ބޭރުގެ 100 ޕަސެންޓު ހިއްސާ އޮންނަ ކުންފުނިތަކަށް ރާއްޖޭގައި އެއާޕޯޓު ހިންގޭ ގޮތަށް ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް ޕޮލިސީ (އެފްޑީއައި) އަށް ބަދަލު ގެނައުމުން ސަރުކާރުގެ އެ ނިންމުމަށް ފާޑުކިއުންތައް އަމާޒުވެއްޖެއެވެ.

މީގެ ކުރިން އެމްޑީޕީގެ ފުރަތަމަ ސަރުކާރު، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ރާއްޖޭގެ މައި އެއާޕޯޓް ކަމުގައިވާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް އިންޑިއާގެ ޖީއެމްއާރު ކުންފުންޏަށް ކުއްޔަށް ދިނުމުން ވެސް ދިވެހިންގެ ގިނަ ބަޔަކު ނުރުހުނެވެ.

"ދިވެހިންގެ އެއާޕޯޓް ދިވެހިންނަށް" ޝިއާރުގައި އެ ކަމާ ގިނަ ބަޔަކު ދެކޮޅަށް ތެދުވިއެވެ. ރައީސް ނަޝީދުގެ ވެރިކަން ނިމި ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ވެރިކަމުގައި ވެސް މި އިހްތިޖާޖް ކުރިއަށް ގެންގޮސް އެންމެ ފަހުން ޖީއެމްއާރާއެކު ހަދާފައިވާ އެއްބަސްވުން އުވާލިއެވެ.

އެމްޑީޕީގެ ދެވަނަ ސަރުކާރު، ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ މި ސަރުކާރުގެ ވެސް ފުރަތަމަ ސިޔާސަތު އޮތީ އެއާޕޯޓްތައް ހިންގަން ބޭރު ބަޔަކަށް ނުދިނުމަށެވެ. ރައްޔިތުންގެ މަޖިލީހުގައި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް މިކަން ހާމަ ވެސް ކުރެއްވިއެވެ.

އެކަމަކު، ސަރުކާރުގެ އެ ސިޔާސަތު އިއްޔެ ބަދަލު ކުރުމާ ގުޅިގެން މީސް މީޑިއާގައި ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. މީގެ ކުރިން ނަޝީދުގެ ވެރިކަމުގައި ތަކުރާރު ވެގެން އައި އަޑުތައް އަނެއްކާ ވެސް ވަނީ ގުގުމާލައިފައެވެ.

އެމްޑީޕީގެ މެންބަރެއްގެ ގޮތުގައި ހުންނެވި ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ ކުރީގެ މެންބަރު އިބްރާހީމް މުހައްމަދު ދީދީ ވެސް މި ކަމަށް ފާޑުވިދާޅުވެފައިވެއެވެ. ސިފައިން ގޭގައި 33 އަހަރު ޚިދުމަތް ކުރައްވާފައިވާ ދީދީ ސިފަކުރެއްވީ މިއީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއްގެ ގޮތުގައެވެ.

ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ވިދާޅުވީ، ބޭރުގެ 100 އިންސައްތަ ޚިއްސާ އޮންނަ ކުންފުންޏަކަށް ހުރިހާ ބާރަކާއި ކޮންޓްރޯލަކާ އެކު ދިނުމަކީ އިގްތިސާދީ ގޮތުން ރާއްޖެ ނިކަމެތިވެ ސިޔާދަތީ ބާރު ގެއްލޭނެ ކަމެކެވެ.

"މި ކަން ރައްޔިތުން ހުއްޓުވަން ޖެހޭ،" ކުރީގެ ސަރުކާރުގައި ޑިފެންސް މިނިސްޓަރުގެ މަގާމު ފުރުއްވި އާދަމް ޝަރީފް ވިދާޅުވިއެވެ.

