މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) މެދުވެރިކޮށް ހިންގާފައިވާ ބޮޑު ހިޔާނަތް ބެލުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެކުލަވާލާފައިވާ އެސެޓް ރިކަވަރީ ކޮމިޝަނުން، އެ މައްސަލައިގައި ޝާމިލްނުވާ މީހުންގެ ނަންތައް ވެސް މަންފާ ލިބުނު މީހުންގެ ލިސްޓަށްލުމަށް މަސައްކަތްކުރާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ އެމްޑީޕީ މެމްބަރު އަލީ އާޒިމް ތުހުމަތު ކުރައްވައިފިއެވެ.

ހިޔާނާތުގެ ފައިސާ ލިބުނު 281 މީހެއްގެ ނަމާއެކު އެސެޓް ރިކަވަރީ ކޮމިޝަނުން ވަނީ ރައްޔިތުންގެ މަޖިލިހުގެ ޖުޑިޝަރީ ކޮމިޓީއާއި ސަލާމަތީ ޚިދުމަތްތަކުގެ ކޮމިޓީ (241 ކޮމިޓީ) ހިމެނޭހެން އެކުލަވާލާފައިވާ ކޮމިޓީއަށް ފޮނުވައިފައެވެ. އެ ލިސްޓުގައި އާޒިމްގެ ނަން އޮތުމުން، އޭނާ ވަނީ ކޮމިޓީގެ މަސައްކަތުން ފެއަށް ޖެހިވަޑައިގެންފައެވެ.

އާޒިމް މިއަދު "ވަގުތަށް" ވިދާޅުވީ ކޮމިޝަނުން އެކުލަވާލި ލިސްޓްގައި އޭނާގެ ނަން އޮންނަންވީ އެއްވެސް ސަބަބެއް އެނގިވަޑައިނުގަންނަވާ ކަމަށެވެ.

"ހިޔާނާތުގެ ފައިސާއެއްގައި ޖެހިފައެއް ނޯންނާނެ" އާޒިމް ވިދާޅުވިއެވެ.

ކޮމިޝަން އުފެދި ދެ އަހަރާއި ބައިވެގެން ދިޔައިރު އެއްވެސް އިރެއްގައި ހިޔާނާތާ ގުޅޭ ގޮތުން ސުވާލެއްވެސް ކޮށްފައިނުވާއިރު ނަން އޮންނަން ޖެހުނު ސަބަބާ މެދު އާޒިމް ސުވާލު އުފެއްދެވިއެވެ.

"އެއްވެސް ހިސާބަކުން ސުވާލެއް ނުކުރޭ. އެސެޓް ރިކަވަރީ ކޮމިޝަނުންވެސް، އޭސީސީންވެސް" އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލިހުގެ މެޖޯރިޓީ ލީޑަރު ކަން ވެސް ކުރައްވާ އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ، ކޮމިޝަނަށް އެކި ފަރާތްތަކުގެ ނުފޫޒު ފޯރުވައި ލިސްޓަށް މީހުންގެ ނަން އިތުރުކުރުމަށް އެސެޓް ރިކަވަރީ ކޮމިޝަނުން ކުރަމުންދާ ކަމަށެވެ.

"އެއީ ޔަގީން ކަމެއް. އިތުރު ސުވާލެއް ނެތް މިކަމަކު. ކަމާއި ނުގުޅޭ މީހުންގެ ނަންތައް ލިސްޓަށްލާން ކޮމިޝަނުން މަސައްކަތްކުރޭ" އާޒިމް ވިދާޅުވިއެވެ.

އާޒިމް މިފަދަ ތުހުމަތުތަކެއް އެސެޓް ރިކަވަރީ ކޮމިޝަނަށް ކުރެއްވި އިރު، ހިޔާނާތުގެ ލިސްޓުގައި ހިމެނޭ މީހުންގެ ނަންތައް ހާމަކުރަން އާންމުން ދަނީ ކޮމިޓީއަށް ގޮވާލަމުންނެވެ. އަދި ތުހުމަތު އޮތް މީހުންގެ ލިސްޓުގައި ހިމެނޭ، ސަރުކާރާއި ދައުލަތުގެ އެކި މަގާމުތަކުގައި ތިބި މީހުން އެ މަގާމުތަކުން ވަކި ކުރުމަށް މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވަނީ ހުށަހަޅުއްވައިފައެވެ.

