ހެލްތު މިނިސްޓަރު އަހުމަދު ނަސީމް (ކެރެފާ ނަސީމް) މަގާމުން އިސްތިއުފާ ދެއްވުމަށް ގޮވާލައި އަޑުތައް މީސް މީޑިއާގައި ގަދަވެއްޖެއެވެ.

މިނިސްޓަރު ނަސީމް އިސްތިއުފާ ދެއްވުމަށް ގޮވާލައި އަޑުތައް މީސް މީޑިއާގައި ގަދަވެފައި މިވަނީ ކޮވިޑް-19 ގެ ބަލީގައި ކުޑަކުއްޖަކު ހާލަތު ގޯސްވެގެން ގުޅުމުން ދެ ގަޑިއިރު ފަހުން އެމްބިއުލާންސް އައި މައްސަލައިގައި އެ ކުއްޖާ ނިޔާވެފައި ވަނިކޮށެވެ.

އެ ކުއްޖާގެ އާއިލާއިން މައުލޫމާތު ދިން ގޮތުގައި މިނިސްޓަރު ނަސީމް ވަނީ އެ އާއިލާއަށް ގުޅުއްވައި ވާހަކަ ދައްކަވައިފައެވެ. އަދި އެ ކުއްޖާގެ އާއިލާގެ ކިބައިން މިނިސްޓަރު މައާފަށް އެދިވަޑައިގެން ވާހަކަ ދެއްކެވި ކަމަށް އާއިލާއިން ބުންޏެވެ.

މި ޚަބަރާއެކު ޓްވިޓާގައި ޚިޔާލު ފާޅުކުރި ބައެއް މީހުން ވަނީ މި ވަގުތަށް މިނިސްޓަރު ނަސީމް ކުރައްވަން ޖެހޭ ކަމަކީ މައާފަށް އެދިވަޑައިގަތުން ނޫން ކަމަށެވެ. އަދި މިނިސްޓަރު ފެއިލްވެ އިސްތިއުފާ ދެއްވަން ޖެހޭ ކަމަށް ހިޔާލު ފާޅު ކުރި މީހުން ބުންޏެވެ.

ހުސައިން ސައީދު ނަމަކަށް ކިޔާ މީހަކު ކުރި ޓްވީޓެއްގައި ވަނީ، އިއްޔެ އޭނާގެ ބައްޕަ ބަލިވެގެން އައިޖީއެމްއެޗަށް ގުޅި ފަހުން އެމްބިއުލާންސަށް އާދެވުނީ ގަޑިއިރެއް ފަހުން ކަމަށް ބުނެފައެވެ. މިކަމުން ވެސް ސިއްޚީ ދާއިރާ ފެއިލްވެފައިވާ ވަރު ފެންނަ ކަމަށާއި މިނިސްޓަރު ނަސީމް އިސްތިއުފާ ދެއްވުމަށް ގޮވާލާ ކަމަށް ލިޔެފައިވެއެވެ.

އެލެކްސް އަބްދުﷲގެ ނަމުގައިވާ ޓްވިޓާ އެކައުންޓަކުން ކުރި ޓްވީޓެއްގައި ވަނީ ކޮވިޝީލްޑްގެ ދެވަނަ ޑޯޒް ހުސްވި ފަހުން ވެސް 12 ހަފުތާ ވެގެން ގޮސްފި ކަމަށެވެ. މި ކަމަށް ވެސް ޒިންމާ ނަގާނެ ފަރާތެއް ނެތް ކަމަށާއި މިނިސްޓަރާއި އެޗްޕީއޭގެ އިސް ބޭފުޅުން އިސްތިއުފާ ދެއްވަން ޖެހޭ ކަމަށް ލިޔެފައިވެއެވެ.

ލުޖައިން ނަމަކަށް ކިޔާ ޓްވިޓާ އެކައުންޓަކުން ކުރި ޓްވީޓެއްގައި ވަނީ މައާފަށް އެދިގެން މައްސަލަ ހައްލުވި ކަމަކަށް ނުވާނެ ކަމަށެވެ. މީހެއްގެ ފުރާނައަށް ދެ ގަޑިއިރަކީ ވެސް ލައްކަ ގިނައިރު ކަމަށާއި މިއީ މިނިސްޓަރު ނަސީމް އިސްތިއުފާ ދޭން ޖެހޭ ވަރުގެ ކަމެއް ކަމަށް ބުންޏެވެ.

