ކުރީގެ ރައީސް އަބްދުﷲ ޔާމިންގެ ސަރުކާރުގައި ހިޔާ މަޝްރޫއުގެ ދަށުން އިމާރާތްކޮށްފައިވާ ހައުސިން ޔުނިޓުތަކަށް ކަރަންޓުގެ ހިދުމަތް ދިނުމަށް ގެނެވިފައިވާ ކަރަންޓު ކޭބަލްތަކާއި ގެއްލުނު މައްސަލަ ފުލުހުންނާއި ގުޅިގެން ތަހުގީގު ކުރަމުންދާ ކަމަށް އެޗްޑީސީން މިއަދު ބުނެފިއެވެ.
އެޗްޑީސީންު ނެރުނު ބަޔާނެއްގައި ވިދާޅުވީ، ކޭބަލްތައް ގެއްލިފައިވާކަން މިކޯޕަރޭޝަންގެ ސަމާލުކަމަށް އައުމާއި އެކު ކުންފުނީގެ އިންޓާނަލް އޮޑިޓުންނާއި ފުލުހުންނާއި ގުޅިގެން ތަހުގީގު ކުރެވެމުންދާ ކަމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުން ގެއްލިފައިވަނީ 32 މީޓަރުގެ ކޭބަލެކެވެ.
އެޗްޑީސީން ވިދާޅުވީ، ފޭސް ދޭއް ސަރަޙައްދުގައި މީހުން ދިރިއުޅެން ފެށުމުގެ ކުރިން ކަރަންޓުގެ ހިދުމަތް ދިނުމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުން ދާއިރު މިފަދަ ކަމަކާއި ކުރިމަތިވުމަކީ މިކަމުގެ ސަބަބުން މިމަޝްރޫއު ހިންގުމަށް އެތަކެއް ދަތިތަކެއް ކުރިމަތިވެގެން ދާނެ ކަމެއް ކަމަށެވެ.
އެޗްޑީސީން ވިދާޅުވީ، ހުޅުމާލެ ފޭސް ދޭއް ގައި ގިނަ އަދަދެއްގެ ރައްޔިތުންތަކެއް އާބާދުވެގެން ދާއިރު ކޮންމެހެން ހުންނަން ޖެހޭނެ އަސާސީ ހިދުމަތްތައް ގާއިމުކުރުމުގެ މަސައްކަތްތައް ހުއްޓުމަކަށް ނުގެނެސް ތާވަލުތަކާއި އެއްގޮތަށް ކުރިއަށް ގެންދިއުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަމުންދާނެ ކަމަށެވެ.
މިސަރުކާރު ވައްކަންނުކުރާނީ ކޮންއެއްޗަކުން މިއިންވެސް ވައްކަން
32މީޓަރު! ތިހާދިގުކޭބަލެއްގެއްލުމަކީފަސޭހައިންފޫބެއްދޭނެކަމެއްނޫން! ހައްލެއްހޯދަންދޭއްބައިއަހަރުބޭނުންވާނެ!