ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން 'ދަންޖައްސަންޖެހޭ' ކަމަށް، ވިދާޅުވީ އެކަން ކުރުމުގެ ވިސްނުމުގައި ނޫން ކަމަށް މީދޫ ދާއިރާގެ އަހްމަދު ސިޔާމް (ސަން ޝިޔާމް) ވިދާޅުވެއްޖެއެވެ.
މެންބަރު ހިސާން އަށް އަމާޒުކޮށް، ސިޔާމް އެފަދަ މޭރުމަކުން ވާހަކަ ދެއްކެވި ކަމަށް ބުނާ އޯޑިޔޯ ކްލިޕެއް އޮންލައިން ނޫހަކުން ވަނީ އާންމުކޮށްފައެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ 241 ކޮމެޓީގެ ބައެއް މެންބަރުންނާ ހަވާލާދީ އެފަދައިން ޝިޔާމް ވިދާޅުވެފައިވާ ކަމަށް އެނޫހުން ރިޕޯޓޮށްފައިވެއެވެ.
އެ ވާހަކަތަކާ ގުޅިގެން ސިޔާމް "ވަގުތު" އަށް ވިދާޅުވީ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ރައީސް ހިސާނަށް ނިސްބަތްކޮށް އެފަދައިން ވިދާޅުވެވުނީ އެ ކޮޮމިޝަނަށް ފާޑުކިޔަމުން ކަމަށެވެ. އަދި މި ފަދައިން ވިދާޅުވެވުނީ ޝަރުއީ ދާއިރާ ހިންގާ ގޮތާ ހިތްނުތަނަވަސްވެ، ކަމަށް ވިދާޅުވިއެވެ.
"ޑިބޭޓު ތެރޭ އެއްޗެއް ބުނެވިފައި އޮވެދާނެ. އެހެންނަމަވެސް އެކަހަަލަ މާނައެއްގައި ނުވަތަ އެކަހަލަ ކަމެއް ކުރުމުގެ ނިޔަތުގައި އެއްވެސް ވާހަކައެއް ބުނެފައެއް ނޯންނާނެ،" ސަން ޝިޔާމް ވިދާޅުވިއެވެ.
ސަރުކާރުގެ ފަރާތުން ދާދިފަހުން ހުށަހެޅި ބިލަކާއި ގުޅިގެންވެސް ހިސާންއަށް މީސްމީޑިޔާގައި މަރުގެ އިންޒާރުތައް ބައެއް މީހުން ދީފައިވެއެވެ. މި ކަމާ ގުޅިގެން ހިސާނަށް ސަލާމަތީ ޚިދުމަތްތަކުން ސެކުއިރިޓީ ވެސް ދޭން ފަށާފައިވެއެވެ.
އެކަމާއި ގުޅިގެން އެމްއެންޑީފުން ވަނީ މެމްބަރުގެ ސަލާމަތީ ކަންކަން އިތުރަށް ވަރުގަދަކޮށްފައެވެ.
މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއާ ގުޅިގެން 241 ކޮމިޓީން ހިންގާ ޕާލިމަންޓަރީ އިންކުއަރީގެ މަޖިލީހުގެ މަސައްކަތާ ވަރަށް ދުރުން އުޅުއްވާ ސިޔާމް ކުއްލި ގޮތަށް ވަޑައިގެންނެވުމުން އެމްޑީޕީ ގިނަ މެމްބަރުންގެ ފާޑުކިޔުންތައް އަމާޒުވިއެވެ.
ޢާންމުކޮށް ވާހަކަ ދެއްކުމުގައި ދަންޖައްސަން ޖެހިފަ ހުރި މީހެކޭ ބުނަނީ މީހަކު ނުލަފާ ކަމުން އޭނަގެ ނުބައިކަން ހާމަކުރުމަށް މަޖާޒީގޮތަކަށެވެ.
މަޖާޒީ ގޮތުން ވާހަކަ ދައްކަން ވެއްޖެޔާ ލައްކަ ނުލަފާ ވާހަކަ ދައްކާފަ ވެސް މަޖާޒު ބޮލަށް ކަނޑާފަ ނިންމާލެވިދާނެ.. ނަޝީދު ކަރުބުރިކުރަން ގޮވާ ޔާމީނު އަންދަން ގޮވީވެސް މަޖާޒީކޮށްނޭ ބުނެފަ ނިންމާލެވިދާނެތާ
އަދިވެސް އަންގަ މަޑުންލާއިގެ އިންދެވޭތޯ ބަލަންވީއެއްނު .
އަނގައިންނޫން ކަންކަން ކުރަނީ! ޢަމަލުން! ފިލާތިބެގެން ކޮންކަމެއްކުރެވޭނީ؟ ޔާމީންގެ ވެރިކަން ނިމުމާއެކު އެފަކީރު އެއްލާލާ އަޅާވެސްނާ ތިޔަޕާޓީ ތިއުޅެނީ!
