އަލަށް އެތެރެކުރާ ވެހިކަލްތައް ރަޖިސްޓްރީކުރުން މަޑުޖައްސާލާފައި ވަނިކޮށް، އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރުގެ އަރިސް ބަޔަކަށް އުސޫލުގެ ބޭރުން ވެހިކަލްތަކެއް ރަޖިސްޓްރީ ކޮންދިން ކަމަށް ތުހުމަތު ކުރެވޭ މައްސަލަ ހޫނުވެ، މުޒާހަރާއެއް ފަށައިފިއެވެ.
މި މައްސަލަ ހޫނުވުމާ ގުޅިގެން އައްޑޫ ސިޓީގެ ގިނަ އަދަދެއްގެ ޒުވާނުންތަކެއް އަންނަނީ ކައުންސިލް އިދާރާ ކައިރިއަށް އެއްވެ ހިތްހަމަނުޖެހުން ފާޅުކުރަމުންނެވެ.
ކައުންސިލް ކައިރި އަށް އެއްވި މީހުންގެ ތެރެއިން އެކަކު "ވަގުތު"އަށް ބުނެފައި ވަނީ ބަޔަކަށް ވެހިކަލްތަކެއް ގެނެސްދިން ކަމަށް މިއަދު މޭޔަރު އެއްބަސްވެފައިވާ ކަމަށެވެ. އެކަމަށް މޭޔަރު އިއުތިރާފްވި އިރު އެތަނުގައި 10 ވަރަކަށް މީހުން ތިބި ކަމަށް އޭނާ ބުންޏެވެ. އޭގެތެރޭގައި ކައުންސިލް ބައެއް މެމްބަރުން ތިބިކަންވެސް އޭނާ ފާހަގަކުރިއެވެ.
"އައްޑޫގައި މިހާރުވެސް ރަޖިސްޓްރީ ނުވެ އޮތް 150 އެއްހާ ވެހިކަލް އޮތް އިރު އެކަމުގެ ކަންބޮޑުވުން މޭޔަރާއި ހިއްސާކުރެއްވުމުން ވިދާޅުވި އެމަނިކުފާނުގެ އަރިސް ބޭފުޅެއްގެ ހަ ވެހިކަލް ރަޖިސްޓްރީކުރަން ފޮނުވި ކަމަށް. އަދި މިނިސްޓަރު ދިން ނަމްބަރަކަށް ގުޅައިގެން އެ ހިދުމަތް މެދުކަނޑާލައިފައި ވަނިކޮށް ތިން ވެހިކަލް ރަޖިސްޓްރީ ކޮށްދިން ކަމަށް މޭޔަރު އިއުތިރާފްވި، އެތާ އޭރު 10 ފިރިހެނުން ތިބި. ވިދާޅުވި މިިނިސްޓަރު ދިން ނަމްބަރަށް މިހާރު ނުގުޅޭ ކަމަށްވެސް. އާންމުންނަށް ވަކި ގޮތެއް މޭޔަރަށް ވީމަ ވަކި ގޮތެއް. މިއީ އިންސާފެއް ނޫން ދެއްތޯ. މިއީ މަގާމުގެ ބާރާއި ނުފޫޒު ނާޖާއިޒް ގޮތުުގައި ބޭނުން ކުރުން" އެ މީހާ ބުންޏެވެ.
މި ތުހުމަތުތައް އަމާޒުވުމާ ގުޅިގެން މޭޔަރު ނިޒާރު "ވަގުތު" އަށް ވިދާޅުވީ އެފަދަ ވާހަކައެއް ދައްކަވާފައި ނުވާނެ ކަމަށާއި، ކައުންސިލް އިދާރާ ކުރިމަތީ އިހްތިޖާޖެއް ކުރިއަށްދާ ކަމުގެ މައުލޫމާތު ލިބިފައި ނުވާ ކަމަށެވެ. އަދި މި ހިދުމަތް މެދުކަނޑާލާފައި ވަނިކޮށް ވެހިކަލްތަކެއް އުސޫލުގެ ބޭރުން ރަޖިސްޓްރީ ކޮށްދިން ކަމަށް އިއުތިރާފް ނުވާ ކަމަށް ވިދާޅުވެ ނިޒާރު ވަނީ އެ ތުހުމަތުތަކަށް އިންކާރު ކުރައްވައިފައެވެ.
