މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަންސް (އެމްއެމްޕީއާރްސީ) މެދުވެރިކޮށް ރާއްޖޭގެ ފަޅުތަކާއި ރަށްތައް ވިއްކައިގެން ހިންގާފައިވާ ހިޔާނާތުގައި، ފައިސާ ލިބުނު މީހުންގެ ލިސްޓު ރައްޔިތުންގެ މަޖިލީހުން ހާމަކޮށްފައިވަނީ ޒިންމާދާރުކަން ނެތް ގޮތެއްގައި ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ގާސިމް މިހެން ވިދާޅުވީ "ވަގުތު" އަށް ދެއްވި އިންޓަވިއުއެއްގައެވެ. މަޖިލީހުން އާންމުކުރި ލިސްޓާއި ގުޅޭ ގޮތުން ގާސިމް ވަނީ ފޯނު މެދުވެރިކޮށް ވަރަށް ދިގުކޮށް "ވަގުތު" އާއި ވާހަކަ ދައްކާފައެވެ.

ގާސިމް ވިދާޅުވީ މަޖިލީހުން ލިސްޓް އާއްމުކޮށްފައިވަނީ ޒިންމާދާރުކަން ކުޑަ ގޮތެއްގައި ކަމަށެވެ. ލިސްޓު އާންމުކުރުމަކީ ބައެއްގެ ހިތުގައި ޒާތީ ހަސަދައެއް އޮވެގެން ކުރި ކަމެއްނޫން ބާ ވާއޭވެސް ގާސިމް ވިދާޅުވިއެވެ.

ގާސިމް ދެކިވަޑައިގަންނަވާ ގޮތުގައި އެމްއެމްޕީއާރްސީގެ ތަހުގީގަކީ އަދި ފުރިހަމަ ކުރެވިފައިވާ ތަހުގީގެއް ނޫނެވެ.

ގާނޫނު އަސާސީއާ ހިލާފު

ހާއްސަ މަޖީލިހުގެ ރައީސްކަމާއި ރައްޔިތުންގެ މަޖިލީހުގެ ރައީސްކަންވެސް ކުރެއްވި އަދި މާމިގިލި ދާއިރާގެ މެމްބަރުކަން ކުރައްވަމުން ގެންދަވާ ގާސިމް ވިދާޅުވީ، މަޖިލީހަކީ ދައުލަތް ޖަވާބުދާރީ ކުރުމަށް އޮންނަ ވަކި ބާރެއް ކަމަށާއި އެ މަސައްކަތް މަޖިލީހުން ކުރަމުން ދާން ޖެހޭނެ ކަމަށެވެ. އަދި މަޖިލީހަށް ބޭނުންވާ އެކި މައްސަލަތަކުގެ މައުލޫމާތުތައް ހޯދައި ދިރާސާކުރުމަކީ މަޖިލީހަށް އޮންނަ ބާރެއް ކަމުގައި ވެސް ގަބޫލުފުޅު ކުރައްވާ ކަމަށް ވިދާޅުވިއެވެ.

އެހެންނަމަވެސް އެކަންކަން ކުރަންވާނީ ގާނޫނޫ އަސާސީއާ ގާނޫނުގައި ހިމެނިފައިވާ ދާއިރާގެ ތެރެއިން ކަމަށް އޭނާ ވިދާޅުވިއެވެ. ތަހުގީގު ކުރަމުންދާ މިފަދަ ބޮޑެތި މައްސަލަތަކުގައި ކޮމިޓީގެ ބައްދަލުވުންތަކާއި މަޖިލީހުގެ ޖަލްސާތައްވެސް ބާއްވަން ވާނީ ސިއްރުން ކަމަށް 18 އަހަރަށްވުރެ ގިނަ ދުވަހު މަޖިލީހުގެ މެމްބަރުކަންން އަދާކުރައްވަމުން ގެންދަވާ ގާސިމް ދެކިވަޑައިގަންނަވައެވެ. އެއީ މީހުންގެ "އިއްޒަތުއް ނަފްސު" ސަލާމަތް ކުރުމަކީ އެއީ މުހިއްމު ކަމެއް ކަމަށް ވާތީ ކަމަށް ގާސިމް ވިދާޅުވިއެވެ. އަދި ކުށެއް ނެތް މީހަކީ މައުސޫމް މީހެއް ކަމަށް ގާނޫނު އަސާސީގައިވެސް ބަޔާންވެސް ކޮށްފައިވާތީ ކަމަށް ގާސިމް ވިދާޅުވިއެވެ.

