އާންމު ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯއްދެވުމަށް މާލެ ސިޓީގެ އިންތިޚާބީ މޭޔަރު އަދި އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް ޑރ. މުޙައްމަދު މުއިއްޒ ޚާއްސަ ވައިބާ ކޮމިއުނިޓީ ގްރޫޕެއް ހުޅުވައިފިއެވެ.

މިދިޔަ އޭޕްރީލް މަހުގެ 10 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި މާލޭގެ މޭޔަރުގެ ގޮނޑި މުއިއްޒު ކާމިޔާބު ކުރެއްވުމާއެކު، މި ގްރޫޕް ވަނީ ހުޅުވާފައެވެ.

މި ގްރޫޕަކީ މާލޭ ދާއިރާގެ ރައްޔިތުންނާއި މާލޭގައި ދިރިއުޅޭ ރައްޔިތުންގެ ފަރާތުން މޭޔަރަށް ދޭން ބޭނުންވާ ޚިޔާލުތަކާއި ޝުއޫރުތައް ޚިއްސާ ކުރުމުގެ އިތުރުން މޭޔަރު ރައްޔިތުންނާ ޚިއްސާ ކުރައްވަން ބޭނުންވާ ކަންކަން ޚިއްސާ ކުރުމުގެ ބޭނުމުގައި އުފައްދާފައިވާ ގްރޫޕެކެވެ.

މިހާރު ވެސް 1،200 އެއްހާ މީހުން ތިބި އެ ގްރޫޕްގައި ރައްޔިތުން ހުށަހަޅާ ޚިޔާލުތަކާއި ކުރާ ސުވާލުތަކަށް މުއިއްޒު ޖަވާބު ދެއްވައެވެ.

މުއިއްޒު ވިދާޅުވީ، އާންމު ރައްޔިތުންނަށް އެ ގްރޫޕް މެދުވެރިކޮށް ސީދާ އޭނާއާ ވާހަކަ ދެކެވޭނެ ކަމަށެވެ. އަދި ވީވަރަކުން ރައްޔިތުންގެ ސުވާލުތަކަށާއި ކަންބޮޑުވުންތަކަށް ޖަވާބު އަރުވަމުން ގެންދަވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

މި ގްރޫޕްގައި ސިޔާސީ ފަރާތްތަކުގެ ފޮޓޯއާއި ވީޑިއޯ ޚިއްސާ ކުރުން މަނާކޮށްފައިވެއެވެ. އަދި އެއްވެސް ބޭފުޅަކަށް ނިސްބަތްކޮށް ބޭއަދަބީ ބަހުން މުޚާތަބު ކުރުން ވެސް މަނާކޮށްފައިވާއިރު، ތަފާތު ކެމްޕޭން ކުރުމަށް ވެސް އެ ގްރޫޕް ބޭނުން ކުރުން މަނާކޮށްފައިވެއެވެ.

އޭޕްރީލް މަހު އޮތް އިންތިހާބު ކާމިޔާބު ކުރައްވާ މާލޭ މޭޔަރުކަމަށް ހޮވިވަޑައިގެންނެވި މުއިއްޒު މަގާމާއި ހަވާލުވެވަޑައިގަންނަވާނީ އަންނަ ހޯމަ ދުވަހު އެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ޑައެލޯގް

  ބަރާބަރު މުއިއްޒު އެކަމު ވަރަށް ވިސްނާތި ރީނދޫކުދިން ނުބައިހަދަން ކޮންމެވެސް ކަމެއްކޮށްފާނެއެވެ.

  17
 2. Anonymous

  ދެން މި ގައުމުން ރީދޫކުލަ ފަޑުވެގެން ﷲ އިރާދަ ކުރެއްވީޔާ ނުދާނެ

  1
  6
 3. ލލ

  ސަލްމާން ރަސްގެފާނު މިސްކިތް ހުޅުވުން އަވަސްކޮށްލަ ދެއްވާ، މިސްކިތުގެ ހިދުނަށް ރައްޔިތުންނަށް ލިބޭނެގޮތް އަވަސްކޮށްލަ ދެއްވާ މޭޔަރު މުއިޒު !

  • ބޯހަލާކު

   ރަގަޅު ވިސްނައިގެން ކުރިއަށް ވަޑައި ގަންނަވާ ރަގަޅުވާނެ އިންޟާﷲ