ފެލިދޫ ދާއިރާގެ ޕީއެންސީގެ މެންބަރު އިބްރާހީމް ފަޒުލް ރަޝީދު ވެސް ވިދާޅުވީ ރާއްޖޭގެ އެއާޕޯޓްތަކުގެ އެއާ ކޮންޓްރޯލް ކުރެވޭ ގޮތަށް ބޭރުގެ 100 އިންސައްތަ ޚިއްސާ އޮންނަ ކުންފުނިތަކަށް ދިނުން ވާނީ ގައުމީ ސަލާމަތަށް ނުރައްކާ ހުރި ކަމަކަށެވެ.

"ވެރިކަމަށް އަންނަ ކޮންމެ ފަހަރަކު ގައުމު ވިއްކާ ނުލާ،" ފަޒުލް ކުރެއްވި ޓްވީޓްގައިވެއެވެ.

ޕީޕީއެމްގައި ހަރަކާތްތެރިވާ އަހުމަދު މަތީން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކަނޑާއި އެއްގަމާއި ވައިގެ ދޮރޯށިތައް ބިދޭސީންގެ އަތްމައްޗަށް ދޫކޮށްލުމަކީ ބޮޑެތި ނުބައިތަކަށް މަގުފަހިވެގެން ދިއުމުގެ ފުރުސަތު އޮތް ކަމެއް ކަމަށެވެ.

"ބޭރުގެ އިންވެސްޓަރުންނަށް ދޮރު ހުޅުވާލުމުގައި ވެސް އިންތަކާއި މިންތަކެއް ހުންނަން ޖެހޭނެ،" މަތީން ވިދާޅުވިއެވެ.

އަހުމަދު ޝަމީމް ނަމަކަށް ކިޔާ މީހަކު ކުރި ޓްވީޓެއްގައި ވަނީ މިއީ ރާއްޖޭގެ އެއާޕޯޓްތައް އިންޑިއާ ހަވާލު ކުރުމަށް ކުރެވޭ މަސައްކަތެއް ކަމަށެވެ. މި ކަން ފާހަގަކޮށްފައި އެވަނީ އިންޑިއާއާ މި ސަރުކާރުން ބާއްވާ ގާތް ގުޅުމުގެ ސަބަބުން އާންމުންގެ ތެރޭގައި އުފެދިފައިވާ ސުވާލުތަކާއި ކަންބޮޑުވުންތަކުގެ މައްޗަށެވެ.

ސަލްމާ ފިކުރީ ނަމަކަށް ކިޔާ މީހެއްގެ ޓްވިޓާ އެކައުންޓުން ކުރި ޓްވީޓެއްގައި ވަނީ ކޮންމެ ދުވަހަކު ވެސް ސަރުކާރުން ބޭރުގެ ފަރާތްތަކަށް ބާރު ހިންގޭ ގޮތަށް އެތައް ކަމެއް ކުރަމުންދާ ކަމަށެވެ. ވައިގެ ސަރަހައްދުގެ އިތުރުން ކަނޑުތަކާއި ފަޅުތައް ވެސް ވިއްކަނީ ކަމަށް ލިޔެފައި އޮތެވެ.

ވައިގެ ބަނދަރުތައް ބޭރުގެ ކުންފުނިތަކަށް ދިނުމުގެ ވިސްނުމަކީ ދިވެހިން މާ ބޮޑަށް ތާއީދު ނުކުރާ ވިސްނުމެއް ކަމަށް މީގެ ކުރިން މި ސަރުކާރުން ވެސް ހާމަ ކުރުމަށް ފަހު، މިހާރު ސަރުކާރުގެ ސިޔާސަތު ބަދަލު ކުރުމުގެ މަގްސަދު ސާފުކޮށްދޭން ގިނަ ބަޔަކު އަންނަނީ ގޮވާލަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

30 ކޮމެންޓް

 1. މަރަސް

  މިކަމަން ޒިންމާ ވާންޖެހޭނީ ތިރީސްއަހަރުގެ ހުދުމުހުތާރު މިގައުމުގެ ޒުވާޖީލު ހަލާކުކުރި މައުމޫނާ. މިބުރުމާ ގާސިމާ މިހެއްގެ ބޮލުގާ މަރުގެ ތުހުމަތުއެލުވި ރޯނު ސޭހު އިމުރާނާ.މަޖިލިހުގެ މެނަބަރުން؟؟؟