ހެލްތު މިނިސްޓަރު ކަމާ ނަސީމް ހަވާލުވެވަޑައިގެންނެވި ފަހުން، ސިއްޚީ ދާއިރާއާއި ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ހާލަތު މެނޭޖް ނުކުރެވި ގިނަ އަދަދެއްގެ ބަޔަކު އެ ބަލީގައި ނިޔާވަމުން ދިއުމުން ވެސް ސަރުކާރަށާއި މިނިސްޓްރީއަށް ގިނަ ފާޑުކިއުންތަކެއް އަމާޒުވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

40 ކޮމެންޓް

  1. ޖާބެ

    ރިޓަޔަރކޮށްފަ ގެގަހުުރެބަލަ، އެނަރޖީ ނެތީ މަ ފޯކަސްކަޓާނެ

    75
    1
  2. ދެރަވޭ

    މިޤައުމުގެ ކޮންމެ ދިމާއަކަށް ބެލިނަމަވެސް މިހާރު ފެނިގެން ދަނީ ފެއިލްވެފައިވާ ސްޓޭޓެއްގެ ނަޤާބިލުވެރިންގެ އިހުމާލު! ދެރަ ކަމެއް

    70
    2
  3. ގލ

    ނަސީމަކީ މަގާމުގެ މަސއޫލިއްޔަތު އަދާކުރެވޭ ވަރުގެ
    ގާބިލްކަން ހުރިމީހ ހެއް ނޫންކަން މި ހާރުވަނީ ކަށަވަރުވެފައެވެ
    ރަނގަޅުގޮތަކީ އަވަ ހަށް އެއްފަރާތް ވުމެވެ މިސަރުކާރު ކުރާ
    ކަންކަން ފޫނުބެދެނީ ގާބިލް މީހުން ޒިއްމާދާރު މަގާމް ތަކަށް
    އިސްކުރުމުގެ ބަދަލުގައި ގެންގުޅޭ "ގޯތި" އުސޫލްގެ ސަބަބުންނެވެ މި އުސޫލަކީ ޒަމާން ތަކަކަށް ވެރިކަމުގައި
    ދެމި ތިބުމަށް މޑޕ ގެންގުޅޭ ޚުދުކުޚްތާރު ފިކުރެކެވެ.

    60
    1
  4. Anonymous

    އިސްތިއުފާ. ރައީސޭ ކިޔާފައި ހުރި މީހާއަށް ފެނޭބާ ކެރަފާ ނަސީމު ތަފާތު ދައްކާތަން.
    ހުޅުމާލޭ ފެސިލިޓީގައި ވެސް އެތައްބަޔަކު މަރުވާއިރު ޒިޔާރަތް ކޮށްލަން ނުކެރެއޭ.
    ކީއްކުރާ ވަޒީރެއް. ދައުލަތުގެ ލާރިކައިގެން ޒިންމާ ނުނަގަންޏާ.

    68
    1
  5. އަނެއް އަންނި

    މިހާރުން މިހާރަށް އިސްތިއުފާ ދޭންޖެހޭ މި ސަރުކާރުވެސް މިހާރު ގަބޫލު ކުރަންޖެހޭ ފެއިލް ވެއްޖެކަން އެހެން ބަޔަކާ ގައުމު ހަވާލުކޮށްފަ ގެއަށް ދާން ޖެހޭ

    34
  6. ހެޕީ

    އިސްތިއުފާ. މުޅި ސަރުކާރުވެސް ފެއިލް

    37
  7. މަރީ

    މިސަރުކާރުންވެސް ދައްކަނީ ހުސް ތަފާތު...މިއަދުތަ ތި އެގުނީ މިނިސްޓަރު ތަފާތު ދައްކާނެކަން..އަ ހަރެމެންނަށް މާކުރިންވެސް އެގޭ މިނިސްޓަރުވެސް މިސަރުކާރުވެސް ހަމަ ބޮޑުތަނުން ބޮޑު ތަފާތު ދައކާނެކަން...ކޮންމެ ދިމާލަކުންވެސް ތި ފެންނަނީ ހަމަ ހުސް ތަފާތު..އެކަމަކުވެސް ރީދޫ ކުލަޔަށް ނޫނީ ތިލަފަތައް ވޯޓްދީފަ ބާރަށް އަތްޖަހ ހާފަ ބަހައްޓާ...

