ކުރީގެ ރައީސް މުހައްމަދު ނަޝީދު ރާއްޖޭގެ ބޮޑުވަޒީރު ކަމަށް ގެންނަން ފެނޭތޯ ބަލަން "ވަގުތު" އިން މިއަދު ނަގަން ފެށި ވޯޓްގައި މިހާތަނަށް 10400 އަށްވުރެ ގިނަ މީހުން ވޯޓް ލައިފިއެވެ.
ފޭސްބުކްގައި ކުރިއަށް ގެންދާ ޚިޔާލު ހޯދުމުގެ ވޯޓަކީ މާދަމާ މެންދުރު 12:00 އާއި ހަމައަށް ކުރިއަށް ގެންދާ ޚިޔާލު ހޯދުމުގެ ވޯޓެކެވެ.
ޚިޔާލު ހޯދުމުގެ ވޯޓްގައި އަހާފައިވާ ސުވާލަކީ ރައީސް ނަޝީދު ރާއްޖޭގެ ބޮޑުވަޒީރު ކަމަށް ގެންނަން ފެނޭ ހެއްޔެވެ؟
މިހާތަނަށް ވޯޓް ދީފައިވާ މީހުންގެ ތެރެއިން ރައީސް ނަޝީދު ބޮޑުވަޒީރު ކަމަށް ގެންނަން ތާއިދު ކޮށްފައި ވަނީ އެއްހާސް މީހުންނެވެ. އެމަނިކުފާނު ބޮޑުވަޒީރުކަމަށް ގެންނަން ނުފެންނަ ކަމަށް 8400 މީހުން ވަނީ މިހާތަނަށް ބުނެފައެވެ.
Vaguthu Poll | Nasheedh Boduvazeerakah Gennan Feney thah? Nufeney thah?
.
.
.
Voting Open Until: 21/042021 | 12:00PMPosted by Vaguthu on Monday, April 19, 2021
ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކޮށް، ބޮޑުވަޒީރު ކަމަށް ވަޑައިގަތުމަށް ބޭނުންވާކަން ރައީސް ނަޝީދު ވަނީ އިއްޔެ ރޭ ރައީސް ޞާލިހަށް އަންގަވާފައެވެ. ރައީސް ނަޝީދު ވަނީ އަންނަ ފެބްރުއަރީ މަހާއި ހަމައަށް ދާއިރު އެމަނިކުފާނު ބޮޑުވަޒީރު ކަމަށް އައްޔަންވެ ވަޑައިގެން، ވެރިކަން ހިންގުމާއި ހަވާލުވުމުގެ މަގުޗާޓް ރައީސް ޞާލިހާއި ހިއްސާ ކުރައްވާފައެވެ.
ރައީސް ޞާލިހް ވަނީ ވެރިކަމުގެ ނިޒާމް ބަދަލު ކުރެވޭނީ ރައްޔިތުންގެ ވޯޓަކުން ކަމަށް ވިދާޅުވެފައެވެ.
ރައީސް ނަޝީދަކީ އަބަދުވެސް ބަރުލަމާނީ ނިޒާމަކަށް ތާއިދު ކުރައްވާ ބޭފުޅެކެވެ. ނަމަވެސް ރައީސް ޞާލިހްގެ ވެރިކަން ބަދަލުކުރަން ބޭނުންވާކަން ރައީސް ނަޝީދު މީގެ ކުރިން މިހައި ސާފުކޮށް ވިދާޅެއް ނުވެއެވެ.
ވެރިކަމުގެ ނިޒާމު ބަދަލު ކުރުމުގެ ބަހުސް ރައީސް ނަޝީދު ފެއްޓެވުމުން އެމަނިކުފާނަށް މީސް މީޑިއާގައި ވަނީ ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފައެވެ.
އަހުންވެސް ދިނިން 3 ފޭކު އެކައުންޓުންބާ އެއްކޮށް..