  60
  15
  • ޙައްގުބަސް

   5 މިލިއަން ޑޮލަރު އިންވެސްޓް ކުރީމަ 50 އަހަރަށް އެއަރޕޯޓް ހިންގަން ބޭރުގެ ކުންފުނިތަކަށް ދެވެޔޭ؟ ޖޯކެއްތަ މީ؟ މިއީވެސް އިންޑިޔާގެ ރޭވުމެއް! މިފަދަ ގައުމުގެ މިނިވަންކަމާއި އިސްތިގުލާލާއި ގުޅުންހުރި ރައްޔިތުންގެ މަސްލަހަތު ހިމެނޭ ކަންކަން ބަޔަކު ހިތުހުރި ގޮތަކަށް ނިމިގެންނުވާނެ. އެތަނެއްގެ ރައްޔިތުންގެ ރުހުމާ ނުލައި ކުރެވިގެން ނުވާނެ. މިމައްސަލަ މަޖިލީހަށާ ކޯޓަށް ހުށަހަޅަންޖެހޭ. ރައީސް އަކަށްވެސް ގައުމަށް ހިތުހުރިގޮތެއް ހެދިގެންނުވާނެ. މިއީ ދިވެހި ކޮންމެ ރައްޔިތަކު މިކަމާ އިހްތިޖާޖުކޮށް ޝުޢޫރު ފާޅުކުރަންޖެހޭ ވަގުތު! ކޮބާތަ މިގައުމުގައި ތިބި ސިޔާސީ މީހުން؟ ކޮބާތަ މިގައުމުގައި ތިބި ބޮޑެތި ވިޔަފާރި ވެރިން؟ ކޮބާތަ އިސް ރަށްވެހިން؟ އަވަހަށް ތެދުވޭ ގައުމަށްޓަކައި ގުރުބާންވާން. އެދުވަސް އަތުވެއްޖެ! ކާބަފައިންގެ ހަނދާންތައް އާކޮށް ގައުމަށްޓަކައި ޖިހާދުވާންޖެހޭ! މިނިވަންކަން ގެއްލެނީ ހަމައެކަނި ކަނޑި ބަޑި ހިފައިގެން ބަޔަކު އެރީމައެއްނޫން! އެންމެން އަނގަމަތީ ޓޭޕް އަޅައިގެން އަދިވެސް ނިދާފަތަ ތިބެނީ!

   55
  • ކޮވިޑް

   އަދި އީސީ ޝަރީފް ހިމަނާލާ. މިސަރުކާރުގެ ކަންކަމުގާ އީސީ ޝަރީފް ރެކި ސަލާމަތް ނުވާނެ އޭނާ ސީދާ ވޯޓް އޮޅުވާލީ.

   51
   1
  • ނާނަކަޓާ

   އަސްލުވެސް ތިބުނީހަމަ ރަގަޅައް

   42
  • އަޒްމާން

   ތިއެންމެންނައް އަދަބުދިނުން އެބައޮތް ކުރިޔައް. ހެޔޮ ކާނެއް ދަތެއް އަނގައިގަނެތަސް އަދަބު ތަންފީޒު ކުރެވެންޖެހޭނެ. ގައުމައް ޢައްދާރު ވެފަ ރަން އިލޮށިން ކާން ދޫކޮއްފަކާ ނުބައިތިއްބާނަން.

 2. ގައުމީ ލޯބި

  ވަގުތުން ވަގުތައް ތިކަން ހުއްޓަވާލައްވާ.. ދިވެހިގައުމާއި ދީނަށް ތިގޮންޖައްސަވަނީ..

  އަޅުގަނޑުމެންގެ ތާއީދު ސަރުކާރަށް ގެއްލޭނެ ތިހެން ހަދައިފިނަމަ، އަދި މީގެ ކުރީންވެސް ތިފަހަދަ ކަންކަމުން މުޅިގައުމުގެ މާލިއްޔަތު ވަނީ ބަގުރޫޓުވެފައި. ޖީއެމްއާރަށް ފައިސާދައްކަން ޖެހުނީ ދިވެހީންނަށް..

