ކޮވިޑް-19 ޖެހިގެން ނިޔާވި އުމުރުން 10 އަހަރުގެ ފާތުމަތު މިޝްކާގެ އަށް ފަރުވާ ދިނުމުގައި ލަސްތަކެއްވެ، އިހުމާލުވެފައިވާ މައްސަލައިގެ ތަހުގީގު ނިމުނު ގޮތުގެ ރިޕޯޓު މިއަދު އާންމު ކުރުމަށް ސަރުކާރުން ނިންމައިފިއެވެ.
ކޮވިޑު ޖެހިގެން ރާއްޖެއިން މަރުވި އެންމެ ފުރަތަމަ ކުއްޖާ ހދ. ކުޅުދުއްފުށީ، ލާޖަހާގޭ، މިޝްކާ އަށް ފަރުވާ ދިނުމުގައި އިހުމާލުވެފައިވާ ކަމަށް އާއިލާ އިން ތުހުމަތު ކުރެއެވެ. ކުއްލިއަކަށް ހާލު ގޯސްވެ، ނޭފަތުން ލޭ އައިސް ނޭވާލާން އުނދަގޫވާތީ އެމްބިއުލާންސެއް ފޮނުވައިދިނުމަށް އެދި ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ އެމަޖެންސީ ނަންބަރުގައި އެދުމުން އެމްބިއުލެންސް ފޮނުވީ ދެ ގަޑިއިރު ފަހުން ކަމަށް އާއިލާ އިން ބުނެއެވެ.
އެކަމުގައި އިހުމާލުވާ ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް (ކެރެފާ ނަސީމް) ވެސް އެއްބަސްވެވަޑައިގެންނެވިއެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ) އިން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނަސީމް ވިދާޅުވީ މިޝްކާގެ މަރުގެ ތަހުގީގު ރެއިން ރެޔަށް ނިންމާނެ ކަމަށެވެ. އަދި މިނިސްޓަރު "މިހާރު" ނޫހަށް މިއަދު ވިދާޅުވީ ތަހުގީގު ރޭ ދަންވަރު ނިންމާފައިވާ ކަމަށާއި އެ ރިޕޯޓު މިއަދު އާންމު ކުރައްވާނެ ކަމަށެވެ.
މިނިސްޓަރު އެގޮތަށް ވިދާޅުވި ނަމަވެސް ސިއްހީ ހިދުމަތުގެ ފެންވަރު ބެލުމުގެ ކޮލިޓީ އެޝުއަރަންސް ޑިޕާޓްމެންޓުން މައްސަލައިގެ ތަފްސީލް ހާމަކުރުމަށްޓަކައި އެއް ކުރަން ޖެހޭ މައުލޫމާތުތައް އަދިވެސް ދަނީ އެއް ކުރަމުންނެވެ. މި ތަހުގީގު 12 ގަޑިއިރު ތެރޭގައި ނިންމުމަށް ކަމާބެހޭ ފަރާތްތަކުން އެންގި ނަމަވެސް އެއީ މައްސަލައިގެ ފުނަށް ވާސިލްވޭނެ ވަގުތެއް ނޫން ކަމަށް ތަހުގީގު ކުރާ ފަރާތްތަކުން ބުނެއެވެ.
ނަމަވެސް މި މައްސަލައިގެ ތަހުގީގު މަރުހަލާ ނިންމައި ޑްރާފްޓް މިއަދު އިރުއޮއްސި 6:00 ޖެހުމުގެ ކުރިން ދޭން ޖެހެއެވެ.
ތަހުގީގު ކޮމިޓީގެ ބައެއް މެމްބަރުން ވިދާޅުވި ގޮތުގައި ފޯން ކޯލްތަކުގެ ރިކޯޑިންގްތައް އަޑުއެހުމަށާއި، އިހުމާތުގެ ތުހުމަތައް އަމާޒުވާ ފަރާތްތަކާއި އިންޓަވިއުކުރުން އެއްރެއިން ނުނިމޭނެއެވެ. އަދި ރައްޔިތުންނަށް މިފަދަ ޔަގީންކަން މިނިސްޓަރު ދިނުމަކީ ސިއްހީ އިދާރާއާއި އެ އިދާރާގެ ދަށުން މަސައްކަތް ކުރާ ސިއްހީ ހިދުމަތްތެރިންނަށް ރައްޔިތުން ކުރާ އިތުބާރު ގެއްލެން މެދުވެރިވާ ކަމެއްގެ ގޮތުގައި ސިފަކުރިއެވެ.