    28
  8. މުން ޖިދު

    ޓުވިޓަކުން ވެސް އިސްތިއުފާ ދެވިދާނެ@

    32
  9. Anonymous

    ނަސިިީމުބެ އަާއި އެކު އިބރަާ ހިީމު އިސްތިއުފަާދިީ

    35
  10. މުހަންމަދު

    ގިޔާމަތް ދުވަހުން މާތްﷲ ގެ ހަޒުރަތުގައި މިމީހުން ކިޔާނީ ކީކޭބާ؟؟

    32
  11. ދުންމާރި

    ލާދީނީ އެމްޑީޕީގެ ވަޒީރެއްގެ އިސްތިއުފާއަށް ގޮވާނަމަ އެއީ ޖުނަހުގެ 3 ވަނަ ދަރަޖައިގެ ކުށެއްގެ ގޮތުގައި ޤާނޫނުލް ޢުޤޫބާތުގަ ހިމެނުމަށް ލާދީނީ އެމްޑީޕީ ރޯނު އެދުރު މެމަރުން ޤާނޫނެއްހަދާފާނެ އެއްވެސް ހާލެއްގަ ލާދީނީ އެމްޑީޕީ މީހުނާ ދިމާޔަށް ހިތުހުރި އެއްޗެއްނުގޮވޭނެ

    26
  12. އަލީ

    މަގޭ ކާފަ ވަރުގެ މުސްކުޅި އަކަށް މަގާމުގެ މަސްއޫލިއްޔަތު އަދާކުރެވޭނެތަ.

    33
  13. ފަހުމީ

    މިއުމުރށް ދިޔާމަ ރިޓަޔަރ ކޮށްފަ ކޮންމެ މަ ހަކު 5000ރލިބޭ ގޮތަށް ގޭގަ ބަ ހައްޓަންވީ... ހަމަހަމަ އުސޫލެއް އެންމެންގެ މެދުގަ ގެންގުޅެން ޖެ ހޭނެ...

    33
    • ބެއްޔާ

      މިހާރުވެސް ވަޒީރު ކަމުގެ މުސާރަޔާ އަދި އެ5000 ރުފިޔާވެސް ނަގާ.

  14. Anonymous

    މިހާރު ގޭގަ ބެހެއްޓިޔަސް ބޮޑު މުސާރަ ލިބޭނެ ދެން ދޮންކަލޯ ގޭގަ މަޑު ކޮއްލާ.

    29
    1
  15. އަހުމަދު

    1960 ގެ ފަހުގެ އަހަރު ތަކުގައި އިޒްރޭލް ދައުލަތެއް ކަމަށް ގަބޫލު ކޮށް އދ ގައި ނެގި ވޯޓްގައި ބައިވެރިވެ ވޯޓް ދިން
    1980 އައި އާރު އޭގެ ކުލީ ސިފައިން ގެނެސްގެން ސަރުކާރު ބަދަލު ކުރަން އުޅެގެން ހުކުމް ކޮށް އަރުވާލި
    1990 އައްޑޫ ގަމުގައި ހުރި ފެކްޓްރީ ތައް ބަންދުކުރަން ޖެހުނު ކަޓް ނަގާވަރުން ބަނގުރޫޓް ވެގެން
    2011 އިޒްރޭލްގެ ޑޮކްޓަރުން ރާއްޖެ ގެނެސް އަދި އިޒްރޭލްގެ ބައިވެރިއަކަށް ވުމަށް މަސްވަރާކުރި
    2016 ޖަރުމަނުގައި ބާރލިން ފެއަރގައި ޓޫރިސްޓުން ރާއްޖެ ނަައުމަށް ގޮވާ ލީފްލެޓް ބެހި އެކަމު މީނާ މިއީ ޜާއްޖޭގެ ޓޫރިޒަމްގެ ބާނީ އޯ ބުނެ މިސަރުކާރުން އިނާމްދިން
    2018 އިންޑިޔާގައި ހުރެ ރާޢްޖެއަށް އިންޑިޔާ ސިފައިން އަރާ ހިފަން ގޮވި
    2019 ލޮނުޒިޔާރަތް ޕާކު ގެ ބޮޑު ކަރަޕްޝަންގެ މޭސްތެރި
    2020، 2021 ހެލްތް މިނިސްޓަރުކަން ލިބި މުޅި ހެލްތް ސެކްޓަރ ފުޑި މީނާގެ އިހުމާލުން ކޮވިޑް ފެތުރި އެތައް މަރެއް
    2021 ޗައިނާ ހިލޭ ވެކްސިން ދޭން އުޅުމުން އެކަމަށް ހުރަސް އެޅުން
    ރަޝިޔާގެ 5 ލައްކަ ޑޯޒް ވެކްސިން ދިވެއްސަކު ހިލޭ ދޭން ނިންމުމުން އެކަން ހިންދާލާ މީނާގެ ޖީބަށް ވަންނަ ގޮތަށް ވެކްސިން ގަންނަން އޯޑަރ ދިނުން
    ނޯޓް މިނާ އަކީ އިޒްރޭލްގެ ފްރީ ވިސާ އޮންނަ މޮސާޑާ ގުޅުން ހުރި މީހެއް