ޚިޔާނާތުގެ ތުހުމަތު އޮތް އެ މީހުންގެ ލިސްޓު އާންމު ކުރުމާ މެދު ވެސް ބައެއް ޚިޔާލު ތަފާތުވުންތަކެއް އެބަ އޮތެވެ. އެމްޑީޕީގެ ބައެއް އިސް މެންބަރުން ވަނީ ތަހުގީގު ކުރިއަށްދާތީވެ އެ ލިސްޓު ސިއްރު ކުރަން ޖެހޭ ކަމަށް ވަކާލާތު ކުރައްވައި ވާހަކަ ދައްކަވައިފައެވެ. ލިސްޓު މަޖިލީހާ ޚިއްސާކުރި އެސެޓް ރެކެވަރީގެ ރިޔާސީ ކޮމިޝަނުން ވެސް ވަނީ އެ ގޮތަށް އެދިފައެވެ. މިކަމާ ގުޅިގެން އާންމުންގެ ފާޑުކިއުންތައް ވެސް ވަނީ އަމާޒުވެފައެވެ.

އެމްއެމްޕީއާރުސީ މެދުވެރިކޮށް ޓޫރިޒަމް ބޭނުމަށް ދޫކޮށްފައިވާ ފަޅުތަކާއި ފަޅު ރަށްތަކުން ދައުލަތަށް ލިބެން ޖެހޭ ބިލިއަނަކަށް ވުރެ ގިނަ ރުފިޔާއަށް ޚިޔާނާތްތެރިވެފައިވާއިރު، އެ ފައިސާ އަނބުރާ ދައުލަތަށް ހޯދުމަކީ ރައީސް އިބްރާޙީމް މުޙައްމަދު ސޯލިހްގެ ރިޔާސީ ވައުދުފުޅެކެވެ. އެ ކަމަށް ޓަކައި ރިޔާސީ ކޮމިޝަނެއް އެކުލަވާލައްވައި، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ގެ އޮފީހާއި، ފުލުހުން ހިމެނޭ ގޮތަށް ޖޮއިންޓް އިންވެސްޓިގޭޓިވް ކޮމިޝަނެއް ވެސް އެކުލަވާލާފައިވެއެވެ. އެކަމަކު ހަލުވިމިނެއްގައި މައްސަލަ ކުރިއަކަށް ނުދެއެވެ.

ކިޔުންތެރިންގެ ހިޔާލު

30 ކޮމެންޓް

 1. ރައްޔިތުން

  އެޅި ބައިން ލިބުނު ބައި ގިނަ، އޭގެ ބޭނުން ކުރުމަށް އެހެން މީހުންނާއި ހަވާލުކުރި، މިއަދި ގޮވާނީ ތިހެން، ގާމުން ފަގީރުނަންނަށް ދިން ނަމަ އެމީހުންގެ ފަގީރު ކަމުން އަރައިގަނެވުނީސްތާ!

  24
 2. ކޮތަރު

  ކަމާ ނުގުޅޭ މީހުނަށް ހުކުމް ކޮށް ޖަލައް ލެވޭ. ތިމާ މީހާޔާ ޖެހުނީމަ ކަމާނުބެހޭ ސަޅި ތިހުރީ އަޅާ އަޅާ ފައިކޭޓް ފުރިފަ ދެން ރެކެން ނޫޅެ

  32
 3. ބޮޑުގުޅަ

  މަށޭ ކިޔާތަ؟

  29
 4. ގުވަ

  މިސޮރު ފަޔަށް ހިނިއަރައިގެން މިއުޅެނީ ކީއްވެބާ؟!

  30
 5. ޙޯރަ

  ޙަހަހަހަ!

  ތިއޮތީ މަ ބުނިތަން ފެނިފަ.

  28
 6. ފަޒް

  ތިމާމީހާގެ ނަން އޮތީމަ ހަޖަމުނުވީދޯ، ހަމަގައިމު އަހަރެންގެ ނަމެއް ނޯންނާނެ، އެއީކީއްވެ . ޢަހަރެން އެކަމުގައި ބައިވެރިނުވާތީ، އާޒިމް ކިހާވަރެއްލިބުނުތަ؟

  32
 7. އަލީ

  ނިމޭއިރު ކަމާގުޅޭ މީހަކު ނުހުންނާނެ. ވަރަށް ސަލާމް

  29
 8. އެލެކްސް

  ކާކުއެއްބަސްވާނީ ތިލާރި ކޭކަމަށް އެއްވެސް މީހެއްނުބުނާނެ. އަދިވެސް ހިތައްއެރި އެއްޗެއް ގޮވަމުންދުވޭ ރާކަނިމަސް ކެވި ފަ ތިހިރީ. މާލޭބޭ ފުޅެއްވިއްޔާ

  27
 9. ނޫސްކިޔާމީހާ

  އަޅޭ ރައީސް ޔާމީން ވިދާޅުވި ތިމަންނަ ޚިޔާނާތުގެ ފައިސާގަ ނުޖެހެމޭ. އެކަމު އެކަން ޤަބޫލު ކީއްވޭ ކަލޭމެން ނުކުރީ . އެހެންވީމާ ކަލޭ ތިދައްކާ ވާހަކަ އެއްވެސް މީހަކު ޤަބޫލު ނުކުރާނެ ޚިޔާނާތުގެ ލިސްޓްގަ ނަން އޮންނާނީ ކޮންމެސް ކަމެއްވީމާ.

