ސަރުކާރު ހިންގާ މައި ޕާޓީ އަދި ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތް ޕާޓީ، އެމްޑީޕީ ހަލާކުވެ ދަނީ އެ ޕާޓީގެ ޗެއާޕާސަން ހަސަން ލަތީފް ވަކި ފަރާތަކަށް ޖެހިވަޑައިގެން މަސައްކަތް ކުރައްވާތީ ކަމަށް އެ ޕާޓީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު (ރީކޯ) ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ އެތެރޭގެ މަސްރަހު ހޫނުވެފައި ވަނިކޮށް،ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ކަން ވެސް ކުރައްވާ ހަސަން ލަތީފް ވިދާޅުވި ގޮތުގައި ސަރުކާރާއި އެމްޑީޕީއާ ދެމެދު ގުޅުން ވަނީ ހީނަރުވެފައެވެ.

ހަސަން ލަތީފް ވިދާޅުވީ އެމްޑީޕީ ދެބައިވާން ޖެހުނު ސަބަބަކީ ސަރުކާރުން އެ ޕާޓީގެ މައި ވައުދުތައް ފުއްދަން މަސައްކަތް ނުކުރުން ކަމަށެވެ. އަދި ސަރުކާރު ހިންގަނީ އެމްޑީޕީ އާއި އެ ޕާޓީގެ އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެއްކައިރިކޮށްގެން ކަމަށް ހަސަން ވިދާޅުވިއެވެ.

މިކަމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް ރީކޯ ވިދާޅުވީ، އެމްޑީޕީ ހަލާކުވެގެން މި ދަނީ ޗެއާޕާސަން ހިމެނޭ ގޮތަށް ޕާޓީގެ ލިޑާޝިޕް ފެއިލްވެގެން ކަމަށެވެ.

"އެމްޑީޕީ ހަލާކުވެ ތި ދަނީ ޕާޓީގެ ލީޑާޝިޕް ފެއިލްވީމަ، ޗެއާގެ ޒިންމާ ނުނަގާ ޗެއާ ވަކި ފަރާތަކަށް ޖެހޭތީ،" ރީކޯ ވިދާޅުވިއެވެ.

ހަސަން ލަތީފް އާއި، ޕާޓީގެ އިސް ލީޑަރު އަދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އާއި ޕާޓީގެ ރައީސް އަދި މަޖިލީހުގެ ރައީސް ނަޝީދާއި، ޕާޓީގެ ނައިބު ރައީސް އަދި ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ޝިފާޒް (ޝިއްޕެ) އާއި ޕާލިމެންޓްރީ ގްރޫޕްގެ ލީޑާޝިޕް މަޝްވަރާ ކުރައްވަން ރީކޯ ގޮވާލެއްވިއެވެ.

"އެތައް ބައެއްގެ ބުރަ މަސައްކަތް ތި ފުނޑިގެން ދަނީ،" އެމްޑީޕީ އުފައްދަވައި ސިޔާސީ ހަރަކާތްތަކުގައި އިސްކޮށް އުޅުއްވި ރީކޯ ލިޔުއްވައިފިއެވެ.

އެމްޑީޕީގެ އެތެރޭގެ މަސްރަހު ހޫނުވެގެން ދިޔައީ، ރައީސް ނަޝީދުގެ ސެކިއުރިޓީ ފޫއަޅުވާލި ގޮތުގެ މައްޗަށް މަޖިލީހުގައި ހިންގާ އިންކުއަރީއަށް ވަކިވަކި ސިފައިން ފޮނުވަން ޑިފެންސް މިނިސްޓްރީން ދެކޮޅު ހެދި ހިސާބުންނެވެ.

ޑިފެންސް މިނިސްޓްރީގެ ނައިބު ހަސަން ޒަމީލް ސޮއި ކުރައްވައި މި ގޮތަށް މަޖިލީހަށް ލިޔުން ފޮނުވުމާ ގުޅިގެން އިމްތިޔާޒު ކޮމިޓީއަށް ނަޝީދު ހުށަހެޅުއްވި މައްސަލައެއް ބޭރު ވެސް ކޮށްލިއެވެ.

މި މައްސަލަ ބޭރުކޮށްލީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އަންގަވައިގެން އެމަނިކުފާނުގެ ޅިޔަނު އަދި އަލިފުށި ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) ލޮބީ ކުރައްވައިގެން ކަމަށް ނަޝީދުގެ ޕެކްޝަންގެ ބޭފުޅުން ވިދާޅުވެއެވެ.