ހިޔާނާތުގެ ފައިސާކަން އެނގޭ ބާ؟

ރިޔާސީ ކޮމިޝަނުން އެކުލަވާލާފައިވާ ހިޔާނާތުގެ ލިސްޓު ވަނީ މިދިޔަ ބުރާސްފަތި ދުވަހު މަޖިލީހާ ހިއްސާކޮށްފައެވެ. ޖުޑިޝަރީ ކޮމިޓީއާ ސަލާމަތީ ޚިދުމަތްތަކުގެ ކޮމިޓީ (241 ކޮމިޓީ) އިން ވަނީ ލިސްޓު ދިރާސާކުރުމަށް ފަހު، އިއްޔެ އެ ލިސްޓު އާންމުކޮށްފައެވެ. ތަހުގީގަށް ބޭނުންވާ މަދު މައުލޫމާތެއްގެ މައްޗަށް ހިމެނޭ މި ލިސްޓު މިފަދަ ގޮތަކަށް އާންމު ކުރުމުން އެތައް ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރުމުންނެވެ.

ހިޔާނާތުގެ ފައިސާ 281 މީހަކަށް ލިބިފައިވާ ކަމަށް ލީކުވި، ކޮމިޝަންގެ ލިސްޓުގައި އޮތަސް މަޖިލީހުން ނެރުނު ލިސްޓުގައި ތިބި މީހުންގެ އަދަދު މަދެވެ. ލިސްޓުގައި ހިމެނޭ މީހުންގެ ތެރޭގައި ބައެއް އިސްވެރިންނާއި މަޖިލީސް މެމްބަރުންގެ އިތުރުން ބައެއް ވިޔަފާރި ކުންފުނިތައްވެސް ހިމެނެއެވެ. އަދި މިނޫންވެސް އެހެން ފަރާތްތައް ހިމެނެއެވެ.

ހިޔާނަތުގައި ހިމެނޭ ބައެއް މީހުންނަށް ފައިސާ ލިބުނު އަދަދު ނެތުމަކީވެސް ތަހުގީގު ފުރިހަމަ ކުރެވިފައިނުވުން ކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ. ފައިސާ ލިބުނު ލިސްޓުގައި ބުނެފައިވާ އެތައް ފަރާތަކާއި ސުވާލު ކޮށްފައިނުވާކަން ވެސް އެނގެއެވެ.

ކުރީގެ ނައިބް ރައީސް އަދި ޓޫރިޒަމް މިނިސްޓަރުކަންވެސް ކުރެއްވި އަހުމަދު އަދީބު އަދި އެސްއޯއެފުން ދެމުން ގެންދިޔަ ފައިސާ އަކީ އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގެ ފައިސާކަން ދެނަހުރި ފަރާތެއް މި ލިސްޓުގެ ތެރޭގައި އެބައޮތްތޯ ވިދާޅުވެ ގާސިމް ސުވާލު އުފެއްދެވިއެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މިއިން އެއްވެސް ބޭފުޅަކަށް ނޭގެނެ. އެހެނީ ބުއްދި ސަލާމަތުން ހުރި އެއްވެސް މީހަކަށް އެއީ މިފަދަ ބޮޑު ހިޔާނާތަކުން ހޯދާފައިވާ ފައިސާކަން އެނގޭނަމަ ދިނަސް އެ ފައިސާ ލިބިއެއްނުގަންނާނެ" ގާސިމް ވިދާޅުވިއެވެ.

ސިޔާސީ ޕާޓީތަކުން، ޕާޓީތަކުގެ ވެރިންނަށާއި އެކި އިންތިހާބުތަކުގައި ކުރިމަތިލާ މީހުންނަށާއި، ޕާޓީތައް ކުރިއަރުވަން ބޮޑެތި އަދަދުން ގިނަ ބަޔަކަށް ފައިސާ ހަރަދުކުރަމުންދެއެވެ.

ޕީޕީއެމްގެ ނައިބް ރައީސް ކަމާއި ޓޫރިޒަމް މިނިސްޓަރުކަމުގައި އަދީބު ހުންނެވިއިރު ޕާޓީގެ މެމްބަރުންނަށާއި އެހެނިހެން ފަރާތްތަކަށް ހަރަދު ކުރަމުން ގެންދެވިކަމަށް ވެއެވެ. އެއީ ހުރިހާ ޕާޓީތަކަކުންވެސް އާންމުކޮށް ކުރަމުންދާ ކަމެކެވެ. އެއީ ޕާޓީތައް ކުރިއެރުމަށާއި އިންތިހާބު ތަކުގައި ކާމިޔަބު ހޯދުމުގެ އިތުރުން ޕާޓީގެ މަގްސަދުތައް ހާސިލްކުރުމަށްޓކައެވެ.