  އެހެންވީމާ ގައުމީ، މާލީ އަދީ ވަހުދަތު ގެ ނަޒަރުން ބެލިޔަސް ތީ ކޮށްގެންވާނެ ކަމެއް ނޫން..

  ސޯލިހް ތިކަން ހުއްޓަވާލައްވާ! ރައްޔެތެއްގެ ހައިސިއްޔަތުން އަދި ރަށުގެ މީހުންގެ ފަރާތުން އެދެން ގައުމުގެ އެއްވެސް ދޮރެއް ބޭރުބަޔަކަށް ނުދިނުމަށް..

  44
 3. ޢަހުމަދު1

  ޢިންޑިއާއަށް ނުސީދާކޮށް އައްޑޫގެ ވައިގެ ބަނދަރު ތަބަކަށް ލާފައި ދެނީ

  46
  • ޜަނާ

   ޢައްޑޫ އެކަންޏެއް ނޫނޭ ހަނިމާދޫ ކައްދޫވެސް . މިހާރުވެސް ކައްދޫ އެއަރޕޯޓްގެ ބާރު އޮތީ އިންޑިއާ އަތުގަ ، ފައްޔާޒު އެ ބުނީނު ސަރުކާރުން ނޫނީ " ސަރުކާރުން ހަމަޖައްސާ ބަޔަކު " އެ ބުނާ ހަމަޖައްސާ ބަޔަކީ އިންޑިއާ

 4. ޙހހހ

  މިހާރު ހަޒާނާ ހުސްވީމަ ދެންނެތޭ މިނޫންގޮތެއް ، ކަންކަން ކުރަންނޭނގޭ ބަޔަކަށް ވެރިކަން ދިނީމަ ވާނެ ހައެތި މިވަނީ

  46
 5. ވަރަށް

  ދީގެން ނުވާނެ ދީގެން ނުވާނެ

  38
 6. ސަޒާ

  ޤައުމުގެ ސަލާމާތާ މިނިވަންކަން އަހަރުމެންގެ އަތްމަތިން ބީވެގެން ދިޔުމުގެ ކުރިން އެމް.ޑީ.ޕީ ގެ ކިބައިން މިޤައުމު ސަލާމަތްކުރުމަށް އެންމެން އަތުކުރި އޮޅަލައިގެން ނިކުންނަންޖެހޭ ވަގުތު މިހާރު މިވަނީޖެހިފައެވެ. ވަގުތު ނަގާނުލާ އެންމެން އެއް ރޫހެއްގައި ލަސްނުކޮށް ނިކުންނަމާހިގާށެވެ. އަހަރެމެންގެ ޤައުމު ސަލާމަތްކުރާނީ އަހަރުމެންނެވެ. ވަގުތު ފާއިތުވުމުގެ ކުރިން އަޅުގަނޑުމެންގެ މިޤައުމު ސަލާމަތްކުރުމަށް އެންމެން ނިކުތުމަށް އަޅުގަނޑު ގޮވާލަން.

  30
 7. ސުންކޫ

  ޑީޑީ މެން އިސްވެތިބެގެން ހިންގި ޖަރީމާގެ ހިތިރަހަ މިލަނީ، މިހާރު ކޮންވަހަކައެއްތޯ ތިދައްކަނީ

  37
  2
 8. އަނބުޅަ

  މިފަސްގަނޑަށް ލޯބިހުރި ކޮންމެ ދިވެހި ދަރިޔަކު މި ނުބައި ރޭވުމާ ދެކޮޅަށް އަޑު އުފުލަން ޖެހޭ ، އަދި ދިވެހި ރައްޔިތުންނާ ގުޅުން ހުރި ބޮޑެތި ކަންކަން މުޅި މަޖިލިހުގެ % 100 ނުލިބި ކުރެވިގެން ނުވާނެ. ނުވަތަ މުޅިރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކައް ދާން ޖެހޭނެ. ވެރިކަން ހަވާލުކުރީ މުޅި ޤައުމު ވިއްކާ ލާކަށްނޫ.

