ދަރުމަވަންތަ ހޮސްޕިޓަލްގެ 25 ބުރީގެ އިމާރާތް ރަހުނުކޮށް ސުކޫކު ވިއްކައިގެން ޖުމްލަ 4.6 ބިލިއަން ރުފިޔާ ސަރުކާރުން ހޯދައިފިއެވެ.

ރޮއިޓާސް ނިއުސް އެޖެންސީން ހާމަކުރި ގޮތުގައި ދިވެހި ސަރުކާރުން މިފަހަރު ހޯދީ 100 މިލިއަން ޑޮލަރެވެ. އެއީ 1.5 ބިލިއަން ރުފިޔާއެވެ. މި ފައިސާ ހޯދާފައި ވަނީ ފަސް އަހަރު ދުވަހުގެ ތެރޭގައި ދައްކާ ގޮތަށެވެ. އަނބުރާ ދައްކަން ޖެހެނީ 10.5 ޕަސެންޓުގެ އިންޓަރެސްޓް ރޭޓެއްގައެވެ.

އެންމެ ފުރަތަމަ ދަރުމަވަންތަ އިމާރާތް ރަހުނުކޮށްގެން ވިއްކި ސުކޫކުން 200 މިލިއަން ޑޮލަރު ސަރުކާރުން ހޯދައިފައިވެއެވެ. އެއީ 3.1 ބިލިއަން ރުފިޔާއެވެ. މި ފައިސާ ބޭނުންކޮށްފައި ވަނީ ސަރުކާރުން ނަގާފައިވާ 200 މިލިއަން ޑޮލަރުގެ ލޯނު އަނބުރާ ދެއްކުމަށް ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވަނީ މަޖިލީހުގައި ވިދާޅުވެފައެވެ.

ދަރުމަވަންތަ ހޮސްޕިޓަލްގެ އިމާރާތް ރަހުނުކޮށް ވިއްކި ސުކޫކުގެ ޖުމްލަ އަގު 300 މިލިއަން ޑޮލަރަށް އަރާއިރު އެ ފައިސާ ފަސް އަހަރު ފަހުން ދައްކަން ޖެހޭނެއެވެ. އެގޮތުން 10.5 ޕަސެންޓުގެ ބޮޑު އިންޓަރެސްޓާ އެކު 2026 ވަނަ އަހަރު 387 މިލިއަން ޑޮލަރު ދިވެހި ސަރުކާރުން ދައްކަން ޖެހޭނެއެވެ.

ސުކޫކު ވިއްކަން ދަރުމަވަންތަ ހޮސްޕިޓަލްގެ 25 ބުރީގެ އިމާރާތް ރަހުނު ކުރީ ސުކޫކު ވިއްކާ އަދަދުގެ 51 ޕަސެންޓުގެ އަގު ހުރި މުދަލެއް ސުކޫކު ވިއްކާ ފަރާތުން ގެރެންޓީއެއްގެ ގޮތުގައި ބަހައްޓަން ޖެހޭތީއެވެ. މި ސުކޫކަށް ފައިސާ ނުދެއްކިއްޖެ ހާލަތުގައި ދަރުމަވަންތަ އިމާރާތް ބޭނުންކޮށްގެން ވިޔަފާރި ފަށާ އެއިން ލިބޭ އާމްދަނީއަކުން ސުކޫކަށް ފައިސާ ދައްކަން ޖެހޭނެއެވެ. ނަމަވެސް ކޮންވެންޝަނަލް ބޮންޑުގައި އަމަލު ކުރާ އުސޫލުން އެ އިމާރާތް ވިއްކައެއް ނުލެވޭނެއެވެ.