  24
 10. ނަައީމް

  ކަމާނުބެހޭމީހާބަންދުގަ ސަޅިވެރިކަމެއް ރައްޔިތުންނައް ކޮށްދެއްވީ ގަޓުހުރިވެރިމީހާ ޔަށް ތިހަދާގޮތް ރައްޔިތުން ދުވަހަކުވެސް ހަދާންނުނެތޭނެ ހަމަ ރައީސްޔާމީންވަރެއްނެތް އެދުމަކީ އަބުރާއައުން

  26
 11. ޙަލީމު

  ދެން އެކުން ވާހަކަ ގިނަނުކޮށް ތިޔަ ލިސްޓު ރައްޔިތުންނާ ޙިއްސާކޮލަގަ!

  24
 12. Alibe

  ހާދަ ވަރަކަށް ތިޔަ ތެޅެން ފެށީ، ތިވަރުވީމަ ރައްޔިތުމީހާއަށްވެސް ކޮންމެވެސް އެއްޗެއް ވިސްނޭނެދޯ؟

  23
 13. ވެރިން

  އާޒިމުގެ ނަން އޮތީމާ ކޮނިޝަނަށް ނު ފޫޒު ފޯރުވިކަމަށް ތިބުނީ ނޫން ނަމަ އޯކޭ، މިހާރު އާޒިމު އަށް ވެސް ގަބޫލު ކުރެވޭނެ ރައީސް ޔާމީންގެނަން ވެސް ތިޔަލިސްޓަށް ލާ ަފ އޮތީ ބަޔެއްގެނު ފޫޒުން ކަން

  23
 14. މައިކް

  އާޒިމް އެހެވެންޖެޔާ ކަލޭގެ ހުރި ތެދުވެރިކަން އެގޭނީ ކަލޭ ތި އަސްލު ލިސްޓް ރައިތުން ނައް ހާމަކުރޭ

  20
 15. އާއިޝަތު ރަފީޢު ، ގ.ކަރަންކާމާގެ ( ޑާ )

  އާޒިމޫމޫމޫމޫމޫމޫމޫމޫމޫމޫ އަވަހަށް ޖަލަށްދާން ރެޑީވޭ. ވަގު ހުރި ގޮތްބަލާބަލަ އެމްއެމްޕީއަރުސީ ލާރި ބަޑު އަޅައިގެން.

  17
 16. Anonymous

  މިސްކިތު ހުޅުޖެހިީ މަށެޭބުނިތަ

  20
 17. ވައިކިންގ

  ބޮން ގޮއްވި މީހުންވެސް އެބަބުނޭ އެމީހުންނެއް ނޫނޭ. ދިމާލަށް ހެކިފެންންއިރުވެސް ބުނަނީ "ތިމަނަނައެއް ނޫނޭ، ތިމަންނަޔާ ހާދަ ވައްތަރޭ". ބުނަން ވާހަކައެއް. ކީރިތި ﷲ އަކަށް އޮޅުވައެއް ނުލެވޭނެ. މަރުވުމަށްފަހު އެކުރިމަތިވަނީ ޙަޤީޤީ ޢާލަމް. ތިޔަގޮތަށް ވާހަކަދައަކަން ދުނިޔެ ދެއްވާފަވަނީ ހަމަ ހިނދުކޮޅަކަށް.

  20
 18. ހުސެން

  ބުރޯ ދެން ބޮޱާ ނަހާކާ.

  20
 19. ދުންމާރި

  މިކަލޭގެޔަށް މިވަނީ މިސްކިތު ހުޅުޖެހިމީހާޔަށްވީވަރުތާ؟ލާދީނީ އެމްޑީޕީގެ މީ ބޮޑު ޖާހިލެއް ލިބުނު މިންވަރު ހިތަށްވަނީމަ ބިރު ގަންނާނެ

  20
 20. އަބްދޫ

  ޖިއެމްއާރުން ނަގާފަ އެމްމއެމްޕީއާރު ސީންވެސް ނެގީތަ؟އަދީބު އޮއިއްޓެ މެދުވެރިކޮށް ނަސީދުއާއި ހަވާލުކުރި ފައިސާތަކުން ބައެއް ލިބުނީ އުތަ؟ ދެން ހިތުގަ ޖެހިފަ ނުގުޅޭ މީހެކޭ ނުލިބެޔޭ ނުކުރަމޭ ނު ބުނޭ ބުނޭމަށަށްވެސް ލިބުނޭ މަށަށްދިނީ މިވެނި މީހެކޭ އެއީ ހިޔާނާތުގެ ފައިސާއެއް ނޫނޭ.