  21
 9. ނަސީ

  ކޮބައިތަ ގާސިމް ، މައުމޫން ، އިމްރާން ، އެރޕޯޓް ކަލޭމެންގެ ބާރުއޮވެ އަގައިން ނުބުނެ ތިތިބެމީ އަޅެ ކޯއްޗެއް ދޭތީހެއްޔޭ

  20
 10. ހަސަނު

  ތަރައްގީ ނަމުގައި ގައުމުގެ މިނިވަން ކަން ދޫވަނީ. ރަނގަޅު ސަރުކާރެއް ބޭނުންވަނީ މިހެންވެ

  22
 11. އަމްބާ

  އަސްލުއޮތީ އެއަރ ކޮންޓްރޯލްވެސް ދޭން އެއްބަސްވެފަ. މިހާރު ޑީޑީމެންފަދަ ބޭފުޅުން ގައުމީ ސްލާމަތުގެ ވާހަކަ ދައްކަންފެށީމަ ރާގުބަދަލުކޮށްލަނީ، އެއްބަސްވުން އޮތީ އޮތްތާ. ކުރިޔަށް އޮތް 20 އަހަރުދުވަހުތެރޭ ދިވެހިރާްއްޖޭގެ ޖިއޯ އޭރިއާ ބޮޑުމިނަކީ ކ އަތޮޅު އެކަންޏެވެ. އެހެންކަމުން ގުޅީފަޅު ފޭސް 2،3 ނިމޭއިރު މުޅިރާއްޖޭ އެންމެން ކ އަތޮޅަށް ގަދަކަމުން މައިގްރޭޓް ކުރެވޭނެއެވެ. އަދި ހުރިހާއަތޮޅުތައް ދުނިޔޭގެ މަހުޖަނުންނަށް ވިއްކާލެވޭނެއެވެ. 2045 ގައި މިރާއްޖެ(ކއަތޮޅު) ވެގެންދާނީ ލިޓްލް ނިއުޔޯކަށެވެ. ނަމަވެސް މިހާހިސާބުން ރާއްޖެ ނިމުނީއެވެ. މިވަންކަން ހެލިހެލިއޮތް ދަތަކަށްވީއެވެ

  15
 12. ނާބެ

  ކަންތަކާޖެހުނީ މިމީހުން ވެރިކަމައް އަންނަ ކޮންމެފަހަރަކު ގައުމުގެ ދޮރޯއްޓާ ތަޅުދަނޑިޔާ ހަރުމުދަލާ ނުވިއްކާ ވެރިކަން ކުރންނޭންގެނީތަ ބަލަގަ ކަލޭމެން ނޫނަސް މީގެ ފަސްއަހަރުކުރިންވެސް މީހަކު އެދިޔައީ މިގައުމުގަ ވެރިކަންކޮއްފަ ދޮރާއްޓާ ތަޅުދަނޑި ފައްޗަކާ ވިއްކާކައްނޫޅެ ތިޔައްވުރެމާ ރަނގަޅުވާނެ ހެޔޮގޮތުގާ ވެރިކަން ކުރަން ނޭންގެންޏާ އަވަހައް އިސްތިއުފާދިނުން ނަޝީދުވެސްހެދީއެހެން

  18
 13. ރިޔާޒުބެ

  ކޮބާ ކޮބާ އެއްކަލަ އެއްކަލަ އިމްރާނު ކޮބާގާސިމު މިތިބެގެން ވިއްކާ ހުސްކުރަނީ މިމީހުންގެ އެކަނި މައިބަފަ މުދާތަ މިއީތޯ އެބުނާ ހެޔޮ ވެރިކަމަކީ .؟