ޒައިކް ކަލޭ ތީ ބޮޑު ފޭކެއްނު އެހެންވީމަ
އެއީ ކަލޭގެ ހުރި ފޭކުކަން. މޮޅުކަމެއްނޫން.
ކާކުތަ ބުނީ މަ މޮޅު ކަމުންނޭ؟؟ ތިޔަ ޕޮލް އެކިއުރޭޓު ނުވާނެ ވާހަކަ މި ބުނަނީ.. ފޭކު އެކައުންޓުތަކުން ނުލެވޭގޮތް ކޮންމެވެސް ވަރަކަަށް ސްކްރީނިން މެކޭނިޒަމް އެއް އިންނަ ނަމަ އޯކޭ ވީސް މަށަށް އެނގުމުން ކިތަންމެ ބަޔަކު ލީ ފޭކު އެކައުންޓުތަކުން.... ސިކުނޑީގަ ތެއްކަމެއް ނެތަސް ބޭނި ގަންނާތި.. ތަރަތަލައިގަތީ ހަޖަމު ނުވީމަ ދޯ ޑައިޖިންކައިގެން މައިތިރިވޭ ދެން.
މިކަލޭގެ ބުނާއިެަށް ވެރިކަމަށް އާދެވެންޖެހޭ ސަބަބަކީ ކޮބާ ؟
ޢަހަރެންވެސް ބޭނުން ބޮޑުވަޒީރުކަން. ޢެފުރުސަތު އަހަރެންނަށްވެސް ލިބޭންޖެހޭނެ.
ޥީމާ އަލުން މަޖިލިހަށް މެމްބަރުން ހޮވަން މިހާރުއޮތް މަޖިލިސް އުވާލާ.
މިހާރުން މިހާރަށް ޑިފެންސް މިނިސްޓަރާއި ސިފައިންގެ އިސްވެރިން ބަދަލުކޮށް އިބޫ ސޯލިހުގެ ފުރިހަމަ ކޮންޓްރޯލަށް ސިފައިންގެ ގެންނަންޖެހޭ.
ތިދެން ކޮންކަމެއް! އޭނަ ބޭނުންވަނީ އޭނަގެ ކޮންމެސް ވާހަކައެއްގަ ދިވެހިން އަބަދު މަޝްޣޫލު ކުރުވާފަ ބޭތިއްބުން. ތިވޯޓެއް ނަގާނެ ކަމެއް ނެތް. ކޮންފަދަ ކަމެއް. ތިވެސް ކޮންމެސް ނުލަފާ ކަންތައްގަނޑެއް ނިންމާލަން ވަގުތު ހޯދަންވެގެން ރައްޔިތުން އެހެން ކަމެއްގަ ޝާމިލު ކުރުވަން ފަތުރައިގެން އުޅޭ އަޑެއް. ތިކަން އެމީހުން ކުރާނެ. އެކަމަކު ރައްޔިތުންނަށް ދޮންކަޅު އަންގައިގެނެއް ނޫން ކުރާނީކީ.
ތި ވޯޓު ހުއްޓާލާ! ތިމީހާގެ ނަން އޮވެގެން އެއްވެސް ސިފައެއްގަ މި ގައުމުގަ ވޯޓެއް ނެގިގެން ނުވާނެ.
100%
ތިދެން ކޮންކަމެއް! އޭނަ ބޭނުންވަނީ އޭނަގެ ކޮންމެސް ވާހަކައެއްގަ ދިވެހިން އަބަދު މަޝްޣޫލު ކުރުވާފަ ބޭތިއްބުން. ތިވޯޓެއް ނަގާނެ ކަމެއް ނެތް. ކޮންފަދަ ކަމެއް. ތިވެސް ކޮންމެސް ނުލަފާ ކަންތައްގަނޑެއް ނިންމާލަން ވަގުތު ހޯދަންވެގެން ރައްޔިތުން އެހެން ކަމެއްގަ ޝާމިލު ކުރުވަން ފަތުރައިގެން އުޅޭ އަޑެއް. ތިކަން އެމީހުން ކުރާނެ. އެކަމަކު ރައްޔިތުންނަށް ދޮންކަޅު އަންގައިގެނެއް ނޫން ކުރާނީކީ.