    35
    1
  16. ހުސޭނުބޭ

    ތިނޫން ވައްތަރެއްގެ އެއްޗެއް މި ސަރުކާރަކު ނެތް. ނުވިތާކަށް ރައްޔިތުންނަށް ކަމެއްނުކޮށްދޭ ހާލު ކެރަފާ ޢާއިލާ އުޅޭނީ ރާއްޖެ ބަނޑުއަލާން

    29
  17. ގައުމު

    އަހަރެން މިގޮވާލަނީ ކަމެއްދަމެއް ބޮޑުވީމަ އެމީހުން އެބުނާހެން ގޭގަ ބަލާއަންނަންދެން ނޯވެ ނުކުމެގެން ސިއްހީ ހިދުމަތްދޭތަނަކަށް ދާށޭ. ތިމީހުން އައިސް ގެންދަންވާއިރު އޮނާނީ ވާނެއެއްޗެއްވެފަ.

    25
  18. Anonymous

    އިސްތިއުފާ

    26
  19. ގަޓޭ

    ކެރަފާ ސޮރާ ކަލެއަކީ ތިޔަ މަޤާމަށް ކުފޫ ހަމަވާ މީ ހެއްނޫން . ކަލޭ ރަގަނޅުވާނެ އިޒްރޭލުގެ ޖާސޫސަކަށް.....ފެއްސިގެން ދޭ....

    28
  20. ކޮވިސީޑް

    ނަސީމުގެ ކަންކަން ބަލަހައްޓަން ބޮޑުމުސާރައާއެކު އަދި އިތުރު4ބައިބުން ތިދާއިރާއަށްލައި މައްސަލަބަން ބޮޑުމުސާރައާއެކު 2ކޮމެޓީހަދަންވީ ރައްޔިތުންނަށް އަޅާލާނެކަމެއްނެތް ފޮނިއަނގަ

    21
  21. މައިކް

    އިސްތިއުފާ ދީފަ ގޭގަ އޮވެބަލަ. މީރައިތުްނނައް ވަރައްނުބައި ބާއިގަޑެ. މުޅިސަރުކަރު އިސްތިއުފާދީ.

    21
  22. އަލީ ސާލިހް

    އަންނި ބުނެގެން ލީ ވާތުފިޔާގެ ގާބިލު މިނިސްޓަރުމީ. ފަލަސްތީނަށް ބޮންއަޅައަޅާ އޮއްވާ އެމެރިކާއާ ޑީލް ހަދައިގެން އިޒުރޭލުން ވެކްސިން ގެންނަން. އެވަރުން ނިވެގެން އިޒްރޭލު ފްލައިޓެއް ގެނެސް ހުޅުލޭގައި ވަގަަށް ބާއްވާފި. ގާބިލު ގާބިރުއަށް ވެފައި.

    23
  23. ކަށްބޮލާ

    ނަސީމު އިސްތިއުފާދީ! ހެޔޮނުވާނެ ސިއްޙީދާއިރާ ބޮއްސުންލާފަ. މީ ހާތި ހިރީ އުމުރުމަތިވެ ތަކުލީފވެސް ކެނޑިފަ ރެޢިއްޔަތުންގެ ބަދުދުޢާއިންސަލާމަތްވޭ!!!!!

    23
  24. ރަދީފް

    ކެރަފާ އިސްތިއުފާ.