މިފަދަ ކަމެއް ޝަރީއަތަށް ސާބިތުކޮށް ދެވިދާނެބާ؟

"އެސްއޯއެފުން ޑޮލަރު ގަތް މީހުންނަށް އެ ޑޮލަރަކީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާކަން އެނގެނީ ކިހިނެއްތޯ؟ ޕާޓީތަކާއި އަދި އެހެން ފަރާތްތަކަށް އަދިބާ އެސްއޯއެފުން ދެއްވަމުން ދިޔައިރު އެއީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާކަން ސަރުކާރުން ނުވަތަ އެހެންވެސް ފަރާތަކުން ހިޔާނާތުގެ ފައިސާކަން އަންގައި ދިނުމަށްޓަކައި އެއްވެސް އިއުލާނެއް ނުވަތަ އިޝާރާތެއްވެސް ކޮށްފައިވޭތޯ؟ އެފަދަ ކަމެއް ނެތްނަމަ ކިހިނެއްތޯ އެ ލާރީ ލިބުނު މީހުންނަށް އެނގެނީ އެއީ ނަހަމަ ގޮތުގައި ހޯދާފައިވާ ހިޔާނާތުގެ ފައިސާކަން" ގާސިމް ވިދާޅުވިއެވެ.

މިހެން މިކަން އޮތްއިރު ދައުވާކޮށްގެން ސާބިތު ކޮށްދެވެނީ ކިތައް މައްސަލަތޯ ގާސިމް ސުވާލު އުފެއްދެވިއެވެ. އޭނާގެ ނަޒަރުގައި ދައުވާކުރަން ޖެހޭނީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާކަން އެނގިތިބެ ލިބުނު މީހުންނަށެވެ.

މި ނުކުތާތައް ފާހަގަކުރެއްވުމަށް ފަހު ގާސިމް ވިދާޅުވީ އޭނާގެ ނިޔަތަކީ އެއްވެސް މީހަކު ދިފާއު ކުރުމެއްވެސް ނޫނެވެ. އަދި ވަކި މީހަކު ކުށްވެރި ކުރެއްވުމެއް ވެސް ނުމެ ނޫންމެއެވެ. ކޮންމެ މުއައްސަސާއަކުން ވެސް އަމަލު ކުރަން ޖެހޭނީ ގާނޫނު އަސާސީއާ ގާނޫނުގައިވާ ގޮތުގެ މަތިން ކަމަށް ގާސިމް ވިދާޅުވިއެވެ.

މަޖިލީހުން އާއްމުކުރި ލިސްޓްގައި ނަން އޮތް ވަރަށް ގިނަ ބަޔަކު ގެންދަނީ އެމީހުންނަށް ހިޔާނާތުގެ ފައިސާ ލިބިފައި ނުވާކަމަށް ބުނަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

30 ކޮމެންޓް

 1. ލޮލް

  75 އަހަރުގެެ ގާސިމް ޒުވާން ކަމުގަ

  31
  6
 2. ޢާލިމް

  ގާސިމް ބުނިނަމަވެސް ތީ ހަމަ ހެޔޮ ވާހަކައެއް.

  71
  17
 3. މު ން ޖި ދު

  ވަގު ލާރި ގަނޑު ބެހީ ޒިންމާދާރު ބޮޑު ގޮތަ ކަށް ކަމަށް ދޯ ސޭޓު ކަލޭގެ އަށް ފެންނަނީ ؟

  21
  6
 4. ލލ

  އަދީބު ބެހި ހަދިޔާ ލިބުނު މީހަކުވެސް މިހާރަކު މިރާއްޖެއަކު އުޅޭހެނެއް ހިޔެއްނުވޭ ! އެންމެންވެސް ބުނަނީ އަދީބުގެ ހަދިޔާ އެއް ނުލިބެޔޭ !