ތިކަން ހުއްޓާލާ!
މަނިކުފާނު މިހާރު ކުޑަ ކުދިންހެން މާ ސަކަކޮށް ތި އުޅުއްވަނީ. ހަމަ ބޭނުންހާ އެއްޗެއް ނުލިބޭނެ ބުނެލާ އިރަކަށް. މިހާރު ތި ހުންނެވީ ފެއިލް ވެފަ. ބޮޑާ ހާކާފަ ތަޅާނެ ކުދިން ހޯދިޔަސް ދެނެއް ބުނާހާ އެއްޗެއް ނުލިބޭނެ. ކައުންސިލް އިންތިހާބުންވެސް އިނގިއްޖެ ދެނެއް މަޖުލީހަކަށް މިހާރު ތި ހުރި މޑޕ ގިނަ މެމްބަރުން ނުހޮވޭނެކަން. ހަމަ އަދީބު ފަދައިން މޑޕ ފަނި ކޮއްލުމައްޓަކާ ލާފަ އިން ފަންޏެއް ނަޝީދަކީ.
މިއީ ވެރިކަމާ ހެދި ބޫތްކައިގެން އުލޭ ދެބެން ދިހާރަވެފަ ހުރި ބީތާއެށް ދެ ފަހަރު ހަމަޔަން ހަމަހެއިގަ ނުހުންނާނެ
މަކަރުވެރި ނުބައި ނުލަފާ ޚުދުމުޚުތާރު ޑިކްޓޭޓަރަކު ބޮޑުވަޒީރުކަމަށް ގެންނަން ރުހުމަށްވުރެ އަމިއްލައަށް ވަޅުގަނޑެއް ކޮނެގެން ވަޅުގަނޑަކަށް ފައިބައިތިބުންވެސް މާ ރަނގަޅުވާނެ.
ތިޔަވީ ... އަވަހަށްހުވާކު ރޭ !!!
މީނާ މިގައުމުން ބޭރުކުރައް ފެނޭތޯ ނިކަން ވޯޓެއް ނަގާބަލަ އެކަކު ނު ދިޔަޔަސް މަހުއްނާނަން އެކަކަ.
ރާ އްޖޭގަ އި އޮންނާނީ ރިޔާސީ ވެރިކަމުގެ ނިޒާމެ އްކަމަށް ރަ އްޔިތުން ނިންމާފަ އޮތްހިނދު، ބޮޑުވަޒީރެ އްގެ ސުވާލުވެސް އުފަ އްދަ އިގެން ނުވާނެ.
ޢެހެން ވިއްޔާ ތިއޮތީ ބޮޑުވަޒީރަކަށް ހޮވިފަ ދެން ހުވަފެން ބަލަން އަވަހަށް ގޮނޑިއަށް އަރަންއުޅޭ..މިއޮއްކަމެއްދޯ.🐐🐐🐐
ކިހާ ދެރަކަމެއްހެއްޔެވެ؟ ރާއްޖޭގެ ރައްޔުތުން އެހެން ހުރިހާ ކަމެއްދޫކޮށްލާފައި އަބަދު މިޖެހެނީ މީނާއާހެދި އުޅޭށެވެ. މީނާއަށް ވެރިކަން ދޭނީތޯ މީނާބުނަނީ ކީކޭތޯ ބަލަން އަބަދާ އަބަދު މިޖެހެނީ ރޭޑިއޯ ދޮށުގައި ނުވަތަ ޓީވީ ކައިރީގައި ނުވަތަ ނޫސްބަލަން އިންނާށެވެ. އަހަރެން ހަމަ އަޖައިބުވެއްޖައީމެވެ. ވިޔާނުދާ ތަންދޮރު ނުދަންނަ ގަމާރަކާހެދި ބަޔަކުމީހުން މިވަރުންއުޅޭ މީހެއް މުޅި ދުނިޔޭގެ ތާރީޚްވެސް ދެކުނުކަމެއް ނޭނގެއެވެ.