  20
  1
 14. ކަނބުލޮ

  މިހައި Dީ ގްރޭޑް ސަރުކާރެއް މިނޫނީ ދުށިންތަ ވައިގެ ބަނދަރުތައް ކުއްޔަށް ދޭއިރު ޕޮލިސް ސިފައިން މަޖިލިސް މިނިސްޓްރީތައް އަދި ސަރުކާރު ހިއްސާ އޮންނަ ކުންފުނިތައް އަދި މިނޫނަސް އެތައްބައެއްގެ ޚިޔާލާ ފިކުރު ހޯދައިގެންނޫނީ ކުރަން ހެޔޮނުވާވަރު ކަމެއްގެ ވާހަކަ ތިޔަ ދައްކަވަނީ. 2 މީހުން 3 މީހުންވެގެން ޤައުމު ވިއްކައިތިޔަލަނީ ނޫނީ އިތުރު ނުރައްކަލަށް ޤައުމު ވައްޓައިތިޔަލަނީ މިކަމުގެ ވަގުތީ ފައިދާ ޙާޞިލްކުރަން. ފަހުން ތިޔަ 2 ނުވަތަ 3 މީހުންވެސް ސަލާމަތެއް ނުވާނެކަން ދަންނާތި.

  17
  • އިމްރާނު

   5 މިލިއަން ޑޮލަރު އިންވެސްޓް ކުރީމަ 50 އަހަރަށް އެއަރޕޯޓް ހިންގަން ބޭރުގެ ކުންފުނިތަކަށް ދެވެޔޭ؟ ޖޯކެއްތަ މީ؟ މިއީވެސް އިންޑިޔާގެ ރޭވުމެއް! މިފަދަ ގައުމުގެ މިނިވަންކަމާއި އިސްތިގުލާލާއި ގުޅުންހުރި ރައްޔިތުންގެ މަސްލަހަތު ހިމެނޭ ކަންކަން ބަޔަކު ހިތުހުރި ގޮތަކަށް ނިމިގެންނުވާނެ. އެތަނެއްގެ ރައްޔިތުންގެ ރުހުމާ ނުލައި ކުރެވިގެން ނުވާނެ. މިމައްސަލަ މަޖިލީހަށާ ކޯޓަށް ހުށަހަޅަންޖެހޭ. ރައީސް އަކަށްވެސް ގައުމަށް ހިތުހުރިގޮތެއް ހެދިގެންނުވާނެ. މިއީ ދިވެހި ކޮންމެ ރައްޔިތަކު މިކަމާ އިހްތިޖާޖުކޮށް ޝުޢޫރު ފާޅުކުރަންޖެހޭ ވަގުތު! ކޮބާތަ މިގައުމުގައި ތިބި ސިޔާސީ މީހުން؟ ކޮބާތަ މިގައުމުގައި ތިބި ބޮޑެތި ވިޔަފާރި ވެރިން؟ ކޮބާތަ އިސް ރަށްވެހިން؟ އަވަހަށް ތެދުވޭ ގައުމަށްޓަކައި ގުރުބާންވާން. އެދުވަސް އަތުވެއްޖެ! ކާބަފައިންގެ ހަނދާންތައް އާކޮށް ގައުމަށްޓަކައި ޖިހާދުވާންޖެހޭ! މިނިވަންކަން ގެއްލެނީ ހަމައެކަނި ކަނޑި ބަޑި ހިފައިގެން ބަޔަކު އެރީމައެއްނޫން! އެންމެން އަނގަމަތީ ޓޭޕް އަޅައިގެން އަދިވެސް ނިދާފަތަ ތިބެނީ!

 15. ކާފަބޭ2020

  1 ބިލިއަންޑޮލަރުއިންވެސްޓުކޮށް އަލަށްއެއަރޕޯޓެއްއަޅާ ސްޕޯރޓުސްޓޫރިޒަމަށް ފ އަތޮޅުތަރައްގީކުރުމާދެކޮޅުހެދީ އެމީހުންމިދެނީިފައްކާކޮށްފައޮތްއެއަރޕޯޓެއް 50އަހަރަށް 5މިލިއަންޚަރަދުކުރާގޮތަށް ސަޅިއިންވެސްޓުމެންޓެއްދޯ؟ މިތަނަކީ އަހަރަކު 100 މިލިއަންޑޮލަރުގެ ސާފުފައިދާ ސަރުކާރަށްލިބިލިބިހުރިތަނެއް! ކޮބާކޯޅޭޝަންގެއިސްވެރިން ހަހަގައިމުވެސް މަހުޖަނަށްމީގެތަނެއްދިނަސް ރައިއްޔަތުންނަށް މާފައިދާބޮޑުވާނެ! މިސަރުކާރުގެންނަންމަސައްކަތްކުރި އަދީ ވައްކަންކޮށްދިންމީހުނަށް ތިޔަވިއްކާލެވުނީ އަމާގެފައްޓަރުބަޔާ ތިމާގެއީމާންކަން! ﷲ މިނުބައިނުލަފާރޭވުންތަކުން މިޤައުމު ސަލާމަތްކުރަށްވާއަމާންކަންމަތީ އަބަދުމެލަހައްޓަވާށި! ޢާމީން!!