މީގެ ހަފުތާއެއް ކުރިން ކޮވިޑަށް ފައްސިވެ މިޝްކާގެ ހާލު ސީރިއަސްވީ މިދިޔަ ހޯމަ ދުވަހުގެ ރެއެވެ. އެރޭ 9:00 ޖަހާއިރުއްސުރެ އެމްބިއުލޭންސްއެއްގެ އިންތިޒާރުގައި އެ އާއިލާއިން ތިބިއެވެ. އެމްބިއުލޭންސްއަށް އާދެވުނީ ދެ ގަޑިއިރާއި 25 މިނެޓް ފަހުންނެވެ. އޭރު މިޝްކާގެ ހަބަރު ހުސްވެފައިވާ ކަމަށް އާއިލާއިން ބުނެއެވެ. މިޝްކާ އައިޖީއެމްއެޗްއަށް ގެންދިއުމަށްފަހު ވެންޓިލޭޓަރުގައި ފަރުވާދޭން ފެށިއެވެ.
ނަމަވެސް ފަރުވާ ދިނުމުގައ ިލަސްތަކެއް ވެފައިވާތީ، މިޝްކާ ވަނީ އަންގާރަ ދުވަހުގެ ރޭގެ ވަގުތެއްގައި ނިޔާވެފައެވެ. މި މައްސަލާގައި ސަރުކާރުގެ އިހުމާލު އެބައޮތް ކަމަށް މިނިސްޓަރު ނަސީމް ވިދާޅުވިއެވެ. އަދި އާއިލާގެ ފަރާތުން އެކަމުގައި މާފަށް އެދި މައްސަލަ ތަހުގީގު ކުރާނެ ކަމުގެ ޔަގީންކަން ދެއްވާފައިވެއެވެ.
މިޝްކާގެ މަރުގައި އިހުމާލެއްވޭތޯ ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން ވެސް އަންނަނީ ތަހުގީގު ކުރަމުންނެވެ. އިމާދުއްދީން ސްކޫލްގައި ކިޔަވާ މިޝްކާ ކޮވިޑަށް ފައްސިވި އިރު، މަންމަ އާއި ބައްޕަ ވެސް ތިބީ ކޮވިޑަށް ފައްސިވެ ކަރަންޓީނުގައެވެ.
ކޮވިޑް ޕޭޝަންޓުން ބަލައި އެންބިއުލަންސް ނުފޮނުވުމަށް ސަރުކާރުން ޕޮލިސީއެއް ހަދާފައި އޮވޭތޯ ވިދާޅުވެ ބައްލަވަ.
ރިޕޯޓަކުން ވާނެ ކަމެއް ނެތް. އިބުރަތް ހާސިލްކޮށް ދެންވެސް އާއްމު ނިކަމެތި ރައްޔިތު މީހާ ގުޅާފަ ރޮއިގަތީމަ އިޖާބަ ޖޭންވީ.. އަވަހަށް މައްސަލަ ހައްލުކޮށްދޭންވީ.. ފޯނު ނަގާފަ މިދަނީ މިދަނީ މި ގުޅަނީ އެދަނީ އެދަނީ ކިޔަން ނުތިބެންވީ. އުސޫލްތައް ހަރުދަނާ ކުރަންވީ.. ރައްޔިތު މީހާ އާއި ގާތުން ވެރިކަން ކުރާނަމޭ ކިޔާފަ ވެރިކަމަށް އައިސް ރައްޔިތު މީހާ ފެލާލާފަ، ރައްޔިތު މީހާއަތުގަ ހުރި ފައިސާ ކޮޅު އަތުލާފަ، އެފައިސާ ކޮޅުން ޤައުމު ހިންގަންވީމާ ކަޑައޭ އިބޫ ބުރޯ....... މިހާރު ތިއޮން ނިންމީ ސާދީ ސާދީ ސާދީ ހަދިޔާ އިން ޓެކްސް.. މަވާ ދެން ސާދީއެއް ނުކުރާނަން
ކކކަން ކަމަށް ގާބިލުނުވާމީހުންނައް މިނިސްޓަރު ކަން ދިނީމަވާގޮތްމީ އަދިވެސް ޕާޓީ ކުދިންނައް މަގާމުތައް ބަހާ
ދިވެހި ރައްޔިތުންނަށް ބުނެލަން އޮތީ ކޮންމެ މީހެއްގެ ފެމެލީ މީހަކަށް ތިފަދަ ހާލަތެއް ދިމާވެއްޖެނަމަ 15 މިނިޓް ތެރޭގަ އެމްބިއުލާންސް ނާތުވެއްޖެ ނަމަ ވީއެންމެ އަވަހަށް ޓެކްސީ އެއްނަގައިގެން ބަލިމީހާ ސަލާމަތް ކުރުމަށް ސިއްހީ ހިދުމަތްދޭ ތަނަކަށް ދިއުމެވެ. ހަދާފައިވާ އުސޫލުތަކަށް ބަލާއިގެން ތިބެންވެއްޖެނަމަ އެއްވެސް މީހެއްގެ ފުރާނަ ސަލާމަތް ކުރެވޭނެކަމަކަށް މިހާރު އެގިލައްވާނެ..
