ލޯކަލް ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް މީހަކު އައްޔަން ކުރުމުގައި ކައުންސިލްތަކުގެ ލަފާ ހޯދަން ނުޖެހޭ ގޮތަށް ލާމަރުކަޒީ ގާނޫނަށާއި ސިވިލް ސާވިސް ގާނޫނަށް އިސްލާހެއް ހުށަހަޅައިފިއެވެ.
ނަވާރަވަނަ ރައްޔިތުންގެ މަޖިލީހުގައި ލާމަރުކަޒީ ގާނޫނަށް ގިނަ އިސްލާހުތަކެއް ގެނައި އިރު، އެއިން އެއް އިސްލާހަކީ ކައުންސިލްތަކުގެ އެންމެ އިސް އީދާ މުވައްޒަފުގެ ގޮތުގައި އައްޔަން ކުރެވޭ ސެކްރެޓަރީ ޖެނެރަލް އައްޔަން ކުރާނީ ކައުންސިލްގެ ލަފައާއެކު ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ކަމެވެ.
ރައްޔިތުންގެ މަޖިލީހުގެ ގެމަނަފުށީ ދާއިރާގެ މެންބަރު އަހްމަދު ސައީދު އެ މާއްދާއަށް ހުށަހެޅުއްވި އިސްލާހުުގައި ވަނީ ކައުންސިލްގެ ސެކްރަޓަރީ ޖެނަރަލް ކަމުގެ މަގާމަށް މީހަކު އައްޔަނު ކުރާނީ ސިވިލް ސާވިސް ކޮމިޝަނުން ކަމަށެވެ. އަދި ކައުންސިލްގެ ލަފާ ހޯދަން ޖެހޭ ބައި ވަނީ އެ މާއްދާއިން އުނިކޮށްފައެވެ. ހަމަ މިގޮތަށް މި އިސްލާހު މެމްބަރު ސައީދު ވަނީ ސިވިލް ސާވިސްގެ ގާނޫނަށް ވެސް ހުށަހަޅުއްވައިފައެވެ.
ސައީދު ހުށަހެޅުއްވި ބިލުގައިވާ ގޮތުން އެ އިސްލާހުގެ މަގްސަދަކީ ސިޔާސީ ވިސްނުމުން އެއްފަރާތް ކުރެވިގެން ސިވިލް ސާވިސްގެ ވަޒީފާތަކަށް ކުރިމަތިލުމުގެ ފުރުސަތު ފާޅު ކަން ބޮޑު ގޮތެއްގައި ހުޅުވާލައި އެކަށީގެންވާ ހަމަހަމަ ފުރުސަތު މުޖުތަމައުގެ ހުރިހާ ފަރާތްތަކަށް ވެސް ލިބިދެވޭނެ ނިޒާމެއް ގާއިމް ވުމެވެ.
މި އިސްލާހު މި ގޮތަށް ހުށަހެޅިއިރު، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އޭރު ޕީޕީއެމްގެ މެޖޯރިޓީ އޮތް މަޖިލީހުން މި ގޮތަށް ގާނޫނަށް އިސްލާހު ގެނެސްގެން ކައުންސިލްތަކުގެ ޒިންމާދާރުވެރިޔާއަށް ސަރުކާރުން ބޭނުން ބަޔަކު ލެވޭ ގޮތަށް ހެދުމުން އެމްޑީޕީން ވަރަށް ބޮޑަށް ފާޑުކިޔާފައިވެއެވެ.
ލާ.މަރުކަޒީ ނޫން ޚޮދު މުޚުތާރު.
ރައްޔިތުން އިންތިޚާބު ކުރާ މަޤާމް ތަކުގެ ނިންމުން ބާތިލް ނުކުރެވޭނެ. ބުނަންވީ ނުން. ޕާލަމެންޓަރީ ޚޮދުމުޚުތާރު ސަރުކާރެކޭ.