  21
 21. ޙެހެ

  .ނަންއޮތީމަ ހާސްވީދޯ..އަޅާނުލާ އަދި ޕޮއިންޓް ދޭއިއިރު ނުހޮވިދާނެ.

  18
 22. ވައިހޭމުހައްމަދު

  ކަލޯ އާޒިމޫ ކަލޭ ހާދަވަރަކަށް ބިރުން ތިޔަ ތެޅެނީ ދިރިއޮތް މަހެއް ތެޅޭހެން، މިހާރު ހަމަޔަޤީން ވެއްޖެ އިއްޒަތްތެރި މެމްބަރު ތިކަމުގައި އަމަލީގޮތުން ބައިވެރި ވެފައި ވާކަން، ކޮމެޓީ އިން ކީއްވެ ބާ އާޒިމްގެ ނަންޖަހަން ވީ، ކަލޯ މިފަހަރު ބެދިއްޖެ ދޯ؟ ޔާމިން ޖަލަށްލާފައި އާޒިމް ހާދަވަރަކަށް އުފާކުރިޔޭ ދޯ؟ ހަޤީޤީ ވަގުން ފަޅާއަރަނީ ދޯ؟ ޢެމްއެމްޕީއާރުސީގެ ހިޔާނާތްތެރިން ނަށް އިންސާފްއަރާހަމަކުރާނެ، މިއަދު ނުވެއްޖިއްޔާ މާދަންވެސް،

 23. ހުސޭނުބޭ

  މިސްކިތް ހުޅުޖެހިމީހާ އުޅެނީ އެހެން

 24. ބުރޯ

  މަށަކަށް ނޭންގެ މަގޭ އެކައުންޓަށް މިލިއަނެއް ޖަމާވިކަމެއް. އެހެން ހުރެފަ ރައްޓެހިން ސައެއް ވައަޓާލާ. ހަމަ އެހެން މަވެސް އެމީހުންނަށް ސައެއް ވައްޓާލަން. ކޮބާ މައްސަލަ އަކީ.

 25. ޢިޔާބު

  މިސޮރުމެންނާ ޖެހުނީމަ މމޕރސ ނުވެސް ނެތް

 26. އިބްރާ

  ބުހުތާނު ދޮގު ހައްދަވާ ބޭ ފުޅެއް.

  12
 27. ޢަގީލަންބާ

  ޢެހެންވީމާ ތި ކޮމިޝަނުގެ އިޚުލާސްތެރިކާއި މެދު ސުވާލު އެބަ އުފެދޭ. ތި ލިސްޓްގަ ދެންތިބި މީހުންނަށްވެސް ތިހެން ބުނެވިދާނެ ދޯ

 28. އިހުސާސް

  ބިލިއަނަކަށް ވުރެއް ގިނަރުފިޔާ ހޯދަން އެކުލަވާލި ރިޔާސީ ކޮމމ މިޝަނަށްވެސް މިހާރު މމ މުސާރަޔާ އިނާޔަތުގެ ގޮތުގައި އަދި ކޮމ މިޝަނުގެ މަސައްކަތުގެ ހަރަދައްވެސް ބިލިއަނެއްހައި ރުފިޔާ ހަރަދުވެދާނެ، ފެންނަން އޮތީ ދެއްކުނީ ރިކަވާ ކުރެވުނީ ކޮން އެއްޗެއްތޯ އެވެ. ހައްތަހާވެސް ޖަވާބު ނުލިބޭ ސުވާލު، ހަރަދު ނޫން އެއްޗެއް ނުދޭ، ހިތާ މަހުރި ކަންކަން

 29. މަސްއޫދު

  ކަމާ ނުގުޅޭ މީހުން ލިސްޓުގައި ހިމަނައިފައޭ ޢަލީ އާޒިމު ބުނާއިރު ލިސްޓް އެކުލަވާލުމުގެ ކުރިންވެސް ވައްކަމުގެ ތުމަތު ޢަލީ އާޒިމުއަށް އަމާޒުކޮށް އެތަކެއް ބަޔަކު ބުނަމުންދިޔަ! ވައްކްން ކުރާމީހާ މިކުރީ ވަށްކަމެކޭ ބުނީ ކޮންޒަމާނެއްގައިތޯ ޢަލީ އާޒިމިކުއާ ސުވާލުކުރަންބޭނބޭނުން!

 30. ކިނބޫ

  ކަމާ ނުބެހޭ މީހުންނަށް ކަލޭގެ މުޑުދާރު އަނގައިން ހާދަ އެތިވަރުތަކެއް ގޮވައޭ! ބޮޑު ވަގާ!