    24
  25. ބޯހަލާކު

    ޞިއްޙީ ދާއިރާގައި ޞިއްޙީކަންކަމުގެ ތަޖުރިބާއާއި ފަންނީ ޤާބިލްކަން ނެތްމީހުން ވެރިންނަށް ތިބުމުގެ ހިތި ނަތީޖާ މިފެންނަނީ. މިދަތި ބިރުވެރި ޙާލަތުގައި ޤާބިލްކަން ނެތްމީހަކު ކިހިނެއް މިކަން މެނޭޖްކުރާނީ. މިއީ ރައްޔިތުންގެ ޙައްޤުގައި ވެރިން ފުންކޮށްވިސްނައި އަވަހަށް ގޮތް ނިންމަންޖެހޭ ކަންކަން. ރާއްޖޭގެ މުޅި ޞިއްޙީނިޒާމު ފުޑިއްޖެ

  26. Happy

    މިނިސްޓަރު ނުޖެހޭ އިސްތިއުފާ ދޭކަށް!

    2
    18
  27. ޢިޔާބު

    ނުދޭނެ އިސްތިއުފާއެއް. އެއަށްވުރެ ހަޔާތްކުޑަވާނެ

    19
  28. އާދަނު

    ނަސީމު އިސްތިއުފާ. އިސްތޮއުފާ. އަވަހަށް އިސްތިއުފާ.

    11
  29. އައިޑިއާ

    ކޮވިޝިލްޑް ވެކްސިން ވެސް ބޭރު ބަންގްލާދޭޝް މީހުން ނަށް ޖަހާ ހުސްކުރި އިރު ދިވެހިން މިތިބީ އެ ވެކްސިންގެ ދެވަނަ ޑޯޒް ނުޖެހި ހިތްދަތި ކަމުގަ...ވެކްސިން ވެސް މެނޭޖް ކުރެވި ފައެއް ނެތް ރަގަޅަކަށް،، ދެން މިކިޔަނީ ސިންގަޕީރުން އެސްޓްރާޒެނެކާ ވެކްސިން ގެނެސް ދެވަނަ ޑޮޒް ފުރިހަމަ ކުރާނެ ވާހަކަ އެކަމް އެއާ ކޮވޮޝިލްޑާ ތަފާތު ވެދާނެ ކުޑަކޮށް ކޮވިޝިލްޑަކީ ވެސް އެސްޓްރަޒެނެކާ ގެ ވައްތަތަކަށް ވިޔަސް! ޜައްކާތެރި ގޮތަކީ ހަމަ ކޮވިޝީލްޑް އިން ދެވަނަ ޑޯޒް ފުރިހަމަ ކުރެވުން!

  30. ޔޯޔޯ

    ރާއްޖޭގެ ސިޔާސީ މައިދާނުގައި އުޅޭ މީހުންނަކީ ވަރަށް ލަދުހަޔާތް ކުޑަ ބައެއް! ކިތަންމެ ބޮޑު ކުށެއް ކުރިޔަސް ނުދޭނެ އިސްތިއުފާ އެއް

  31. އައްޑޫ ސިޓީ

    އިސްތިޔުފާދޭނެތަ ތިޔައީ 19 ދިވެހިންގެ ލޭބޯލި ބޮޑު ގާގީއެކޭ ތިޔަފަދަމަގާމަކައް ފެންބޮވައި ގަތްފަހުއްޓަ ލިބުނު މަގާމެއް. އަދިވެސް އިތުރައް ދިވެހިންނައް ގެއްލުން ދިނުމައް ވިސްނާނީ.

  32. ތުރިޕުލްައެލް

    އަޅުގަނޑުރައީސް އައް ލަފާ އެރުވިން އެމަގާމައް ކެރެފާ ނަސީމް ހަމަޖައްސަން އަލުގަނޑު ކުޑަވެސް ޝައްކެއް ނުކުރަން ؟ ކޮންބޭފުޅެއްތޯ މިހެންވިދާޅުވީ

  33. އާފިޔާ

    ނަސީމް މިނިސްޓަރުކަމަށް އައީ ހަމަ އާއިލާމީހަކަށް އެކަންދޭންވެގެން ނަސީމަކީ ކުރިންވެސް ބަޤާވާތްކޮށްފައިހުރި ބާޤީއެެެއް ރަނގަޅޫވާނީ މިނިސްޓަރުކަމަކީ ކިޔަވާގެންތިބޭ ޤާބިލް މީހުންނަށް ކުރެވޭނެ ކަންކަން . ކެރަފާ އާއިލާމީހެކޭ ހެލްތްމިނިސްޓަރުކަން ދޭކަށެއްނުޖެހޭ، އެތަނުންވެސް ޖީބްބޮޑުކޮށް މިހާުވެސް އެއުޅެނީ 200000 ވެކްސިން ހިލޭލިބެންއޮތްވާ ގަންނަން. މުޅިންވެސް މިބާވަތުގެ ކަންކަންކުރެވޭތޯމިބަލަނީދޯ.