ލާމަރުކަޒީ ޤާނޫނު އޭގެ ފޮނިމީރުކަން ރަޢިއްޔަތުންނަށް ލިބިދިނުމަށް ކައުލްސިލްތަކަށް އިތުރު ބާރާ އިޚްތިޔާރު ލިބޭގޮތަށް އިޞްލާޙު ކުރިފަހުން އަދި ކައުލްސިލްތައް ރަގަޅަށް ހިގައިވެސް ނުގަންނަނީސް ، ކައުންސިލް ބައިޕާސްކޮށް ކަންކަން ނިންމަން ފަށައިގަތީމާ ކުރިންކީ ލަވައިގެ ރާގު އެބަ ބަދަލުވޭ... ދުވަސްކޮޅަކުން އަނެއްކާ އަނެއްކަމެއް ކައުންސިލާ ނުބައްސާ ކުރާގޮތަށް ހުށަހަޅާނެ.
އެހެންވީއްޔާ ޕާމަނެންޓް ސެކެއްޓެރީން ކަންޑައަޅަން މިނިސްޓަރގެ ރުހުން ބޭނުމެއް ނުވާނެ ! ޕާމަނެންޓްރީ ސެކެއްޓެރީން އައްޔަންކުރަންވާނީ ސެކުޓަރ ތެރޭގައި ނަގާ ސިއްރު ވޯޓަކުން އެވުޒާރާއަކުން !
އެހެން ބަޔަކު ބިސް އެޅީމަ ވާންއުޅޭގޮތެއް. ބާރުތައް ދޫކުރަން ނުކެރުނީބާ.
ލާމަރުކަޒީ ގާނޫނުން ޗައުންސިލްތަކައް ބޮޑެތިބާރުތަކެއް ދިންވާހަކަ ކަރުން ނާރުފުއްޕާފަ ރައީސްމީހާއާއި ބޮޑުވަޒީރާ ބުނަމުން ގޮވަމުން ދުވީ ތިމާމެނައް ޗައުންސިލް އިންތިހާބުގެ85 ސައްތަ ކާމިޔާބުވާނެކަމައްހީކޮއް އަސްލަކީ ތިއައްވުރެ ޑިކުޓޭޓަރ ބައެއް މިގައުމުގަ ނުވެސް އުޅޭ ރައްޔިތުން ތިބީ މަޖިލިހުގަ ހެދުނު ގޯހުގެ ސަބަބުން ގޮތްހުސްވެ ބިރުގެންފަ ތިބައިގަޑު މިގައުމު އަޅުވެތިކޮއްފަ ފިލާފާނެ ކަމުގެ ބިރުން ސިހި ސިހި...
ރަނގަޅަށް ހަމަ އެއް ކަމެއްވެސް ކުރަން ނު ކެރެނީޔޭ ދޯ. ވަރަށް ދެރަވަރުގެ ކަން ކަން ތި ކުރައްވަނީ.
ކައުންސިލަރުންގެ ބޭނުމެއް ނެތެއްނު ދެން. މަސްހުނިވެސް މޮޑެން ނޭންގޭ ބައެއް، ލޮނުހެޔޮވަރުނުވެގެން އުޅެނި ކޮށް ދައުރު ނިިމެނީ. އަދިވެސް ފޮނި ކަަނޑާތި. މީ ދިވެހިން ބޭނުންވާ ލޯ މެރީމަ ފެންނަ އަނެއް ދިވެހިރާއްޖޭގެ ޙިޔާލީ ތަރައްޤީ. " ކަމަ ކުނުދޭ ތި ކިޔާ އެއްޗޭއް "
އަސްލު ހަގީގަތަކީ އެމްޑީޕީން ގާނޫނު ހެދީއިރު ހިތަށް އެރީ މުޅި ރާއްޖޭގެ 90 ޕަސެންޓް ކައުންސިލް ލިބޭނީ އެމްޑީޕީއަށްކަމަށް!!ބަލިވީމަ އެސްޖީއަށް ޕީޕީއެމް މީހުން ގެނަނުދިނުން މައިގަނޑު މަގުސަދަކީ..ކަލޯ ދެން މޮޅެތިވާހަކަ ދެއްކީމަ ގަބޫލުކުރާނީ މަދު މީހަކު!!
ހާދަ ބާރެކޭ ރަށްރަށަށް މިދިނީ. ހަމަ ހަސަނަށް ދޯނި