(ހއ.އިހަވަންދޫ) މިއަތޮޅުގެ މަތީ ބިތުގައި އޮންނަ ފަޅުރަށެއް ކަމަށްވާ ގާމަތިކުޅުދޫގައި މަރާލާފައިވާ ގިނަ އަދަދެއްގެ ވެލާތަކެއް ފެނިއްޖެއެވެ.
"ވަގުތު" ހޭރިޔާ ޓީމުން މިއަދު އެރަށަށް ގޮސް ބެލި ބެލުމުން އެނގިފައިވާ ވާގޮތުން އެރަށުގައި މަދުވެގެން 30 ވަރަކަށް ވެލާ މަރާލާފައިވެއެވެ. އެ ވެލާތައް މަރާލާފައި ހުރީ އޭގެ މަސްތައް ތޮށިން ވަކިކޮށްގެންނެވެ.
"ވަގުތު" އަށް އެނގިފައިވާ ގޮތުގައި ގާމަތިކުޅުދޫ އަށް ވެލާތައް ގެންދަނީ ކަނޑުމަތިން ވެލާތައް ހިފުމަށް ފަހުއެވެ. އެރަށަށް ގެންގޮސް ވެލާތައް މަރާލުމަށްފަހު މަސްތައް ނަގަނީ ކަމަށް ވެއެވެ.
މި މަންޒަރު ދުށް ނޫސްވެރިޔަކު ބުނެފައިވަނީ، ރަށަށް އަރައިގެން ދިޔަ ވަގުތު އެންމެ ފުރަތަމަވެސް ލޮލުގައި އަޅައިގަތީ އެމަންޒަރު ކަމަށާއި، ރަށުގެ އެކި ހިސާބުތަކުން ވެލާ ތޮށިގަނޑާއި ވެލާގެ ބޯތައް ފެނިފައިވާ ކަމަށެވެ.
"ވަގުތު" އަށް މަޢުލޫމާތު ލިބިފައިވާގޮތުން އެރަށުގައި މީގެ ދުވަސްކޮޅެއް ކުރިންވެސް ބަޔަކު ވެލާ ހިފުމުގެ މަސައްކަތް ކޮށްފައި ވެއެވެ. މިއެފަހަރު 25 ވަރަކަށް ވެލާ ހިފައި މަރާލާފައިވާކަމުގެ މަޢުލޫމާތު ވަނީ ލިބިފައެވެ.
މިރަށާއި އެންމެ ކައިރީގައި މީހުން ދިރިއުޅޭ ރަށަކަށް އޮތީ މޮޅަދޫއެވެ. މޮޅަދޫއަކީވެސް ކުރިން ގިނަ ޢަދަދަކަށް ވެލާ އަރާ ރަށެކެވެ. އެރަށުގައި ވެސް ވެލާ ހިފައި އޭގެ މަސްތައް ނަގާ ގިނަ މައްސަލަތަކެއް ފެންމަތިވެފައި ވެއެވެ. "ވަގުތު" ހޭރިޔާ ޓީމުން މޮޅަދޫއަށް ކުރި ދަތުރުގައި އެރަށުގެ ހުޅަނގުއުތުރު ސަރަޙައްދުންވެސް މަރާލާފައިވާ ވެލާތަކެއްގެ ތޮށި ވަނީ ފެނިފައެވެ.
މިއަދު ގާމަތިކުޅުދޫން މަރާލާފައިވާ ގިނަ ޢަދަދެއްގެ ވެލާތަކެއް ފެނުމާއި ގުޅިގެން "ވަގުތު" އިން ވާނީ އެކަން އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) ގެ ސަމާލުކަމަށް ގެނެސްފައެވެ. އީޕީއޭއިން ބުނީ މި މައްސަލަ ފުލުހުންނާއި ގުޅިގެން ބަލާނެ ކަމަށެވެ.
Vaguthu Images: Ha. Gaamathikulhudhoo Gai Maraalafaivaa Velaathah
View more photos at https://vaguthu.mv/photos/537526Posted by Vaguthu on Thursday, April 22, 2021
އީޕީއޭގެ ޑިރެކްޓަރ ޖެނެރަލް އިބްރާހިމް ނައީމް ވިދާޅުވީ، އެއީ ވަރަށް ދެރަ މައްސަލައެއް ކަމަށާއި އެހެން ނަމަވެސް ފަޅުރަށެއްގައި އެފަދަ ކަމެއް ކޮށްފައިވުމާއި އެކީ އެކަން ކުރި މީހުން ހޯދުން އެއީ ވަރަށް އުނދަގޫ ކަމަކަށް ވާނެ ކަމަށެވެ.
ނަޢީމް އިތުރަށް ވިދާޅުވީ، ހއ އަތޮޅުގެ ތިން ރަށެއްގައި ވެލާ ނެގުމުގެ މައްސަލަތައް ފެންމަތިވެ އެކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.
ވެލާ އާއި ކަހަނބު ހިފައި ގޯނާކޮށް، ގެންގުޅެ އަދި އޭގެ ވިޔަފާރި ކުރުމަކީ 2016 ވަނަ އަހަރު އެންވާރަމަންޓް މިނިސްޓްރީން ނެރެފައިވާ އުސޫލެއްގެ ދަށުން މަނާ ކަމެކެވެ. އެ އުސޫލުގެ ދަށުން މޫދުގައި އުޅޭ އެއްވެސް ބާވަތެއްގެ މަޑިއެއް ހިފުންވެސް ވަނީ މަނާކޮށްފައެވެ.