  21
  1
 5. އަލިބެ

  ހިޔާނާތްތެރިވީ ގާނޫނާ އެއްގޮތަށް ދޯ

  25
  3
 6. އަސްލަމް

  ގާސިމް ބުނިހެން އިއްޒަތަށް ނަފްސަށް ގެއްލުން ނުލިބޭގޮތަށް ގާނޫން އޮތްއިރު ކީއްވެތޯ ޔާމީނަށް މިދެންނެވި އަނިޔާ ލިބެނީ؟ ހަމަ ޔަގީނުންވެސް މިއަދާއި ހަމަޔަށް ދައުލަތަކަށް ސާބިތުކޮށްދެވިފައިނެތް ޔާމީން އެކައުންޓަށް ޖަމާވި ފައިސާއަކީ ބޮޑު ހިޔާނާތުގެ ފައިސާކަމެއް. އަދި ޔާމީންގެ އިއުތިރާފެއްވެސް އެކަމުގައި ނެތް. އެހެންވީމާ ޔާމީނުއަށް ކޮށްފައި އޮތް ހުކުމަކީވެސް ބާތިލް އެއްޗެއްކަމަށް ހަމަ އެގާނޫނުގައި އޮތީމާ މުޅި މިމައްސަލަ ދެކޮޅު ޖެހޭނެ ގޮތެއް ނެތްކަން ސާފްވޭ ނޫންތޯ؟

  35
  2
 7. Anonymous

  ތިގޮވާލުމަށް މީހަކު ސަޕޯޓެއް ނުކުރާނެ ކަލޭގެ އައުވާނުން ފިޔަވާ ކަލޭވެސް މުއްސަދިވެފައިތި ހުރީ ހަމަ އެއުސޫލުން

  22
  9
 8. އަހުމަދުކަ

  އެއި ތެދެއް މީނާމީ އެންމެ ޒިންމާދާރު މީހާ ޒިންމާދާރު ކަމުން މަޖިލީހު ދޮރުން އެތެރެ ނުވާތާ ދޮޅު އަހަރު

  26
  2
 9. އައިޝް

  ފިރުޢައެން ބަލާލީމަވެސް އެނގޭ އެފައިސާ މިފައިސާގައި ނުޖެހޭނެ ކަން ކިހާ މުނާފިޤުން ދުވަހަ ކުވެސް ތެދެއްނުހަދާނެ!

  18
  2
 10. އެލެކްސް

  ގާސިމް ތިބުނީ ހެޔޮ ކކޮއް ސްވާލަ ކީ ގާސިމްގެ ރިސޯޓް ތަކ ކުގައި ހުއްދަ ނުހޯދާ އަޅާއިމާރާތައް އެއީ ކިހިނެއް އެޅޭނެ ތަންތަނެއްތޯއޭ؟؟ ސްޓަރފުންނަށް ހެދިފައިވާ ގަވާއިދުތަ ކާއި ހިލާފަށް އަދިވެސް ތިއުޅެނީ ހަމަ މުސާރަނުދީ. ސްޓަރފުންނަށް މެޑި ކަލް ސް ކީމެއް ނޯވޭ ސްޓަރފުން ތިގެންގުޅެނީ އަޅުވެތި ކޮއްގެން ގާނޫނު ތިހަދަނީ މަނި ކުފާނުވެސް ހިއްސާވެގެން ކީއްވެހޭ ގާނޫނަށް ތަބާނުވަނީ؟؟ ކާކކު ކު މި ކަންތައްތައް ބަލާނީ

  22
 11. Anonymous

  ގައުމަށް ގައްދާރު ވަގުންގެ އިއްޒަތެއްނޮއޮންނާނެ

  19
  1
 12. ޢަސާސީ

  މިމީހުން އަދިވެސް ޤާނޫނު އަސާސީއޭ ކިޔަން ލަދު ނުގަނޭބާ؟!

  23
  1
 13. މާމީ

  ދެން ކޮންކަމަކައް ބަލާފަތޯ ތިޔަ ފަޅޯ ކޯލީޝަނުން ރައީސް ޔާމީން ޖަލައްލާން ހުކުމް ކޮއްގެން ތިއުޅެނީ.