ޝިޔާމް ނުބުންޏަސް ދަންޖައްސާ މަރަން ޖެހޭ މީހުން ދަން ޖައްސާ މަރާ ގައުމުތަށް އެބަހުރި މިރާއްޖޭގަ ހިނގަނީ އިސްލާމީ ޝަރީޢަތެއްނޫނެއްނޫން ދެން ހިސާން މަރަން ޖެހޭ ނީ ސަބަބެއްވެސް އޮވެގެންނޫން އެފަދަ ޢަމަލެއް ހިސާން ކުރެއްވި ކަމެއް އެނގޭކަށް ނެތް
އައްނިބެގެ ގާރލްފުރެންޑް ޔޯ ތިޔަ ބުނާ ހިސާނަކީ.. ކޮބާތަ އެބޭ؟؟
އާއްމު ރައްޔިތުން ސޯސަލް މީޑިއާގައި އެއްޗެއް ބުނީމަ އެބަ ހައްޔަރު ކުރޭ. ޤާނޫނުގެ ދިގު އަތް މިބޭފުޅުންނަށް ނުފޯރާތޯ.މި ކޮމެންޓް ލިޔާއިރުވެސް އަޅުގަނޑު ހައްޔަރު ކޮށްފާނެ ކަމުގެ ބިރު އެބައޮތް.އެމްޑީޕީ އަކީ ހިޔާލް ފާޅު ކުރުމުގެ މިނިވަން ކަމަށް އެންމެ ގޮވާލާ މީހުން އެކަމް އެބޭފުޅުންނަށް ވެރިކަން ލިބުނީމަ އެބޭފުޅުން ފިޔަވާ އެހެން މީހުންގެ އަނގައިގައި ޓޭޕް އަޅަން މިއުޅެނީ.ޝޭމް އޮން އެމްޑީޕީ.ކޮވިޑް ކަންކަންވެސް ބޮއްސުންލައިގެން ދިޔައީ މިބޭފުޅުންގެ ދޯދިޔާ ކަމުން.އެކަމް މާދަމާވެސް ވޯޓް ހޯދަންވީމަ ލަދެއް ނުގަންނާނެ
ދަންޖެއްސުމާއި ދަންޖައްސާ މެރުމަކީ އަދި ދެކަމެއް.
ކޮބާތޯ އެއްކަލަ އަނގަގަދަ ރާފިޔާ
ހައްޔަރު ކުރަން ކެރޭނެބާ؟ މީ ނޫންތޯ ހޭޓް ސްޕީޗަކީ؟ ނިކަމެއްޗަކު މިފަދަ ކަމެއް ކޮށްފިނަމަ ހައްޔަރު ކުރަން ވަރަށް އަވަހަށް ފޫ ގަޅާލާނެ!!!
ޢަހާ އެ އްކަލަ. ޢަނގައޮޅޭކަލޭގެދޯ.
ޢެހެންބުނެވުނީ މެމްބަރުންނަކީ ބާޒާރުމަތީބަހުން ވާހަކަ ދައްކަވާ ބަޔަކަށްވާތީ. ސުޕަމެޖޯރިޓީ ނޯ ގުޑްމެނާ....
ދޫރައްކާތެރި ކުރުމަށް އިސްލާމްދީނުގައި އަންގަވާފައިވަނީ އެކަމުގައި ވަރަށް ބޮޑު ޙިކުމަތެއް އެކުލެވިގެންވާތީ!! އެވަރު ޝިޔާމް އަށް ނުވިސްނުނީތީ ހަަމަ “ ހައިރާން”ވެއްޖެ!! މިހާރު އިނގޭނެ ދުލަކި ކިހާ ވަރުގަދަ “ ހަތިޔާރެއް” ކަން 🤔
ދަންޖައްސަން ބުނުމަކީ މަޖާޒީ ގޮތުން ބުނެވޭނެ ބަހެއްނޫނެވެ.
ހަމަތިގޮތައް އިދިކޮޅުމީހިންނައް ކޮވިޑްޖެއްސިމީހިންގެމައްސަލަވެސް ބަލަންޖެހޭނެދޯ
ހުރިހާވެސް މަސްއަލައަކީ ދައްކަންވާ ވާހަކަ އާއި ނުދައްކަންވާ ވާހަކަ ތިޔަ މަޖްލިސް ދޮރުން އެތެރެވީމަ ހަނދާން ނުހުންނަކަން. ކޮންމެސިފައެއްގަ ނަމަވެސް އެއްވެސް މީހަކަށް އަނިޔާ އެއް ލިބޭނެ ނުވަތަ ކުރަން ބުނުމަކީ ރަގަޅު ކަމެއް ނޫން. ތިޔަޢިއްޒަތްތެރި ބޭފުޅުން ނަށް ދިވެހި ރައްޔިތުން ވޯޓްދީފަ މެމްބަރުކަން ކަން ހާވާލުކުރީ ދިވެހި ހަރުބަސް ތަކާއި މަޖާޒީ ބަސްތަކާއި ސަމާސަ ވާހަކަ ދެެއްކުމަށް ވުރެ ރައްޔިތުންނަށް ފައިދާހުރި ކަންކަން ކޮށް ދެއްވާތޯ.
ރަ އްބި އެއ އް ރަސޫލެ އް ތަނެ އް ދޮރެ އް ނޭގޭ ބޭކަލުން މަޖީލީހަށް ހޮވީމާ ފެ ނި އްޖެ އެއ އް ނޫން
ޝިޔާމަކީ ވ.މަޒާޖީ ބަސް ގިނައިން ބޭނުން ކުރައްވާ ބޭފުޅެއް. ައީސް ޔާމީންގެ އަނބިކަބަލުން ފާތުމައކީ ކުޅެދޭ މީހުން ނުކުޅެދޭ މީހުންނަށް ހަދާ ބޭފުޅެއްކަމަށްވެސް ތި ޝިޔާމު ވިދާޅުވި. ވެދާނެ ހިއްޕެވޭ ސަރުބަތެއްގެ ގޮތަކުން ވާގޮތެއްކަމަށް. މީގެކުރިން އެއާޕޯޓުން ދެފުޅި ވަނީ އަތުލައިގެންފަ.
ސަން ޝިޔާމު މަޖިލީހުގައި މުޅިން އަނގަތަޅަނީ އެއްވެސް ކަމެއް ކުރާކަށް ނޫން
ޝިޔާމް ހިނދުކޮޅުގަ ހުންނެވިގަޑިއެއްގަ ކަންނޭގެ