ޤާނޫނުން ބަރުލިބިދޭ މި އުސޫލާއި ޚިލާފުވާ ފަރާތްތަކަށް، ތިމާވެއްޓަށްދޭ ގެއްލުންތަކަށް ޖޫރިމަނާއި ބަދަލު ހޯދުމުގެ ޤަވާއިދުގެ ދަށުން އަދަބުލިބޭނެއެވެ.
ވަގުތު ރިޕޯޓަރުން ހާދަ ގަވާއިދަށް ބޯލަނ ބައޭ ދޯ....
މިޔަރު ގިނަވެގެން ވެލާތަށް ކައި ހުސްކުރުމަށް ވުރެން ރަނގަޅު އަހަރެމެން އެހިފައިގެން ކެޔަސް..
ގާނޫނު ހަދާމީހުން ގާނޫނު ހަދާ ފާސްކުރަނީ ފިނިކޮޓަރީގައެވެ. އެގާނޫނު ގެޒެޓްކުރާ މީހާވެސް ހުންނަވަނީ ފިނިކޮޓަރި ކޮޅުގައެވެ. އެގާނޫނު ތަންފީޒުކުރާ އިދާރާތަކުގެ ބޭކަލުންނާއި އަރިހު ބޭކަލުންވެސް ތިއްބަވަނީ ފިނިކުރިކޮޓަރީގައެވެ. ގާނޫނު ޑުރާފްކޮށް ފާސްކޮށް ގެޒެޓްކުރަންވާނީ ތިމާމެންނަށް ތަންފީޒްކުރެވޭނެ ކަންކަމަށެވެ. ނޫންނަމަ ބޭކާރު އެނާޖީއަކާއި ބޭކާރު ހަރަދެއް ކުރުމުގެ މާނަައެއްނެތެވެ.
މާމިގިލީ އެޔާޕޯޓުގެ މުވައްޒިފުން، މަސްމަރާ ބަޑި ޖަހައިގެން ވެލާ ހިފާ، ފަޅަނީ. މި މައްސަލަ ތައް ބެލޭނެ ބައެއް ރާއްޖެއަކު ނެތް. ފުލުހުންނަކީ ނަމަކައް ތިބޭ ބައެއް.
2016 އޭ؟
ބުނަން ރަނގަޅު ވާހަކައެއް. ތިގޮތައް ވެލާ ހިމާޔަތް ކުރުމަށް ވުރެ ނުކުރުން މާރަނގަޅު. ވެލާ ހިމާޔަތްކޮއްފަ އެސޮރުމެން ބިސްއަޅާ ހުރިހާ ރަށަކާއި ފިނޮޅެއްގަ ރިސޯޓް ހަދާފަ. ދެންކޮން ހިމާޔަތެއް
މާތްﷲދެއްވި ރިޒުގު ކޮބާ މައްސަލަޔަކީ ހިފާ ކާންވީ ، އީ ޕީ އޭ އަކަށް ނުބެހެވޭނެ، މަށައް މަސްކޮޅެއް ލިބުނަސް އިރާދަކުރެއްވިއްޔާ ކާނަން ، ދެން ހިފައިފިއްޔާ މަސްކޮޅެއް ފޮނުވައްޗޭ!
ތިހިފާކޮންމެ ވެލައެއްގެ މަސްވެސް އެރަށެއްގަތިބޭ ފުލުންއޮންނާނީ ކައިފަ. މިރަށުގަ ވެލާމަސްކަނީ ފުލުހުން. ދެންކިހިނެއް ބަލާނީ
ހއ ދިއްދޫ ކައިރީގަ އޮންނަރިދުއަކީވެސް ވެލާއަރާރަށެއް މިހާރު އެއީވަކިބަޔަކު ގާނޫނާ ހިލާފް ތިބާވަތުގެ ކަންކަންކުރާ ވަކިބައެގެ މިލްކެއް
ހއ. އަކީ ތިކަމުގެ ބޮޑު ހިސާބެއް! ދޯ މާރަންދޫ މީހުން
ކޮންމެ ސަރުކާރަކުން ވެސްހިމާޔަތާ ރައްކާތެރިކަން ދެނީ ވެލަޔާ،ކަނހަބާ،މިޔަރައް މިއީ މިހާރު މީ މިރާއްޖޭގެ ހާލަތު މީ ހުންމަރާމީހުންނާ ،ވައްކަން ކުރާމީހުންނާ ރޭޕުކުރާމީހުންނައް އަދަބެއްނުދެވެ .ވެލާ،ކަނހަބު،މިޔަރައް އެއެއްޗެހީގެ ނުރުހުމުގަ ބަލާލިޔަސް އެމީހަކު ބޮޑުތަނުއް ޖުރިމަނާ ކޮއްފަ ގޮޅިއައް. މިހިރީ އަނގަފެޅި މޮޅެތި ގާނޫނު.
އީޕީއޭ ގެ ޑިރެކްޓަރަކަށް ނުވާނެ އެއްވެސް ކަމެއް. ހަމަ ހުސް ފޮނިކަނޑާ މީހެއް ނަޢީމް އަކީ. ހަމަ ރިޕޯޓް ކޮށްލާއިރަށް ބުނާނެ ފުހުހުންނާއި ގުޅިގެން ތިކަން ބަލަމޭ، ދުވަހަކު ވާކަމެއް ހަރާމް.