެންވެ ކާމިޔާބުވީ ތިކާމިޔާބަކާ ޔާމީނަކާ އެއްވެސް ގުޅުމެއްނެތް
ކާމިޔާބު ލިބުނީ ޔާމީނު ޖަލުގައި ހުރެގެން ކެއްކި ތެޔޮތާހެއްގެ ސަބަބުން
ބަޔަކައް ހަޖަމް ނުވިޔަސް މިގަުމުގަ އޮތީ ރައީސް ޔާމީނުގެ ފިކުރު އެކަން ރައްޔަތުން ސާބިތުކޮއްދީފި ރިޔާސީ އިންތިހާބުގަވެސް ވޯޓު އޮޅުވާނުލިނަމަ މިއައްވުރެން ބޮޑު ނަތީޖާެއް ޔާމީނުއައްލިބުނީކަން ޔަގީން