އެމްޑީޕީގެ އެތެރޭގެ މަސްރަހު ހޫނުވެފައިވަނިކޮށް، މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ހުށަހެޅުނު ނަޝީދަށް ހަމަލާ ދިން މައްސަލައަށް ފާރަވެރިވުމުގެ ގަރާރަށް އެއްވެސް ވަޒީރަކު ވާހަކައެއް ނުދައްކަވައެވެ.

މިއަށް ފަހު ރައީސް ނަޝީދުގެ ސަޕޯޓަރުންނާއި ރައީސް ސޯލިހްގެ ސަޕޯޓަރުން ވަނީ މީސް މީޑިއާގައި ބަހުގެ ހަމަލާތައް ބަދަލު ކުރެވެން ފަށައިފައެވެ. އަދި އެމްޑީޕީ މިހާރު ދެބައިވި ކަމުގައި އެއްބަސްވެ އެ ވާހަކަ ދައްކަވަން ވަނީ ފައްޓަވައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ޢބްދުއްﷲ

    އެމްޑީޕީ ހަލާކުވެ ދަނީ ލީޑާޝިޕް ފެއިލްވެ، ޗެއާ ވަކި ފަރާތަކަށް ޖެހޭތީ: ރީކޯ މޫސަ

    20 ސިކުންތު ކުރިން ( ޖޫން 12, 2021 )

    ހާދަހީވެޔޭ މީނަމިއުލޅެނީ ދަށުންދަމާކުޅެންހެން.

    12
    3
  2. ބަރުގޮނު

    ނަޝީދަށް ބޮޑުވަޒީރުކަން ލިބޭގޮތަށް 2023 ގެ އިންތިޚާބު ނުބާއްވާށާ ނިޒާމް ބަދަލުކޮށް ދިނުން އެދި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ނަޝީދު ސިޓީއެއް ފޮނުވައި އެކަން މުޅި ރާއްޖެއަށް އިޢުލާންވި ހިސާބުން ފެށިގެން ޙަޤީޤަތުގައި އެމް.ޑީ.ޕީ ދެބައިވެއްޖެ. ޑިފެންސް މިނިސްޓަރ ގެ ނައިބު ސިޓީއެއްގައި ކުރެއްވި ސޮޔަކާހެދި އެބޭފުޅަކާމެދު ޖެހުނު މަސްއަލަގަޑުގެ ތެރެޔަށް ޙަސަންލަތީފު ވަދެ ވަކި ފަރާތަކަށް ބުރަވުމުގެ ސަބަބުން ޕާޓީ ދެބައިވުމަށް އެޅި ރެނދު މިދަނީ އިތުރަށް ބޮޑުވަމުން.

    12
    1
  3. ކަ ލޯ ބެއްޔ

    ތީނަ ގެ ފަރާތުންތަ ބިގޭ ގުރެޖުވޭޓު ވެގެން އެ އުޅެނީ

    4
    5
  4. ދަރަނި ދަންތުރަ

    ކެނެރީގޭ ނަސީދު އާ ނުރުހޭ މީހަކީ މީހެއްނޫން ، ހިތާ ހިތުގެ ރައީސް ދޫކޮށް ލައިލާ ދިޔައީ ކީއްވެބާ ؟

    14
    1
  5. ހަމްޒާ

    މޑޕ އައީ ފިތުނައުފައްދަމުން ޤައުމުބައިބައި ކުރަމުން ދީނައް ފުރައްސާރަކުރަމުން، މީހުނައް ހަޖޫޖަހަމުން މަލާމަތް ކުރަމުން، އަކަމުގަ ބުރަކޮއް އުޅުނުމީހެއް ތިޔައިވެސް.

  6. ނަޒޫ.ކ

    އެހެނ

  7. ނަޒޫކް

    އެހެންވީމަތާ ކޮޅު ބަދަލުކޮއްލީ... ކުޑަ ހެންވޭރުމީހުން ލޮލުގައި އަދުންއަޅުވާފައި ފިލީ.. ތިޔަލިބުނު މާލީ މުއްސަދިކަން ހިފައިގެން ދުރުގައި ހުރެބަލަ.. އަންނަން އޮތް ދުނިޔެއައް އިންތިޒާރު ކޮއްގެން... ހިއެއްނުވޭ އެދުނިޔެ މޫސައައް މާކަ ކަމުދާނެ ހެނެއް...

    • ނޫޑުލްސް

      މުއްސަނދިކަން ހަމަ އެކަނި އަނގާން ނާ ކަނޑާ ފޮނން. ބޭންކު ތަކައް ދަރާފަ ލާރިދޭންޖެހެތީ މިހާރަކައް އައިސް ޓީވީން ފެންނަނީ. ސަރުކާރު ތުރޫ ކޮއް އަނެއްކާވެސް ރަތްޔިތުންގެ ލާރީ ގަ ބައިސާ ތަޅަން