  34. ރިޔާޒުބެ

    ކިތަންމެ އަޑުގަދަވިއަސް އޭނަ އިސްތިއުފާ ނުދޭނެ އެއަށްވުރެ ލަދުހަޔާތް ކުޑަ ބައެއްއެއީ.

  35. ކެޔޮޅު

    މިހާރު މިއީމީހުން ޓެސްޓުކުރަންވީވަތުނޫންކަށާ މިއީގެރެންޓީ ގާބިލްމީހުނައް މަޤާމުދޭންޖެހޭވަގުތެއްކަމުން މިކަންކަމާ ރައީސްވެސް ޒިންމާވާންޖެހޭނެ!!

  36. ހަސަންގެ

    އިސްތިއުފާދީދެން، ތީހަމަ އާއިލާމީހަކަށް ކަމެއްދޭންވެގެންވެސް މިނިސްޓަރުކަން ދިނުންދެން ބޮޑުވަރު ކޮބާ މިއެމްޑީޕީ ބައިގަނޑަށް މިނޫނުންގޮތަކަށް ކަންކުރަންނޭގޭ ދައްކާވާހަކަޔާ އަމަލާދިމާނުވާ، ކެރަފާ އާއިލާ ކެނެރީ އާއިލާ ދެންބޮޑުވަރު. ކޮރަޕްޝަން މުޅިންހިންގަނީ ވެކްސިންގަންނަންށޭކިޔާފަ. .

  37. ހެލްތް މިނިސްޓަރު

    މި މިނިސްޓަރު ގއ.އަތޮޅުގެ ރަށްތަކުގެ ކައުންސިލްތަކަށަް އަލަށް އިންތިހާބުވި ރަޢީސުންނާއި އެކު ބޭއްވި އޮންލައިން މީޓިންގައި 2 މިނިޓް، އަމިއްލަ ކޯލެއްގަ އިނދެފަ، ޕަޓަސް ކިޔާފަ، އަތޮޅު ފޯކަލް ޕްއިންޓް ބޮލަށް، އިތުރު މީޓިންގ އެއް އެބައޮތޭ ކިޔާފަ ބެޗި ހަބަރު އަޑުއެހއިން ރަށުތެރޭގައި މީހުން ކިޔާ އަޑު، މިއީ ރަށްރަކުގެ އައު ކައުްންސިލަރުންގެ ކަންބޮޑުވުން އަޑުނާހާ ދިޔަ ދިއުމެއް. މުޅި. ގއ.އަތޮޅުގެ ހުރިހާ ރަށްތަކުގެ ރައްޔިތުންގެ އަޑު ނާހާ، ދެން ދާންޖެހޭ އިތުރު މުހިންމު މީޓިންގ އެއް އޮވެގެން ނުވާނެ. ހަމަ ވަގުތުން އިސްތިއުފާ ދޭންވީ.

  38. ކޫވިޑް

    މައިމޫނާ ތޯއްޗެ ބުރާއިގެން ދާނީ

  39. ޑޮކްޓަރމޮންރޯ މަސީހު އާރުއެމްޕީ

    އިންޑިޔާގެ ކޮވިޝީލްޑް ވެކްސިނަށް ޑަބްލިޔޫ އެޗް އޯ އިން ހުއްދަ ދިނުމުގެކުރިން ދިވެހރާއްޖޭގެ ޑްރަގް އޮތޯރިޓީގެ ސައިންޓިސްޓް ޕްރޮފްސަރުން ވަނީ ވެކްސިންދިނުމަށް ހުއްދަދީފާ. މިތަނުން އެންމެފަހުން މި ވެކްސިން ދިރާސާ ކުރުމުން ކޮވިޝީލްޑްގެ 2ވަނަ ޑޯޒް ޖަހަން ނުޖެހޭކަމަށްވަނީ ހޯދިފާ. އެހެންވީމާ 1ވަނަޑޯޒް ޖެހުމުން ވެކްސިން ފުރިހަމަވީ.