  24
  1
 14. ޮމޮޔަސޮރު

  ގާސިމް ރައްޔިތުންގެ ލާރިންބޮޑުމުސާރަނަގައިގެން މަޖިލީހައް ހާޒިރުނުވެ ބަރާބަރައްމުސާ ރަނަގަނީ އެއީ ކަޑައެޅިގެން ހަރާންލާރިޔަކަކައްނުވޭތަ

  22
  1
 15. ރަބަރޭ

  ބަލަ ހަމަ ކަލޭމެން ތިޔަ ރިޕޯޓް އެއް ހާމަ ނުކޮށް ގެން ތެޅިބޭލީވެސް

  17
  1
  • ސަހަނރޯ

   ގުދޯގުދޯ އަދީބު އެއީ ފައިސާ ޖަހާމެށިނެއްބާ!!!! ނޭނގެންވީ ޢެފައިސާ އަކީ
   ވަގުފަިސާކަން ހަމައެނގިގެން ތިބެ ހޯދީ😤
   ރައީސް ޔާމީން އެކައުންޓައް ޖަމާކުރި ރުފިޔާ
   ޥީ ވަގު ފައިސާއައައް😡ސާބިތނުވާ މައްސަލަ
   އަކައް ހުކުމް ކުރީ ކީއްވެބާ؟ހުރިހާ ވަގުން ގޭގަ ރޔ ނުހައްގުން ޖަލުގައި މީދެން
   އަރަތެއްނުންބާ👹👹👹👹 އެމްއެމްޕީއާސީގެ ބޮޑެތިން އެތިބީ ވެރިކަމުގައި
   މިކަން ބެލޭނީ މަހުޟަރު ދުވަހުން ދޯ

 16. އަލްޖިބްރާ

  ތީއަދިނެރެފަ އޮތް ލިސްޓެއް ! ތިޔަލިސްޓް ނެރެފަ ފައިސާލިބުނު މީހުންނނަކީ ކުށްވެރިންކަމަށް ކަޑަ އަޅާފައެއްވެސް ނެތް ! އެކަމަކު ކަލޭ ބުނެ ބަލަ ؟ މިޤައުމުގައި ބަޣާވާތް ކުރުމުގެ އަޑީގައި ކަލޭ ހުރީ ޤާނޫނު އެކަން ކޮންގޮތަކުން ހުއްދަ ކުރީމަތަ ؟ ތީ މުޅި މިޤައުމުގެ ހަލާކު !

  20
  1
 17. ތުރުކީ

  އެހެންވީމާތާ ރައްޔިތުންކިޔަނީ މިސަރުކަރަކީ ތަނެއްދޮރެއް އެނގޭސަރުކާރެއްނޫނޭ ޤާނޫނުއަސާސީ ބޭއްވުމަށްފަހު ހިތުހުރި ގޮތަކަށް މަޖިލީހުންކަންކަން ކުރާާކަށް ނުޖެހެއި ދިއުޅިކެނޑިއްޖެ އިސްތިއުފާ

 18. ާައަހުމަދު

  ގާސިމޫ ބަގާވަތް ކުރުމަކީ ގާނޫންއަސާސީ ހުއްދަކުރާ ކަމެއްތޯ؟ ގިނަމީހުން ތުހުމަތު ކުރާގޮތުގަ ބަގާވާތުގެ އަޑީގަ ހުރީ ގާސިމޯ، އަދި ނުވިތާކަށް މުޅި ދައުލަތް ލޫޓުވަން މިހާރުވެސް ތިމަސައްކަތް ކުރަނީ.

  10
 19. ނުހާ

  ކަލެއަށް ތިޔަ އޮތީ ނިކަން ރަނގަޅަށް އެނގިފައި. ވަގުން ބޭޒާރުކުރީމާ ކަލެއަށް ވީ ޒިންމާދާރު ކަން ކުޑަކަމަކަށް. ކަލޭމެން ބައިތުލްމާލު ވަގަށް ކައި ހުސް ކުރުން ރަނގަޅު. ކަލެއަކީ ވަރަޢުވެރި ޒާހިދު ހިތްތިރި ތަޤުވާވެރި އޯގާތެރި އަޅުވެރި ފަގީރުންނާއި މިސްކީނުންނަށް ތާއަބަދު އެހީވަމުންދާ މަދަދުގާރެއް. والله أعلم

  4
  2
 20. ބާ ބާ

  މަޖިލީހަށް ހާޒިރު ނުވެ މުސާރަ ނަގަނީ ކާކކ ކުބާ8

 21. ބޭބެ

  އެކަމަކުބައެއްމީހުނަށްލިބުނީމައެގޭ އެފައިސާއަކީ ހިޔާނާތުފައިސާކަން
  މިދުނިޔޭގައި ހިގާއެންމެބޮޑުއަޖައިބު