ތިކަލޭގެ ހޯދާ ރަގަޅައް ކޮންމެވެސް ޝޭހަކު ލައްވާ ހިފަހައްޓާފަ ރިގިޔާ ކިޔަވައިގެން ނޫނީ ތީނަ ރަގަޅެއްނުވާނެ!
ރާއްޖެއަކު ބޮޑުވަޒީރުގެ މަގާމެއް ނުހުރޭ.. އަދި ބޭނުމެއްވެސް ނޫން.. ރައްޔިތުންގެ ގިނަ ބަޔެއްގެ ސީދާ ވޯޓުން ބައިވެރިވެގެން މެނުވީ އަންނަވެރިޔަކު މިތާގައި ބަހައްޓާކައް ނޭދެން. ބޮޑުވަޒީރަކައް ކޮންމެ ފަދަ މީހަކުވެސް މަޖިލީހުން އައްޔަން ކޮއްފާނެ. މަޖިލީހުގައި ދެކެވޭ އަދި ކުރެވޭ ދެއުޅިއެއްނެތް ކަންކަން އެއީ ފެންނަންއޮޔް ހަގީގަތެއް. އެފަދަ ޒިންމާދާރުކަން ކުޑަ މަދު ބަޔެއްގެ އަތްމައްޗައް ވެރިކަން ކުރާމީހާ އައްޔަން ކުރާކަށެއް ދޫނުކުރެވޭނެ. ދުވާލު ދެދަޅައަށް ވެރިމީހާ ބަދަލުކޮއް މަޖިލީހުގައި ޑުރާމާ ސަކަރާތް ޖަހައި އެކަމުގައި މުޅި ގައުމު ހަނާ ކޮއް ވެރިކަމުގެ އަގު ވެއްޓޭކައް ނޭދެން.
މީނަމީހަކާދެވަން ވޯޓެއްނަގަންފެނޭ !!
ނަޝީދު ހައްދާފަ ބެހެޓީމަ އޯކޭ ވާނެ
120 ފޭކް އެކައުންޓުން ވޯޓް ދީފިން ނުފެއްނަ ކަމައް
މިހާރުވެސް ޗެކްކުރޭ ޗައިނާ ބޮޓް އެކައުންޓްތައް ގިނަވާނީ ނުފެއްނަ ކަމައް ވޯޓްދިން ބައިގަ
ނަޝީދު އަކަ މިހާރަކު ނެތް ތާއީދެއް...ހިތާހިތުގެ ގުޅުން ކެނޑިއްޖެ...ދެން އޮވޭ ރޯން
ނަޝީދަކީ ވެރިކަމާ ކައިރިކުރަން ހެޔޮވަރުގެ މީހެއްނުން.މިހާރު އޭނަ އެއުޅޭގޮތައް އަނގަތަޅަން ދޫކޮށްފަ ބަހައްޓަން ރަނގަޅު.އޭނަޔަށް ބާރު ލިބިއްޖެނަމަ ގައުމު އަތެއް ނުވާނެ.މިގައުމުގަ ޢައިރު މުސްލިމުން އައިސް ބޭނުން ގޮތަކަށް އުޅޭނެ.އިސްލާމް ދީނާއި ބީރައްޓެހި ގައުމުތަކުން މިތަނަށް އަތް ގަދަކޮށްލާނެ.
ތި ސުާލު ނުބައޭ އަހަންވީ ބޭނުންވަނީ ކޮން ނިޒާމެއްތޯ؟ ނިޒާމް ބަދަލުވެއްޖިއްޔާ ބޮޑުވަޒީރު ކަމަށް އަންނަން ބޭނުން ވާ މީހުން ބައިވަރު