ނިޒާރު ވިދާޅުވީ މަގާމުގެ ނާޖާއިޒް ފައިދާ އެއްވެސް އިރެއްގައި ނަގާފައި ނުވާނެ ކަމަށެވެ.
އެޖެންޑާ 19 ކިހާސަޅި
5 އަހަރައް މަޑުކޮއްލާ ތެޅުނީ މާ ހަމެއްދާނީ ފައިސާ ދިނީމާ ވޯޓް ދިނީ އެބައި ހޯދަނީ ދެން އަގަތަޅަތަޅާ ތިބެންޖެހޭނީ ކުއްވެރި ނުވާ ގޮތައް ކޮއްފާ ވަނީ
މިއޭ ގަޅި އައްޑޫ މީހުނޭ ކިޔެނީ ވޯޓް ދީ ތަޔަ ބައިގަނޑު ހޮވީރު ނޭގޭތަ ތީ އައްޑޫ ހުޅުޖެހި މީހުން ކަމެއް؟ ދެން ތިބޭ ފަސްއަހަރު ، އިންޑިއާ އިން އައްޑޫ ހިފަން ދެންވެސް ތިބޭތި ހިފީމަ ދެން މުޒާހަރާ އަށް ނިކުންނާނީ އޭރަށް ބަޑިހާ ތިކަން ނިއްމާނެ ކަން ނޭގެ . އޭގެ ފަހުން ނުކިޔާނަން އައްޑު ގަޅިން ނެކޭ، އޭރު ތިބޭނީ އައްޑޫގަ ހުސް އިންޑިއާ މީހުން، ޗިޕްސިޓީ.
ނިޒާރު އައްޑޫ މޭޔަރު ކަމާ ހަވާލު ވި ދުވަ ހުން ފެށިގެން ލޮލުފިއަ ނުޖެ ހިގެން އުޅޭ ބަޔަކު އުޅޭ ހެން އެބަ ހީވޭ.
ތިނިޒާރަކީވެސް ގުޔެއްހަމަ..އައްޑޫމީހުނަށް މި އެމްޑީޕީގެ އަސްލު އިނގޭނީ ކިހާހިސާބަކަށް ކަންކަން ދިޔާމަތޯ އަހާލާ ހިތްވޭ
މިހާރުވެސް އެމްއެމްޕީރސީ ލިސްޓްގަ ނަން އޮތް މީހެއްގެ ވާހަކަ ތިދައްކަނީ.
ޢިންޑިއާ މީހުން އައްޑުއަށް އަރުވަން އޭނާ އެޅެނީ ވަޒީފާގެ ބިރަށް.
ބުއްޅަބޭ ބުނާ ގޮތަށް ކަންކަން ނުކޮށްފިނަމަ އައުޓް
ޖުމުލަ ކިތަަަަ މީިހުން ތިބިިިިީި މުޒާހަރާގާ😀
މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ފެމިލީމީ ހުންނާ،،،އަރިސްފަރާއްތަކައް،ކަންތައްކޮށްދެނީ، ނިޒާރު އެކަނިތޯ؟ ބޮޑުސޯބު އެނބުރޭ ގޮތައް ކުދިސޯބު އެނބުރޭނީ،،،،،
ހާދަ ގިނަ މީހުންނެކޭ ދޯ ، މުޒާހަރާ ކުރަން ނުކުތީ ...
މޭޔަރު ވަކުތުން ވަގުތަށް އިސްތިއުފާދޭންޖެހޭ
ތިޔަ ނިޒާރުގެ ވާހަކަތަކުންއެގޭ އޭނަޔަށް އެގޭ ވިސްނޭ އެއްވެސްކަމެއްނެތްކަން. މީހަކު ކޮށްފަދޭ ރެކޯޑެއްޖަހަލަޖަހާލަ ހުންނަ ފެންވަރުގެ މީހެއްކަން.
ޙެހހެ
އަސްލު ސިފަ ފެންނަން ފެށީ އެވެ... އަދި އޮތީ ކުރިއަށެވެ
މަކަރާއި ހީލަތަކީ މޑޕ ފަރިތަ ބާބެކެވެ އެއިން ނުކުންނަ
ނަތީޖާތައް އައްޑޫ ގިނަމީހުންނަކަށް ނޭންގެއެވެ ނިޒާރަކީ
އެބާބު ވިއްކައިގެން އައި މީހެކެވެ.