ވޯޓްގެ ސިއްރުކަން ގެއްލޭ ގޮތައް ވޯޓްލާފައިވާ ދެމީހެއްގެ ވޯޓްގެ ނަތީޖާ އިލެކްޝަންސް ކޮމިޝަނުން އޮޅުވާލާފައިވާ ކަމަށް ދެމީހަކު އަނެއްކާވެސް ތުހުމަތު ކޮށްފިއެވެ.
މީގެތެރެއިން އެކަކީ ބ.އަތޮޅު ސޮނޭވާފުށި ރިސޯޓްގައި ބެހެއްޓި ވޯޓް ފޮއްޓަކަށް ވޯޓް ލާފައިވާ މީހެކެވެ. ކަމަދުއަށް ނިސްބަތްވާ އަންހެނަކު ބުނެފައިވާ ގޮތުގައި އޭނާ ކަމަދޫ ކައުންސިލްގެ ރައީސް ކަމަށް ގެންނަން ވޯޓް ދިނީ މިނިވަން ކައުންސިލަރެއްގެ ގޮތުގައި ކުރިމަތިލި ކެންޑިޑޭޓް އަށެވެ. ނަމަވެސް އިލެކްޝަންސް ކޮމިޝަނުން ނަތީޖާ އިއުލާން ކުރިއިރު އޭނާ ވޯޓް ދިން ކަމަށް އޮތީ އެމްޑީޕީގެ ކެންޑިޑޭޓަށެވެ.
ދެން މިފަދަ ތުހުމަތެއް ކޮށްފައި ވަނީ ބ.އަތޮޅު ދޮންފަނުގައި ބެހެއްޓި ވޯޓް ފޮއްޓަށް ވޯޓް ލާފައިވާ މަނަދޫ މީހެކެވެ. އޭނާ ބުނާ ގޮތުގައި އޭނާ ވޯޓް ދިނީ މަނަދޫ ކައުންސިލްގެ ރައީސްކަމަށް ވާދަކުރި ޕީޕީއެމްގެ ކެންޑިޑޭޓަށެވެ. ނަމަވެސް އިލެކްޝަންސް ކޮމިޝަނުން ނަތީޖާ އިއުލާން ކުރިއިރު އޭނާ ވޯޓް ދިންކަމަށް އޮތީ އެމްޑީޕީ ކެންޑިޑޭޓަށެވެ.
ގއ.ކޮލަމާފުށީގައި ބެހެއްޓި ވޯޓް ފޮއްޓަށް ވޯޓްލާފައިވާ މާލެ އަށް ނިސްބަތްވާ މީހެއްގެ ވޯޓް އޮޅުވާލާފައިވާ ކަމަށް އޭނާ ވެސް ރޭ ތުހުމަތު ކޮށްފައި ވެއެވެ. އޭނާ ބުނާ ގޮތުން އޭނާ ވެސް ވޯޓް ދިނީ ޕީޕީއެމްގެ ކެންޑިޑޭޓުންނަށެވެ. ނަމަވެސް އިލެކްޝަންސް ކޮމިޝަނުން ނަތީޖާ އިއުލާން ކުރިއިރު އޭނާ ވޯޓް ދިން ކަމަށް އޮތީ އެމްޑީޕީ ކެންޑިޑޭޓުންނަށެވެ.
ވޯޓް އޮޅުވާލާފައިވާ ކަމަށް އެކި ފަރާތްތަކުން ކުރާ ތުހުމަތުތަކާއި ގުޅިގެން އިލެކްޝަންސް ކޮމިޝަނުން އަދި މިހާތަނަށް އެއްވެސް އެއްޗެއް ނުބުނެއެވެ.
ވޯޓުލާނަމޭބުނެ ކެނޑިޑޭޓުންނަށް އޮޅުވާލާފަ ތިމަންނަގެވޯޓު އެހެންމީހަކަށްދިންކަން
ފަޅާ އެރީމާ އެލެކްޝަންސުގެބޮލުގަ އަޅުވާލީ
އިލެކްޝަނުގައި ހުސް ވަގުން ތިބީމަ ދެން ކީކޭތަ ކިޔާނީ؟ މިގައުމުގެ ހާލަތު. އަބޫޖަހުލަކީވެސް ރީނދޫ ކުލައަށް ލޯބިކުރާ މީހެއްނަމަ އޭނާގެ ދިފާއުގައި، މޑޕގެ ރީނދޫ ބައިގައިގެ މީހުންނުކުންނާނެ. އަޅެފަހެ ޕާޓީއަކީ ތިމާގެ ދީންތަ؟ ގިޔާމަތް ދުވަހު ސުވަލުކުރައްވަނީ ޕާޓީއަށް އޮތް ތެދުވެރިކަމާ ދޭތެރޭގަތަ؟
ހުޅަނގުން ނުކުތް ޒައިނިސްޓުން މުސްލިމުންގެ އަގީދާ ހަލާކުކޮށް މުސްލިމުންގެ ޖަމާއަތްތައް ބަލިކަށިކޮށް ބައިބައިކޮށްލުމަށް ގެނައިއެއްޗެއް ޑިމޮކްރަސީއަކީ. ރަސޫލުﷲ ޞޢވ ގެ ހަދީޘްގައިވަނީ، ގިޔާމަތް ކައިރިވެއްޖެކަމުގެ އަލާމާތަކީ، މުޖުތަމައުގެ "ސްލަމް" ހަސަބެއް ނަސަބެއް އިލްމެއް ތަޖުރިބާއެއްނެތް ނިކަމެތިން ވެރިންނަށްވުން ކަން. އެއީ ޒައިނިސްޓުން މިގެނައި ޑިމޮކްރަސީއަކީ. މީގެ އެންމެ ބޮޑު މިސާލަކީ، އިންޑިޔާގެ ބޮޑުވަޒީރު. އެމީހުންނަކީ ޝައިޠާނާގެ އަޅުން. އަހްލާގެއް ގޮތެއް ފޮތެއް އިންސަނިއްޔަތެއް ނުހުންނާނެ. މިމީޙުންނަށް ހުރިހާވެސް އެއްޗަކީ ބާރާއި ފައިސާ.