 16. ހުސްކުރާސޭލް

  އަޅެ ހުރިހާތަންތަނާއި މާމަމެންގެފައްޓަރުބައިތައް
  އިންޑިއާއަށް ވިއްކާހިސާބަށް ދާއިރު ތިތަނުން އެއަރޕޯޓަކުން ޓަ ވަރެއްނަމަ ވެސް
  ޗައިނާއަށްނުދޭނަންތަ ؟؟

  4
  1
 17. ބޭރުމީހާ

  އެމް ޑީޕީގެ ޕޮލިސީގަ މިއޮންނަނީ އެހެން ގޮތެއް ނެތިއްޔާ ގައުމުގައި ހުންނަ ހަރުމުދާތައް ވިއްކާލައިގެން ކަންކަން ކުރުމަށެވެ. ދަރުމަވަންތަ ހޮސްޕިޓަލް އިންޑިޔާއަށް ނުސީދާކޮށް ވިއްކާފައި އެހެރީވެސް އެފަދައިންނެވެ.
  ޓްރާންސް ޕޯރޓް މިނިސްޓަރ ނަހުލާ “އެންމްރަނގަޅީ އައު ފްލައިން ސްކޫލެއް އެޅުމޭ” މިހެންބުނުމުންވެސް އައްޑޫގެ އެއާޕޯރޓް އިންޑިއާ އަށް ދިނުމަށްޓަކައި ފްލައިން ސްކޫލް ގަމުން ވަކިކުރަން އުޅޭކަން އަޅުގަނޑުމެންނަށް އެނގިގެން ދިޔައެވެ. ހުރިހިތާމައެއްގެ ބޮޑުކަމާއެވެ!

 18. މިތުރާ

  އިންޑިޔާބޭސް އަޅަންފެށީމަ ހީކުރީ އައްޑުމީހުންނައް ފުލެޓު އަޅާދެނީ ކަމަށް! ރ ނާޝީދު އައްޑުއަށް ގޮސް އަށްޑު އަކީ ވަރަށް މުހިންމު ތަނެކޭ އަށްޑޫ މީހުންނަަށްބުނެ ދިނީމަ ހީކުރީ އަށްޑޫ ސޭ ވުކުރަން އުޅޭކަމަށް، އަށްޑޫ އޮންނަނީ އިންޑިޔާކަނޑު މެދުގަ ޢީކުއޭޓަރ ވކާރީގަ. ވ މުހިންމު ހިސާބެއްގަ، 1ފަރާތުގަ އެމެރިކާ ބޭސް، އަނެއްފަރާތުގަ ރަށިޔާ.ތައިލެންޑު ،ޗައިނާ ،ދުނިޔޭގެ ބޮޑެތި ގައުމުން ފަސޭހައިން ސްޕައި ކުރެ ވޭނެ،5 އަހަރުން 5އަހަރައް ބަޔަކު އަރާގައުމު ވިއްކަނީ، ގައުމު ހިންގަންނޭގެންނާ ފައިޔާޒު އިސްތިއުފާ! ދި ވެހިންނައް 2ކޮޅުޖެހޭ މުސާރަ އެއްދީގެން ވިޔާފާރި ވެރިން، މަޖިލިސްމެމްބަރ، ސަރުކާރުގެ މިނިސްޓަރުން އަތުން ޓެކުސްނަގައިގެން ގައުމު ހިންގަބަލަ ،އިންސާފުން ،،އާންމުން ނައްމިލިބެނީ ހިލޭ ޕެނަޑޯލް ގުޅައެއް! ހެލޯ!