ދައުލަތުގެ ކޭޝްފްލޯ ހަމަޖެއްސުމަށް ފިނޭންސް މިނިސްޓްރީއިން އެދިގެން މަރުކަޒީ ބޭންކް އެމްއެމްއޭގައިވާ ޕަބްލިކް އެކައުންޓުން އޯވަ ޑްރޯކުރުމަށް (ފައިސާ އިތުރަށް ޗާޕްކުރުމަށް) ރައްޔިތުންގެ މަޖިލީހުން ސަރުކާރަށް ދީފައިވާ ހުއްދައިގެ މުއްދަތު އިތުރު އެއް އަހަރު ދުވަހަށް ވަނީ އިތުރުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

 1. ޅަތީފާ

  ސޮލިބޭ ބުނި ހޮހޮޅަތަ ތިޔައި ނަސިބެއްނު ޔަމިން ތިތަން އެޅިކަން ޔަމިން ގެނެސް ދީފަ އޮތް ތަރައްގީ ވިއްކައިގެންނު ރައްޔިތުންނަން ކާން ދެން ސޮލިބޭއައް މިޖެހުނީ 5 އަހަރު ނިމެނީ ފެންފޮއް ފެންފޯއް ފަޒުނައައް ބުޓް ނުން އެއްޗެއް ނަނެއެއްނު ދެވުނު އެިސްތިއުފާ ދިފަ ހިންނަވަރައް ބަހީ

  11
  1
 2. ބީރުމީހާ

  އެ އޮއްބޮޑު ކޮރޮޕްޓް ތަން ރަހުނުކުރަނީ ދެން އެ ފައިސާ އަހަރުމެނަށް ހަލާލުވާނެތަ އަހާލީ ރައީސް މީހާވެސް ވިދާޅުވި އެއީ ބޮޑު ކޮރޮޕްޝަނެކޭ އެތައް ފެނުނަސް ކޮންމެ ދިވެއްސަކުވެސް އިތައްއަރާނީ ބޮޑު ކޮރޮޕްޝަން ބިލްޑިންގއެކޭ

 3. ދަރަނި ދަންތުރަ

  ސާބަހޭ އަހަރެމެންގެ ރައީސް ، ރައީސް ޔާމީނު މަނިކުފާނުގެ ތަރައްގީ މިހިރަގެން އުތުރިއަރަނީ ޔާހަބޭސް ، ކޮބާ ކަލޯ ސޯލިބޭ އެއްކަލަ ދޮންހޮޅި ހާދަ އަގުބޮޑޭ ދޯ ރީނދޫ ގުރޫޕު ބާރަށް އަތްޖަހާ ކަލޯމެންގެ ލަދުހަޔާތްކޮބާ

  9
  1
 4. ބޯޖަލީލު

  ކަލޯ ސޯލިބޭ ޔާމީނުގެ ދޮންހޮޅިން ކަލޭ ސަލާމަތެއްނުވިދޯ ރައްޔިތުން ދޮންހޮޅީގެ އަވާގައިނުޖެހޭށޭ ކިޔާފައި އިބޫ ދޮންހޮޅީގައި ތާށިވެ ތިއޮތީ ސަލާމަތްނުވެވިފަ ސާބަސް ހިންނަވަރު މޮޔަ ސޮރު

 5. އަލީ

  ޔާމިނު އެޅުއްވި ހޮސްޕިޓަލުގައި އަގު އެބަހުރި ކަން މިއޮތީ ސާބިތުވެފަ. ދެން ކޮން ވައްކަމެއް ޔާމިނު ކުރިވާހަކަ އެމް.ޑީ.ޕީ ދައްކާނީ؟

  11
  1
 6. މާމީ

  ސޯލިހު ލަދެއްވެސް ނުގަނޭތަ ހޮހަޅަ އެކޭ ކިއާފަ މިހާރު ހޮހަޅަ 4.6 ބިލިއަން ރުފިޔާ ތިޔަހޯދީ ލަދު ކޮބާ؟؟؟؟؟؟

 7. ގެރި

  ތިތަންވެސް ކާލީ ތި

  5
  1
 8. މަސްއުދު

  އޭ އިބުރާހީމާ ކޮބާ ހީވިތަ ކަމެއްހެން! ހޮހަޅަ މިދުއެވީ ކޮސްގޮވާ އިބުރާހިމްގެ ސަރުކާރު ދަމަހަްޓ ސަބަބަކަށ! ދެން ލަލަލާ