ދޮގާމަކަރާއި ހުރިހާ އެއްޗެއް ހަދައިގެން ވެސް ވޯޓް ހޯދޭތޯ
ދެރަ ކަންކަން ތިޔަ ހުންނަނީ! ވޯޓް ފޮށިމަތީ ބަނޑުއެޅުމާއި ކުޑަކާފާއި ބޮޑުކާފަށްވުރެ މިއަދުގެ ހާލަތު މާގޯސްވެއްޖެއް ނޫންތޯ؟
ސާބަހޭ ސަރީފޫ އަތުކުރި އޮޅާލާފަ ބަހައްޓާ އަތުން ފެންހިކުނަނުދޭތި ސަރީފް އަވަދިނެތި އެމްޑީޕީ އަށް ވައްކަންކޮއްދިނުމުގައިދޯ މަސަރަރުމަތިން ހަނދާންވެސްނުވަނީވިއްޔަ
ރައްޔިތުންނޭ މުޒާހަރާއަށް ނުކުމޭ. ބޮޑެތި މުލުވަގުންތައް އީސީން ދުރުކުރަން އެބަޖެހޭ. މިއޮއްފަދަ މާތް މައްސަރުގައިވެސް އެތާ އެތިބި ޝައިޠާނުން ވައްކަން އެކުރަނީ. ނުލަފާކަންހުރި ބައެއް އެއީ.
ރާއްޖެއަކީ ބެނތނ އުޅޭ ގައުމެއްބާ؟؟؟؟؟
ކިހިނެއް ތަ މަގޭ ވޯޓު އޮޅުވާލިތޯ ބަލާނީ؟؟މަވެސް ބޭނުން ބަލަން
އަންނި ބުނެެގެނޯ އޮޅުވާލަނީ، މިކަމާ ދެކޮޅަށް ތެދުވަން އެބަޖެހޭ.
މިރާއްޖޭގަ ވޯޓު މިލަނީ އާދަޔާ ހިލާފަ ކަރުދާހަކާ ގަލަމަކުންތާ ދޯ. ވޯޓުލާން ލާރި ނަގައިފަ ވޯޓު ނުލައިފަ ދެން މިއަޅުވަނީ އެހެން މީހުން ބޮލުގަ.
އަތޮޅު ސޮނޭވާފުށި ރިސޯޓްގައި ބެހެއްޓި ވޯޓް ފޮއްޓަކަށް ވޯޓް ލާފައިވާ މީހެކެވެ. ކަމަދުއަށް ނިސްބަތްވާ އަންހެނަކު ބުނެފައިވާ ގޮތުގައި އޭނާ ކަމަދޫ ކައުންސިލްގެ ރައީސް ކަމަށް ގެންނަން ވޯޓް ދިނީ މިނިވަން ކައުންސިލަރެއްގެ ގޮތުގައި ކުރިމަތިލި ކެންޑިޑޭޓް އަށެވެ. ނަމަވެސް އިލެކްޝަންސް ކޮމިޝަނުން ނަތީޖާ އިއުލާން ކުރިއިރު އޭނާ ވޯޓް ދިން ކަމަށް އޮތީ އެމްޑީޕީގެ ކެންޑިޑޭޓަށެވެ. ތީނަ ލާރިނަގާފަ ހަމަ ދިންގޮ އި
ވޯޓުން ވެންޓިލޭޓަރުން ވެސް ވައްކަން.
ވޯޓުން ވެންޓިލޭޓަރުން ވެސް ވައްކަން.
ކުޑަ ކާފު ބޮޑު ކާފުގެ ޒަމާން އަނެއްކާ އައިއްސަ މިއޮތީ
ރިޔާސީ އިންތިހާބުންވެސް ކުރީ ވައްކަން. މިހާރު ތިއޮތީ އެކަން ހާމަވެފައި. އިލެކްޝަންސް ކޮމިޝަނަށް ވޯޓުން މަކަރުހަދެން އޮތްވަރަކަށް އޮޅުވާލަމުންދަނީ.
މިއީ އެން.ޑީޕީ އާއި އިލެކްޝަން ކޮމިޝަން ގުޅިގެން ވައްކަން ކޮއްގެންވެސް ވީވަރު.
މިނިވަން މުވައްސަސާއެކޯ ހުސްވަގުން