  10
 22. ހިއްހިއް

  ތިޔަލިސްޓުގަ ހިމެނޭ ފަރާތްތަކަށް ސަލާމް ހިއްހިއްހިއް.. އެމްއެމްޕީއާރުސީ ކަތުރުފަނި މުޅި ގައުމުގަ. ގެއްލުނު އެއްހާސް ރުފިޔާގެ ބޮޑެތި ޕަލެޓުތަކުން ފައިސާ ލިބުނު މީހުންގެ އެކައުންޓްތަކުންވެސް ނުފެންނާނެ. ޗާޕުކުރާއިރު ކޮއްމެ ރައޔިތަކަށް މިލިއަނެއްވަރު ދޭންފެނޭ. ރައްޔިތުން ނިކަމެތި ހާލުގަ އުޅޭއިރު ކަލޭމެން އެކަނި ތިހެން ލާރިގަނޑު ބޮނޑިކުރީމަ ވާނެގޮތް ތިވާނީ. ހަމަ ވަރަށް ސަލާމް ދެން.

 23. ކުލީން ކުލީން

  އަދީބް ކިޔާ މީހެއް މި ގައުމުގައި ނެތް ތިޔަ ލިސްޓު ނެރުނު ފަހުން

 24. ހިއްހިއް

  ތިޔަލިސްޓުގަ ހިމެނޭ ފަރާތްތަކަށް ސަލާމް ހިއްހިއްހިއް.. އެމްއެމްޕީއާރުސީ ކަތުރުފަނި މުޅި ގައުމުގަ. ގެއްލުނު އެއްހާސް ރުފިޔާގެ ބޮޑެތި ޕަލެޓުތަކުން ފައިސާ ލިބުނު މީހުންގެ އެކައުންޓްތަކުންވެސް ނުފެންނާނެ. ޗާޕުކުރާއިރު ކޮއްމެ ރައޔިތަކަށް މިލިއަނެއްވަރު ދޭންފެނޭ. ރައްޔިތުން ނިކަމެތި ހާލުގަ އުޅޭއިރު ކަލޭމެން އެކަނި ތިހެން ލާރިގަނޑު ބޮނޑިކުރީމަ ވާނެގޮތް ތިވާނީ. ހަމަ ވަރަށް ސަލާމް ދެން. އެއްމެނަށް ވާވަރަށް ޗާޕްކޮއްބަދޯ...

 25. އަހްމަދު

  މާވަށު ދާއިރާގެ މެމްބަރު ސައީދު ގޮވަމުން ދަނީ އުނި އިތުރު ނުގެނެސް ލިސްޓު އާންމު ކުރާށޭ. ލިސްޓު އާންމު ކުރީމަ މަޖިލިސް ގޯސް ދެން ނެތެންނު ރަނގަޅު އެއްގޮތެއްވެސް. އަހުރެންގެ ނަމެއް ތިޔަ ލިސްޓަކުނެތް. ކީއްވެ؟

 26. ބާބު5

  މިހާރު ގާސިމް އަށް މުއައްޒަފުންވެސް 50 ވޯޓްވެސް ނުދޭނެ ވަރަށް ވާހަ ކަ.

 27. ވަހްތާން

  މިހެން މިކަން އޮތްއިރު ދައުވާކޮށްގެން ސާބިތު ކޮށްދެވެނީ ކިތައް މައްސަލަތޯ ގާސިމް ސުވާލު އުފެއްދެވިއެވެ. އޭނާގެ ނަޒަރުގައި ދައުވާކުރަން ޖެހޭނީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާކަން އެނގިތިބެ ލިބުނު މީހުންނަށެވެ. ޚޮބާތަ ތިބުނާ އެނގިތިބި ލިބުނު މީހުންނަކީ ކަލޭ ކިޔާދޭންވީނު އެނަންތައް ޔަގީންވާ ކަމަކީ ކަލޭ އެލާރިކެޔަސް
  އަމިއްލައަކައް ކަލޭގެ ނަމެއް ނުކިޔާނެކަން ކަލެޔަކީ އެއައްވުރެންމާ އަމިއްލަ އެދުންބޮޑުމީހެއް

 28. ކާންލޮ

  ތީ ބުއްދި ގަބޫލު ކުރާކަހަލަ ވާހަކައެއްނޫން

 29. އަޙްމަދު

  މީނާއަކީ ޤާނޫނު ބޮއިގެން ހުރި މީހެއް.ވަގު ޤާސިމަށް ސަލާމް.