ނަސީމުބެމެންފަދަ ދުނިޔޭގެތަޖުރިބާ ލިބިވަޑައިގެންތިއްބަވާބޭފުޅުން ތިބެންޖެހެނީ ސަރު ކާރަށްލަފާދޭން.. އެހެންނޫނަސް ވަޒީރު ކަން ކުރަން ތަން ކޮޅެއްދޮށިވެސްވެއްޖެ.
ރިޕޯޓް އޮތީ ނިމިފައިކަމަށާއި މިއަދު އެރިޕޯޓް ޢާންމު ކުރައްވާނެކަމަށް މިނިސްޓަރ ވިދާޅުވުން "ރިހޭ އިގިލި މައްޗަށް ފޮއި ވެއްޓުން" ފަދަ ކަމަކަށްވީމާ ، ރިޕޯޓް އަޑުއަހާލަން ކުރާ އިންތިޒާރު ދިގު ވެދާނެހެން އެބަ ހީވޭ.
ތިޔާ ރިޕޯޓާ ނިމޭއިރުގާ ކުށްވެރިވާނީ މިޝް ކާ ގެމަންމައާއި ބައްޕަ. ކެރަފާބޭ ބޯދަމާނެ . ކެރަފާބޭ އިސްތިއުފާ!
އަޅުގަޑަށް މިޤައުމުގަ ހެލްތު މިނިސްޓަރ އެއް ހުންނަ ކަމުގެ ހަދާނުގެޝުޢޫރެއްވެސް ހިތަކުނެތް.
ކުރިން ޕަބްލިކުހެލްތުގަ ނައިފަރު މުޙައްމަދު އިސްމާޢީލު ފަދަބެއިފުޅުންގެފުންނާބު މާބޮޑަށް
ވެސް އުސްކަމަށް ޤަބޫލުކުރެވޭ. އެއީމިނިސްޓަރ
ދަރަޖައެއްވެސްނޫން. ޢާއިލީ ބާރުހުރިބޭފުޅެއްވެސް
ނުމެނޫން. އަދިސަރުކާރުޕާޓީއެއްވެސް އެހެންޕާޓީއެއްވެސް އޮންނަނީއަކީއެއްވެސްނޫން.
ތަންތަން ހަލާކުވެގެންދިއުމުގެ ދީނުގަވެސްއޮންނަ
އެއްސިފަކަންއެންމެންދަންނަސިފައަކީ ކަންކަމާ
ޙަޥާލު ކުރެވޭ ފަރާތްތައް ނާޤާބިލްވީމަކަންދަނޭ. ރުކަކަށް ކާށި އަޅަން އަރައިފަ ކާށި އިހާ ބާއްވާފަ ގަބުޅި އަޅާނަމަ މާލުވެރިޔާއަށް އެގޮތް
އޯ.ކޭ އެއްނުވާނެ. އޭނަދެކެ ވަލޯތްބެއް ޢަމުދުން
ވެސް ނޯންނާނެ.
ތިޔަ ރިޕޯޓު އާންމު ކުރުމަކުން އެއާއިލާއަށް އެއްވެސް ފިިނިކަމެއް ލިބޭނެތޯ؟ ރަށްޔިތުންނަށް އޮތްބިރުވެރިކަން ފިލާދާނެތޯ؟ ތިޔަކަހަލަ ދެއްކުންތެރި ޒަމާނާނުގުޅޭ ބީރައްޓެހި ކަންތައްތަކަކުން ރައްޔިތުންނަށް ލިބޭނެ އެއްވެސް ކުރިއެރުމެއްނަތް. އަދިވެސް ތިބޭނީ އެއްކަލަ ބޮޑުންތައް. ނިކަމެއްޗަކު ހަނާކޮށްލަފާނެ. ނަސީމު އެބަޖެހޭ އިސްތިއުފާދީފަ ހެޔޮކޮށް ސިއްޙީދާއިރާ ހިންގާ ރައްޔިތުންނަށްް ކުރިއެރުމެއް ގެނެސްދީފާނެ ފަރާތަކަށް ވަޒީރުކަންދިނުމަށް ރައީސަށް ފުރުސަތުދޭން. އައިޖީއެމްއެޗްގެ މުވައްޒަފުންގެ ތެރޭގަ އެބައުޅޭ ކާޑުޖަހާފަ ޑިއުޓީއަށް ނުނިކުންނަ މުވައްޒަފުންނެއް. މަނިކުފާނަށް އެގޭތޯ މިކަން. ވެރިންގެ ތެރޭގަ އެބައުޅޭ ދަށުގަތިބޭ ބުރަކޮށް މަސައްކަތްކުރާ މުވައްޒަފުންނަށް ބަވާލާ ވެރިން. މިވެރިންނަށް މިވެރިންގެ ނާާގާބިލް ކަމެއްނުފެނޭ. މިނިވަން ޕްރޮފެޝަނަލް ފަރާތެއް މެދުވެރިކޮށް މުޅި އައިޖީއެމްއެޗްގެ އޯޑިޓެއް ހަދަންއެބަޖެހޭ.
