ކޮވިޑް-19 އަށް ޓެސްޓް ކުރުމަށްޓަކައި ސުންކު (ސާމްޕަލް) ނެގުމުގެ މަސައްކަތް ކުރާ ޓީމަކުން އެމީހުން ފަލަސްތީންގެ ރައްޔިތުންނާއިއެކު ތިބިކަން މިއަދު ހާމަކޮށްފިއެވެ.
ކޮވިޑް ސުންކު ނެގުމުގައި ހަރަކާތްތެރިވި މީހަކު "ވަގުތު" އަށް މައުލޫމާތު ދެމުން ބުނީ ފަލަސްތީންގެ ރައްޔިތުންނާއިއެކު ތިބިކަން ހާމަކުރުމުގެ ގޮތުން އެމީހުންގެ ޕީޕީއީގައި މިއަދު ފަލަސްތީން މިނިވަން ކުރުމަށް ގޮވާލާ އިބާރާތެއް ލިޔުނު ކަމަށެވެ. މިޓީމުން ސުންކު ނެގުމުގެ މަސައްކަތް ކުރީ މުނިއުފާގައެވެ.
އޭނާ ބުނީ ސުންކު ނެގުމުގެ މަސައްކަތް ކުރި މީހުން ފަލަސްތީންގެ ދިފާއުގައި ލިޔުމެއް ލިޔުނީ ފަލަސްތީނުގެ އަހުންނާއި އުހުތުންނާއިއެކު ތިބިކަން ހާމަކުރުމުގެ ގޮތުންނާއި، އިސްރާއީލްގެ އަނިޔާވެރި އަމަލުތައް ކުއްވެރިކުރުމުގެ ގޮތުންނެވެ.
"އަޅުގަނޑުމެންގެ މަޤުޞަދަކީ އިސްރާއީލްގެ އަނިޔާވެރި އަމަލުތައް ކުއްވެރިކޮށް ފަލަސްތީންގެ ރައްޔިތުންނާއިއެކު އަޅުގަނޑުމެން ތިބިކަން ހާމަކުރުން. އަދި ފަލަސްތީނަށް ދެމުން ގެންދާ ހަމަލާތަކާއިމެދު މީހުން ހޭލުންތެރިކުރުވުން." އޭނާ ބުންޏެވެ.
މިދިޔަ ހޯމަ ދުވަހުން ފެށިގެން އިސްރާއީލުން ދަނީ ފަލަސްތީނުގެ ޣައްޒާއަށް ވަރަށް ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ. މިހާތަނަށް އިސްރާއީލްގެ ހަމަލާތަކުގައި ފަލަސްތީނުން 122 މީހަކު ވަނީ ޝަހީދުވެފައެވެ. އޭގެތެރޭގައި 31 ކުޑަކުއްޖަކު ވެސް ހިމެނެއެވެ. އިސްރާއީލްގެ ހަމަލާތަކުގެ ސަބަބުން ޣައްޒާގެ ދިހަހާހަށްވުރެ ގިނަ މީހުންގެ ގެދޮރު ގެއްލިފައިވާ ކަމަށް މިރޭ އދ.އިން ވަނީ ބުނެފައެވެ.
ފަލަސްތީން ރައްޔިތުންގެ ދިފާއުގައި މިއަދު ހުޅުމާލޭގައި ސައިކަލް ބުރެއް ވެސް ކުރިއަށް ގެންދިޔައެވެ.
ޙމމމ ތިބުން ފިޔަވާއެހެން ގޮތެއް ނޭންގޭނެ
ޝުކުރިއްޔާ. ދިވެހިން ދިވެހިންގޮތުގައި. 70އަހަރުވީ މިލާއިންސާނީ އަމަލުތައް ހުއްޓުވަން ދުނިޔެ އަބަދުވެސް ނުކުޅެދިފަ. މަށްސަލައަކީ ޔަހޫދިންނާއި އަދި އެހެން ބާތިލް ދީންތަކަށް ތަބާވާ މީހުންނަށް މުސްލިމުން ބަރޯސާވުން. .
MashaAllah
❤❤❤ﷲއކްބަރ
❤❤❤
MashaAllah
ނަމޫނާ ކުދިންކޮޅެއް. ރީތި ތަހުޒީބީ ގޮތަކަށް އަނިޔާވެރިކަމާ ދެކޮޅަށް އަޑު އުފުލުމަކީ ކޮންމެ މީހަކުވެސް ކުރަންވާނެ ކަމެކެވެ. ދިވެހި ރާއްޖެ ރައްޔިތުން ވަނީ ޕަލެސްތީންގެ އަޚުންނާއި އުޚުތުންނާއެކު، ފަލަސްތީންގެ ބިމަށް ވެރިވަގެނެގެން އުޅޭ ޒަޔަނިސްޓުން ޓެރޮރިސްޓުން ބަލިކުރެވޭތޯ ވީހާ ގިނަބަޔަކު އެކި ޕުލެޓުފޯމް ތަކުގަ އަޑު އުލާށެވެ.