 19. ރައްޔިތުން

  ރައްޔިތުންނޭ މިކަން ހުއްޓުވަން އުޅެބަލަ!!ގަަައުމު ބީވެގެން ދަނީ އޭ!!

 20. އަބްދޫ

  ސަރުކާރު ހިންގަން ހަދާނެ ގޮތެއްނެތިގެން އެއާޕޯޓް ތައް 50 އަހަރަށް ވިއްކާލަނީ .އެއާޕޯޓް ތައް ބަޔަކު ގަންނާނީ އެސަރަހައްދުގަ ވައިގެ ދަތުރުފަތުރު ކުރާނެ ބަޔަކު ތިބިނަމަ. ރާއްޖެގެއެއްވެސް ސަރަހައްދަކު ނެތް ދަތުރުފަތުރު ކޮށްގެން އެއަޕޯޓަކުން ފައިދާ ނެރެވެ ވަރަށް ދަތުރު ކުރާނެބަޔަކު .ވީމާ ގިނަފަޅުރަތަކެއްވެސް ނުއަގުގަ ވިއްކާނެ ކަމަށްފެނޭ. މިހާރު މިއުޅެނީ އެއާޕޯޓް ހަދަންސަރުކާރުން ހަރަދުވެފާ ހުރިފައިސާ ހޯދާފަ ފަޅުރަށްތަކެއްވެސް ދޭންވެގެން މިހާވަރު ގައުމަށް ވެގެން ދައިރުވެސް މުސާރަތަކެއް ކުޑައެއް ނުކުރެޭ ސިޔަސީ މަގާމް މަދެއްނުކުރޭ ސިޔާސީ މީހުން މުސާރަ ދީފަ މިތިބެނީ ގޭގެ. ކުރާނެ އެއްވެސް މަސައްކަތެއްނެތް. ކިރިޔާވެސް މަސައްކަތެއްމިކުރަނީ ސިވިލްސާވިސް މުވައްޒަފުން. އަޅުގަނޑުދެކޭ ގޮތުގަ އޮޑިޓަރެއްގެ ހައިސިއްޔަތުން އަދި ދިވެހިރައޔިތެއްގެ ހައިސިއްޔތުންބެލި ނޖަމަވެސް މަސައްކަތެއް ކުރުވުމަކާނުލާ ދަވްލަތުން ފައިސާ ދިނުމަކީ ހިޔާނާތްތެރިވުން.

 21. ޢަހުމަދު

  މިސަރުކާރަކުން ރައްޔިތުމްގެ ފާޑުކިޔުންތައް ބަލައެ އްނުގަންނާނެ...

 22. ހަމްދާން..

  ފާޑު އެކަންޏެއްނޫން ކިޔާނީ.. މިކަމާއިގެ ކުރިޔައް ގޮސއފިއްޔާ ސަރުކާރު ފުނޑާފަ ހިރަފުހައް ހަދާލާނަން ދިވެހިން ނިކުމެ.

 23. ހަރު

  ދިވެހިންނަކަށް ކުރެވޭނެއެއްކަމެއްވެސްނެތް . މުޅިއައުމުގެ ހުރިހާކަންކަމަށް ބޭރުމީހުން. އެމީހުންނަށް ވަޒީފާތަކާއިތަންތަންވެސްގައުމު ބޭރުބަޔަކުގެ އަތްދަށަށް. ދިވެހިން ދެންފުރަންތަތްޔާރުވޭ. ރޮހިންގާ އަދި ފަލަސްތީރު ރެފިއުޖޭންގޮތަށް

 24. ކޮރަލް

  ތިކަމާ އެމްޑީޕީ ގިނަ މީހުން ދެކޮޅެވެ. އެކަމު ސިޔާސަތު ނިންމަނީ 50 ހަކަށް މީހުން ވެގެންނެވެ.

  1
  3