އަމިއްލަޔަށް ރިޕޯޓްހެދިޔަސް ހެޔޮވާނޭ، އެމްޑީޕީވިއްޔާ ، ކެރަފާ ނަސީމް ވިއްޔާ އޯކޭ، ދޯ ،
5 އެމްބިއުލާން މަސަތްކަތް ކުރޭތަ ، ހަރަދުކުޑަކުރަން ޑްރައިވަރުން ގޭގެދޯބޭތިއްބީ، ދެން
ކޮބާ ތިމިނިސްޓްރީގެ މެއިންޓެނަންސްވެސް ބަންގާޅީން ލައްވާ ކުރުވާފަ އެލާރިވެސް ޖީބައްދޯތިލަނީ، އާ ކެރަފާ ނުން އަންނިގެ ބޮޑުބޭބެ ވިއްޔާދޯ ، ކީކޭބުނާނީ ބިރެއްވެސް ނުގަންނާނެނުން އާހިރަތެއްވެސް ނޯނާނެވިއްޔާ ދޯ އަސްލު ބާޢީ.
އޯޓީ ނުދޭން ސްޓޭންޑް ބައިގައި ނުބަހަޓަޔޭ ތިއެމްބިއުލާންސް ނަމެއްގައި ހުއްޓަކަސް ނުވާނެ، އެވަގު ތު މާލެ ތެރޭގައި ތި އެމްބިއުލާންސް ކީތޯކުރީ ބަލަން އެބަޖެހޭ ކެރަފާ ނަސީމް އަކީ ގާބިލްމީހެއް ތޯ ބަލަން އެބަޖެހޭ ، ނުކިޔަވާ ތިބޭމީހުންނަށް މެނޭޖްކުރަން ކިހިނެއްތީ އިގޭނީ، އެމްޑީޕީވިއްޔާ ނުކިޔެވިޔަސް ނާގާބިލަސް ގޯސްހެދިޔަސް ، އަމިއްލަޔަށް ރިޕޯޓްނެރުނަސް އޯކޭ، މިޔަށް ކިޔަނީ ހިޕޮކްރަސީޔޭ<
ރިޕޯޓުއާންމުކުރާއިރު ޖޯޖްކޯބިންގެ މައްސަލަނިންމިގޮތަށް ހަތަރުފުރޮޅުލީ އުޅަނދު ކުށްވެރިކޮށްފަނިންމާލާ މިހާރު އެއްފަހަރުސޮރީބުނެފީމެއްނު ފުދިއްޖެ
ނަސީމްބެ އަދި ކިރިޔާ އެހެރީ މިނިސްޓަރުކަން ކުރާ އުމުރަށް އެޅިފައި އެވަޒީފާއަކީ ގުޅަކުޅޭ ފަސްގަނޑު މައްޗަށް ގޮސް ބަޑު މުސާރަޔަށް ބެއްދުންތޯ ނޫންނަމަ ކަނޑިޔާ ބަޑި ހިފައިގެން ހަގުރާމަ ކުރުންތޯ
ސަރުކާރާ ސަރުކާރު މުއައްޒަފަކާ ސަރުކާރުގެ ވެރިންގެ އިހުމާލެއް ތި ތަހުގީގުން ފެންނާނެ ހެނެއް ހީނުވޭ ފަހަތުގަ އޮވެދާނެ އެކުއްޖާގެ މައިންބަފައިންނައް އެމްމެ ރަނގަޅުގޮތުގަ ފަރުދީޒިންމާ އަދާނުކުރެވުނީއޭވެސް މީ މިއަދު ގައުމުގެ އިސްސަފުގެ ހާލަތު